12 ޑިސެމްބަރ 2021 - 15:05
މިދިޔަ ރިޔާސީ އިންތިހާބު އޮޅުވާލާފައިވާ ކަމަށާއި އެކަމުގައި ފުލުހުން ވެސް ބައިވެރިވެފައިވާ ކަމަށް ޕީޕީއެމް/ޕީއެންސީން ތުހުމަތުކޮށްފި އެވެ.
އިދިކޮޅު ކޯލިޝަނުން މިހެން ބުނީ 2018 ގެ ރިޔާސީ އިންތިހާބާ ގުޅިގެން ފުލުހުން އޭރު ހިންގި ތަހުގީގަކަށް ނަގާފައިވާ ބަޔާންތަކުން ފާހަގަ ކުރެވޭ ކަންކަމުގެ މައްޗަށް ބިނާކޮށް އެ މުއައްސަސާއިން ތައްޔާރު ކުރި ކަމަށް ބުނާ ލިޔުމެއް ލީކުވުމާ ގުޅިގެންނެވެ.
ޕީޕީއެމް/ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އެ ރިޕޯޓް ލީކުވިތާ 24 ގަޑިއިރު ވީއިރު ފުލުހުން މިހާތަނަށް އެއްވެސް އެއްޗެއް ނުބުނުމަކީ އެއީ ހަގީގީ ރިޕޯޓެއް ކަން ހާމަވާ ކަމެއް ކަމަށެވެ.
މިއަދާ ހަމަޔަށް އައިއިރު އިންތިހާބު އޮޅުވާލި ކަމަށް ސާބިތުވާ ރިޕޯޓް ފުލުހުންގެ ތެރޭގައި ސިއްރުކޮށްފައި އޮތުމުން އެކަމުގައި ފުލުހުންގެ ބައިވެރިވުން ވެސް އޮތް ކަމަށް ބުނެވޭނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.
"[ފުލުހުންގެ ނުފޫޒެއް] ނެތް ނަމަ އެ ދުވަސްވަރު އެ ހާލަތުގައި މިކަން ހާމަ ކުރައްވާނެ ކަމާބެހޭ ފަރާތްތަކަށް މިކަން ހުށަހަޅަން ވާނެ. ނުގެންގޮސް މިއަދާ ހަމަޔަށް އައިއިރު ސިއްރުކޮށްފައި އޮތުމަކީ ފުލުހުންގެ އިހުމާލު އޮތްކަން ހާމަވެގެން ދާ ކަމެއް،" އަދުރޭ ވިދާޅުވި އެވެ.
އިންތިހާބު ނާކާމިޔާބުވުމާ އެކު ވެސް ޕީޕީއެމް އިން ބުނަމުން އައި ގޮތަށް އަދުރޭ މިއަދު ވެސް ވިދާޅުވީ 2018 ވަނަ އަހަރު ބޭއްވީ މިނިވަން އިންސާފުވެރި އިންތިހާބެއް ނޫން ކަމަށެވެ. އަދި އެ އިންތިހާބު އޮޅުވާލަން ސަރުކާރު ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތަކާއި އިންޑިޔާގެ އެހީތެރިކަން ވެސް ހޯދި ކަމަށް އަދުރޭ ތުހުމަތު ކުރި އެވެ.
"ޑިމޮކްރަސީއެއްގެ އެންމެ ވަރުގަދަ އެއް އަސާސަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުން. އެކަމަކު 2018 ވަނަ އަހަރު ބޭއްވި އިންތިހާބަކީ އެފަދަ އިންތިހާބެއް ނޫން ކަން މި ރިޕޯޓަށް ބަލައިލީމަ ހާމަވޭ،" އޭނާ ވިދާޅުވި އެވެ.
ކުރިން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފް ހައްޔަރު ކުރުމަށް ވެސް އަދުރޭ ގޮވާލެއްވި އެވެ. އޭނާއަކީ އިންތިހާބު އޮޅުވާލުމުގައި އެންމެ އިސްކޮށް ހުރި ފަރާތް ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ޝަރީފަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
ފުލުހުންގެ ތަހުގީގު ރިޕޯޓެއް ކަމަށް ބުނާ ލިޔުމުގައިވާ ގޮތުން އިންތިހާބު ކުރިޔަށް ދިޔަ ވަގުތާއި ވޯޓު ގުނުމާއި އޭގެ ފަހުން ވެސް އިންތިހާބުތަކާ ބެހޭ ގާނޫނާއި ގަވައިދުތަކާ ހިލާފަށް އެތައް ކަމެއް ހިނގި އެވެ. ޖުމުލަ 54 ނުކުތާ ފާހަގަކޮށްފައިވާ އެ ރިޕޯޓުގައި އީސީން އޮބްޒާވަރުންނަށް ބިރު ދެއްކުމާއި، ބައެއް ފޮށިތަކުގައި ވޯޓު ކަރުދާސް އިތުރުވުމާއި، އެކަކު ލައްވާ ދެފަހަރަށް ވޯޓުލި މައްސަލަތަކެއް ފާހަގަކޮށްފައިވެ އެވެ.
މި ރިޕޯޓާ ބެހޭ ގޮތުން ފުލުހުން ބުނީ އެކަމާ ބެހޭ ގޮތުން ފަހުން ކޮމެންޓެއް ކުރާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމިއްލައަށްއޮޅުވާލީ
13 December 2021
އަސްލު މުނާފިގުންނަކީ ދޮގާއި މަކަރާއި ހީލަތްތެރިކަން އެމީހުންކުރާ ކޮންމެ ކަމެއްގައިވެސް ހިމެނޭބައެއް. މިހާތަނަށް "ލީކު" ވިޔޭކިޔައިގެން ހަދައިގެން އުޅޭ އޯޑިއޯތަކާއި ވީޑިއޯތަކާއި ރިޕޯޓެއްވިޔަސް އެންމެ ފުރަތަމަ ފެނި އެކަމާއިގުޅިގެން ނޫސްކޮންފަރެންސް ބާއްވައި އިދާރާތަކަށް ހުށަހަޅަނީވެސް އެމީހުން. މިއީ އަޅެ އިއްތިފާގެއްބާ؟ ފަހުގެ ތާރީޚެއްގައި އެމީހުންކުރިވަރުގެ އަނިޔާވެރި ވެރިކަމެއް ނުފެނޭ. ދެން އަލުން ވެރިކަމަށް ގެނެއްސިނަމަ އެއަށްވުރެ ނުބައިވާނެ.
ހަނުހުންނަ މީހާ1
12 December 2021
ކަނދުކޮހުންނާ ގައުމު ހަވާލުކުރުން ރަގަޅެއްނޫން. ޕީޕީއެމް ލީޑަޝިޕާމެދު ޝައްކު.
ހަސަންކާރި
13 December 2021
ކަނޑުކޮހީ އެކަނިތަ؟ ކޮށްފައި އޮތްހާ ވައްކަމޯ؟ ތިޔައީ އޮފީހުގައި ތިޖޫރިން ވައްކަން ކުރާ ކުއްޖެއް ހުރިކަން އެނގި އޭނަ އެކަން ކޮށްފައި ހުރި ހެކި ހުއްޓާވެސް އޭނައާއި ތިޖޫރީ ތަޅުދަނޑު ހަވާލުކުރުން ކަހަލަ ކަމެއް. ޕީޕީއެމް އިން އެބަޖަހޭ ސާފު އިތުބާރު ކުރެވޭ ލީޑާޝިޕެއް ދައްކަން.
ށަވިޔަނި
12 December 2021
ތިއީ ރިޔާސީ އިންތިޚާބަކަށް ކުރާ ކެމްޕެއިނެއްގައި ދައްކަންޖެހޭ ވާހަކައެއް ނޫން. ތިމަންނަމެނަށް ހެދުނު ގޯސް ހޯދާ އެ ގޯސް ތަކުރާރުވިޔަ ނުދޭންވީ.
ހެދުނު ގޯސް
13 December 2021
ޕީޕީއެމްއައް ހެދުނު އެންމެ ބޮޑު ގޯހަކީ އަންނިއައް އިންތިހާބުގަ ވާދަނުކުރެވޭގޮތައް ހެދުން. އެހެން ނެހެދިނަމަ ޔާމީނައް ވޯޓުދޭން ބޭނުންނުވިޔަސް އަންނިވީމަ ވޯޓުދޭން ބޭނުން ނުވާނެ ބަޔަކުވެސް ތިބީސް. އެންމެން އެއްގަލަކައް ނޭރީސް. ދެންއެކަމަކު މިއަދު އެކަމާ ކުރާނެކަމެއްނެތް.
ކިރުފެލީ ހުނި
12 December 2021
މިވަރުގެ ބުއްދި ހަމަނުޖެހޭ ބަޔަކު ދުނިޔެމަތީގައި ތިބޭނެބާ؟
އަލީރާޖާ
12 December 2021
ކަލޭމެންގެ އޮބްޒާވަރުން ކުރިމަތީ ވޯޓުލާ ފޮށި ކަނޑާ ގުނީމަ ފުލުހުން އެ އޮޅުވާލަނީ ކިހިނެއް؟ ދެން ބުނޭ ފާހަގަތައް ފުންމަައިގެން ދިޔައީއޭ!
ކަދުރ
12 December 2021
ކީކޭ، އަދުރޭ! ޔަމީން ވެރިކަމުން ބާލަން އިންޑިޔާ އެހީވިޔޭ. އެހެންވެއްޖެއްޔާ ތީ ދިވެހިންނަށް އިންޑިޔާއިން ކޮއްދެވުނު އެންމެ ރަގަޅުކަންތައް.
ހައްުޔަރުކުރޭ
12 December 2021
އީސީ ޝަރީފް ހައްޔަރުކުރޭ އީސީ ޝަރީފް ހައްޔަރުކުރޭ އީސީ ޝަރީފް ހައްޔަރުކުރޭ އީސީއީސީ ޝަރީފް ހައްޔަރުކުރޭ އީސީ ޝަރީފް ހައްޔަރުކުރޭ އީސީ ޝަރީފް ހައްޔަރުކުރޭ ޝަރީފް ހައްޔަރުކުރޭ އީސީ ޝަރީފް ހައްޔަރުކުރޭ އީސީ ޝަރީފް ހައްޔަރުކުރޭ އީސީ ޝަރީފް ހައްޔަރުކުރޭ އީސީ ޝަރީފް ހައްޔަރުކުރޭ އީސީ ޝަރީފް ހައްޔަރުކުރޭ އީސީ ޝަރީފް ހައްޔަރުކުރޭ އީސީ ޝަރީފް ހައްޔަރުކުރޭ އީސީ ޝަރީފް ހައްޔަރުކުރޭ އީސީ ޝަރީފް ހައްޔަރުކުރޭ އީސީ ޝަރީފް ހައްޔަރުކުރޭ
ކަޒް
13 December 2021
އެކުރީ. މިހާރު އޭނަ ހުރީ ޖަލުގައި
ހަންކަޅޭ.
12 December 2021
ޔާންޓޭއަކީ ފިތުނަ ރައީސް. މިއުޅުއްވީ ދެންހުރި މައްސަލަތަކުން އަދަބު ކަށަވަރުވާތީ ފޯކަސް އަނބުރާލަން.
ހައްޕު
12 December 2021
ޔާމީން ޤަބޫލު ކުރައްވަނީ ދިވެހިންގެ ގިނަ ބަޔަކު ގުނބޯ ހެއްދެވިދާނެކަމަށް. އެންމެންގެ ކުރިމަތީގައި ހިނގާދިޔަ އިންތިޚާބެއް އޮޅުވާލީކަމަށް ވިސްނުމެއްހުރި އެކަކުވެސް ޤަބޫލެއް ނުކުރާނެ. ބައިނަލްއަޤުވާމީ ބޮޑު ގުރޫޕަކުން މޮނީޓަރުކުރި.ޕީ.ޕީގެ އެންގެ ކުދިންކުރިމަތީ ގުނީ.ސޮއިކުރީ މައްސަލަ ނެތްކަމަށް....ދެން ކޮން ވާހަކައެއް....
ރަންނަ
12 December 2021
އިންޑިއާއިން ޕީޕީ ކުދިން ގަނެލިއްޔޯލަ. ވަގުމައްޗަށް ވަގުއެރިއްޔޯލަ.
އެނދިމަރިޔަނބު
12 December 2021
ކަމެއް ރަނގަޅުކުރެވޭނީ ފުރަތަމަ އެކަމެއް ދިމާވާން މެދުވެރިވި ސަބަބު އެނގި ގަބޫލު ކޮއްގެން، ޔާމިނު ނުހޮވުނީ ވޯޓު އޮޅުވާލައިގެނެއް ނޫން، ރައްޔިތުން ނޫނެކޭ ބުނީ، ގޮއްމުށުން ވެރިކަން ކުރަން އުޅުނީމަ، އަދުރޭމެން ކަހަލަ ދެއުޅިއެއްނުވާ މީހުން ކޮސް ކޮވާތީ. އެކަން ރަނގަޅު ނުކޮށް ވެނިމިފަ އޮތް ކަމެއް ކިތަންނެ ވަރަކަށް ދޮގު މައްޗަށް ދޮގު ހެދިޔަސް ދެނެތް މި ހިނގާ ފަސް އަހަރެއް ނުލިބޭނެ، ދެން އޮތް އިންތިޚާބު ކާމިޔާބު ވާނީ ހެދުނު ގޯސް ރަނގަޅުކޮއްގެން.