ޚަބަރު / ހިޔާ ފްލެޓްތައް

ފްލެޓްގެ ކުލި ކުޑަކުރުމާ މެދު އަދިވެސް އޮތީ ކުރީގެ ނިންމުން

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު: ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރެވެން ނެތް ކަމަށް ސުހައިލް ވިދާޅުވޭ-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތަކުގެ މަހު ކުއްޔަށް ސަރުކާރުން ކަނޑައަޅާފައިވާ 7،500ރ. އަށް ބަދަލު ގެންނަން އެދުނަސް އެކަމުގައި ސަރުކާރުން ކުރިން ގޮތެއް ނިންމާފައިވާ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ކުލި ދެއްކުން މިހާރު ވެސް ހަތް މަސް ދުވަހަށް ފަސްކޮށްދީފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭން އެޗްޑީސީގައި އެދެން ފްލެޓް ލިބުނު މީހުން އަންނަނީ ސޮއި ހޯދަމުންނެވެ. އެކަމާ ގުޅިގެން "މިހާރު" އިން ސުވާލުކުރުމުން ސުހައިލް ވިދާޅުވީ ފްލެޓްގެ ކުއްޔަށް ބަދަލެއް ގެނައުމަށް ފްލެޓް ލިބުނު މީހުންގެ ފަރާތުން އަދި ސިޓީ ހުށަނާޅާ ކަމަށެވެ.

"އަދި މިތަނަކަށް [އެޗްޑީސީއަށް ހުށަހެއް ނާޅާ ބަދަލު ގެންނާކަށް. އަޅުގަނޑަށް ވެސް ހަބަރުތަކުން ފެނުނީ ކުޑަކޮށްދޭން އެދޭ ވާހަކަ،" އޭނާ ވިދާޅުވި އެވެ.

ފްލެޓް ކުއްޔަށް ބަދަލެއް ގެނެވޭނެތޯ ސުވާލުކުރުމުން ސުހައިލް ވިދާޅުވީ ފްލެޓްގެ ކުއްޔަށް ބަދަލު ނުގެނެވޭނެ ކަމަށް ސަރުކާރާއި އެޗްޑީސީން ވެސް މާކުރިން ނިންމާފައިވާ ކަމަށެވެ.

"މި ކުލި ކުޑަކުރެވެން ނެތް ކަމަށް އޮތީ ނިންމާފައި،" ސުހައިލް ވިދާޅުވި އެވެ.

ސުހައިލް ވިދާޅުވީ ހިޔާ ފްލެޓްތަކުގައި އުޅޭ މީހުންގެ އަދަދު ބަލައި އެތަނުގައި ރަނގަޅުކުރަން ހުރި ކަންކަމާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދަން ސާވޭއެއް ވެސް ކުރަމުން އަންނަ ކަމަށެވެ. އެތަނުގައި މީހުންނަށް ދިމާވެފައިވާ ދަތިތައް ހޯދުމަށް ފަހު ކުލި ފަސްކުރުމާ މެދު ގޮތެއް ނިންމަން ޖެހިއްޖެ ނަމަ، އެކަން ކުރާނެ ކަމަށް ވެސް ސުހައިލް ވިދާޅުވި އެވެ.

އެކަަމަކު މިހާރު އޮތް ގޮތުން އަންނަ މަހުން ފެށިގެން ފްލެޓުން ކުލި ނަގަން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފްލެޓް ކުލި ކުޑަކޮށްދޭން އެދި ފްލެޓް ލިބުނު މީހުން ކުރިން މުޒާހަރާ ކުރުމުން ސަރުކާރުން އޭރު ވަނީ ތިން ފަހަރެއްގެ މަތިން ފްލެޓް ކުލި ފަސްކޮށްދީފަ އެވެ. އެތަންތަނުގެ ކުލި ކުޑަކޮށްދޭން ކުރިން ރައީސް އޮފީހަށް ޕެޓިޝަނެއް ވެސް ހުށަހެޅި އެވެ.

އެކަމަކު ކުރިން ސުހައިލް ވިދާޅުވީ މިހާރު ކަނޑައަޅާފައިވާ އަގަށް ވުރެ ފްލެޓްތަކުގެ ކުލި ކުޑަކޮށްދެވެން ނެތް ކަމަށެވެ.

ސުހައިލް ވިދާޅުވި ގޮތުގައި ކުލި ކުޑަކުރެވެން ނެތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިޔާ މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ ސަރުކާރުން ކޮމާޝަލް ރޭޓެއްގައި ލޯނެއް ނަގައިގެނެވެ. ސަރުކާރުން އޭރު ލޯނު ނަގާފައިވަނީ އަށް ޕަސެންޓް އިންޓްރެސްޓް ރޭޓެއްގައި 20 އަހަރުން އަނބުރާ ދައްކާ ގޮތަށެވެ. އެހެންވެ އެ އަގަށް ކުލި ނަގައިގެން ނޫން ގޮތަކަށް ލޯނު އަނބުރާ ނުދެއްކޭނެ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.

ފްލެޓް އަޅަން ނެގި ލޯނުގެ އިންޓްރެސްޓް 6.7 ޕަސެންޓަށް ކުޑަކޮށް ލޯނު އަނބުރާ ދައްކަން ޖެހޭ މުއްދަތު 25 އަހަރަށް އިތުރުކޮށް މި ސަރުކާރުން ނިންމީ، 7،500ރ. މަހު ކުލީގެ ގޮތުގައި ނެގުމަށެވެ. އެކަމަކު މިއީ ފިނިޝިން ނުނިންމާ ހަވާލުކުރާ ފްލެޓްތަކަކަށް ބަލާއިރު ބޮޑު އަގެއް ކަމުގެ ޝަކުވާ އަންނަނީ ކުރަމުންނެވެ. އަދި އެ އަގާ އެކު ސާވިސް ފީގެ ގޮތުގައި 1،000ރ. މަހަކު ދައްކަން ޖެހެ އެވެ. ކުލި ބޮޑުވެގެން އެ މީހުން ޝަކުވާކުރަނީ ފްލެޓްތަކުގެ މަސައްކަތް އެކީ ނުނިންމާ ހަވާލުކުރުމަށް ފަހު އެހާ ބޮޑު އަދަދެއް ކުއްޔަށް ނަގާތީ އެވެ. ފިނިޝިން ނިންމައި ކުރިން ހަވާލުކުރި ފްލެޓްތައް ވެސް ހިޔާ ފްލެޓަށް ވުރެ ހެޔޮކޮށްދީފައި ހުރުމުންނެވެ.

68 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 69%
icon sad icon sad 0%
icon angry icon angry 23%
icon wow icon wow 0%
icon inlove icon inlove 8%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ަސދފ

25 March 2022

ފްލެޓްގެ ކުލި ކުޑަކުރާނެ ކަމެއް ނެތް.. ކުރަންޏާ ކުރަންވީ ބޮޑު

The name is already taken The name is available. Register?

މޫސަ

24 March 2022

ތަންކުއްޔަ ދިންމީހުނަށް އަގުކުޑަކުރަންނުޖެހޭ

The name is already taken The name is available. Register?

މޫސް

24 March 2022

ސުޙޭލުގެ ކޮމެންޓްތައް ހާދަގިނައޭ

The name is already taken The name is available. Register?

ކިލި

24 March 2022

ވަރަށް އެޗްޑީސީ ވެގެން އުޅޭ ސޮރެއް އެބައުޅޭ ކޮމެންޓް ކުރުމުގަ

The name is already taken The name is available. Register?

1234

23 March 2022

ކަލޯ ތިޔަތާންގަ ބޮޑު މުސާރަ ނަގައިގެން ކީއްތަ ތިކުރަނީ. ކަލޯވެސް ސައިޒަޡް ތިރިކުރާނަން

The name is already taken The name is available. Register?

ޣހބވވ

23 March 2022

ނުނޭވާ ހިޔާ ފްލެޓެއް ލިބިގެން ބަޔަކަށް ބާރުތަކެއްލިބިފަ އެބަތިބިދޯ. މީހުން ސައިޒުކުރުމަ ކޮށުމާ ބުރިކުރުމުގެ ބަސްމަގު ބަޔަކަށްލިބޭނީ ހާދަބާރުގަދަވީމައޭދޯ. ?

The name is already taken The name is available. Register?

އެމްޑީޕީ އަށް ވޯޓު ދީ ނިމިފަ

23 March 2022

ކުލި ނެގުމެއް ނެތެވެ ކުލި ނުނެގިޔަސް މިތިބީ ކުލި ދައްކައިގެނެވެ އެއީ ތަންހަދަން ކުރި ބޮޑު ޚަރަދެވެ ކުލި ފަސްކޮށްދެނީކީ ނޫނެވެ އެފައިސާ ކަވަރ ވަންދެން ކުލި ނުނެގޭނެ އެވެ މިހާރު ސަރުކާރުން ގޮތެއް ނިންމާފަ އޮތީ ކުރިންވެސް ސަރުކާރުން ގޮތެއް ނިންމާފަ 5600 އަށް ވަނިކޮށެވެ މި ސަރުކާރުގެ ލަދު ޙަޔާތް ނެތް މިންވަރަކީ ބޮޑު ކުއްޔެއް ނެގުމަށް ފަހު މަރާމާތު ނަމުގަ އީވަބެއަށް ދޭން އެއްހާސް ނެގުމެވެ ފިޔަވަހި 1 ގަ 3 ކޮޓަރި ސަރުކާރުން ދީފަ ހުރީ 6000 ރުފިޔާއަށް

The name is already taken The name is available. Register?

އަހައްމަދު.

23 March 2022

ބަލަ ހޭބައްޔާ. ތިތަނަށް ކަލޭމެން ދައްކަނީ ކުއްޔެއް ނޫނޭ. ތިތަން ގަތުމަށް ކަލޭމެން ދައްކާންޖެހޭ ފައިސާ މަހުން މަހަށް ދެއްކުމަކީ އެއަށް ކުލި ކިޔާންޖެހޭ ސަބަބެއްނޫން. އެހެންނު ވާނީ ސަރުކާރުގައި ތިބި މީހުނާއި އެޗްޑީސީގެ ބޮޑުންވެސް މިފައިސާއަށް ކިޔަނީ ކުއްޔޭ ވީއްޔާ. ހުސް ކޮހުން.

The name is already taken The name is available. Register?

އިސްލާހު

23 March 2022

ކުލިކުޑަކުރާނެ ފޯމިއުލާ އަހަރެމެންނަށް އެނގެ އެވެ. އެދުވަސް ދާދި ގާތްވެއްޖެއެވެ.

The name is already taken The name is available. Register?

ވަޒީފާ

23 March 2022

ގާބިލްކަންނެތް ގޯޑިތައް ބަދަލުކުރުން ރަނގަޅުގޮތަކީ

The name is already taken The name is available. Register?

ރިއަލް ރަދީފް އޮފިޝަލް

23 March 2022

ރަދީފް އޮފިޝަލް މާ ވަރެއް ތި އަރުވާލަނީ އަނެއްކާ ކަލޭ ކިތައްފްލެޓް ކާލައިގެން ތިއުޅެނީ؟ ހާދަހީވެޔޭ ކަލެއަށް ނުހައްގުން ލިބިފަ އޮތް ފަލެޓްތައް ލާރިނުދައްކާއިގެން އަތުލަފަނޭތީ އުޅެހެން.. އެހެންނޫނީ ތިހާ ވަރެއްނާރުވާލާނެދޯ؟؟ އަގުކުޑަކުރާނެކަމެއް ނެތް ހަމަ.. ގިނަފްލެޓް ކާލިމީހުން އަތުން އަތުލާ..

The name is already taken The name is available. Register?

ލާމަސީލު

23 March 2022

ފްލެޓް ތަކުގެ ކުލި ކުޑަކުރާނެ ކަމެއްނެތް. ހަނައެކަނި ނުކަމެތި ފަގީރު ރިސޯޓް ތަކުގެ ކުލިކުޑަކުރަންވީ. އެއީވިއްޔާ މިގައުމުގެ ތިބި ފަގީރު ނިކަމެތި މަހުޖަނުންނަކީ. ނިކަމެތި މަހުޖަނުގެ ރިސޯޓް ގަނޑަށް އަންނަނީވެސް އިތިއޯޕިޔާގެ އެންމެ ފަގީރު ނިކަމެތިން ވިއްޔާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454