ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ބަޔަކު އެޑްމިޓް ކޮށްފައި: ރާއްޖޭގައި މިދުވަސްވަރު ޑެންގީހުން ޖެހޭ މީހުންގެ އަންނަނީ އިތުރުވަމުން -- ފޮޓޯ: ނިޝާން އަލީ | މިހާރު
27 އެޕްރީލް 2022 - 13:55
ރާއްޖޭގައި މިދުވަސްވަރު ޑެންގީހުން ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަަދަދު އިތުރުވަމުންދާތީ ސަމާލުވާން އެޗްޕީއޭ އިން މިއަދު އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކުރިއަށް އޮތް އީދު ޗުއްޓީގައި ގިނަ ބަޔަކު ރަށްރަށަށް ދަތުރުކުރާނެ ކަމަށް ލަފާކުރެވޭތީ ޑެންގީ ފަދަ މަދިރީގެ ޒަރިޔާއިން ފެތުރޭ ބަލިތައް ކޯންޓްރޯލް ކުރުމަށާއި އަދި ބަލި ޖެހިއްޖެ ނަމަ ރައްކާތެރިވުމުގެ ގޮތުން ކުރަން ޖެހޭ ކަންކަން ހާއްސަ ސަމާލުމެއް ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.
މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމަށާއި މަދިރި ލޯޝަން އަދި ރެޕެލެންޓް ބޭނުންކުރުމަށް އެ ބަޔާނުގައިވެ އެވެ.
- ޑެންގީ ފަތުރާ މަދިރިއަކީ ދުވާލުގެ ހުރިހާ ވަގުތެއްގައި ވެސް ހަފާ މަދިރިއަކަށް ވާތީ ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން.
- ޑެންގީ މަދިރި އަލާވާ، ފެންހެދޭ ނުވަތަ ފެންހަރުލާ ތަންތަން ނައްތާލުން.
- ކުޑަކުދިންނާއި މާބަނޑުމީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި އަދި ބޮޑެތި ބަލިތައް ހުންނަ މީހުނަށް ނުރައްކާތެރި ބައްޔަކަށް ވާތީ ހާއްސަ ސަމާލުކަމެއް ދިނުން.
- ތިން ދުވަހަށް ވުރެ ގިނައިން ހުން އައިސް، ޑެންގީގެ ނުރައްކާތެރި އަލާމަތްތައް ފެންނަ ނަމަ ޑޮކްޓަރަށް ދެއްކުން.
ޑެންގީގެ އިތުރުން، އަރިދަފުސް ރޯގާ އާއި ވައިރަލްހުން ފަދަ ބަލިތައް އިތުރުވުމުގެ ފުރުސަތު އޮތުމުން އެ ބަލިތަކުން ރައްކާތެރިވުމަށް ވެސް ސަމާލުކަން ދިނުން ވަރަށް މުހިންމު ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދޮރު ނެތް މާލޭމީހާ
27 April 2022
ރާއްޖެތެރެއަށް އުފަން ރާއްޖެތެރޭ މީހަކީމެވެ. ބައެއް ކޮމެންޓް ކިޔާލީމާ ޒާތީ ވުން ނޫން ކަމެއް ނުފެނޭ. ބަލަ ހޭލުންތެރި ކުރުވަން ކުރާ ކަންކަން އެއީ ފިތުނަ އުފައްދަން ކުރާ ކަމަކަށް ހެދީމަ ވަރަށް ދެރަ.
އަބޫބަކުރުބެ
27 April 2022
ސަމާލުވެވިދާނެ. އެކަމަކު ލޮކުނުކުރާތި.
އޮނަރަބްލް އަފީފު ދީދީ
27 April 2022
އެޗްޕީއޭގެބަޔާނުގައި އޮތީ "އީދުޗުއްޓީގައި ގިނަބަޔަކު ރަށްރަށަށްދަތުރުކުރާނެކަމަށް ލަފާކުރެވޭތީ ޑެންގީފަދަ މަދިރީގެޒަރިޔާއިން ފެތުރޭބަލިތައް ކޯންޓްރޯލްކުރުމަށާއި އަދި ބަލިޖެހިއްޖެނަމަ ރައްކާތެރިވުމުގެގޮތުން ކުރަންޖެހޭކަންކަމަށް ހާއްސަ ސަމާލުމެއްދިނުމަށް" ގޮވާލާފަ. # މާނައަކީ މިހާރުވެސް "ރާއްޖޭގެ ގިނަ ރަށްރަށުގައި މީހުނަށް ނުރައްކާވާވަރަށް މަދިރިގިނަކަން އެޗްޕީއޭއަށް އިގޭކަމާއި" އެރަށްރަށަށްދަތުރުކުރުމުގައި ކ.އަތޮޅުމާލޭމީހުން ސަމާލުވާންޖެހޭނެކަން.