18 ނޮވެމްބަރ

November 18, 2019 14
އަފްރާޝީމްގެ މަރާ ގުޅޭ ގިނަ ކަންކަން މަޖިލީހުން ބަލަނީ

ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި ފުލުހުންގެ އެއްވެސް އިހުމާލެއް އޮޮތްތޯ އާއި އެ ޖަރީމާއާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހޯދަން ރައްްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން މިއަދު ނިންމައިފި އެވެ.

08 ޖުލައި

July 08, 2019 12
ރިލްވާންގެ ތަހުގީގުގެ އިހުމާލު ބަލާ ކޮމިޓީ ސިއްރު!

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އިހުމާލުވީ މައްސަލަ ބަލާ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ މިއަދު ސިއްރުކޮށްފި އެވެ.

23 ޖޫން

June 23, 2019 4
ރާއްޖެ-އިންޑިއާ ކުށްވެރިން ބަދަލުކުރަން ގޮތެއް ނިންމަނީ

ރާއްްޖެ އިން އިންޑިއާއާ އެކު ގާއިމްކުރަން އުޅޭ ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމާ މެދު 10 ދުވަހުގެ ތެރޭގައި ގޮތެއް ނިންމަން، ރައްޔިތުންގެ މަޖިލިހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުމާ ބެހޭ ކޮމިޓީން މިއަދު ނިންމައިފި އެވެ.

22 ޖޫން

June 22, 2019 8
ކަރެކްޝަން އޮފިސަރުން ރިހެބިލިޓޭޓް ކުރަންޖެހޭ: ކޮމިޝަނާ

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޖަލު ބަލަހައްޓާ އޮފިސަރުން ރިހެބިލިޓޭޓް ކުރަން ޖެހިފައިވާ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް މިރޭ ވިދާޅުވެއްޖެ އެވެ.

June 22, 2019 16
15 މިނިޓް ތެރޭ ގައިދީނަށް ފަރުވާދިނިން: ކޮމިޝަނާ

މާފުށީ ޖަލުގެ ދެ ގޮޅިއަކުން މިދިޔަ ބުރާސްފަތި ދުވަހު ގައިދީން ނެރެ އެ މީހުންގެ ގައިގައި ތެޅުމުން އަނިޔާ ލިބުނުތާ 15 ވަރަކަށް މިނިޓު ތެރޭ ފަރުވާ ދީފައިވާ ކަމަށާއި އަނިޔާކުރި ވަކިވަކި...

26 ފެބުރުއަރީ

February 26, 2019 9
ޕީޖީ އާއި ސީޕީ ހާޒިރުނުކުރީ ޔާމީންގެ ޝަރީއަތް ހިނގާތީ

ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް އާއި އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ރައްޔިތުންގެ މަޖިލީހަށް ހާޒިރު ނުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ޝަރީއަތް ފަށާފައިވާތީ ކަމަށް، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

06 ސެޕްޓެމްބަރ

September 06, 2018 15
ސަލާމަތުގެ ސިޔާސަތު: މުއައްސަސާތަކަށް މިނިވަންކަން

ރާއްޖޭގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ސިޔާސީ ނުފޫޒުން މުއައްސަސާތައް މިނިވަންކޮށް، ޒަމާނީ ތަމްރީނާއި ވަސީލަތް، އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި ގާއިމް ކޮށްދެއްވާނެ ކަމަށް އެ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހއ. ހޯރަފުށީގައި މިރޭ ވިދާޅުވެއްޖެ އެވެ.

06 އޯގަސްޓް

August 06, 2018 56
ޑިފެންސް މިނިސްޓަރު ކޮމިޓީއަށް ހާޒިރުކުރަން އެދެފި

ގައުމުގެ އަމާންކަން ނަގާލަން ބަޔަކު ރާވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ފޭސްބުކްގައި ލިޔުއްވީ ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކަމަށް ބުނެ އެ މައްސަލަ ބެލުމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ އަށް ޑިފެންސް މިނިސްޓަރު ހާޒިރުކޮށްދޭން މިއަދު އެދިއްޖެ އެވެ.

26 ޖުލައި

July 26, 2018 8
ކަރެކްޝަންސްގެ ނަން ބަދަލުކުރަން ކޮމެޓީން ފާސްކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ނަން ނޭޝަނަލް ޕްރިޒަން ސާވިސްގެ ނަމަށް ބަދަލު ކުރަން، ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީން ފާސްކޮށްފި އެވެ.

10 އޯގަސްޓް

August 10, 2017 3
އަނަސްގެ މަރުގެ މައްސަލަ ބަލާ ކޮމެޓީ ސިއްރުކޮށްފި

ވަޅި ހަރައި މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލަ ބެލުމަށް މިއަދު ބޭއްވި ގައުމީ ސަލާމަތުގެ ކޮމެޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.

26 ފެބުރުއަރީ

February 26, 2017 5
ޒައިދުގެ ތުހުމަތުތައް ބަލައިދޭން މަޖިލީހުގެ ކޮމެޓީއަށް

ބްލެކްމެއިލް ތުހުމަތެއްގައި ހައްޔަރުކޮށްފައިވާ މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީންގެ ފަރާތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ދެކޮޅަށް ބަޔާނެއް ހޯދަން މަސައްކަތް ކުރާ ކަމަށް ޒައިދުގެ ފަރާތުން ބުނެފައިވާތީ، އެކަން ބަލައިދޭން އެދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ...