ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ--
01 ޑިސެމްބަރ 2021 - 17:21
ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ވަޒީފާ އަދާކުރަމުން އައި 21 މީހަކު ވަޒީފާއިން ވަކިކުރަން ނޯޓިސް ދީފައިވާ ކަމަށާއި އެކަން ކުރީ އެހެން ވަޒީފާތަކަށް ބަދަލުވާން ފުރުސަތު ދިނުމަށް ފަހުގައި ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޖެންޑާގެ ދަށުން މަސައްކަތްކުރާ ސިވިލް ސާވިސްގެ 21 މުވައްޒަފަކު އެއްވެސް އެންގުމެއް ނެތި ވަޒީފާއިން ވަކިކުރި ކަމުގެ އަޑުތައް އަރާފައިވާތީ އެކަމާ ގުޅިގެން އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހިޔާގައި އުޅޭ ކުދިން އަތޮޅުތަކުގެ އަމާން ވެށިތަކަށް ބަދަލުކުރުމުން ހިޔާގައި ކުރާނެ މާބޮޑު ކަމެއް ނޯންނަ ކަމަށެވެ.
އެހެންވެ، މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ވަނީ އެ މުވައްޒަފުންނާ ބައްދަލުކުރައްވައި މިނިސްޓްރީގައި ދެން ހުރި އެކި ތަންތަނަށް ވަޒީފާ ބަދަލުކުރުމުގެ ފުރުސަތު އޮތްކަން އެންގެވި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"71 މުވައްޒަފުންގެ ތެރެއިން ތިން މީހުން ޝައުގުވެރިކަން ފާޅުކުރީ އަތޮޅުތަކުގެ އަމާންވެށިތަކުގައި މަސައްކަތްކުރުމަށް. އެކަމަކު އޭރު ކޮވިޑާ ހެދި އަޅުގަނޑުމެންނަށް އެ މީހުން ވެސް އެތަންތަނަށް ބަދަލު ނުކުރެވުނީ،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާރު އެތަނުގެ 43 މުވައްޒަފަކު އަންނަނީ އެކި ތަންތަނުގައި މަސައްކަތް ކުރަމުންނެވެ. އަމިއްލައަށް ބޭނުންވެގެން ހަތް މުވައްޒަފަކު ވަޒީފާއިން ވަކިވެފައިވެ އެވެ. އަދި ބާކީ 21 މީހުން ވަޒީފާއިން ވަކިކުރަން ނޯޓިސް ފޮނުވީ ސިވިލް ސާވިސްގެ އުސޫލުގެ ދަށުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ސިވިލް ސާވިސް އިން އެ ބޭފުޅުން ވަކިކުރުމަށް ލިސްޓު ފޮނުވީމާ އެކަމުގެ ނޯޓިސް މިއަދު މި ވަނީ ދީފައި. މިއީ ކުއްލިއަކަށް ނިންމި ނިންމުމެއް ނޫން. މީގެ އަހަރެއް ކުރިން ފެށިގެން އެކަމާ ގުޅިގެން ދެން ހެދޭނެ ގޮތްތައް އައީ ބަލައި މަޝްވަރާކުރަމުން،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސަރު69
02 December 2021
ތިތާންގެ މުވައްޒަފުންނަށް އެހެން ވަޒީފާއެއް ހޯދަން އެންގިތާ މިހާރު އެއްއަހަރުވީ. އެހެންވީމާ ތީގާ މިނިސްޓްރީގެ އެއްވެސް މައްސަލައެއްނެތް. ވަޒީފާއެއް ނުހޯދާ މިހިސާބަށް އައިއިރުވެސް މުސާރަ ބޭނުންކޮށްކޮށް ތިބުމީވެސް ތިބޭފުޅުންނަށް ހެދުނުގޯހެއް. ކޮންމެ ބަޔަކު މިނިސްޓްރީގާ ތިއްބަސް އެކަންކުރަންވާ ގޮތަކަށްކުރާނެ. އޮންނައުސޫލުގެ ދަށުންކަންކޮށް ނިންމީމާ ދެން އޭގާ އިތުރަށް ކިޔާނެއެއްޗެއްނެތް. ކޮންމެ ކަމެއް ސިޔާސީކުރަން ނޫޅުއްވުން އެދެން.
ސިޔާސީ އަސަރު
02 December 2021
ސިޔާސީ މަގާމުތައް ގިނަވޭ، އާދައިގެ ދެރަ ނިކަމެތިންނަށް ދެރަ ގޮތް
އާރީ
01 December 2021
ވަރުވަރު ގެ ނަންދީފަ ބޮނޑް މުސާރަދީފަ ކަމެއްނެތިފަ ތިބި ސިޔާސީމީހުން ކަޑާބަލަ
ތާހިރު
01 December 2021
މީތޯ އެމް ޑީ ޕީގެ އެބުނާ ތާހިރު ދިރިއުޅުން ހޯދަ ދިނުމަކީ, ވަޒީފާއިން ކަނޑާލާފަ މަގުމަތި ކޮށްލުން, ދެރަވަރު ކަން ކަން
ސަމަރު
01 December 2021
ސިޔާސީ މަގާމުތަކުގަ ބޮޑުމުސާރަ ނަގައިގެން ތިބޭމީހުން ކުރަނީވަކި ކޮންކަމެއް.
ކަމްބްލަރ
01 December 2021
މިދިޔަ އަހަރުގެ ޑިސެންބަރުން ފެށިގެން ނޯޓިސް ދީފަތިބި ބައެއްތީ. 1 އަހަރު ވެގެން ދިޔައީ އެއްވެސް މަސައްކަތެއް ނުކޮށް މުސާރަ ނަގާލަ ނަގާލަ ތިބޭތާ. ގޯސްވާނީ އަދިވެސް މިނިސްޓްރީ ކަލޭމެންނަށް.
ސަސި
01 December 2021
ހިޔާގަ ކުރާނެ މަސައްކަތް މަދުވީމަ ކޮންމެވެސް ސިޔާސީ މަގާމަގުބް މީހަކުވެސް މަދުކުރަން ވާނެތާ
ދެރަ
01 December 2021
އަހަރެއްހާ ދުވަސް މިވަނީ ކުރާނެ މާ ބޮޑުކަމެއްނެތި. ބޮޑު މުސާރަ ދީފަ ސިޔާސީ ގޮތުން ލާފަ ހުންނަ ދާއިރާ އާއި އެއްވެސް ގުޅުމެއް ތަޖުރިބާ އެއް ނެތް ސީއީއޯ އެއްވެސް ހުންނަވަޔޯ. "ކަމެއް ލިބުނު ދަވަހަކުން ނަމާކާ އެކު ބޮޑު މުސާރަ ދީފަ ތިބޭ މީހުން"
ލޯރެންޓް ކަބީލާ
01 December 2021
އަނެއްކާ ތިމީހުންނަށް ބަދަލުނަގައިނުދޭނެބާ އަންނަ ސަރުކާރުން.