އަނބުގަހާއި ސައްކެޔޮގަހާއި ހިތިގަހާއި ދަނބު ފަދަ ގަސްތައް އިންދާނެ.
މި ޕްރޮގުރާމަށް މާލެ ގެންނަ ގަސްތައް ބެހެއްޓުމަށް، އަލިމަސް ކާނިވަލުގައި ނާސަރީއެއް ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ.-- ފޮޓޯ: މާލޭ ސިޓީ ކައުންސިލް
29 ޑިސެމްބަރ 2021 - 13:43
މާލޭގެ މަގުތަކާއި ޕާކުތަކުގައި 100،000 ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
މިއަދު ބޭއްވި މާލޭ ސިޓީ ކައުންސިލުގެ ހަތަރު ވަނަ ދައުރުގެ 32 ވަނަ ރަސްމީ އާންމު ޖަލްސާގައި އެ ކައުންސިލްގެ ޕޮލިސީ ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސް ކޮމެޓީގެ ނައިބު މުގައްރިރު އަދި މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާސިރު ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން، އަންނަ ހޮނިހިރު ދުވަހު މާލެ އާއި ވިލިމާލޭގެ މަގުތަކުގައި ގަސް އިންދަން ފަށާނެ ކަމަށެވެ.
މި ޕްރޮގްރާމުގެ ދަށުން ފުރަތަމަ އިންދާ 150 ގަސް، އަންނަ ހޮނިހިރު ދުވަހު އިންދަން ނިންމާފައި ވަނީ މަޖީދީމަގު ހިމެނޭ ގޮތަށް މާލޭގެ ބައެއް ބޮޑެތި މަގުތަކުގަ އެވެ. އޭގެ ތެރެއިން 65 ޕަސެންޓް ގަހަކީ އަނބުގަހެވެ. ބާކީ 33 ޕަސެންޓްގެ ތެރޭގައި ހިމެނެނީ ސައްކެޔޮގަހާއި ހިތިގަހާއި އަދި ދަނބުގަސް ފަދަ ގަސްތަކެވެ.
ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ 100،000 ގަސް އިންދުމުގެ މި ޕްރޮގްރާމުގެ ދަށުން މަގުތަކާއި ޕާކުތަކުގައި މުޅި އަހަރަށް ބަލާއިގެން އެކި ދުވަސްތަކުގެ މަތިން ގަސްތައް އިންދާނެ އެވެ. އަދި މިހާރު މާލޭގައި އިންދާފައި ހުރި ގަސްތަކުގެ ތެރެއިން ނުހެދި ނުވަތަ މަރުވެފައި ހުރި ގަސްތައް ނެގުމަށް ފަހު އެ ތަންތަނުގައި ވެސް އާ ގަސްތައް އިންދާނެ އެވެ.
މި ޕްރޮގުރާމަށް ބޭނުންވާ ގަސްތައް ގެންނަނީ، ކައުންސިލުން މިކަމަށް ހާއްސަ ބަޖެޓެއް ހަދައިގެން، ރަށްރަށުންނާއި ރާއްޖެއިން ބޭރުންނެވެ. އަދި މި ގަސްތައް މާލެ ގެނެސް ބެހެއްޓުމަށް، އަލިމަސް ކާނިވަލުގައި ނާސަރީއެއް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން މިދިޔަ އާދިއްތަ ދުވަހު ވަނީ ފަށައިފަ އެވެ.
މާލެ ސިޓީކައުންސިލްގެ 04 ވަނަ ދައުރުގެ 32 ވަނަ ރަސްމީ އާންމު ޖަލްސާ pic.twitter.com/5lxNHDoNLd
— Male' City Council (@MaleCitymv) December 29, 2021
ކައުންސިލްގެ ޖަލްސާގައި ޕޮލިސީ ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސް ކޮމެޓީގެ މުގައްރިރު އަދި މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު އިބްރާހިމް އަބޫބަކުރު ވިދާޅުވީ މި ގަސް އިންދުމުގެ ޕްރޮގްރާމަށް އައްޑޫ އަދި ފުވައްމުލަކު ސިޓީ ކައުންސިލްގެ އެހީތެރިކަމަށް އެދުނު ކަމަށާއި ނަމަވެސް އެއްބާރުލުން ލިބިފައިނުވާ ކަމަށެވެ.
"އައްޑޫ އަދި ފުވައްމުލަކަށް ޒިޔާރަތް ކުރުމުން އެ ދެ ސިޓީ ކައުންސިލުން ވެސް މި ކަމަށް ދެއްވަން ޖެހޭ އެއްބާރުލުން ދެއްވާފައިނުވޭ. ނަމަވެސް އިދިކޮޅު ޕީޕީއެމްގެ ކައުންސިލަރަކު ވަކިން މިކަމުގައި އެހީތެރިވެފައިވޭ، އެކަން އުފަލާ އެކު ފާހަގަކުރަން،" އޭނާ ވިދާޅުވި އެވެ.
ސިޓީ ކައުންސިލްގެ 1 ލައްކަ ގަސް ޕްރޮގްރާމާއި ގުޅޭގޮތުން ކާނިވާ ބިމުގައި ހަދާ ނާސަރީ ހެދުމުގެ މަސައްކަތް ފެށިގެން ކުރިއަށްދަނީ pic.twitter.com/6M8iRvPHut
— Male' City Council (@MaleCitymv) December 26, 2021
މިއީ، ކުރިއަށް އޮތް ފަސް އަހަރަށް ކައުންސިލުން އެކުލަވާލައިފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ ގަސް އިންދާ ހައްދާނެ ގޮތުގެ ޕްލޭން، ކަމާ ބެހޭ ފަންނީ ފަރާތް ތަކުގެ ލަފަ އާއި ރައްޔިތުންގެ ބައިވެރިވުމާއި އެއްގޮތަށް އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށްދާ މަޝްރޫއެކެވެ.
ތޮއްޖެހިފައިވާ މާލެ ފެހިތަނަކަށް ހަދަން ކުރީގެ ކައުންސިލުތަކުން ވެސް ގަސް އިންދުމުގެ ޕްރޮގުރާމްތައް ހިންގި އެވެ. ނަމަވެސް، ކޮންމެ ފަހަރަކު އެ މަސައްކަތް ފެށުމަށް ފަހު، ވަކި ހިސާބަކުން ވަނީ އަޅާނުލާ ދޫކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިސްޓަރ ޓިނޭ
30 December 2021
މާލޭގަ ހުރި ހުރިހާ ގަހެއް ކެނޑީ ކާކުތޯ ބަލާ ، އެމީހަކު ހައްޔަރު ކުރޭ?
އަވަހަށްފައްޓާ
29 December 2021
ފިޔައާ އަލުވި ހެއްދޭނެ ގޮތެއްވެސް ހޯދަންވީނު؟ ކުކުޅު އާލާކޮށްގެން ބިސް ލިބޭނެ ގޮތްވެސް އެބަ ހޯދަންޖެހޭ. އެވަރުގެ ފަސޭހައިން ވާން ހުރި ކަންކަމުގަވެސް މިތިބެންޖެހެނީ ވަކި ގައުމަކަށް އަޅުވެތިވެފައި. ލޮނުޒިޔާރަތް ޕާކުގެ ގަސްތައް ސަލާމަތްކުރަން ލިއުނު ކޮމެންޓްވެސް ކޮންމެވެސް ސަބަބަކާ ހެދި ފެންނާކަށް ނެތް މިތަނުގަ.
ބޮޑުމީހާ
29 December 2021
އަނބުގަހާއ އެއްޗެހި މަގުމަތީ ހައްދާ ރައްޔިތުންނަށް ހިލޭ އަނބު ލިބޭ ގޮތަށް އޮތީމަ ނިމުނީ. އޭރުން ޕާޓޭއެއްވެސް ބަނޑުހައިވެގެން ފިހާރައަކުން ވައްކަމެއް ނުކޮށް އަނބަކުން ފުއްދާލާނެ
ބޮކިއަލި
29 December 2021
ގަސްއިންދުމަކީ ހަމަ ރަގަޅު ކަމެއް. އެކަމަކު ބޮޑެތި ބިޔަގަސް އިންދާބެލެހެއްޓޭނެ ތަނަވަސް މާހައުލެއް މާލޭންފެނޭބާ. ދެންއޮތް އަނެއްސުވާލަކީ ރޭގަނޑު ދަންވަރު ދެލޯދިއްލައިގެން ގަސްވައްޓާބަޔަކު އުޅޭކަން އިގޭބާއޭ. ދާދިފަކުންވެސް އިންދާފަހުރި ފެންފޯއްރުއްތަކެއް ވައްޓާލިތަންފެނުނު. ދަންތުރަ ޖަހަގެންވިއަސް ވާބިރުގަންނަވާ ހަރުކޮންގެންނަމަވެސް މިކަހަލަ މީހުންގެ ކިބައިން ގަސްތައް ސަލާމަތްކޮށްގެން ނޫނީ ގަސް ހެއްދޭނެބާ.
އަލީބަލީ.
29 December 2021
މާލޭ މީހުން ހީއެއްނުވޭ ތިކަމަށް އެއްބާރުލުން ދޭނެ ހެނެއް. ގަސް އިންދަން ބިންކޮޅެއް ދޫކޮށްލިޔަސް ކުލި މަދުވެދާނެކަމަށް އެމީހުން ހީކުރާނީ.
މުލައްޑޫ.
29 December 2021
ނުޖެހޭ ކޮންމެހެން މުލަކާއި އައްޑޫސިޓީން ކ.އަތޮޅު މާލެއަށް ގަސްތައް ފޮނުވާކަށް. ތިގޮތަށް މިރަށްރަށުގެ ފަރުތައް ހަލާކުކޮށް އަކިރިނަގައިގެން ގޮސް މާލޭ މަޖީދީ މަގުވެސް ހެދި.
ފަލައްޑޫ
29 December 2021
ހާދަހާވާ ހަސަދަވެރިއޭ މި ރަށްރަށު މީހުން. މާލެއަށް ގަސްކޮޅެއް ފޮނުވައިގެން ތިމީހުންނަށް ލިބޭނެ ދެރައެއް އޮންނާނެތަ؟ ގަހަކީ މީހުންނަށް އޭގެ ގޮފި ދިނީމަ އަދި އޭގަ އަޅާ މޭވާގެ އޮއް ބަހައިގެން އެންމެންނަށް ފައިދާކުރަން ލައްވާފަވާ އެއްޗެއް. މަގޭ ރަށުގެ ގަސް މަގޭ ރަށުގަ އެކަނި ބަހައްޓަން އުޅުނަސް ގުދުރަތުން އެކި ރަށްރަށަށް ގަސްތައް ފެތުރޭނެ ގޮތްވަނީ ލައްވާފައި. މާތްﷲ ދެއްވި ތަކެއްޗާ ހެދި މާ އަމިއްލަ އެދުން ބޮޑުވުމަކީ ހަލާކު އަންނާނެކަމެއް.
ފަކައްޑޫ.
29 December 2021
ފަލައްޑޫ މެން ރަށުމީހުން ތިޔަބުނާ ރަށްރަށުމީހުނަށް ހަދާގޮތް ފަލައްޑޫ އަކަށް ނޭގޭދޯ ؟ ފުލައިވުޑު 2 ފިލާ ޖައްސާފަ ހުންނަ ތަންތަން މަޖުބޫރީ ހާލަތް މެދުވެފިވެފައިތިބޭ މީހުނަށް 15 ހާހަށް ކުއްޔަށްދޭއިރު ހިތަކަށް އެއްޗެއް ނާރާތަ ؟
ޙިނި
29 December 2021
ޜަންގަޅު ކަމެއް، މުހިންމީ ކޮންޓިޓީ އެއް ނޫން ކޮލިޓީ.
ކޮރަލް
29 December 2021
މާލޭގެ މަގުތަކާއި ޕާކުތަކުގައި 100،000 ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ. ރަނަގަޅު ކަމެކެވެ. އެކަމު ތިޔަ ގަސް ތައް އިންދަންވީ ހުޅުމާލެ، ގުޅިފަޅު އަދި ތިލަފުށީގަ އެވެ. މާލޭގަ ގަސް އިންދާނެ ތަނެއް ނެތެވެ. އިންދާފަ ހުރި ގަސްތައް ވެސް ކައުންސިލް އިން އައިސް ކޮށާލަނީ އެވެ.
ހެސްކިޔާފަ
29 December 2021
ދުނިޔޭގެ ނަންހިނގާ އެއްވެސް ޤައުމެއްގެ މަގުތަކުގާ ކައުންސިލަކުން މޭވާ ގަހެއް ނީންދާ. މުއިއްޒު ނުކުރާނެ ކަމެއް ގޯސްނުވާނެ ގޮތަކަށް. ޚާއްޞަކޮށް މާލޭގައި މޭވާ އަޅަން ފަށައިފިއްޔާ ވާނެގޮތް ވިސްނާލާ. މޭޔަރަކަށް ބަހައްޓަން ހެޔޮވާވަރުގެ ބޭކަލެއްނޫން މިއީ.
ހެސްނުކިޔަބަލަ
29 December 2021
ޕާކު ފަދަ ތަންތަން ހަދާއިރު ޕާކުގެ އެއްބައިގަ ފައިދާވާ މޭވާ އަޅާ ތަރުކާރީއާ މޭވާ ގަސް އިންދިއްޔާ އެއިން އެއްޗެއް ދައުލަތަށް ގައިމު ލިބޭނެ. ކެއިންބުއިމަށް ބޭނުންކުރެވޭ ގަސް އިންދުމަކީ މުހިއްމު ކަމެއް. ކާބޯތަކެތީގެ ދަތިކަން އަންނައިރު ކޮންމެވެސް އެއްޗެއް ލިބިދާނެ. އެކަމު އިންޑިއާއަށް އަތްދިއްކުރަން އާދަވެފަ ތިބި މީހުންނަށް ހަޖަމުނުވާނެ އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވާ ކަހަލަ ވާހަކަ ދެއްކީމަ.
ގުނބޯ
29 December 2021
އަނެއްކާ އަނެއް ފަންޑިތަވެރިކަން މިފެށެނީ.