ތާރީހުގައި ވެސް މަޖިލީހުގެ ގޮނޑިއަކަށް މިހާ ވާދަވެރި ކެމްޕޭނެއް ނުދޭ. އެންމެ ގޮނޑިއަކަށް އަމާޒުކޮށް މިވަރުގެ ގުރުބާނީތަކެއް ވެސް ޕާޓީތަކުން ނުވޭ
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ކެމްޕޭން ނިންމުމަށް ބޭއްވި ހިނގާލުމުގައި ސަޕޯޓަރުން. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
04 ފެބުރުއަރީ 2022 - 17:52
ތިން ޕާޓީގެ ވެސް ސަޕޯޓަރުން ތިބީ އާދަޔާ ޚިލާފު ރޫހެއްގަ އެވެ. އެއީ ވޭތުވެދިޔަ ދެ މަހެއްހާ ދުވަހުގެ ކެމްޕޭން ފޯރި އެވެ. ތާރީހުގައި ވެސް މަޖިލީހުގެ ގޮނޑިއަކަށް މިހާ ވާދަވެރި ކެމްޕޭނެއް ނުދެ އެވެ. އެންމެ ގޮނޑިއަކަށް އަމާޒުކޮށް މިވަރުގެ ގުރުބާނީތަކެއް ވެސް ޕާޓީތަކުން ނުވެ އެވެ.
ކޮމަންޑޫ ދާއިރާގެ ތިން ރަށުގެ ކެމްޕޭންގައި އިސްކޮށް އުޅުއްވީ ޕާޓީތަކުގެ އިސް ބޭފުޅުންނެވެ. މި ކެމްޕޭން ނިންމާލުމަށް އެމްޑީޕީ އާއި ޕީޕީއެމްގެ އިތުރުން އެމްއެންޕީން ވަނީ އެކި ހަރަކާތްތައް މިއަދު ހަވީރު ބާއްވައިފަ އެވެ.
ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުން:
ކޮމަންޑޫގައި ޕީޕީއެމުން ބޭއްވީ ކެންޑިޑޭޓާ އެކު ހިނގާލުމެކެވެ. އެމްޑީޕީން އޮތީ ހަރުގޭގައި އެ ޕާޓީގެ މެމްބަރުންނާ އެކު ކެމްޕޭން ބައްދަލުވުމެކެވެ. އެންއެންޕީން ވެސް އެކި ހަރަކާތްތައް ކުރިއަށްގެންދިޔަ އެވެ. ދާއިރާގެ އަނެއް ދެ ރަށް މަރޮއްޓާއި ފޯކައިދޫގައި ވެސް އެކި ހަރަކާތްތައް ބޭއްވި އެވެ.
އެމްއެންޕީގެ ކެންޑިޑޭޓުގެ ކެމްޕޭން ޓީމުން ކޮމަންޑޫގައި ބޭއްވި ހިނގާލުން. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ޕީޕީއެމްގެ ސަޕޯޓަރުން އަޑު އުފުލި ގޮތުގައި ކޮމަންޑޫ ދާއިރާގެ ތިން ރަށް, ފޯކައިދު އާއި މަރޮއްޓާއި ކޮމަންޑޫން ވެސް އެ ޕާޓީގެ ކެންޑިޑޭޓު މޫސާ ފަތުހީއަށް ތާއީދު ބޮޑެވެ. ގައުމު ނުފޫޒުގެ ދަށަށް ގެންދިއުމާ ދެކޮޅަށް އަދި 2023 ގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ފުރަތަމަ ހަރުފަތް ކަމުގައި ދެކޭ މި އިންތިހާބު އެ ޕާޓީއަށް ކާމިޔާބުވާނެ އެވެ.
އެމްޑީޕީގެ ސަޕޯޓަރުން ބުނީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ގޮނޑި ދިފާއުކުރެވޭނެ ކަމަށެވެ. ފަސް އަހަރުގެ ދައުރަކަށް ދާއިރާގެ ރައްޔިތުން އެ ގޮނޑި ކަށަވަރުކޮށްދިނުމަށް ފަހު އަދިވެސް ތިބީ އެ ދާއިރާއަށް ތަރައްގީ އާއި ކުރިއެރުން ހޯދުމުގެ އަޒުމުގައި ކަމަށް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީގެ ކެންޑިޑޭޓުގެ ކެމްޕޭން ރެލީއެއް ކުރިއަށް ދަނީ. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
އެމްއެންޕީން ދިނީ އެމްޑީޕީ އާއި ޕީޕީއެމްގެ ފިކުރުގައި ރައްޔިތުންގެ މާޔޫސްކަން ފިލުވއިދޭނެ ކަމުގެ ޔަގީން ކަމެވެ. އެ ޕާޓީން ބުނި ގޮތުގައި ތިން ރަށުގެ ރައްޔިތުން މި އިންތިހާބުގައި ތިބީ އެ ޕާޓީއާ އެކުގައި ކުރިއަށް ދާން ތައްޔާރަށެވެ.
ކޮމަންޑޫން 1،409
ފޯކައިދޫން 1،204
މަރޮށި 703
ދައުރުގެ މެދުތެރެއިން ބާއްވާ މި އިންތިހާބު ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއަށް ގެއްލިއްޖެ ނަމަ މެސެޖް ވަރަށް ސާފުވީ އެވެ. އެއީ، ކޮމަންޑޫ ދާއިރާގެ ގޮނޑިއާ އެކު މަޖިލީސް އިންތިހާބުގައި 65 ގޮނޑި ކާމިޔާބުކުރި ޕާޓީއަށް ދާއިރާގެ ތާއީދެއް މިހާރު ނެތް ކަމެވެ. ކިތަންމެ ގިނަ މަޝްރޫއުތަކެއް އެ ދާއިރާގައި ހިންގިއަސް ހިތްހަމަނުޖެހުން އޮތް ކަމެވެ. މި ބައި އިލެކްޝަނަށްޓަކައި ވީ ވައުދުތައް ވެސް ފުއްދާނެ ކަމުގެ އިތުބާރު ނެތް ކަމެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެއްފަަހަރަށް ވުރެން ގިނައިން މި ދާއިރާއަށް ކެމްޕޭންގައި ވަޑައިގަތެވެ. އަދި މި ސަރުކާރުގެ ކޯލިޝަން ލީޑަރުންނާ އެކު ވަޑައިގެން ކެމްޕޭން ކުރެއްވުމަކީ މި ގޮނޑި ސަރުކާރަށް މުހިއްމު ވަރެވެ.
ވޭތުވެދިޔަ ތިން ދައުރު އެމްޑީޕީން ކޮންޓްރޯލްކުރި ކޮމަންޑޫ ދާއިރާ މި ފަހަރު ޕީޕީއެމަށް ކަށަވަރުވެއްޖެ ނަމަ ތާރީހް ބަދަލުވީ އެވެ. އަދި އެއީ އެ ޕާޓީއަށް ސިޔާސީ ގޮތުން ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. ޕާޓީގެ ވަަރަށް ބޮޑު ކާމިޔާބީއަކަށް ވެސް ވާނެ އެވެ.
ކޮމަންޑޫގައި ކެމްޕޭން ނިންމާލުމުގެ ހިނގާލުން ޕީޕީއެމުން ކުރިއަށް ގެންދަނީ. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ޕީޕީއެމަށް މި އިންތިހާބު މުހިއްމު ވަނީ ރައީސް ޔާމީނާ އެކު އެ ޕާޓީގެ ތާއީދު ބޮޑުވެފައި އޮތް ކަން ހާމަކުރުމަށެވެ. ރިޔާސީ އިންތިހާބާއި ވިދިގެން އައި އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވިޔަސް ކައުންސިލް އިންތިހާބަށް ފަހު އެ ޕާޓީ ކުރިއަރަމުން އަންނަ ކަން ވެސް ރައްޔިތުންނަށް ދައްކައި ދިނުމަށެވެ. މި ގޮނޑި ކާމިޔާބުވުމަކީ ރިޔާސީ އިންތިހާބަށް އަރާ ފުރަތަމަ ސިޑި ކަމަށް އެ ޕާޓީން ދެކެ އެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕޭނު އާދަޔާ ހިލާފް ވާދަވެރިކަމާއި ފޯރީގައި ނިންމާލީ ކޮންމެ ޕާޓީއަކުން ވެސް ކާމިޔާބީގެ ޔަގީންކަމާއެކު.
— Mihaaru (@Mihaarunews) February 4, 2022
އިންތިހާބުގެ ކަވަރޭޖް: https://t.co/wHwPitvumV pic.twitter.com/uAVWZYmdSW
ރިޔާސީ އިންތިހާބެއް ވަގުތުން ބޭއްވިޔަސް އެ ޕާޓީން ކާމިޔާބުކުރާނެ ކަމަށް ހަރު އަޑުން ދައްކާ ވާހަކައަށް ބާރުދޭން ވެސް މި އިންތިހާބު ކާމިޔާބުކުރުން އެ ޕާޓީއަށް މުހިއްމެވެ.
ލީޑަރުންގެ ފަހަތުގައި ވަށައި އެނބުރޭ އެމްޑީޕީ އާއި ފީޕީއެމްގެ ފިކުރު ނޫން ގޮތެއް ރައްޔިތުންނަށް ހޯދައިދޭން އުފައްދައި ކުރު މުއްދަތެއްގައި އެހެން ސިޔާސީ ޕާޓީތަކާ އެއް ސަފަކަށް އަރާ ހަމަވި އެންއެންޕީއަށް މިއީ އެ ޕާޓީން ވާދަކުރާ ފުރަތަމަ ގައުމީ އިންތިހާބެވެ. އެ ޕާޓީން ޕްރޮމޯޓްކުރާ ގައުމީ ފިކުރަށް އެ ދާއިރާގެ ރައްޔިތުންގެ އިތުބާރު އޮތްތޯ އެނގިގެންދާނެ އެވެ.
ކެމްޕޭން ނިންމާލި އިރު "ގޮނޑި ކަށަވަރުވެއްޖެ" ކަމުގެ ޔަގީންކަން ޕާޓީތަކަށް އޮތަސް ގޮތް ނިންމާނީ މާދަމާގެ ވޯޓުގައި ދާއިރާގެ ރައްޔިތުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިތަދޫ 12
05 February 2022
"އެހެން ސިޔާސީ ޕާޓީތަކާ އެއް ސަފަކަށް އަރާ ހަމަވި އެންއެންޕީއަށް" ކޮންތަނަކަށް އަރާ ހަމަކުރީ؟ މޮޔަނުގޮވާ!
ފ އަތޮޅު
05 February 2022
ހަންނާން ސަރ އަށް ކާމިޔާބަށް އެދެން
ހަސަންކާރި
05 February 2022
ދިވެހި ރައްޔިތުންނަށް މިހާތަނަށް އެންމެ ޚަރަދު ބޮޑު ވޯޓު!!! ބޮަލަކަށް 120،000 ރުފިޔާ
ޝަފީރު
05 February 2022
އެމްޑީޕީއަށް ތިޔަގޮނޑި މުހިންމުވަނީ އިންޑިޔާ ސަރުކާރަށް ދެއްކުމަށް. މިހާރު ޤައުމުގައި އަޑު އަރާފައިވާ އިންޑިއައުޓްގެ ޕަވަރ އުރައްޕެއްނެތްކަން އިންޑިޔާގެ ބޯރީނދޫ ސަރުކާރަށް ދައްކަން. މިއެތި އެޑީޕީއަށް ކާމިޔާބު ވެއްޖެނަމަ މިހާރު އިންޑިޔާއިން ދިވެހިސަރުކާރަށް ބާނާފައިހުރި އަތް އުޅަނބޮށި ކައްޓާ ހަމައަށް އަޑިވެގެންދާނެ. މިވަގުތު އެއަތް ވަދެފައިހުރީ ކުޑަހުޅާހަމާގައި. 2023 ކާމިޔާބުވެއްޖެނަމަ ކޮނޑުހުޅާ ހަމައަށް ވަދެގެންދާނެ.
ދިވެހިންމީ
05 February 2022
ބާކީ އިން 64 މެމްބަރުންވެސް އިސްތިއުފާ ދިނުމަށް ގޮވާލަން، ދެން ހުރި ދާއިރާތަށް ވެސް ތަރައްގީ ބޭނުންވޭ. ފަހުން ވޯޓް ހޯދަން ނާންނާތި މިހާރު އިސްތިއުފާނުދީ، އަހަރުމެންވެސް ބޭނުން ދާއިރާއަށް 1 މަސް ތެރޭގައި 300 މިލިއަން ހަރަދު ކުރަން. އިސްތިއުފާ ދިނުމަށް އމޑޕ ހުރިހާ މެމްބަރުންނަށް ވެސް ގޮވާލަން. ތި އެދޭ ހެވެއްދައްކަން އިސްތިއުފާދެއްވާ!
ފޯކުލޯރު
04 February 2022
އެގޮނޑި ރަނައްވާންޖިހޭ އެއްވެސް ސަބަބެއްނެތެވެ އެގޮންޑި އެންޑީޕީއައް ލިބުނަސް ހަމަ ލާނީ މަޖިލިހުގަ އެއްރަހައެއް އިދިކޮޅު ޕީޕީއެމައް ލިބުނަސް ލޮނުހެޔޮވަރުކޮއްވެސް މަޖިލީހުގަ ނުލެވޭނެ ދެން އޮތީ ނާޒްގެ ޕާޓީ އެޕާޓީއައް ގޮނޑިދިނަސް މަޖިލީހައް އިތުރުވާނީ ބޮލެއް ވީމާ އެގޮނޑި ރަނައް ރިއްސައް ލޮޔައް އަދި ބާދަނގަޑައްވެސް ކަމަކުނުދޭ ހިލަބުރިއެއްވެސް ރަނައް ހަދައިފިނަމަ ދެން އެވީރަނައް މީކުޅޭ ކުޅިނަޑެއް އަނބުރާގޭސްގަނޑެއް ލޮލުގަ އަޅުވާ އަނދުނެއް
ކޮރަލް
04 February 2022
ވޯޓް ދޭންވީ ޕާޓީ އަކަށް ނޫނެވެ. ގާބިލް މީހާ އަށެވެ. ނޫނީ ގައުމު ދަނީ ފަހަތަށެވެ.
ވަޓީޒް އަ ކޮމަންޑޫ
04 February 2022
މިއީ ކޮސް ވާހަކައެއް ވޯޓު ދެނީ ސަރުކާރައްތޯ އިދިކޮޅަތޯ ބަލާ އިންތިހާބެއް މިއީ މިއީ ރަމްޒީ ރިޔާސީ އިންތިހާބެއް އެހެންވެ ކުއްލިޔަކާ ކޮމަންޑޫ ދާއިރާ ދެކެ މިހާ ލޯބި ވެގެން ޕާޓިތަކުން މި އުޅެނީ އިންތިހާބުގެ ފަހުން ކޮމަންޑޫ އޭ ކިޔާ އަޑުވެސް ނީވޭނެ
ދޮންކަލޯ2
04 February 2022
ތިރައްތަކަށް މެމްބަރެއް މުހިއްމު ކަމައްވާނަމަ، ކޮއްމެ ހިޔާ ފްލެޓް އަކަށް ވެސް މެމްބަރަކު ހުއްނަން ޖެހޭނެތާ
1828
04 February 2022
މިއީ އެމްޑީޕީއަށް އެއްވެސް ގޮތަކަށް މުހިންމު ގޮނޑިއެއްނޫން. ސަބަބަކީ މިހާރުވެސް 64 ގޮނޑިއާއެކު 'ސްޕަރ' މެޖޯރިޓީ އެމްޑީޕީއަށް އޮތް އޮތުން. ނަމަވެސް ރައްޔިތުން މިސަރުކާރަށް "ނޫން' ނެކޭ ބުނެފާނެތީ އެކަން އެމްޑީޕީއަށާއި ސަރުކާރަށް ހަމަ ތެޅެނީ. މިއިންތިހާބުގައި ރައްޔިތުން އެމްޑީޕީއަށް ނޫނެކޭ ބުނެފިނަމަ އެމްޑީޕީއަށް ޔާޤީންވާނެ 2023ގެ ރިޔާސީ އިންތިހާބް ކާމިޔާބު ނުކުރެވޭނެކަން އަދި އިންޑިއާއިން ކުރާ ޕްރެޝަރ ހޭންޑްލްކުރަން ސަރުކާރުން މިމަސައްކަތް ކުރަނީ.
ައަހާ
04 February 2022
3000 މީހުންނަށް މެމްބަރެއް. މިއީ ގައުމަށްކު ޅަދާނަކަމެއްތަ؟ސިޔާސީ މީހުންނަށް އިތުބާރުކުރުން ހުއްޓާލާކަށް ނުވޭތަ؟ އެއީ އަމިއްލަ އެދުމުން ފޯވެފައިތިބި ބައެއް