ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ-- ފޮޓޯ: މަޖިލީހުގެ އިދާރާ
21 ނޮވެމްބަރ 2021 - 18:57
ރާއްޖެއިން އިންޑިއާއާ އެކު ހެދި އެއްބަސްވުންތަކުގައި އެއްވެސް ގޯހެއް ނެތް ކަމަށް ރައްޔިތުންގެ މަަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ މެމްބަރުންގެ އަގުލަބިއްޔަތުން މިއަދު ފާސްކޮށްފި އެވެ.
އިންޑިއާއާ އެކު ގާއިމުކުރި ތިން އެއްބަސްވުމެއް ދިރާސާކުރުމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު ހުށެހެޅުއްވި މައްސަލަ ދިރާސާކޮށް، ކޮމިޓީން ފާސްކުރި ރިޕޯޓްގައި ބުނީ އެއްބަސްވުންތަކުގައި އެއްވެސް ގޯހެއް ނެތް ކަމަށެވެ.
ރައީސް ޔަމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައާ ގުޅިގެން 241 ކޮމިޓީން ދިރާސާކުރީ އުތުރު ތިލަފަޅު (ޔޫޓީއެފް) ގައި ސިފައިންގެ ޑޮކްޔާޑަކާއި ބަނދަރެއް ހަދަން އިންޑިއާއާ އެކު ސޮއިކުރި އެއްބަސްވުމާއި 2016 ވަނަ އަހަރު އެކުލަވާލި، ޑިފެންސް ކޯޕަރޭޝަން އެއްބަސްވުމާއި ރާއްޖޭގެ ހައިޑްރޯގްރާފީ ދިރާސާކުރަން އިންޑިއާ އެކު ހެދި އެއްބަސްވުމެވެ.
ކޮމިޓީން އެއްބަސްވުންތައް ދިރާސާކުރި އިރު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ކޮމިޓީގެ ބައްދަލުވުމަކަށް ވަޑައިގެން އެއްބަސްވުންތަކުގެ މައުލޫމާތު ދެއްވި އެވެ. އަދި ކޮމިޓީން އެދުމުން މާރިޔާ ވަނީ އެ އެއްބަސްވުންތައް ކޮމިޓީގެ މެމްބަރުންނަށް ދައްކަވައިފަ އެވެ. އެހެން ނަމަވެސް އެއީ ސިއްރު އެއްބަސްވުންތަކަށް ވާތީ ކޮޕީއެއް ނުދެއްވަ އެވެ.
އެމްޑީޕީގެ މެޖޯރިޓީ އޮންނަ 241 ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ތެރެއިން ހަތް މެމްބަރުންގެ އަގުލަބިއްޔަތުން އެ ތިން އެއްބަސްވުމުގައި ވެސް ގޯހެއް ނެތް ކަމަށް ނިންމިއިރު އިދިކޮޅު ފަރާތްތަކުން އަންނަނީ އިންޑިއާއާ އެކު ހެދި އެއްބަސްވުންތައް ހަދާފައި ވަނީ ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ގެއްލޭ ފަދަ މާއްދާތަކެއް އޭގައި ހިމަނައިގެން ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ. އެކަމަކު މި ތުހުމަތުތައް ސަރުކާރުން ދޮގު ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތެދެއްމީ
22 November 2021
ގޯހެއް ނެތިއްޔާ ތި އެއްބަސްވުން ރައްޔިތުންނަށް ފެންނަ ގޮތަށް އާންމުކުރޭ. ދެފުށް ފެންނަ ގޮތަށް ކަންތައް ނުކުރާކަމަށް ވާނަމަ ޝައްކުކުރަން ޖާގަ އުފެދޭނެ.
ރައްޔިތުސޮރު
22 November 2021
"ވޯޓު ނުލުމަކީ ލިބިގެންވާ ހައްޤެއް! ކޮރަޕްޓް ވެރިން ހޮވޭއިރު ގިނަރައްޔިތުން ވޯޓުގައި ބައިވެރި ނުވަމާ!"
ގޯހެއްނެތްތަ
22 November 2021
މިގައުމަކީ ކަމަކާ ނުލާ ދުވަހަކުވެސް ބޭރުގެ ސިފައިން އަރުވާފަ ބައިތިއްބައިގެން އުޅުނު ގައުމެއް ނޫން. މިހާރު އެހެން ބޭތިއްބުމަކީ ދުނިޔެ ކުރިމަތީ ވަކި ކޮޅެއް ނެގިކަން އަންގައިދޭ ކަމެއް. އެމީހުން މިތާ ތިބެން ހަދާފަ ހުރި އެއްބަސްވުމަކީ އެހާ ސިއްރު އެއްޗަކަށްވާނީ އެކަމުގައި ސިއްރުވެރި ކަންތައްތަކެއް ހިމެނޭތީ. ފާޅުގައި ވަކިކޮޅެއް ނަގައިގެން ތިބުމުން ބައެއް ގައުމުތަކުން ކަންކަމުގަ ބަލަން ގެންގުޅޭ މިންގަނޑު ތަފާތުވާނެ. ލިބެންވީ އެހީއަށް ބުރޫއަރާނެ
ރަދީފްއޮފިޝިއަލް
22 November 2021
އަސްލަމް ތަގޭ ލަދަ ކޮބާ؟؟
މުންޖިޗޭ
22 November 2021
އެންމެންވެގެން ސިއްރުކުރަން އުޅޭ ޖަރީމާއަކުން ނުބައެއް ފެންނާނެތަ! ރައްޔިތުން ރުޅިގަދަވެ އެވާހަކަ ދައްކާވަރުން ކެތްނުކުރެވިގެން އަޑުކަނޑުވާލަންވެގެން އޭގައި ގޯހެއްނެތޭ ބުންޏަސް އެކަންކުރިމީހާ އަމިއްލައަށް ތިމަންނަ ގޯހެއް ނަހަދަމޭ ބުނާބުނުމެކޭ ތަފާތެއްނެތް. އޭތި ރީތިކޮށް އޮއްބާލުމަށްޓަކައި ކިތަންމެ މަކަރުވެރިކޮށް ވާހަކަދެއްކިޔަސް ރައްޔިތުންގެ ލޯތަކާހަމައަށް އޭތި ހާމަނުވަނީސް ޤަބޫލެއްނުކުރެވޭނެ، ދޮގުހަދަމުން ހަދަމުންގޮސް އިތުބާރުކުރެވޭވަރެއްނޫން.
ވަހުތާން
22 November 2021
އޭގެ މައިގަނޑު މާއްދާތަށް ނުބަލައި، އެ ބަލައިލާން ނުލިބި މާރިޔާ ބުނި ބަހެއްގެ މައްޗަށް ގޯހެއް ނެތްކަމަށްބުނެ ތިނިންމާލީ!ހަނދާންކުރާތީ ތިބޭފުޅުންނާއި ގައުމާއި ރައްޔިތުންނާއި ދަރިން ސުވާލުކުރާނެ ދުވަހެއް އަންނާނެ! އަދި ތި ހުވަޔާވެސް ޚިލާފުވެވެނީ.
ކަނބިލި
22 November 2021
ފައިސާގެ ދަހިވެތިކަމުގައި އަމިއްލަ ނަފުސު ވިއްކައިގެން ތިބި ބަޔަކު ގައުމަށް ވަފާތެރިވާނެ ގޮތެއް ނެތް
އެޑްމުންޑޯ
22 November 2021
ގޯހެއް އޮތަސް ގޯސްފެންނާނެ ބަޔަކު ތިކޮމެޓީގައި އެބަތިބިތޯ
ހަސަނު
22 November 2021
އިދިކޮޅަށް ތިބޭއިރު ވާނެ އެހެންވެސް.. އެއްބަސްވުން ދެއްކީމަވެސް އޭގަ ނެތް އެއްޗިހި ފެންނަނާނެ..
ރާއްޖެ
22 November 2021
މިއީ ޖުހާގެ ވާހަކައެއް. އަމިއްލައަށް އެއްބަސްވެ ސޮއިކޮއްފަ އަމިއްލައަށް މައްސަލަބަލާ ނިންމުން.