މާލޭގައި ބޭއްވި ނައިޓް މާކެޓެއްގައި ބަޔަކު މުދާ ގަނެގެން ދަނީ: އެއް ފަހަރު ބޭނުންކޮށްފައިވާ ތަކެތި އުކާލުމުގެ ބަދަލުގައި އޭގެ ބޭނުންހިފިދާނެ އެހެން މީހަކަށް ދިނުމުގެ ޕްރޮގްރާމެއް ފަށަން އެޗްޑީސީން ވަނީ ނިންމައިފައި.-- ފައިލް ފޮޓޯ: މިހާރު
22 މާޗް 2022 - 21:14
އެއް ފަހަރު ބޭނުންކޮށްފައިވާ ތަކެތި އުކާލުމުގެ ބަދަލުގައި އޭގެ ބޭނުންހިފިދާނެ އެހެން މީހަކަށް ދިނުމުގެ ގޮތުން "އެއްގެއިން އަނެއް ގެއަށް" ކިޔާ ކެމްޕެއިނެއް އެޗްޑީސީން ފަށައިފި އެވެ.
އެޗްޑީސީން މިއަދު ބުނީ އެއީ "ވޯލްޑް ރިސައިކަލް ޑޭ" އާ ދިމާކޮށް، އެއްފަހަރު ބޭނުންކޮށްފައިވާ ތަކެތި އުކާލުމުގެ ބަދަލުގައި ދެވަނަ ފަހަރަށް ބޭނުންކުރުމުގެ އާދަ ދިވެހިންގެ މެދުގައި އަލާކުރުމަށް އެ ކުންފުނިން ތައާރަފުކުރި ކެމްޕެއިނެއް ކަމަށެވެ.
ގޭތެރޭގައި ބޭނުންކުރާ ތަކެއްޗާއި ފަރުނީޗަރު އުކާލުމުގެ ބަދަލުގައި ބޭނުންޖެހިފައިވާ މީހުންނަށް އެ ތަކެތި ލިބޭނެ ގޮތް ހަމަޖެއްސުމުގެ ގޮތުން އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 2 އިން އަންނަ ހޮނިހިރު ދުވަހުގެ 2 އަށް ހުޅުމާލެ ރުއްގަނޑު 1 އަދި 2 ގައި ގޭގެއިން ގެންދާ ތަކެތި ބެހެއްޓުމާ އަދި އެ ތަކެތި ބަލާ އަންނަ މީހުންނަށް ހަވާލުކުރުމުގެ އިންތިޒާމު ހަމަޖައްސާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ދެވަނަ ފަހަރަށް ވެސް ބޭނުންކުރެވިދާނެ ތަކެތި ގެންދިއުމުގައި ސަމާލުކަންދޭންވީ ބައެއް ކަންކަން ވެސް އެ ކުންފުނިން އާއްމުކޮށްފައިވެ އެވެ. އެއީ؛
- އެ ކެމްޕެންގައި ބަލައިގަންނާނީ އިލެކްޓްރޯނިކް ސާމާނާއި ފަރުނީޗަރާ އަދި ބަދިގޭގައި ބޭނުންކުރެވޭ ތަކެތި.
- އެ ތަކެތި ގެނައުމާއި ގެންދިއުމުގެ އިންތިޒާމު ހަމަޖައްސާނީ އެ ގެންދާ ފަރާތަކުން.
- ކާބޯތަކެއްޗާއި ކުނިވާ ޒާތުގެ ތަކެތި ގެންދިއުން މަނާ.
- އެ ތަކެތި ބޭނުންކޮށްގެން ވިޔަފާރީކުރުން މަނާ.
އެ ހުރިހާ އެއްޗެއް ދޭން ޖެހޭނީ "ގިވްއަވޭ" އެއް ގޮތަށް އެއްވެސް އަގަކާ ނުލައި.
ރޯދަ މަހު ގޭތެރޭގައި ހިފާ ގެންގުޅޭ ތަކެތި އާކުރުމަކީ ދިވެހިން އާންމުކޮށް ކުރަމުން އަންނަ ކަމެކެވެ. އަދި ތަކެތި އާ ކުރާއިރު، އަދިވެސް ބޭނުންހިފިދާނެ ރަނގަޅު ބައެއް އެއްޗެހި ވަރަށް ގިނައިން އުކާލަ އެވެ. އެޗްޑީސީގެ އެ ކެމްޕެއިނަކީ އެގޮތަށް އުކާލެވޭ، ބޭނުންހިފޭނެ ރަނގަޅު އެއްޗެހި، އެ ބޭނުންވެފައިވާ މީހަކަށް ލިބޭ ގޮތް ހަދައިދިނުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައު
23 March 2022
ތަކެތި ގެންދިއުމާ ބަލާ ދިއުމާ އެއްގަޑިއެއްގަ އޮތީމަ ކިހިނެތް ތިކަން ހިނގާނީ؟
ލިނބޯ
23 March 2022
މާލޭގައިވެސް މިކަން ކުރުން ވަރަށް ބޭނުންތެރި
ބޮޑުމީހާ
23 March 2022
ހުރިހާ އެމްޑީޕީ މެމްބަރުން ޗެއަރޕާސަން އިންތިހާބު ބޯއިކަޓްކުރަންވީ. ބޯހިޔާވެހިކަމަށް ސަލާންޖަހާ އެތަކއް އެމްޑީޕީ މެމްބަރުން ތިބޭނެ. 5 އަހަރުވާން ކައިރިވިިއރު ފްލެޓެއް އެޅުމުގެ ކޮޅުމަތިވެސް ނުފެނުމަކީ އިންތިހާބު ބޯއިކަޓްކޮށް ސިޔާސީ ފަރާތްތަކަށް މެސެޖެއް ދޭންޖެހޭ ސަބަބެއް
ކިމް
22 March 2022
ތި ގެންގޮސް ގެންނަން ދާ ހަރަދު މާ ބޮޑުވާނެ ފިހާރަޔަކުން ގަނެގެން ގެޔަށް ދެލިވަރކުރުމަށްވުރެން