ޚަބަރު / ފިނޭންސް މިނިސްޓްރީ

ލެކްޗަރާއިންގެ މުސާރައަށް ވެސް ބަދަލު އަންނާނެ: އަމީރު

"ލެކްޗަރާ އިން އާ ޕޭ ފްރޭމް ވޯކަށް ބަދަލުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމުމާ ހަމައަށް ދާނެ. އެއާ އެކު އެ ބޭފުޅުންގެ މުސާރައަށް ވެސް ބަދަލު އަންނާނެ،"

މިނިސްޓަރު އަމީރު "މިހާރު"އާ ވާހަކަ ދައްކަވަނީ: ލެކްޗަރާ އިން ވެސް ތައުލީމީ ދާއިރާގެ އާ އޮނިގަނޑުގައި ހިމެނި މުސާރަ ބޮޑުވާނެ ކަމުގެ ޔަގީންކަން ދެއްވި. -- ފޮޓޯ/ މިހާރު

ތައުލީމީ ދާއިރާގެ މުސާރަތަކަށް އައި އިންގިލާބީ ބަދަލުގެ ތެރޭގައި ލެކްޗަރާ އިން ވެސް ހިމެނޭނެ ކަމަށާއި ވަރަށް އަވަހަށް ލެކްޗަރާއިންގެ މުސާރައަށް ބަދަލު އަންނާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މަސައްކަތާ ނުބައްދަލު ކުޑަ މުސާރައިގެ ޝަކުވާ ކުރާތާ 15 އަހަރުވެފައި ވަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގަތް ވައުދު ފުއްދަވައި ތައުލީމީ ދާއިރާގެ ބޮޑު މުސާރަތައް މިދިޔަ އާދީއްތަދުވަހު ވަނީ އިއުލާންކޮށްދެއްވައިފަ އެވެ.

މި ބަދަލުގެ ތެރޭގައި ލެކްޗަރާ އިން ނުހިމަނައި އިއުލާންކުރުމަކީ އެ ބޭފުޅުންގެ ކަންބޮޑުވުން އޮތް ކަމެކެވެ.

މިކަމާ ގުޅޭ ގޮތުން "މިހާރު"ގެ ސުވާލުތަކަށް މިނިސްޓަރު އަމީރު ވިދާޅުވީ ލެކްޗަރާއިންގެ މުސާރަ އާ އޮނިގަނޑަށް ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މުސާރައިގެ އޮނިގަނޑު އެކުލަވާލަން އެމްއެންޔޫގެ ބޭފުޅުންނާ އެކު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވި ގޮތުގައި އިސްލާމިކް ޔުނިވަސިޓީއާ ވެސް އޮނިގަނޑަށް ގެންނަ ބަދަލުތައް ހިއްސާކޮށްފައިވާނެ އެވެ.

"ލެކްޗަރާ އިން އާ ޕޭ ފްރޭމް ވޯކަށް ބަދަލުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމުމާ ހަމައަށް ދާނެ. ޖޮބް މެޓްރިކްސްތައް އެހެރީ ފައިނަލައިޒްވުމާ ހަމައިގައި," މިނިސްޓަރު ވިދާޅުވި އެވެ.

އެއާއެކު ވީހާވެސް އަވަހަކަށް އާ އޮނިގަނޑުގެ ދަށުން އެ މީހުންގެ މުސާރައަށް ބަދަލު އަންނާނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު ދެއްވި އެވެ.

ތައުލީމީ ދާއިރާގެ މުސާރަ ބޮޑުކުރުން، އެމްއެންޔޫގެ ބައެއް ލެކްޗަރާ އިން ސިފަކުރެއްވީ އެ މީހުންނަށް ނާއުއްމީދާއި މާޔޫސްކަން ގެނުވި ކަމެއްގެ ގޮތުގަ އެވެ. ގާތްގަނޑަކަށް 10-12 އަހަރުގެ އިންތިޒާރަށް ފަހު ވެސް އާ އޮނިގަނޑުގައި އެ މީހުން ނުހިމެނުމަކީ ތައުލީމީ ދާއިރާގެ ހިދުމަތްތެރިންނަށް ނުވުންތޯ ސުވާލު އުފެއްދެވި އެވެ.

މާސްޓާސް ފުރިހަމަ ކޮށްފައިވާ ލެކްޗަރާއަކަށް ޕެންޝަނަށް ކެނޑުމަށް ފަހު ލިބެނީ މަހަކު 18،000ރ. އަށް ވުރެ މަދުންނެވެ. ޑިގްރީ ހަދާފައިވާ ލެކްޗަރާއެއްގެ މުސާރައަކީ މަހަކު 13،000ރ. އެވެ.

"އެކަމަކު މިހާރު ގެނެސްފައި އެ އޮތް ބަދަލުން ފެންނަ ގޮތުން އެވްރެޖްކޮށް ޓީޗަރެއްގެ މުސާރަ މަހަކު 21،000ރ. އަށް ވުރެ މަތި. އެއީ ފުދޭވަރެއްގެ ބޮޑު ތަފާތެއް. ޓީޗަރުން ބިނާކުރަން ތިބި މީހުންނަށް މި ލިބެނީ މާ ކުޑަ އެއްޗެއް. ޕްރިންސިޕަލަކަށް ވެސް ޑެޕިއުޓީ މިނިސްޓަރެއްގެ މުސާރަ (35،000ރ.) އެވްރެޖްކޮށް އެބަ ލިބޭ. އަދި އެލަވަންސެއް ވެސް ދެއްވާނަމޭ އެ ވިދާޅުވަނީ. އަޅުގަނޑުމެންގެ ޔުނިވާސިޓީގެ ޕްރޮފެސަރަކަށް ވެސް ނުލިބޭނެ އެ ވަރުގެ މުސާރައެއް،" ލެކްޗަރާއަކު ވިދާޅުވި އެވެ.

ރައީސް އިއުލާންކޮށްދެއްވި ތައުލީމީ ދާއިރާގެ އޮނިގަނޑުގައި މުސާރަތައް ބޮޑުކޮށްފައި ވަނީ އިތުރު ގަޑިއާ ނުލައި ވެސް ކުރިއަށް ވުރެން ނިސްބަތުން ބޮޑުކޮށެވެ. މި ބަދަލަކީ ތައުލީމީ ދާއިރާއަށް ހައްގު މިންވަރުގެ ފެށުމެއް ކަމަށް ސަރުކާރުން ބުނެ އެވެ.

ތައުލީމީ ދާއިރާގެ އިތުރުން ސިއްހީ ދާއިރާ އާއި އެ ނޫން ވެސް ދާއިރާތަކުގައި މުސާރައަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

30 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 40%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަލާކު

05 May 2022

ސިޔާސީ ވިސްނުމުން ވިސްނައިގެނ ްހުރިހާކަމެއް ކުރީމާ ގައުމު ފުންޑޭނީ!

The name is already taken The name is available. Register?

ާއުނިމާ

05 May 2022

ޓީޗަރުންނނުލިބިގެން، ގުރުޢާން، އިސްލާމް، ދިވެހި، ޙައްސައެހޯއެއް ބޭނުންވާ.އަދި އެކިއެކި ސުޕެޝަލިޓީގެ ޓީޗަރުން ނުލިބިގެން، ތިބި ޓީޗަރުންވެސް އެހެން ދާއިރާތަކަށް، ލެކްޗަރާއިންނަށް، ކުންފުނިތަކަށް، އެހެން ނޫނީ ކެމެއްނުކޮށް ގޭގަތިބެމުންދާތީ، މުޅި ސުކޫލު ނިޒާމު ނުހިންގި ސަރުކާރަށް ގޮތްހުސްވެގެން ޓީޗަރުންގެ މުސާރަ ބިޑުކުރުމަކީ ސިޔާސީ ވިސްނުމަކުން ކުރިކަމެކޭތޯ،.ސަރުކާރުން .އެލަވަންދީ ކޯސްފީދިނީމަވެސް މުދައްރިސުކޯހަށް ތަރުހީބު ނުލިބުކަން ގައިމު ނޫސްތަކުގަ

The name is already taken The name is available. Register?

ޤާދިރުބެއްޔާ

05 May 2022

ސިވިލް ސާވަންޓުން މުސާރަ ބޮޑު ކުރަން ނުކެރެނީ ކީއްވެތަ؟ ވޯޓެއް ނުދޭނަން ދެނެއް.

The name is already taken The name is available. Register?

ޢިޙްސާސް

05 May 2022

ބިދޭސީ ޓީޗަރުން އަދިވެސް އިންތިހާއަށް. ޜާއްޖޭގައި ގާބިލު މުދައްރިސުން ހަމަ ނެތީބާ؟ މުސާރަ ބޮޑުކުރިޔަސް މިކަން ހައްލެއް ނުވާނެ. ބިދޭސީ ޓީޗަރުން މަދުކުރެވެނީ ކޮންވެރިޔަކަށްބާ؟

The name is already taken The name is available. Register?

ބޮރިނ

05 May 2022

ވިސްނުން ތޫނު ދަރިވަރުން ޓީޗަރުންނަށް ވެގެން ގައުމު ކުރިއަރާނީ. އެކުދިން ޓީޗިންގަ މަޑުކުރާނީ ހިތްހަމަޖެހޭވަރުގެ މުސާރަ ލިބެންޏާ. މިހާރު ޓީޗިންގ އަށް ހައި އެޗީވާސް ދާލެއް ވަރަށް މަދު. ޖަރުމަނު، ޖަޕާން ގަ ޓީޗަރުންގެ މުސާރަ އެހެން ސެކްޓަރު ތަކާ އަޅާބަލާއިރު ބޮޑުކޮށް ބާއްވަނީ ކަމެއް ވީމަ.

The name is already taken The name is available. Register?

ޖެން

05 May 2022

ކަސްޓަމް އޮފިސަރުންގެ ވެސް މުސާރަ ބޮޑު ކޮއްދީ

The name is already taken The name is available. Register?

ހީރާ

04 May 2022

ޢެންމެނަށްވެސް މުސާރަ ބޮޑު ކުރީމަ، މިހާރު ދިމާވެގެން އުޅޭ މުދައްރިސުން ނުލިބުމުގެ މައްސަލަ ހައްލެއް ނުވާނެ. ހަމައެކަނި ވާނެ ކަމަކީ ތަކެތީގެ އަގު ބޮޑުވުން . އިންފުލޭޝަން މަތިވުން. އެންމެންވެސް ބޭނުން ވަނީ މުސާރަ ބޮޑު އެކަމަކު ފަސޭހަ ވަޒީފާއެއް. މުދައްރިސަކަށް ވާކަށް އެކަކުވެސް ބޭނުމެއް ނުވާނެ. މުދައްރިސުން ކުރަނީ ބުރަ މަސައްކަތެއް. މިދާއިރާއަށް ނިކުންނާނީ ބަޔަކުނުވޭ. ލެކްޗަރަރ ކަން ނޫނީ އެހެން ވަޒިފާއަށް މީހުން ނުލިބިގެން ނޫޅޭ.

The name is already taken The name is available. Register?

ޢޭ ހިރާ

05 May 2022

މުދައްރިސުން ކޮން ބުރަ ކަމެއްތޯ ދުވާލަކު އެއްގޑިއިރު ފުރާ މީހުން އެބަތިބި ނަތީޖާ އަށް ބަލާލާ ހިނގާ ދިވެހިން އޭ ރިޕޯރޓް ލިބިފަ ތިބޭ ދަރިވަރުންނަށް ބަހުގެ ހަމައިން ވާހަކަދައްކޅަން ނޭނގޭ އެންމެ ބުރަކޮށް މަސައްކަތް ކިރާ ބަޔަކީ އިމާމުން އެމީހުން ދަންވަރު ތެސުވެގެންގޮސް ފަތިހު ބަންގި ގޮވާ ހަދަނީ މިއަށްވުރެ ބުރަ އެއްވެސް ބަޔަކު ނުތިބޭނެ

The name is already taken The name is available. Register?

ާއުނިމާ

05 May 2022

ބަލަ އޭ ހީރާ! މިހާ ފަސޭހަ ޖޮބަކަށް ކަލޭ އަންނަނވީނު އޭރުން ބޮޑުމިސާރަ ލިބޭނު، އެކަމަކު ޓީޗަރަކަށް އަންނާކަށް ބޭނުމެއްނުވޭ، އެކަކުވެސް ޓީޗަރުކަން ކުރާކަށް ބޭނުމެއްނުވޭ، ތިބި މީހުންވެސް ފަސަެހަވެގެން ދާއިރާ ދޫކޮށްފަދަނީ. ވީމާ ކަލޭ ދިޔަ ވާހަކަ ހަމައެއް ނުޖެހޭ....އަވަހަށް ޓީޗިން ކޯސް ހަދާ ފާސްވެގެން އާދޭ..ދެން ތިޔަވާހަކަ ދައްކާ

The name is already taken The name is available. Register?

އެއްކޮޅުން މުސާރަ އަނެއްކޮޅުން ތަކެތި އަގު ކޮންތްރޯލް ބޯޑެއް ބޭނުން

04 May 2022

ހިންގަން ނޭނގިގެންތޯ ތި އުޅެނީ ކޮންމެ ބަޔަކު އަޑުލީމަ އެބަޔަކަށް ވާން ޖެހޭ ގޮތަކީ މުޅި ސިވިލްސަރވަންޓުން އެކައްޗެއްގެ ގޮތުގައި ދެކި އެންމެންގެ މުސާރައަށް ބަދަލް ގެނައުން ތިހެން ހެދީމަ އެއްބަޔަކު މަސައްކަތް ކިރަން އުޅޭއިރު އަނެއް ބަޔަކު ސަޕޯރޓެއް ނުދޭނެ ހިތްހަމަ ނުޖެހި ތިބޭނީ ވެެރިކަމުގެ ނިޔަތް ރަނގަޅިއްޔާ ޖެހޭނީ ތަކެތީގެ އަގު ކޮންތްރޯލް ބޯޑެއް ހަދަން މުސާރަ ކޮތަންމެ ވަރަކަށް ބޮޑުކުޅަޔަސް އޭގެ ރާހަތެއް ނުކުރާނެ

The name is already taken The name is available. Register?

ޖުލައި 2021

04 May 2022

އައިސީޓީ ދާއިރާގެ މީހުންމީ މިއަދުގެ ދުނިޔޭގަ އންމެ މުސާރަބޮޑު އަދި އެންމެ މުހިންމި ޕޮރޮފެސަނަލް އެއް ކެޓަގަރީ. އެކަމު ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން ބަލައިނުގަނެ.އެޑްމިން އޮފިސަރެކޭ އެއް ރޭންކުދީ އެމުސާރަ ދީފަތިބެނީ. މިކަން ބަދަލުވާންޖެހޭ. އައިސީޓީ މީހުންނަށް ހައްގު މުސާތަ ދޭންޖެހޭ

The name is already taken The name is available. Register?

ބޯރޯން

05 May 2022

މިހާރު ވެސް މީހުނުވެގެން ފިނޭސް، ސިވިލްސާވިސް ކޮމިޝަނުގެ، ގިނަ މުއައްސަސާތަކުގެ އައިޓީއަށް ކޮންސަލްޓަންޓް ގެ ގޮތުގައި ނަގައިގެން ކިހާބޮޑު ޖޯކެއް. ނަން ގަނެވުން ތަންތަން ވަޒީފާ ތަކައް ދިރާސާއެއް ކޮލުން މުހިންމު

The name is already taken The name is available. Register?

ކެތްތެރި

04 May 2022

ބަލަ ރައީސް މިއީ ފެށުމެކޭ ވިދާޅުވި އަޑު އެމީހުންނަށް ނީވުނަސް އަހަރެމެން އެހީމޭ.. ކެތް ނުލަވަނީ

The name is already taken The name is available. Register?

ާއުނިމާ

04 May 2022

ލެކްޗަރާއިންނަކީ ވަރަށް ފަސޭހަކޮށް ކަންފަސޭހަ ބައެއް، ލެކްޗަރ ކޮށްލީމަ ނިމުނީ ކިޔަވާ ބަޔަކު ކިޔަވަންވީ ނުކިޔަވާ ބަޔަކު ނުކިޔެވިޔަސް،. ފާސްނުވިޔަސް ހެޔޮ..،ކުލާހެއްގަ 15 ކުދިން، ފޮތްް މާކު ކުރާކަށް ނުޖެހޭ، ޑިއުޓީ މަރާކަށް ނުޖެހޭ، އިތުރުހަރަކާތައް ކުދިން ގޮވައިގެން އުޅޭކަށް ނުޖެހޭ! ލެކްޗަރާއިންނަށް ދާނެމީހުން ނެތިގެން ނޫޅެޔޭ، ކަލޭމެން ބޭނުމިއްޔާ ޓީޗަރުންނަށް އަންނަންވީނު..ލެކްޗަރާއިންގެ މުސާރަބޮޑުކުރާއިރަށް ހުރިހާ ޓީޗަރުން ލެކްޗަރާއިންނަށް ދާނެ!

The name is already taken The name is available. Register?

ވާވާ

05 May 2022

ލެކްޗަރާއިންނަކީ ލެކްޗަރ ތައްޔާރު ކުރުމަށް ހަތަރުދަމު ރިސަރޗްކޮށް ކިޔަވާދޭ ނޯޓްސް ހަދާ ޓިއުޓޯރިއަލް ތައްޔާރުކޮށް އަބަދު ސިކުނޑި ވާނަން ޖެހޭ ބައެއް

The name is already taken The name is available. Register?

2222

04 May 2022

ދުވަސް ކައިރިވާ ވަރަކަށް ބޮޑުވެ ބޮޑެތިވާ އެއްޗެތި ވަރަށް ގިނަ ވާނެ.

The name is already taken The name is available. Register?

ޒިކް

04 May 2022

ޢޯކޭތާ އެހެން ބަޔަކަަށް ނުވިތާ ދުވަސް އައިސްޖެހި ރަތްޔިތުންނުކުމެ ތަފާޔެއްޖަހާ އަނގަވަތަށް ވެރިކަމުން ވައްޓާލިއިރުވެސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454