ޚަބަރު / ޕީޕީއެމް

ޕީޕީއެމްގެ 5،000 މެމްބަރުން ވަގަށް އެހެން ޕާޓީތަކަށް ގެންދިޔަ ކަމަށް ތުހުމަތުކޮށްފި

އިއްޔެ އިލެކްޝަންސް ކޮމިޝަނުގައި އޮތް ބައްދަލުވުމުގައި ޕީޕީއެމުގެ ފަރާތުން ބައިވެރިވަނީ--

އިދިކޮޅު ޕީޕީއެމްގެ 5،000 މެމްބަރުން، އޮޅުވާލައިގެން އެހެން ޕާޓީތަކަށް ވަގަށް ވައްދާފައިވާ ކަމުގެ ތުހުމަތު އެ ޕާޓީން ކޮށްފި އެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް މުހައްމަދު ތޮލާލް، "މިހާރު" އަށް ވިދާޅުވީ އެ ޕާޓީގެ މެމްބަރުންގެ އަދަދު މަދުވުމާ ގުޅިގެން އެކަން ހިނގައިދިޔަ ގޮތް އެ މެމްބަރުންނަށް ގުޅައިގެން ބަލާފައިވާ ކަމަށެވެ. އޭގެތެރެއިން 90 ޕަސެންޓް މީހުން އެހެން ޕާޓީއަކަށް ސޮއިނުކުރާ ކަމަށް ބުނެފައިވާ ކަމަށް ތޮލާލް ވިދާޅުވި އެވެ.

"މެމްބަރުން މަދުވީމަ އަޅުގަނޑުމެން ސީދާ އެ މީހުންނަށް ގުޅައިގެން މި ބެލީ ވީ ގޮތެއް. އެގޮތަށް ބެލިއިރު އެމީހުން އެބަ ބުނޭ ތިމަންނަމެން އެެހެން ޕާޓީއަކަށް ސޮޔެއް ނުކުރަމޭ. އޮންނަންވާނީ ޕީޕީއެމްގައޭ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވަގު ފޯމު ހުށަހަޅައިގެން އެ ޕާޓީގެ މެމްބަރުން އެހެން ޕާޓީތަކަށް ގެންދިޔަ މައްސަލަ ބަލައިދޭން މިހާރު ވާނީ އިލެކްޝަންސް ކޮމިޝަނުގައި އެދިފަ އެވެ.

"އަޅުގަނޑުމެން ވާނީ ވަގަށް ގެންގޮސްފައިވާ މެމްބަރުން އަނބުރާ ޕާޓީއަށް ގެނައުމަށް އީސީގައި އެދިފައި،" އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ވެސް މީހުންނަށް ނޭނގި އެކި ޕާޓީތަކަށް ވައްދާފައިވާ ކަމުގެ މައްސަލަ ސޯޝަލް މީޑިއާގައި ފެންމަތިވި އެވެ.

އެކަން ބޮޑުވެ މި ފަހުން އީސީން ވަނީ މި މަހުން ފެށިގެން ޕާޓީތަކަށް ވަންނަ މީހުންގެ މައުލޫމާތުތައް އެ ކޮމިޝަނުގެ ވެބްސައިޓުގައި އާއްމުކޮށް، ޕާޓީއަކަށް ވަންނަން އެދޭ މީހާއަށް މެސެޖަކުން އެކަން އަންގަން ވެސް ނިންމައިފަ އެވެ.

ސިޔާސީ ޕާޓީތަކާ އެކު އިއްޔެ އިލެކްޝަން ކޮމިޝަނުން ބޭއްވި ބައްދަލުވުމުގައި ވެސް ޕީޕީއެމުން ވަނީ ވަގު ފޯމުތައް އެ ކޮމިޝަނަށް ހުށަހަޅައިގެން މީހުން ސިޔާސީ ޕާޓީތަކަށް ވައްދާ މައްސަލަ ނަގައިފަ އެވެ. އެކަމުގެ ކަންބޮޑުވުން ޕީޕީއެމެކޭ އެއްގޮތަށް އެމްޑީޕީން ވެސް ފާޅުކުރި ކަމަށް ތޮލާލް ވިދާޅުވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޮޅުވާލައިގެން މީހުން ސިޔާސީ ޕާޓީތަކަށް ވައްދާ މައްސަލަ ހުއްޓުވޭނީ އެފަދަ ޕާޓީތައް ޖޫރިމަނާކޮށް ފިޔަވަޅު އަޅައިގެންނެވެ.

ތޮލާލް ވިދާޅުވީ ޕާޓީތަކަށް މީހުން ވައްދާއިރު ފިންގާ ޕްރިންޓް ސާފު ނަމަ، އީސީން ފޯމު ބަލައިގަންނަ ކަމަށެވެ. އެކަމަކު ފިންގާ ޕްރިންޓް ވެރިފައި ކުރެވޭނެ އިންތިޒާމު އީސީގައި ނޯންނާތީ އެ ނިޒާމު ހޯދައިގެން ވިޔަސް ޕާޓީއަށް މީހުން އިތުރުކުރަނީ ސައްހަ ގޮތަކަށްތޯ ކަށަަވަރުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ޕީޕީއެމަކީ ދެ ވަނަ އަށް އެންމެ މެމްބަރުން ގިނަ ޕާޓީ އެވެ. މިދިޔަ ފެބުރުއަރީ މަހުގެ ނިޔަލަށް އެ ޕާޓީގެ މެމްބަރުންގެ ގޮތުގައި އީސީގައި ރަޖިސްޓްރީވެފައި ވަނީ 34،368 މެމްބަރުން ކަމަށް ވެބްސައިޓުގައިވެ އެވެ. އެންމެ މެމްބަރުން ގިނަ އެމްޑީޕީގެ އަދަދަކީ 54،782 ކަމަށް އީސީގެ ހިސާބުތަކުގައިވެ އެވެ.

23 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 17%
icon angry icon angry 67%
icon wow icon wow 17%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނުނން

16 April 2022

އަނެއްކާ ޑޮލަރު މާރުކުރުމުގުތެރޭގައި ބަދަލުވީތަ ؟؟؟

The name is already taken The name is available. Register?

ފެމުނު ހުސޭނު

16 April 2022

ސުރުޚީ ކިޔާލީމަ ހީވަނީ ކިޑްނެޕިންގެ މައްސަލައެއް ފެންމަތިވީހެން!

The name is already taken The name is available. Register?

ކުޑަކަތީބު

16 April 2022

އޭ ސީ ސަރީފޫ. . . . . .

The name is already taken The name is available. Register?

އަލިފުޅު1111

16 April 2022

އަހަރެންގެ އަންހެނުންނާ ދަރިފުޅާ އަދި ދެބެންގެ ދެދަރި ބޭބެއެއް އެމީހުނަށް ނުވެސް އެނގި އެމްޑީޕީގަ ރެޖިސްޓްރީ ކޮށްފަ. އެފޯރމް ތަކުގަ ސޮއިކުރި ފަރާތެއް ހޯދާ ފިޔަވަޅު އެޅުމަށް ގޮވާލަން.

The name is already taken The name is available. Register?

ގުއިއްޒު

15 April 2022

ފޭރިގަތީ.

The name is already taken The name is available. Register?

ޢަލީ ކަލޯ

15 April 2022

މީ ލަދު ގަންނަންވެސް ނުދަންނަ ބައެއް، އަހަރެމެންގެ ފެމެލީގެ އެތަށް ބައެއް މިވެރިން ސަރުކާރުގައި ތިބެ 2018 ގައި، އެމްޑީޕީ ދަފުތަރުން ކަނޑާލައި އެތަށް މިތަނަށް ލާފައި، ކީކޭ މި ކިޔަނީ؟

The name is already taken The name is available. Register?

ސަންޕަ ހަސަންފުޅު

15 April 2022

ކަލޭމެން މާރީއްޗެއްނޫނޭ ވަގަށްޕާޓިތަކަށް މީހުންވައްދާވާހަކަދައްކާކަށް.

The name is already taken The name is available. Register?

ސިއްލިލަލޫ

15 April 2022

ބަލަ، އެކުދިންވެސް ބޭނުންވާނޭ އެއިރަކު ވެރިކަން ކުރަން ތިބި މީހުނާ ބައިވެރިވެލަން. ނަމަވެސް ޕާޓީ ބަދަލުކޮށްފަ ވާނެ ކެރިގެން ތެދުބަހުން އެގޮތަށް ހެދިކަމަށް އެއްބަސްވާން. މާ ނޫންކަމަށް ހެދިގެން އުޅެފިއްޔާ ލިބޭނީ ނުކެވޭ ބޮނޑި

The name is already taken The name is available. Register?

އިސްމާލި

15 April 2022

މި ބިން މަތީގައި މީހަކު ޖަރީމާއެއް ހިންގާއިރަށް އެކަން ޖަސްޓިފައި ކުރަން ކުރިން ތިބި މީހުންގެ ޖަރީމާ ގެ ވާހަކަ ގޮވަނީ ކީއްވެތަ؟ ޖަރީމާ ހުއްޓުވާކަށްނު ބައިގަނޑު ބަދަލު ކުރީ. ބުދަށް އަޅުކަންކުރި މީހުންވެސް ބުނެ އުޅުނު މިއީ ތިމަންނާމެންގެ ކާބަފައިންވެސް އަޅުކަން ކޮށް އުޅުނު ތަކެއްޗޭ. ކުރީގެ މީހުން ބޮލުގައި އަޅުވައި ބުދަށް އަޅުކަން ކުރުމުގައި ދެމިތިބުން ޖަސްޓިފައި ކުރި.

The name is already taken The name is available. Register?

އިސްމާލިމީ

16 April 2022

ޖަރީމާ ހިންގަން ކުރިން ނިކުމެތިބި މީހުން މިހާރު ހުދުކާފޫރުކަމަށް ހެދިގެންތިބެ އެހެންމީހުންގެ ބޮލުގައި ދޮގު އިލްޒާމުތައް އަޅުވައި ފިތުނަފަސާދަ އުފައްދަން އުޅޭތީ. ސާފުވެއްޖެތަ.

The name is already taken The name is available. Register?

ވަކަގޮލާ

16 April 2022

ޖަސްޓިފައިކުރަނީކީ ނޫން. އެމީހުންގެ ސަރުކާރުއޮތްއިރު އެކަންކޮށްފާ ދެން އެވާހަކަދައްކަން ލަދުނުގަނޭތޯ އެއަހަނީ. ބުނޭނު ތިމާގެ ފޫކޮޅުގައި އޮތް ގުއިބުރިއެއް ނުފެންނާނޭ.

The name is already taken The name is available. Register?

ކިސް

16 April 2022

ފުވާދަށް އަނެއްކާ މިފަހަރުވެސް ހުކުމެއް ނާންނާނެބާ؟ ގެއްލިއްޖެ އިތުބާރެއްވެސް މިގައުމުގަ ލިބޭތީތާ އޭނަ އަނެއްކާ އެތަނަށް ..............ދޯ؟؟؟؟

The name is already taken The name is available. Register?

ބަރުސާތު

15 April 2022

އަނެއްކާ ރިއާސީ ކެޑިޑޭޓު ވަގަށް ނުނަގާ އެބައިން ބާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454