ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ރައީސް، ކޮވިޑަށް ޕޮޒިޓިވްްވެއްޖެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ: ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް ހާލުކޮޅު ރަނގަޅު ކަމަށް އެ މަނިކުފާނު ވިދާޅުވި.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވެއްޖެ އެވެ.

އެ މަނިކުފާނު ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮވިޑަށް ޕޮޒިޓިވްވިކަން އެނގިވަޑައިގަތީ އަތޮޅުތެރެ އަށް ދަތުރުފުޅު ކުރެއްވުމަށްޓަކައި ރޭ ޕީސީއާރު ޓެސްޓް ހެއްދެވުމުން ކަމަށެވެ.

"މާތް ﷲގެ ރަހްމަތްފުޅުން ހާލު ރަނގަޅު. މިވަގުތު މިހިރީ ގޭގައި އެކަހެރިވެގެން،" ރައީސްގެ ޓުވީޓްގައި ވެ އެވެ.

ރައީސް ކޮވިޑަށް ޓެސްޓް ކުރެއްވީ ށ. ކޮމަންޑޫ ބައި-އިލެކްޝަންގެ އެމްޑީޕީގެ ކެމްޕެއިނަށް މިއަދު އެ ދާއިރާ އަށް އަދި މާދަމާ ހަވީރު ރ. އަލިފުށީގައި ބާއްވާ ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗަށް ވަޑައިގަތުމަށް ޝެޑިއުލް ކުރައްވާފައިވާތީ އެވެ.

ރައީސް ވަނީ ކޮވިޑުން ދިފާއުވުމަށްޓަކައި ކޮވިޑް ވެކްސިންގެ ދެ ޑޯޒް ވެސް ފުރިހަމަ ކުރައްވައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ފަހުން ދަތުރުފުޅެއް ކުރެއްވީ ދުބާއީ އަށެވެ. އަބޫދާބީގެ ވަލީއަހުދު ޝައިހް މުހައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދައުވަތަކަށް ދުބާއީ އަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސް ރާއްޖެ ވަޑައިގަތީ މިދިޔަ ބުދަ ދުވަހު އެވެ.

ރައީސްގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވެސް މިދިޔަ އަހަރުގެ އޭޕްރީލް މަހު ކޮވިޑަށް ޕޮޒިޓިވްވި އެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ދުވަސްގަނޑަކަށް ފަހު މިހާރު ވަނީ މަތިވާން ފަށައިފަ އެވެ. ކޮންމެ ދުވަކު އެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ހާހުން މައްޗަށް މިހާރު އަރާފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު 6 އިން އިއްޔެގެ ހަވީރު 6 އަށް ކޮވިޑަށް ޕޮޒިޓިވްވީ 1،697 މީހެކެވެ. އެކަމަކު، އޭގެ ކުރީ ދެ ދުވަހުގެ އަދަދުތައް ހުރީ 2،000 އިން މަތީގަ އެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 11،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ. ނަމަވެސް އެޑްމިޓް ކޮށްގެން ފަރުވާ ހޯދަނީ އިއްޔެގެ ހަވީރު 6 އާ ހަމައަށް 49 މީހެކެވެ.

ރާއްޖެ އިން މިހާތަނަށް 112،528 މީހަކަށް ކޮވިޑް ޖެހިފައިވާއިރު، 100،811 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. މިހާތަނަށް އެ ބަ ބަލީގައި ނިޔާވީ 269 މީހެކެވެ.

32 ކޮމެންޓް, 51 ރިއެކްޝަންސް

icon happy icon happy 41%
icon sad icon sad 51%
icon angry icon angry 2%
icon wow icon wow 2%
icon inlove icon inlove 4%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހަންމަ

23 January 2022

އަވަސް ޝިފާއެއް މިންވަރު ކުރައްވާށި! އާމީން

The name is already taken The name is available. Register?

އެމްއާރއެންއެންއޭ

22 January 2022

ވެކްސިން 2 ޑޯޒު އަދި ބޫސްޓަރުވެސް ޖަހައިގެން ހުއްޓާ ތޯ ޕޮސިޓިވް ވީ،،؟ ސޯ ސޭޑް... ގެޓް ވެލްސޫން

The name is already taken The name is available. Register?

ލައްޓި

22 January 2022

ޝަފާކަﷲ

The name is already taken The name is available. Register?

އީވާން

22 January 2022

އަވަސް ޝިފާ އެއް ދެއްވާށި. އާމީން. ރައްކާތެރިކަމުގެ ފިޔަވަޅުތަށް ގަދަ ކުރަން ޖެހޭ... ކޮބާ އެޗްޕީއޭ!!!!

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

22 January 2022

އިންސާނަކު ބަލިވީމަ އަވަސް ޝިފާއަކަށް އެދި ކޮށްފަ ހުންނަ ކޮމެންޓް ތަކުގަ ޑިސްލައިކް ޖަހަނީ އިންސާނުން ބާ؟؟ މިމީހުން ބަލި ނުވާނެ ބާ؟؟ މިހުންނަނީ ހާދަހާވާ ދެރަ ކަންކަމޭ.އަހަރުމެންގެ އަޙްލާގް މިއަށްވުރެ ރީތި ކުރަން އެބަޖެހޭ.މިފަދަ މީހުންނަށް ހެޔޮ ވިސްނުން މިންވަރުކުރައްވާށި.އާމީން

The name is already taken The name is available. Register?

އައުޓޭމެން

23 January 2022

އެއީ އެބުނާ ދީނާއި ގައުމުގެ ދިފާއުގައި އައުޓުނުވެގެން އުޅޭ ކުދިންކޮޅު

The name is already taken The name is available. Register?

ޢިންސާނާ

22 January 2022

ޢަވަސް ޝިފާއަކަށް އެދެން

The name is already taken The name is available. Register?

ޑޮކްޓާރ. ބަނާނާ

22 January 2022

މރ. ޕްރެޒިޑެންޓް.... ހޯޕް ޔޫ އާރ އޮންދަ ޕާރތް އޮފް ރިކަވަރީ އެންޑް ގެޓް ވެލް ސޫން!

The name is already taken The name is available. Register?

ފަޒޫމިސް

22 January 2022

ސިޔާސީ ސްޓަންޓެއް

The name is already taken The name is available. Register?

ޢަދުރެ

22 January 2022

ރައީސަށް އަވަސް شفاء އަކަށް އެދެން.

The name is already taken The name is available. Register?

އުދުހޭ

22 January 2022

ކޮމަންޑޫއިން ހަދިޔާއެއް ދިނީތާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454