ޚަބަރު / ޓެރަރިޒަމް

ހައްޔަރުކުރީ ރާއްޖޭގައި ހުރެ އައިއެސްގެ ޕްރޮޕަގެންޑާ އެކި ގައުމުތަކަށް ފަތުރާ މީހެއް

ދައުރުކުރާ ފޮޓޯތަކާއި ވީޑިއޯތަކާއި ލިޔުންތައް ހުންނަނީ އެކި ގައުމުތަކަށް އަމާޒުކޮށް، އެ ގައުމުތަކުގައި ބޭނުންކުރާ ބަސްބަހަށް ތަރުޖަމާކޮށްފައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ތުހުމަތުކުރެވޭ މީހުން ހޯދައި ހައްޔަރުކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަނުގައި މީހަކު ހައްޔަރުކުރަނީ. -- ފައިލް ފޮޓޯ: ނިޝާން އަލީ / މިހާރު

25 ފެބުރުއަރީ 2022 - 14:33

12 comments

ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އައިސިސް ޖަމާއަތަށް ތާއީދުކޮށް އެ ޖަމާއަތުގެ ޕްރޮޕަގެންޑާ ފެތުރި ދިވެއްސަކީ އެކި ގައުމުތަކަށް އަމާޒުކޮށް އެ ގައުމުތަކުގެ ބަހަށް ލިޔުންތައް ތަރުޖަމާކޮށްގެން ފުޅާ ދާއިރާއެއްގައި އެކަން ކުރަމުން ދިޔަ މީހެއް ކަމަށް ފުލުހުން ބުނެފި އެވެ.

މިދިޔަ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހު ހައްޔަރުކުރި އުމުރުން 30 އަހަރުގެ މި މިހާއާ ބެހޭ ގޮތުން ފުލުހުން ނެރުނު ބަޔާނުގައި ބުނީ 2015 އިން ފެށިގެން އައިސިސްގެ ޕްރޮޕަގެންޑާ ފަތުރަމުން ދިޔަ މީހާ އެކަން ކޮށްފައިވަނީ ޓެލެގްރާމާއި އެ ނޫން ވެސް އެންކްރިޕްޓް ކޮށްފައިވާ މެސެޖިން ޕްލެޓްފޯމްތަކުގައި ކަމަށެވެ. މިކަން ކުރުމުގައި އޭނާ ބޭނުންކޮށްފައިވާ ނަމަކީ ފުލުހުން ބުނި ގޮތުގައި "ސްކާމިޝް" އަދި "ސްކާމިޝް ކިޑް" އެވެ.

ހައްޔަރުކުރި މީހާގެ ނަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި އޭނާ ނަމަކީ ހޫދު މުހައްމަދު ޒާހިރު އެވެ. ހޫދަކީ 2010 ވަނަ އަހަރު ވިލިމާލޭގައި ހަ މީހުންގެ ގްރޫޕަކުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއްގައި ދައުވާ ލިބުނު މީހެކެވެ. އެކަމަކު އެ ދައުވާ ލިބުނު އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވެ އެވެ. މި މައްސަލާގައި ހިމެނުނު ދެ މީހަކީ 2011 ވަނަ އަހަރު ވިލިމާލޭ ޕާކެއްގެ ތެރޭގައި މީހަކު މަރާލި މައްސަލައެއްގައި ވެސް ހިމެނޭ ބައެކެވެ.

"އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއީދުކޮށް، އެކި ގައުމުތަކުގައި ހަރަކާތްތެރިވާ އެ ޖަމާއަތަށް ތާއީދުކުރާ ފަރާތްތަކަށް އެ ޖަމާއަތުގެ ލިޔެކިޔުން މީނާ ދައުރުކުރަމުން ގޮސްފައިވެ އެވެ. މިގޮތަށް މީނާ ދައުރުކުރާ ފޮޓޯތަކާއި ވީޑިއޯތަކާއި ލިޔުންތައް ހުންނަނީ އެކި ގައުމުތަކަށް އަމާޒުކޮށް، އެ ގައުމުތަކުގައި ބޭނުންކުރާ ބަސްބަހަށް ތަރުޖަމާކޮށްފައިކަން މިހާތަނަށް ފާހަގަކުރެވިފައިވެ އެވެ." ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި މީނާ ވަނީ ޓެރަރިޒަމްގެ އަމަލުތައް ރާވައި ހިންގުމަށް ގޮވާލައި އެކަމަށް ހިތްވަރުދީ ޓެރަރިޒަމްގެ އަމަލެއް ހިންގަފާނެ ކަމުގެ ބިރު ދައްކައި އިންޒާރު ވެސް ދީފަ އެވެ. އަދި ޔޫރަޕްގެ ބައެއް ގައުމުތަކުގެ އިސް ވެރިންނާއި އާންމުންގެ ފުރާނައަށް ނުރައްކާވާ ފަދަ ހަމަލާ ދިނުމަށް ގޮވާލާފައިވާ ކޮންޓެންޓް ވެސް މީނާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ދައުރުކޮށްފައިވާކަން މިހާތަނަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މި މިހާ ހައްޔަރުކޮށްފައިވަނީ ޔޫރަޕިއަން ޔުނިއަންގެ ދެ ގައުމެއްގެ ދެ އިދާރާއަކާއި އެމެރިކާގެ އެފްބީއައިއާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ. އޭނާ ހައްޔަރުކޯށް، އޭނާގެ ގެ ފާސްކުރި އިރު މައްސަލައާ ގުޅޭ ޑިޖިޓަލް އެވިޑެންސް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި މި މީހާ ހައްޔަރުކޮށްފައިވާ ވިލިމާލެއިންނެވެ. ނަމަވެސް ފުލުހުން މިފަދަ އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

12 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 30%
icon sad icon sad 10%
icon angry icon angry 50%
icon wow icon wow 10%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަން

26 February 2022

14 އަހަރުގެ ކުއްޖަކު ރޭޕް ކުރީމަ ސާބިތެއް ނުވި، މީހަކު މަރާލަން ބައިވެރިވީމަ ސާބިތެެއް ނުވި، ދެން ތިކަމުގަ ސާބިތުވާނެބާ، ކޯޓަށް ގެންދާތަނުުން ބުނާނެ ފަންސުރާއި ފޮހޭރަަބަރު މަދޭ، މިތާ ކޯޓު ތަކާއި ފަޑިޔާރުންނަަށް ސަލާން

The name is already taken The name is available. Register?

ފެއިލް ޕޮލިސް

25 February 2022

ތީ ހާދަ ގަދަ މީހެކޭދޯ. ފުލުހުންގެ އިންޓެލް ވަރައް މޮޅުވާނެ މި ގައުމުގެ. ހަމަ ނަމޫނާބައެއް. އެމްސި ހަމީދުވެސް އެތާހުރެ ޕޮރަމޯޓްވީ ސީޕީ އަކައް. އއީނަމޫނާ އެއް ހަމަ. އިންޓެލް މައުލޫމާތު ލީކު ކުރީމަ މާ ސަޅި ދޯ

The name is already taken The name is available. Register?

ށަވިޔަނި

25 February 2022

އިސްލާމް ދީނާ ދެކޮޅަށް ލިޔާ މީހުން ދިފާއުކުރަނީއެއްނޫން. އެމީހުނަށްވުރެ މި މީހުން ގޯސް. ހަގީގީ މުސްލިމަކަށް ދީނާ ދެކޮޅަށް ލިޔާ އެއްޗެކުން އަސަރެއް ނުކުރާނެ. މިމީހުން ދީނުގެ ނަމުގައި ކުރާކަންތަކަށް ހެއްލޭކުދިން ގިނަވާނެ. މުޅި ދުނިޔެއަށް މިހާރު މިއޮތީ އެނުރައްކާ ކުރިމަތިވެފަ. މީހަކު ދީނާދެކޮޅަށް ކޮންމެފަދަ އެއްޗެއްބުންޏަސް މަގޭ ދީނަށް އުނިކަމެއް ނާންނާނެ. އެފަދަ މީހަކަށް ހެއްލޭނީ މައިންބަފައިން ބުނީތީ ދީންގަބޫލުކުރާ މީހުން.

The name is already taken The name is available. Register?

ަޗމކ

25 February 2022

ތިޔަކުރަނީ ހަމަ ތިޔަބުނިކަންތައް. ޙަގީގަތް ފޮރުވަން ދައްކާވާހަކަ، ކޮންމެ މުސްލިމެއްގެމައްޗަށް ލާޒިމް ކަމެއް އެކަމާ.ދެކޮޅުހަދާ އެކަންކަން ހުއްޓުވުމަކީ ކޮންމެ މުސްލިމަކު ވެސް ކުރަންޖެހޭ ކަމެއް..

The name is already taken The name is available. Register?

އިނާމުލިބޭތީ1

26 February 2022

އަހަންނަކަށް ނުފެނޭ އެމީހުން ބުނާ އެއްޗަކަށް ބަޔަކު އެހާ ބޮޑަށް ހެއްލެންވީ ސަބަބެއް. އެމީހުން ބުނާ އެއްޗަކަށް އެހާވަރަކަށް ބަޔަކު ހެއްލޭނީ، ލިބޭނެ ރިވޯޑްތަކާ އިނާމްތައް ބޮޑުކަމުންތާދޯ. ދެން ރިވާޑްތަކާެބެހޭ ގޮތުން އެކި އެކި ރިވާޔަތްތައްވެސް ހުންނާތީތާ.

The name is already taken The name is available. Register?

އެކޮޅު މިކޮޅު

25 February 2022

އިސްލާމްދީނާ ދެކޮޅަށް ޕްރޮޕެންޑާ ފަތުރާ މީހުންތައްވެސް ހަމަ މިގޮތަށް ހައްޔަރުކޮށް ދީބަލަ. އެއީވެސް ބަޔަކު ސިކުނޑި ދޮވެލާފައިތިބި އިސްލާމްދީނާ ދެކޮޅު ހަރުކަށި ބައެއް. ހަސަން ކުރިސީ އަކުވެސް އިސްލާމްދީނާ ދެކޮޅަށް އެއޮއް ފަތުރާ ޕްރޮޕެގެންޑާ ދެކިބަލަ! އަޅެ! ޕްލީޒް... އެމީހަކުވެސް ހިފާ ހައްޔަރުކޮށް ދީބަލަ! ދީނުގެ ނަމުގައާއި، މިނިވަންކަމުގެ ނަމުގަ އިސްލާމްދީނާ ފުށުއަރާ (ދެކޮޅު) ކޮންމެ ވާހަކައަކާއި އަމަލަކީ ހަމަ އެއް ދަރަޖައިގެ ހަރުކަށިކަން.

The name is already taken The name is available. Register?

ކުރުށީ

25 February 2022

ތި ބުނާ ކުރުސީ އެއް މީހުން މަރަން ގޮވިތަ

The name is already taken The name is available. Register?

ޖަމީލާބީ

25 February 2022

ކުރުސީ ގޮވި މީހުން މަރަން! ކުރުސީ މަގޭ ދީނަށް ޖޯކުޖަހާ! ކުރުސީ ބަނގުރާ އާންމުކުރުމަށް ގޮވާލާ.

The name is already taken The name is available. Register?

އެހެނެއްނޫން.

26 February 2022

ފުށުއަރާކަމަށް ކަލެއަށް ފެނުނީމާ އެ ދެން ފުށުއެރީ. ތިޔައީ އަސްލު ބޮންގޮއްވުމާ މީހުން މެރުމުގެ ފެށުމަކީ. ބައެއް މީހުން ތިއަށްވުރެ ފުނަށް ޖެހިލާ، ދީނަށް ފުރައްސާރަކޮށްފިޔޭ ލޭހުއްދަވީޔޭ، މަރުހިފަންވީއޭ ގަތުލުކުރަންވީއޭ އެހިސާބަށްވެސް ދޭ. ނުސީދާކޮށް އެކަމަށް ހިއްވަރު ލިބޭ ރިވާޔަތްތަކާ ދަލީލުތައްވެސް ކިޔާ. ހައްޔަރުކުރަންޖެހޭނީ މީހުންގެ ފުރާނައަށް ނުރައްކާ ކުރާ މީހުން. ކޮންމެހެން ބަޔަކަށް 'ދީނާ ފުށުއެރީމާ' އަދި ހައްޔަރުކުރާކަށް ނުޖެހޭ.

The name is already taken The name is available. Register?

އިބްރ

25 February 2022

އެންމެ މީހެއްތޯ؟

The name is already taken The name is available. Register?

ހޯދު

25 February 2022

މަރުވަންދެން ޖަލައް

The name is already taken The name is available. Register?

މުހައްމަދު ޖަލީލް

25 February 2022

ދިވެހި ގައުމުގަ އެޑިޔުކޭޝަން އެބަޖެހޭ ބަދަލު ކުރަން. ކުރިއަރާފަ ހުރި ގައުމުތައް ކުރިއަރަނީ ވަކިކަމެއް ވެގެން. ވަކި ގޮތަކައް ކިޔަވާދީގެން. މެދުއިރުމަތީގެ ގައުމު ތައް ތެލުގެ ފައިސާ އޮތެއްކަމަކު ގައުމުގެ ހުނަރުވެރި މޮޅު އުފެއްދުމެއް ނުއުފުއްދޭ ސަބަބު ތައް ބައިވަރު. ސިންގަޕޫރު ވާހަކަ ދައްކާ ގިނަ ދިވެހިން. އިރާނު، އިރާގު، ޔަމަނު، އޮމާން، އުރުދޫން، ބަހުރެއިން މޮޅުވެގެން ދަރިން އެތަނައް ކިޔަވަން ފޮނުވާ ދިވެއްސަކު ނޫޅޭ! ކަމެއްވެގެން އެއީ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454