އޮރެންޖު ހިޔާ މަރާމާތުކުރުމުގެ މަސައްކަތްތަކެއް ކުރަނީ.-- ފޮޓޯ: އެޗްޑީސީ
22 ޖެނުއަރީ 2022 - 18:21
ހުޅުމާލޭގައި ހަދަމުން އަންނަ އޮރެންޖް ހިޔާ ކޮވިޑް ފެސިލިޓީ އަންނަ މަހު ބޭނުންކުރަން ފަށާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން މިއަދު ބުނެފި އެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާދޭނެ ރަނގަޅު ނިޒާމެއް ގާއިމްކުރުމާއި ބެޑް ކެޕޭސިޓީ އިތުރުކުރުމުގެ ބޭނުމުގައި އެޗްޑީސީގެ ޑިސްޓްރިބިއުޝަން ސެންޓަރެއްގެ ގޮތުގައި ބޭނުންކުރަމުން ދިޔަ އިމާރާތް ވަނީ ކޮވިޑް ފެސިލިޓީއަކަށް ހަދަން ނިންމައިފަ އެވެ.
އެޗްއީއޯސީގެ ކޮމިއުނިކޭޝަން އޮފިޝަލަކު ވިދާޅުވީ އޮރެންޖު ހިޔާގައި ކޮވިޑު ބަލީގެ 200 އަށްވުރެ ގިނަ މީހުންނަށް އެއްފަހަރާ ފަރުވާދެވޭނެ ކަމަށެވެ. އެ ތަނުގައި އައިސީޔޫ ބެޑާއި ހާލު ދެރަ މީހުންނަށް ފަރުވާދެވޭނެ ގޮތްތައް ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޮރެންޖު ހިޔާގެ ސެޓަޕް ހަދަމުން އަންނަނީ ހުޅުމާލެ ހޮސްޕިޓަލުންނެވެ. އަންނަ މަހުގެ 10 ގައި އެ ފެސިލިޓީ ބޭނުންކުރެވޭ ވަރަށް ތައްޔާރުވަމުން އަންނަކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"ޑެލްޓާ ވޭރިއެންޓުގެ ޕީކަށް އެރިއިރު ހޮސްޕިޓަލް އޮތީ ފުރިފައި. މި ފަހަރު ކޭސްތައް 2،000 އިން މައްޗަށް އެރިއިރު ވެސް ހޮސްޕިޓަލައިޒޭޝަން މި އުޅެނީ 49 ގައި. އެ ހުރިހާ ކަމަކަށް ބަލާފައި މި ތައްޔާރުވަނީ،" އޭނާ ވިދާޅުވި އެވެ.
ރާއްޖެއިން ކޮވިޑްގެ ފުރަތަމަ ކޭސް ފެނުނުއިރު އޭރު ކޮވިޑަށް ފަރުވާދޭން ފެސިލިޓީއެއް ހެދީ ފަރުކޮޅުފުށީގަ އެވެ. އެކަމަކު ޖޫން، 2020 ގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ ހިދުމަތް ފެށި ފަހުން ހައި ރިސްކް މީހުންނަށް ފަރުވާ ދެމުން އަންނަނީ އެ ފެސިލިޓީގަ އެވެ.
އޮމިކްރޮން ވޭރިއެންޓާއެކު، ރާއްޖޭގައި ކޮވިޑުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އިތުރު ފިޔަވަޅުތައް ނާޅައިފި ނަމަ މިއަށްވުރެ ހާލަތު ގޯސްވެދާނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮހޮތި
23 January 2022
2000 ޕޮޒިޓިވް ކޭސް އިން 40 މީހުން އެޑްމިޓް ކުރަންޏާ ތިޔަފެސިލިޓީސް ތައް އަޅަނީ ކީއްކުރަންބާ؟ ކޮބާތޯ ކުރިން އެޅި ފެސިލިޓީ؟
ށަވިޔަނި
23 January 2022
ފާޑުކިޔުމުގެ ހައްގު އޮތުމުގެ މާނައަކީ ނުބައިފަތް ބަރުކުރުމެއް ނޫނެވެ.
ވަންމޭން
23 January 2022
ތިޔަތަން ނިންމާފަ މީގެ ދުވަސްކޮޅެއް ކުރިން ސަރުކާރާ ހަވާލުކުރި ވާހަކަ ކޮންމެސް ނޫހަކުން ދުށް ހަދާނެއްވޭ!
ހިބަރު
22 January 2022
ކޮބާތަ ނަރުހުން.....މިހާރުވެސް ފެލާލަނީ....އެންމެ ވޯޓެއްވެސް ނުދޭނަން!
އޮރެންޖު ޖޫސް
22 January 2022
ލާރިގަނޑެއް މަރާލަނީ. މިހާރު ކޮމަންޑޫ ވޭރިއަންޓޭ ކިޔަން ފަށައިފި
ބޮޑުމީހާ
22 January 2022
ކިތައް ފެސިލިޓީ ހެދިއްޖެ!
48343
22 January 2022
އޮރެންޖުހިޔާއޭ އެކިޔާނީ އޮރެންޖު އެލާޓުވާތީތަ؟
ބަލަމާ
23 January 2022
އެހުރީ އޮރެންޖްކުލަ ލާފަ..
އަފްރާސިޔާބު
22 January 2022
އަނހަ! ފައްކާތަނެއް. ބަލިމީހުން ތިޔަ ހެއްދެވީ ދަނގަޑު ތެޅުމާއި ލަކުނޑި ކީހުމާއި ވެހިކަލް ދޮވުމާއި ސިމެންތި ބަންދުކުރުމާއި ލަކުޑި ރައްކާކުރާ ގުދަންތަކުގެ ތެރެއަށް އެއްލާލަން ޖެހޭ ބަޔަކަށްދޯ؟ މިހާރު ބަލިމީހުންވެސް މިވީ އިންޑަސްޓްރިއަލް ކަމަކަށްތާ؟! ނިކަން ވިސްނާލަ މާލޭން ހުޅުމާލެއަށް އަރާ މަގުގައި ހުރި ގާސިމް އިބްރާހީމްގެ ތެޔޮ ޝެޓްގެ އަނެއްފަރާތަށޭ ބަލިމީހުން ތިޔަ ގެންދަވަނީ. ތި އެޗްއީއޯސީ އުވާލާކަށް ނުވޭތަ؟
ޢެމަމް
22 January 2022
އަނެއްކާ ކޮންމެސް ބަޔަކު ލާރި ނަގަންވީ. ފެސިލިޓީ ހަދާ ނިމޭނެ ބާ
88
22 January 2022
އެޗްއީއޯ ވެސް ބަދަލު ކުރަންވީ އެތަނަށް.