މަހްލޫފް: އޭނާގެ ހާލު މިހާރު ވަރަށް ބޮޑުތަން ރަނގަޅު ކަމަށް އަނބިކަނބަލުން ވިދާޅުވި.---ފައިލް ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
21 ޑިސެމްބަރ 2016 - 20:42
ބޭސްފަރުވާ އަށް ފަހު، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް މިރޭ އެނބުރި ރާއްޖެ ވަޑައިގެންފި އެވެ.
ޖަލަށްލާފައިވާ، މަހްލޫފް މީގެ ހަފުތާއެއްހާ ދުވަސް ކުރިން އިންޑިއާ އަށް ވަޑައިގަތީ، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދިން 10 ދުވަހުގެ ހުއްދައެއްގެ ދަށުންނެވެ. ފަރުވާގެ މުއްދަތު އިތުރުކުރަން ބޭނުން ނަމަ، އެ ފުރުސަތު ވެސް ކަރެކްޝަނަލް ސާވިސް އިން މަހްލޫފަށް ދިނެވެ.
މަހްލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) މިރޭ ވިދާޅުވީ މަހްލޫފްގެ ހާލު ކުރިއަށް ވުރެ ވަރަށް ބޮޑުތަން މިހާރު ރަނގަޅު ކަމަށެވެ. އޭނާގެ ހާލު ސީރިއަސްވީ، އެލާޖިކްވުމުގެ މައްސަލަ ކުރިމަތިވެ، އެކަށީގެންވާ ފަރުވާ ނުދިނުމުން ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ.
އެލާޖިކްވުމުގެ އިތުރުން ލޮލުގެ ބައްޔަކަށް ބޭސްކޮށް، ކަރުގެ މައްސަލައެއްގައި މަހްލޫފް ގެންދަވަނީ ފިޒިއޯތެރަޕީ ވެސް ހައްދަވަމުންނެވެ.
މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވެންނެވި ކަމާއި ފުލުހުންގެ ބަންދުގައި ހުރިއިރު، ފުލުހުންގެ ވެހިކަލަށް އަރަން ދެކޮޅު ހައްދަވައި، ފިލަން އުޅުއްވި ކަން ސާބިތުވެ، ވަކިވަކިން އިއްވި ދެ ހުކުމުގައި، މަހްލޫފް ޖަލަށް ލީ 10 މަހާއި 24 ދުވަހަށެވެ. މަހުލޫފްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ދެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު، އެ މައްސަލައިގެ ޝަރީއަތް އަދި ނުފަށަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރުކުކުރި
05 January 2017
ހަމަ ހުވާ މިބުނީ މަހުލޫފު ފެނުނަސް ވަނީ ފާޑެއްގެ ފޫއްސެއް.
ކެޔޮޅު
22 December 2016
މަހްލޫފާއި އުމަރު ދުވަހަކުވެސް ނަޝީދުއަށް ބައިއަތު ހިފާނެހެން ހިޔެއް ނުވޭ.
އިޙްސާންތެރިޔާ
22 December 2016
ޝަފާކަﷲ
އިސްމާއިލް
21 December 2016
ސާބަސް މަހުލޫފަށް، ކެނެރީގެ ނަސީދުގެ ބަސް ނާއްސަވާ އެބުރި ޖަލަށް އައިކަމަށްޓަކާ.
ބަ ބަލަ
21 December 2016
ސްޕަރ ޕަވަރ ކޯޓުން އިސްތިޢުނާފުގެ މައސަލަ ހިުށައަޅަށް ދިހަ ދުވަހުގެ މުއްދަތު ކަނޑަ އަޅައި މައްސަލަ ފައިސަލާކޮށް ނިންމުމަށް ތިރީސް ދުވަސްކަމަށް އެ ހުކުމުގައިވޭ އެކަމކު ތިރީސް ދުވަހުގެ ތެރޭ އެއވެސް މައްސަލައެއް ނުނިމޭ
ފަރީނާ
21 December 2016
ސާބަހޭ ބޭފުޅާ ނަސީދުގެ ބަސް ނާއްސަވާ އެނބުރި ވަޑައިގަތުމުން މަރުހަބާ....
އަހްމަދު
21 December 2016
ޙާދަ ހަސަދަވެރިވެފައި
ޅިކޮޕް
21 December 2016
މަޙުލޫފް ރައިސްކަމަށް ކުރިނަތި ލަނެބާ؟