ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި 2019 ވަނަ އަހަރު ހައްޖަށް ދިޔަ ބަޔަކު މިނާގައި -- ފައިލް ފޮޓޯ: ހައްޖު ކޯޕަރޭޝަން
22 އެޕްރީލް 2022 - 20:49
މި އަހަރު ދިވެހިން ހައްޖަށް ގެންދިޔުމަށް ރާއްޖެ އަށް 453 ކޯޓާ ސައުދީ އަރަބިއްޔާއިން ދީފި އެވެ.
މަސްޖިދުލް ހަރަމްގެ ޓުވިޓާ އެކައުންޓްގައި މިއަދު ވަނީ މި އަހަރު އެކި ގައުމުތަކުން ހައްޖަށް މީހުން ގެންދިއުމަށް ކަނޑައަޅާފައިވާ ކޯޓާގެ ލިސްޓެއް އާންމުކޮށްފަ އެވެ. މި އަހަރު ހައްޖަށް ގެންދާ މީހުންގެ 85 ޕަސެންޓަކީ ބޭރު ގައުމުތަކުގެ މީހުން ކަމަށް އެ އިއުލާނުގައި ބުންޏެވެ.
ހައްޖަށް މީހުން ގެންދިއުމަށް މިއީ ރާއްޖެ އަށް އެހާ މަދުން ކޯޓާ ލިބުނު ފުރަތަމަ ފަހަރެވެ.
ކޮވިޑުން ރައްކާތެރިވުމަށް ސައުދީ ސަރުކާރުން އެޅި ފިޔަވަޅުތައް އުވާލުމަށް ފަހު، މި އަހަރުގެ ހައްޖުގައި ބައިވެރިކުރާނެ މީހުންގެ އަދަދަކީ އެއް މިލިއަން ކަމަށް ވެސް އެ ގައުމުން ވަނީ އިއުލާންކޮށްފަ އެވެ. ރާއްޖެ އާއި އެހެން ގައުމުތަކަށް ވެސް މިފަހަރު ކޯޓާ މަދުން ލިބުނީ އެހެންވެ ކަމަށް ބެލެވެ އެވެ.
Hajj quota for each country! pic.twitter.com/CudutGQjK7
— The Holy Mosque's (@theholymosques) April 22, 2022
އެކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހް މިރޭ "މިހާރު" އަށް ވިދާޅުވީ، މި އަހަރު ރާއްޖެ އަށް ލިބޭ ހައްޖު ކޯޓާގެ އަދަދު ރަސްމީކޮށް ސައުދީން ދިވެހި ސަރުކާރަށް އަދި އަންގާފައި ނުވާ ކަމަށެވެ.
"ރަސްމީކޮށް އެކަން ސާފުވީހާ އަވަހަކަށް ހާމަކުރާނަން،" އޮފިޝަލް ވިދާޅުވި އެވެ.
ކޯވިޑްގެ ކުރިން ސައުދީން އާންމުކޮށް ރާއްޖެ އަށް ދެމުން އައީ އަހަރަކު 1000 ކޯޓާ އެވެ. އަދި ބައެއް ފަހަރު އެ އަދަދަށް ވުރެ އިތުރަށް ވެސް ކޯޓާ ދީފައިވެ އެވެ.
އެ ލިސްޓުގައިވާ ގޮތުން މި އަހަރު އެންމެ ގިނައިން ކޯޓާ ދެނީ އިންޑޮނޭޝިއާ އަށެވެ. އެ ގައުމަށް 10،0051 ކޯޓާ ދޭނެ އެވެ. ޕާކިސްތާނަށް 81،132 ކޯޓާ ދޭއިރު، އިންޑިއާ އަށް 79،237 ކޯޓާ ދޭނެ އެވެ. އަދި ބަންގްލަދޭޝް އަށް 57،585 ކޯޓާ ދޭން ނިންމާފައިވެ އެވެ.
މި އަހަރުގެ ހައްޖަށް ދެވެނީ ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ 65 އަހަރުން ދަށުގެ މީހުންނަށް އެކަންޏެވެ. އަދި ބޭރު ގައުމުތަކުން ހައްޖަށް ދާ މީހުން ނެގެޓިވް ޕީސީއާރު ޓެސްޓެއް ވެސް ހުށަހަޅަން ޖެހެ އެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ހައްޖު ދުވަހަކީ ޖުލައި ހަތެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒިންމާދާރު
23 April 2022
ތީ ރަސްމީ ޓްވިޓާ އެކައުންޓެއް ނޫން. މިއޮތީ ވެރިފައިކޮށްފަ އޮތް ރަސްމީ އެކައުންޓް: https://mobile.twitter.com/ReasahAlharmain
ފެއިލް
23 April 2022
ސަރުކާރު ގައި އުރަތްޕެއްނެތް. ގައުމު މިދަނީ ފަހަތައް. ދައުރު ނިމެނީ ކުރީސަރުކާރޭ ކުރީސަރުކާރޭ ކިޔަ ކިޔާ ތިއްބާ. މިޙާރު މުޅި ސަރުކާރު އެއޮތީ ފޫގަޅާފަ އިންޑިއާ އަޢުޓް ހަރަކާތް ހުއްޓުވަން. ޢިންޑިޔާއަށް ލިބޭ ހައްޖު ކޯޓާ މޯދީ ކާރިބުނެގެން ލިބޭތޯ ބަލާ.
ތުނިޔަ
23 April 2022
ކިޔޭ ނުކިޔޭ އެއްޗެއް އެބަ އެނގޭތަ؟
އިބްރާހީމް
23 April 2022
ހައްޖު ކޯޕަރޭޝަނުން ޖާގަ ދޭންވާނީ އަލަށް ހައްޖަށްދާމީހުންނަށް. ދެވަނަ ފަހަރަށްދާ މީހުން ގުރޫޕްތައް މެދުވެރިކޮށް ދާންވީ. އެހެންނޫނީ އެއީ ނިކަމެތިންނަށް ވެވޭ ބޭއިންސާފެއް. ކޯޕަރޭޝަނުން މިކަމުގައި ހަރުދަނާ ރަނގަޅު އުޞޫލެއް ގާއިމްކުރަންޖެހޭ.
ސެންހު
23 April 2022
ރާއްޖޭގެ މުޅި އާބާދީގެ ވިސްނުން ވެސް ގޮސް ހުއްޓެނީ ސިޔާސީ ވިސްނުމާ. ކޮމެންޓު ކުރާއިރު ކަން އޮތީ ކިހިނެއްތޯ ވެސް ބަލާ ނުލާ. މި އަހަރަށް ކަނޑަ އަޅާފަ ހުރި އެއް މިލިޔަންގެ ޖާގަ. އަދި 65 އަހަރު މީހުންނަށް ދިއުން ރެސްޓުރުކުޓް ކުރީ މ އަހަރަށް. އެީ ކޮވިޑްގެ ސަބަބުން. ޖާގަ ލިބިފައިވާ ނިސްބަތަށް ބަލާއިރު ރާއްޖޭގެ މީހުން ސަކުވާ ކުރާވަރެއް ނޫން. އެންމެ ގިނައިން ލިބުނު އިންޑަނޭސިޢަ މީހުންނަށް ވެސް ލިބުނީ ނިސްބަތުން ކުޑަ އަދަދެއް.
އިޑްނިއާ އުއަޓް
23 April 2022
ރީތިވެއްޖެއެއްނު.
ސަސ
23 April 2022
ދެން ޖެހޭނީ ރައީސް މީހާ އެދިގެން ރަސްގެފާނުގެ ހެޔޮފުޅުކަމުން ކޯޓާ އިތުރު ކުރަން
ކޮރަލް
23 April 2022
ހައްޖަށް ދިއުން ވާޖިބް ވަނީ އުމުރުން އެއްފަހަރު އެވެ. ވީމާ އަލަށް ހައްޖަށް ދާން ބޭނުން ވާ އެތައް ބަޔަކު ހުންނަ އިރު ތަކުރާރު ކޮށް ފައިސާ ހުރީމަ ނޫނީ ސިޔާސީ މަގާމެއްގަ ހުރީ ހައްޖަށް ދިއުމުގެ ފުރުސަތު ނުދޭން ވީ އެވެ.
އޮނަރަބްލް އަފީފު ދީދީ
23 April 2022
ހައްޖަށް ދިއުމަށް ރާއްޖެއަށް ލިބޭ ކޯޓާގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ކުރެވޭނެ ފަދަ އިންތިޒާމް ތަކެއް ރާވަންޖެހޭ. # މިގޮތުން ރާއްޖެއިން ހައްޖަށް ދިއުމަށް ކޮންމެ އަހަރަކު އެދޭ މީހުންގެ ލިސްޓްގެ ތެރެއިން "އަލަށް ހައްޖަށް ދިއުމަށް އެދޭ މީހުނަށް" އިސްކަން ދިނުމުގެ ސިޔާސަތެއް ކަޑައަޅަންޖެހޭ. # އެހެންނޫނީ ކޮންމެއަހަރަކު ލިބޭ 500 ޖާގަ ހަމައެކަނި ވަކިބަޔަކު ނަގައިގެން އެމީހުންނޫންބަޔަކަށް ޙައްޖުގެއަޅުކަން ނުކުރެވޭގޮތްމެދުވެރިވުމަކީ އެކަށީގެންވާކަމެއް.
ކުދީ
23 April 2022
ކ. އަތޮޅު މާލެއޭ ކިޔާފަ ކޮންމެވެސް ގޮތަކަށް ނުލިއެ އޮތީމަ ތިޔަ ކޮމެންޓް އަދި ފުރިހަމައެއްނުވޭ.
ވަރަށް ދެރަ
23 April 2022
ކޯޓާ މަދުވުމަށްވުރެ 65 ން މަތީގެ މީހުންނަށް ހައްޖަށް ނުދެވޭ މައްސަލަ މަށަށް މާބޮޑު. އެތައް ދުވަހެއްގެ އިންތިޒާރުގެ ނިމުން މިއައީ ވަރަށް ހިތާމަވެރި ގޮތަކަށް. އަންނަ އަހަރު ހައްޖަށް ދާންވާއިރަށް ދުނިޔޭގަ ހުންނާނެކަމެއް ކިހިނެތް އެނގޭނީ. ވަރަށް ދެރަކޮށް ކަންތައް ވެގެން މިދިޔައީ.
އަދިވެސްގޮވާ
22 April 2022
ކޮބާ އަދިވެސް އައުޓު ގޮވާ. ކޯޓާވެސް ރާއްޖެއަށް 500 އެކަމަކު އެގައުމަށް 79 ހާސް. އަސްލު ސައިޒު އެބަ ފެނޭތަ؟
ލާކާރު
23 April 2022
އިންޑިޔާގައި 200 މިލިޔަން މުސްލިމުން އުޅެޔޭ... އެތަނުގެ މުސްލިމް އާބާދީއާ ބަލާ އަދިވެސް އެވަރު މަދު. ތަންދޮރު ބަލާފައި ކޮމެންޓްކޮށްބަލަ. އެންމެ ގިނަ ކޯޓާ ލިބުނު އިންޑޮނޭޝިޔާއަކީ މުސްލިމް އާބާދީ އެންމެ ގިނަ ގައުމު.