ހުޅުދޫގެ މަންޒަރެއް.
27 މާޗް 2022 - 15:57
ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި އައްޑޫން ނުވަ މީހުން މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށް، އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި ޓެރަރިޒަމްގެ އޮޕަރޭޝަންގައި ނުވަ މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެ މީހުން ހައްޔަރުކުރީ ކޮން ރަށަކުން ކަމެއް ސާފެއް ނުވެ އެވެ.
ޓެރަރިޒަމްގެ ތުހުމަތުގައި އައްޑޫން ބަޔަކު ހައްޔަރުކުރިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންދަވަނީ އެ ސިޓީގެ ހުރިހާ ރަށަކަށް ކުރައްވާ ދަތުރުފުޅެއް އިއްޔެ ފައްޓަވައިފަ އެވެ.
ހިތަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް އެކަޑެމީ ހުޅުުވާފައިވެ އެވެ. އެ ރަސްމިއްޔާތުގައި އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ޖައިޝަންކަރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޗީ
28 March 2022
ޓެރަރިޒަމް ގާނޫނު ގެ ނާޖާއިޒް ފައިދާ ނަގަނީ. ވަކި ބަޔަކު ރަށާށް އަރާތިވެ އެމީހުންގެ ސެކިޔުރިޓީ ޔަޤީން ކުރަން މިކަހަލަ ކަންކަން ކުރެވިގެން ނުވާނެ. މީގެން ނިކުންނާނެ ނަތީޖާ މާހިތިވާނެ. ބާރެއް ލިބުނަކަށް ބޭނުންކުރަން ޖެހޭނީ އެހެންމީހުންގެވެސް ހައްޤެއް އޮންނަކަން ދަނެގެން.
ބިލް ކުލިންޓަން
27 March 2022
އައްޑޫގާ މިއަދު ހާދަގިނަޕުރޮޖެކްޓެކޭ ހިނގަމުންމިދަނީ.
އައިޝަތު.
27 March 2022
އައްޑޫސޓީގެ ނަން ހަރާބު ކުރަންވެގެން މާދުރުގައި އޮތް ރަށެއްގެ މީހުން ކުރާ ކަމެއް. އެރަށު މީހުންނަށް އައްޑޫގައި މިފަދަ ޕްރޮޖެކްޓްތައް ހިގުމަކީ ވަރަށް އަސަރު ކުރާނެ ކަމެއް. އެމީހުނަށް ހީވަނީ އެހެން ތަނެއް ތަރައްޤީ ވެއްޖެނަމަ އެމީހުންގެ ގެދޮރު ކުއްޔަށް ހިފާނެ ބަޔަކު ނުތިބޭނެ ކަމަށް.
މޯޑު123
27 March 2022
އެހެން މީހުން ބޮލުގަ ނާޅުވަ އަމިއްލަ އަށް ރަގަަޅު ވެބަލަ. ގޯސް ކަމެއް ވިއްޔާ އެއީ އެހެން ރަށަކު މީހުން ކުރި ކަމެއް.
ރަދީފްއޮފިޝަލް
27 March 2022
އެއްވެސް ބަޔަކަށް އަނިޔާދީ ގެއްލުން ދޭން މަސައްކަތްކުރާނަމަ ފިޔަވަޅުއަޅައި ގާނޫނުގެ ކުރިމައްޗަށް ގެންނަން ޖެހޭނެ.މުޖްތަމައު ފަސާދަކުރަން ފުރުސަތު ނުދީ އަވަސް ފިޔަވަޅު އަޅަން ފުލުހުން ތިޔަކުރައްވާ މަސައްކަތް ފާހަގަކުރަން.#ވީވަރަކުން ޕޮލިސީ ދޫކޮށް ސްޕީޑް ހިފެހެއްޓުން އެދެން.ދާދި މިދާކަށްދުވަހު އައްޑޫގަ ފިހާރައަކަށް ވަދެ ފޭރުނު ސޮރު ހައްޔަރު ކުރެވުނު ބާ؟ އެެވެސް ޓެރެރިޒަމްގެ އަމަލެއް ނޫން ތޯ!! ވ.ވެދުން
1828
27 March 2022
ތުހުމަތުގައި ހައްޔަރު ކުރެވިދާނެ. އެކަމަކު ސާބިތެއް ނުކޮށްދެވޭނެ.