ގައުމީ ސަލާމަތާ ގުޅުން ހުރި އޮޕަރޭޝަންގައި ފުލުހަކު ހަރަކާތްތެރިވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
11 ސެޕްޓެމްބަރ 2025 - 13:37
ޓެރަރިޒަމްގެ މައްސަލައެއްގައި ތ. ތިމަރަފުށިން މީގެ ފަސް އަހަރު ކުރިން ހައްޔަރުކުރި މީހަކު، ޝަރީއަތަށް ނުފޫޒުު ފޯރުވާތީ މިއަދު އޮޕަރޭޝަނެއް ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޝަރީއަތް ހިނގަމުންދާ މައްސަލައެއްގެ ހެކިންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގުގައި މާލޭގައި އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށެވެ.
އޭގެ ތަފްސީލެއް އަދި ނުލިބެ އެވެ.
ނަމަވެސް، "މިހާރު" އަށް އެނގިފައިވާ ގޮތުގައި ޓެރަރިޒަމް އޮޕަރޭޝަން ފެށީ 2020 ވަނަ އަހަރުގެ ފަހުކޮޅު ތިމަރަފުށީ ސްކޫލު ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ދައުވާ ކޮށްފައިވާ މީހަކު ހެއްކަކަށް ނުފޫޒު ފޯރުވަން އުޅުމުންނެވެ.
އެ އޮޕަރޭޝަނުގައި މިއަދު ހެނދުނުން ފެށިގެން މާލޭގެ އެކި ސަރަހައްދުތައް އަންނަނީ ބަލައި ފާސްކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޕާޓޭބޮސް
11 September 2025
ޓެރަރިޒަމްގެ މައްސަލަޔަކަށް ނުފޫޒުފޯރުވަންޏާ ކޮންކަހަލަ އޮޕަރޭސަނެއްތަ ތިކުރަނީ؟. ތިއޮޕަރޭސަނުން އެއްކޮން އެކަން ރަނގަޅުވޭތަ؟.