ރާއްޖެ އޮންލައިން (އާރްއޯއެލް) އިން ފްރީ އިންސްޓޯލޭޝަން އެންޑް ފްރީ ސެޓަޕްގެ ކެމްޕެއިނެއް ހިޔާ ފްލެޓުތަކަށް ފަށައިފި އެވެ.
މި ކެމްޕެއިން ލޯންޗުކޮށްފައި ވަނީ މިއަދު އެވެ. އާރްއޯއެލްއިން ބުނީ ހިޔާ ފުލެޓުތަކުގައި ދިރިއުޅޭ އެންމެންނަށް މިހާރު އެ ކުންފުނީގެ އިންޓަނެޓްގެ ހިދުމަތް ލިބޭނެ ކަމަށެވެ. އަދި އިންޓަނެޓާ އެކު ފްރީ ސެޓަޕް އެންޑް ފްރީ ރައުޓާ ކަސްޓަމަރުންނަށް ލިބިގެންދާނެކަމަށް ވެސް އާރްއޯއެލްއިން ބުނެ އެވެ.
މި ހިދުމަތަށް އާރްއޯއެލްގެ ފުރަންޓު އޮފީހަށް ހުށަހެޅޭނެ އެވެ. ޕެކޭޖުތަކުގެ އިތުރު މައުލޫމާތު އާރްއޯއެލްގެ ވެބްސައިޓުން ލިބޭ އިރު, 133 އަށް ގުޅުއްވުމުން ވެސް މައުލޫމާތު ލިބޭނެ އެވެ.
މީގެ 18 އަހަރު ކުރިން ރާއްޖެ އޮންލައިންގެ ހިދުމަތް ފެށީ ދިވެހިންނަށް އެންމެ ޒަމާނީ އިންޓަނެޓްގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަގުސަދުގަ އެވެ. އިންޓަނެޓްގެ ހިދުމަތުގައި ޕާސަނަލައިޒް ހިދުމަތްތަކެއް ފޯރުކޮށްދިނުމަކީ އާރްއޯއެލްގެ އެންމެ ބޮޑު އަމާޒެވެ.