ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަނީ. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ.
14 ޑިސެމްބަރ 2021 - 05:48
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު މިއަދު އަވަހާރަވެއްޖެ އެވެ.
އޭނާ އަވަހާރަވީ ހާލު ގޯސްވެ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށެވެ. ކެންސަރު ބަލީގައި ހުސައިން ފަރުވާ ހޯއްދަވަމުން ގެންދަވާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
ގާތް އެކުވެރިއެއް،ހތްހެޔޮ ހިތްތިރި ޚިދުމަތްތެރިއެއް.ދަތި އުނދަނގޫ ބިރުވެރި ދުވަސްވަރުގައިވެސް އެމް ޑީ ޕީ އަށް ދީލަތިކަން ފޯރުވާދިން ދެގޮތެއް ނުވާ އިޚްލާސްތެރިއެއް. މަރްޙޫމްގެ ފުރާނައަށް ސުވަރުގެ މިންވަރުކުރައްވާށި.ޢާއިލާ އަށް ކެއްތެރި ކަން ދެއްވާށި!އާމީން pic.twitter.com/sDZPvMq5v6
— Ali Niyaz 🎈 (@ali_niya) December 14, 2021
އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ހުސައިން ފާހަގަކޮށްލެވެނީ ހިތްހެޔޮ، އެންމެންނާ ގުޅޭ މެމްބަރެއްގެ ގޮތުގަ އެވެ. އޭނާ އަވަހާރަވުމާ ގުޅިގެން މަޖިލީހުގެ މެމްބަރުންނާއި ސަރުކާރުގެ އެކި ބޭފުޅުން އަންނަނީ ތައުޒިޔާ ކިޔަމުންނެވެ.
އެމް ޕީ ހުސެއިން ވަހީދު ފާހަގަވީ މަޖިލިސް އިން ދިމާވި ނުހަނު ހިތްހެޔޮ އަދި ބޭބެއެއް ފަދައިން ރަނގަޅު ނަސޭހަތް ދެއްވި ބޭފުޅެއްގެ ގޮތުގައި.
— Yasir Abdul Latheef (@YasirLathyf) December 13, 2021
މަރްހޫމްގެ ފާފަ ފުއްސަވައި ސުވަރުގޭގެ ދާޢިމީ ނިޢުމަތް މިންވަރު ކުރައްވާށި . އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި !
آمیـــــن🤲😢 pic.twitter.com/hvQzYDarxF
ރައްޔިތުންގެ މަޖިލީހުގައި ދެ ދައުރު މަސައްކަތް ކުރެއްވި ހުސައިން އަކީ ގިނަ ބަޔަކު ސިފަކުރަމުން އަންނަ ގޮތުގައި އަޑުއައްސަވާ، އޯގާތެރި ބޭފުޅެކެވެ. ޑިމޮކްރަސީ ކުރިއަރުވައި ރައްޔިތުންނަށްޓަކައި މަޖިލީހުގައި ގިނަ މަސައްކަތްތަކެއް ކުރެއްވިކަން ވެސް ފާހަގަކުރެ އެވެ.
އުމުރުން 53 އަހަރުގައި ހުސައިން އަވަހާރަވި އިރު އަނބިކަނބަލަކާއި ތިން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ.
މެންބަރު ހުަސެއިން ވަހީދަކީ 17 އަދި 19 ވަނަ ރައްޔިތުންގެ މަޖްލީހުގައި ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް. ހުސެއިން ވަހީދު ނިޔާވި ޙަބަރު އަޑުއެހީ ވަރަށް އަސަރާ ފުން ހިތާމަޔާއެކު. ހުސެއިން ވަހީދައް ސުވަރުގެ މިންވަރު ކުރައްވާ އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން
— 𝐀𝐥𝐢 𝐀𝐳𝐢𝐦 (@aliaazim) December 13, 2021
އާލާސްކަންފުޅާ ފަރުވާ ހޯއްދެވުމަށް އަހަރެއްހާ ދުވަހު ބޭރުގައި ގިނަ ދުވަހު އުޅުއްވުމަށް ފަހު މި އަހަރުގެ މާޗް މަހު މަޖިލީހުގެ ޖަލްސާއެއްގައި ވަނީ އޭނާ އަށް ގުޅައި އަދި އެކި ގޮތްގޮތުން ހާލު ބެލި އެންމެންނަށް ޝުކުރު އަދާކުރައްވައިފަ އެވެ. އެ ދުވަހު ވެސް ވިދާޅުވެފައި ވަނީ ހާލު މުޅިން ރަނގަޅު ނޫން ކަމަށެވެ.
"ބޭސްފަރުވާއެއް ކުރަމުން މިއަދު މި ހިސާބަށް އައިސް އަނެއްކާވެސް ތިޔަ އެންމެ ބޭފުޅުންނާ ބައްދަލުވެ އެއްޗެއް ބުނެލަން ލިބުުމުން އަޅުގަނޑު ހަމަ މާތްﷲ ސުބްހާނަހޫ ވަތައާލާ އަށް ހަމްދާއި، ޝުކުރުކުރަން،" ހުސައިން އެ ދުވަހުވިދާޅުވެފައި ވެ އެވެ.
އެ ބަސްކޮޅާ އެކު އިސްދަށަށް ޖައްސާލެއްވުނެވެ.
އެ ޖަލްސާގައި އާލާސްކަންފުޅާ ގުޅޭ ގޮތުން އެ ނޫން އިތުރު ވާހަކައެއް ނުދައްކަވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަނބިލި
14 December 2021
މައްޔިތާއަށް ހެޔޮ ރަޙުމަތް ލައްވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށިއެވެ. އާމީން
ފޭން.......
14 December 2021
اللهم اغفرله وارحمه وادخله في الجنة آمين ހުސެންވަހީދުއަށް ހެޔޮ ރަހްމަތް ލައްވާ ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި. އަދި ހުސެންވަހީދުގެ އާއިލާއަށް ކެތްތެރިކަންދެއްވާށި. އާމީން.
އަސަރު69
14 December 2021
اللهم اغفرله وارحمه وادخله في الجنة آمين ހުސެންވަހީދުއަށް ހެޔޮ ރަހްމަތް ލައްވާ ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި. އަދި ހުސެންވަހީދުގެ އާއިލާއަށް ކެތްތެރިކަންދެއްވާށި. އާމީން.
އުމަރުބެ
14 December 2021
އާމީން.
މޯދު
14 December 2021
إِنَّا لله وَإِنَّا إِلَيْهِ رَاجِعُونَ اللهم اغفر له وارحمه
ޟަޒްނާ
14 December 2021
ޥަރަށް ވެސް ހިތްތިރި މަޑުމައިތިރި ބޭފުޅެއް. ބޮޑެތި ވިޔަފާރި ކޮށް ތަނަވަސްކަން ލިބުނަސް ވަރަަށް ސިމްޕަލް ކޮށް އުޅެނީ
ސދފަ
14 December 2021
ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވާށި. އާމިން
ޖަބީލް
14 December 2021
މާތްﷲ ގެ ހެޔޮރަޙްމަތް މިންވަރުކުރައްވާށި. އާމީން
ށަވިޔަނި
14 December 2021
اللهم اغفرله وارحمه وادخله في الجنة آمين
ޑޮކްޓާރ. ބަނާނާ
14 December 2021
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ . ޙުސެއިން އަކީ ވަރަށް މަޑުމައިތިރި އަހުލާގް ރަގަޅު ބޭފުޅެއް! ޢަހަރެމެން ކޮންމެ މީހަކީވެސް މަރާއިކުރިމަތިލާން ޖެހޭ މީހަކަށް ވާތީ ވެ ކޮންމެ މަގާމެއްގައި ހުރި ނަމަވެސް އަބަދުވެސް އަހަރެމެން ދެމި ތިބެންޖެހޭނީ ﷲ ގެ މަގުގައި މިދުވަހަށް ތައްޔާރު ވެގެން. ޙުސެއިންގެ އާއިލާ އަށް ކެތްތެރިކަން ދެއްވާ މަތްޔިތާއަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވާށި. ޢާމީން