ސުޕްރީމް ކޯޓުގެ ކުރިމަތީގައި ހުންނަ ދަންޑަހެލުގެ: ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގެކޮޅު އަޅަން ހަމަޖެހިފައިވާ އެތަނުގައި މިވަގުތު ހުރީ ޕާކިން ޒޯނެއް -- ފޮޓޯ: ނިޝާން އަލީ/މިހާރު
09 ފެބުރުއަރީ 2022 - 21:17
މާލެއިން 1،000 ޕާކިން ޖާގަ ވިއްކަން މާލެ ސިޓީ ކައުންސިލުން ނިންމުމާ ގުޅިގެން އެކަމަށް އާންމުންގެ ފާޑުކިއުން ވަރަށް ބޮޑަށް އަމާޒުވެފައި ވަނިކޮށް، އެ މަސައްކަތް މަޑުޖައްސާލަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު އެ ކައުންސިލަށް އަންގައިފި އެވެ.
އެލްޖީއޭގެ ސީއީއޯ ފާތިމަތު އަފްޝަން ލަތީފު ސޮއިކުރައްވައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އެ ކައުންސިލުން މާލޭގައި ވެހިކަލް ޕާކުކުރުމަށް އަމިއްލަ ފަރާތްތަކަށް ބިން ވިއްކުމަށް ނިންމައި އެކަމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމުގެ ޝަކުވާ އެ އޮތޯރިޓީއަށް ލިބިފައިވާ ކަމަށެވެ.
ޕާކިން ޖާގަ ވިއްކަން ސިޓީ ކައުންސިލުން ނިންމާފައި ވަނީ ބިމާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދުތަކާ އެއްގޮތަށް ނޫން ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ. އަދި އެއްވެސް ކައުންސިލަކުން ބިމުގެ މުއާމަލާތްކުރަން ވަނީ ބިމާ ބެހޭ ގާނޫނީ އިޖުރާތުތައް ފުރިހަމަ ކުރުމަށް ފަހު، ގާނޫނުން ކައުންސިލަށް ލިބިފައިވާ ބާރުގެ ތެރެއިން ކަމަށް ވެސް ސިޓީގައިވެ އެވެ.
އެ މައްސަލައާ ވިދިގެން އެ އޮތޯރިޓީ އަށް ލިބިފައިވާ ޝަކުވާތަކާ ގުޅިގެން ކަން ހިނގާފައިވާ ގޮތް އަންނަނީ ބަލަމުންނެވެ. ބިން ވިއްކުން ކުރިއަށް ގެންދަން ނިންމާފައި ވަނީ ގާނޫނީ އިޖުރާތުތައް ފުރިހަމަކޮށްގެން ބިމުގެ މުއާމަލާތްތައް ކުރުމަށް ކަނޑައަޅާފައިވާ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށްތޯ ބެލުމަށް އެ އޮތޯރިޓީން ބޭނުން ވާތީ، ވަކި ގޮތެއް އަންގަންދެން ޕާކިންނަށް ބިން ވިއްކުމުގެ މަސައްކަތް މަޑުޖައްސާލަން ވަނީ އެ ސިޓީގައި އަންގައިފަ އެވެ.
މި މައްސަލަ އެލްޖީއޭ އިން ދިރާސާކުރަން ބޭނުންވާތީ، ޕާކިން ޖާގަތައް ވިއްކުމަށް ކައުންސިލުން ކޮށްފައިވާ މުއާމަލާތަކުގެ ހުރިހާ ލިޔެކިޔުމެއް އަންނަ ހޯމަ ދުވަހުގެ ކުރިން ހުށަހަން ވެސް އަންގާފައިވެ އެވެ.
މޭޔަރު މުއިއްޒު އިއްޔެ ވިދާޅުވީ ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޕާކިން ޖާގަ ވިއްކަން ނިންމީ ވެހިކަލްތައް ރަޖިސްޓްރީ ކުރުމަށްޓަކައި ބޮޑު އަގުގައި ގަރާޖު ސިޓީ ގަންނަން މަޖުބޫރުވެފައި އޮތްއޮތުން ހައްލު ކުރުމަށް ކަމަށެވެ. އެހެންވެ، ހަތަރު ފުރޮޅުލީ އުޅަނދުތަކުގެ އުމުރަށް، 1،000 ޕާކިން ޖާގަ ދޫކުރަން ނިންމާފައިވާ ކަމަށާއި އޭގެ ތެރެއިން 250 ޖާގަ ޚާއްސަ ކުރާނީ ޓެކްސީތަކަށް ކަމަށެވެ.
ޕާކިން ޖާގަ ވިއްކަނީ 20 ފޫޓަށް ވުރެ ފުޅާ މަގުތަކާއި ކާނިވާ ސަރަހައްދުންނެވެ. އެކަމަކު އެ ތަންތަނުން ޖާގަ ވިއްކާނީ ސައިކަލު ޕާކިންގެ ޖާގަ ނުގެއްލޭ ގޮތަށް އަދި ޓްރެފިކް ބާރު ބޮޑުނުވާ ގޮތަށް ކަމަށް މޭޔަރު ވިދާޅުވި އެވެ. އަދި ފަހުން މާލޭގައި ޕާކިން އިމާރާތެއް އެޅުމުން އެ ޖާގަތައް އެތަނަށް ބަދަލު ކުރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ވިދާޅުވެފައިވެ އެވެ.
މި މަސައްކަތް ހުއްޓާލަން އެލްޖޭއިން އެންގީ، މި ޖާގަތަކަށް ކުރިމަތިލާން ހުޅުވާލަން އުޅެނިކޮށެވެ.
މާލެއިން 1،000 ޕާކިން ޖާގަ ވިއްކަން ނިންމީ ގުރުއަތު ނަގައިގެން ޕާކިން ޖާގަ ކުއްޔަށް ދޫކުރަން ސިޓީ ކައުންސިލުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނިންމުމަށް ފަހު އެވެ. އޭރު 211 ޕާކިން ޖާގައަކަށް ގުރުއަތު ނަގާފައި ވަނިކޮށް، މައްސަލަތަކެއް ދިމާވެ، އަލުން ގުރުއަތު ނަގަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް އެންގި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަމަލު
10 February 2022
ޝުކުރިއްޔާ
މުދުލިސަން
10 February 2022
މުއީޒު ބޮޑު ލާރިގަނޑެއް ނަގަން ރޭވިރޭވުންތައް ފަނުފުލުން ދުއްވާލީނުތި ބަނދަރުތަކާ އެޗްޑީސީއާ ތަންތަން ވެސް ކައުންސިލަށް ދިނީމަދޯ މުއީޒު ބޭނުންވާ ވަރުގެ ހެޔޮވަރު ކަޓެއް ނަގާލެވޭނީ
ޙަބީބު.
10 February 2022
ބައެއްކަހަލަ ކަންތައްތައް އެލްޖީއޭއައް ވަހީގެ ޒަރީއާއިން އެނގިފަ އަނެއްބައިކަންތައް ނޭނގޭތީ މައް ސަލަޔަކީ އަ ސްލު ކައުންސިލުގެ މެޖޯރިޓީ ނުލިބުނީމަ އޮންނަ ހަސަދަވެރިކަން ތިޔައީ އެހެން އެއްވެ ސް ކަމެއްނޫން
ހުސެންް
10 February 2022
އެލްޖީއޭ އިން ތިހިންގަނީ ބޮޑުޖަރީމާއެއް. ތިއީ ގަރާޖުތަކުގެ ވެރިންނަށް ލިބޭފައިސާކޮޅު މަދުވެދާނެތީ ކުރާކަމެއް. އެމީހުން ގަރާޖު ސިޓީއަށް އެބަނަގާ 65،000 ރުފިޔާ. މުއިއްޒު ކުރިއެއްކަމަކު ރަނގަޅު ކަމެއްތިއީ. ޕާކިންއަކީ މާލެއަށް ދިމާވެފައިވާ އެއްމެބޮޑު އެއްމައްސަލަ. ތިކަން ވީހާވެސް އަވަސްކުރުމަށް ގޮވާލަން.
މޫމިނާ
10 February 2022
ކޮން ގަރާޖު ސިޓީ އެކޭ ކިޔާކަށް މިހާެުވެސް މިއުޅެނީ މާލެ ތެރޭ ހިނގާ ނުލެވިގެން ވެހިކަލްތަށް ގިނަކަމުން. ގިނަ މަގުތަކުގައި ޕޭމަންޓަށް އަރާލާނެ ޖާގައެއްވެސް ނޯވޭ. އަދި މިތަނަށް 1000 ކާރު ނޫނީ ޕިކަޕު މަގުމަށްޗަށް ރެޖިސްޓަރ ކުރީމަ އުޅޭނީ ކިހިނެއް މިތާ؟
ސޮއްލެ
10 February 2022
ރަނގަޅު ނިންމުމެއް. ކައުންސިލްތަކުން މިފަދަ ޖަރީމާ ހިނގާނަމަ އެކަން ނުހުއްޓުވޭނަމަ އެލްޖީއޭ އޮތުމުގެ ބޭނުމެއްނެތް
ޙަބީބު.
10 February 2022
އަ ސްލުކަމެއް ވެގެންނެއް ނޫން ކައުންސިލު މެޖޯރިޓީ ނުލިބުނީމަ ޖެއް ސުން ކުރަން މަތިފަޑިން ކުރުވާ ކަމެއް އަދިވެ ސް އެމްޑީޕީ ދަ ސްނުވޭތަ
އާރީ
10 February 2022
މާލޭ ބިމުން އެއްމެ އަކަފޫޓެއް ވެސް މުއިޒް އަދި މޭޔަރޭކިޔާފަ ނުވިއްކޭނެ.
ޢަރުތަ
09 February 2022
ތިކަންވެސް އެންމެ ފަހުން މުއިއްޒުވީނު، ބޮއެހަލާކު
ގައްސާނު
09 February 2022
މޮޔައެއްގެ އަތައް ކަނޑިއެއް ދިނީމަ ވާގޮތް މިހާރު މާލެ މީހުނަށް އެގޭނެ.
އެއީޝިފާ
10 February 2022
ދެން ޝިފާ ގެންނަންވީނު
މޮޔަކަނދި
10 February 2022
ވަރައްބޮޑު ތެދެއް 100 ދުވަހުން މި ސްކިތް އޭ ސީ ކުރަންބުނެ ވެރިކަމައް އެރީ ހަރާމުން ހަރާމް ކުޅުދުއްފުށި އެއާޕޯޓު ލައިޓު ކޮޅުޖަހާނުލެވުނު ހަނިމޯދީ މަގުން ބޮޑުހަރަދުކޮއްފަ މާލެދާން މިޖެހުނީ ކޮޗިން ފެރީވެ ސް ޗޮކުން ގޮ ސްފަ
ރާޑޯ
09 February 2022
ބަރާބަރު!! ކުރީ ބުރުވެސް ޖަރީމާ ހިންގީ މިބުރު އެކަހަލަ ކަމެއް ކުރަން ޖާގަ ނުދޭތި. އެހެންނޫނަސް މަގުތަކުގައި ހުންނަ ސްލޮޓްތަކަށް ރެޖިސްޓަރ ކުރެވިގެން ނުވާނެ. އަދުލުވެރި ގުރުއަތު ލުމަކަމުން ބަހާފަ މަހު ކުލި ކައުންސިލަށް ލިބޭގޮތަށް ދޫކުރުމަކުން މައްސަލައެއްނެތް
ހުސޭނުބެގެ
09 February 2022
ދައުލަތަށް ލިބެންއޮތް އެތަށްފައިސާއެއް ހުއްޓުވީ. މާލެ މަގުމަތީ ހަމައެއްނެތި ޕާކްކުރަމުންދިޔަ ދިޔުން ސިސްޓަމެޓިކްކޮށް ކުރަން އުޅުމުން ހުއްޓުވީ. ޢުކާލާ ކުނިބުނި ވެހިކަލްތައް މަގުމަތީގިނަނުވާގޮތަށް ހަދަންއުޅުމުން ހުއްޓުވީ
ޢަރުތަ
09 February 2022
ކައުންސިލުން ހިންގަން އުޅުނު ބޮޑު ޖަރީމާއެއް އެ ހުއްޓުވީ، މާލޭގެ މަގުތަކުން ބިން ވަކިފަރާތަކަށް އުމުރަށް ހިބަކޮށްފަ ދޭން ހަމަ އޯކޭތަ.