ޚަބަރު / ޖަމާލުއްދީން ސްކޫލް

ޕްރިންސިޕަލަށް ހަމަލަދޭން އުޅުނު މީހާ ހަޅޭއްލަވަން ފެށުމުން ކުލާސްތަކުގެ ދޮރުތައް ތަޅުލި

ޖަމާލުއްދީން ސްކޫލްގެ ބޭރު: އެ ސްކޫލް ތެރެއަށް އިއްޔެ ވަތް މީހަކު ވަނީ ޕްރިންސިޕަލަށް ހަމަލާދޭން އުޅެފައި..-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް /މިހާރު

ޖަމާލުއްދީން ސްކޫލްގެ ޕްރިންސިޕަލް ހަސަން މުހައްމަދަށް އިއްޔެ ހަމަލާދޭން އުޅުނު މީހާ އެ ސްކޫލް ތެރެއަށް ވަނުމަށް ފަހު ވަރަށް ބާރަށް ހަޅޭއްލަވަން ފެށުމުން ދަރިވަރުންނާ އެކު ކްލާސްރޫމްތައް ތަޅުލި ކަމަށް، އެކަމުގެ މައުލޫމާތު އިނގޭ ބައެއް ބެލެނިވެރިން މިއަދު ބުނެފި އެވެ.

އެ ސްކޫލަށް އިއްޔެ ވަން މީހަކު ޕްރިންސިޕަލަށް ހަމަލާ ދޭން އުޅުނު މައްސަލައެއް ހެނދުނު 8:45 ހާއިރު ފުލުހުންނަށް ވަނީ ހުށަހަޅައިފަ އެވެ. އެ މައްސަލައާ ގުޅިގެން 37 އަހަރުގެ ފިރިހެނެއް ވަނީ ހައްޔަރުކޮށްފަ އެވެ.

އެ ވަގުތު ސްކޫލް ތެރޭގައި ތިބި ދަރިވަރަކާ ހަވާލައިދީ، އޭނާގެ ބެލެނިވެރިޔަކު "މިހާރު" އަށް ބުނީ އެ ފިރިހެން މީހާ ބާރަށް ހަޅޭއްލަވަމުން ދިޔަ އަޑު ކްލާސްރޫމްތަކަށް އިވުނު ކަމަށެވެ. އެއާއެކު، ދަރިވަރުންނާ އެކު ހުރިހާ ކްލާސްރޫމެއް ތަޅުލީ ކަމަށް ބެލެނިވެރިޔާ ބުންޏެވެ.

އެހެން ބެލެނިވެރިޔަކު ބުނީ އެ މީހާ ސްކޫލު ތެރެއަށް ވަނުމަށްފަހު ދެ ފައިވާން ކިބަ ނެގުމަށް ފަހު ބަންގި ގޮވަން ފެށީ އެވެ.

"ބަންގި ގޮވައި، ﷲއަކްބަރު ގޮވަމުން ދިޔައީ،" އެ ބެލެނިވެރިޔާ ބުންޏެވެ.

ކަން ހިނގި ގޮތުގެ މައުލޫމާތު އިނގޭ އެހެން ބެލެނިވެރިޔަކު ބުނީ އެ ފިރިހެން މީހާ ސްކޫލު ތެރެއަށް ވަދެގަތީ މައި ދޮރާއްޓާ ޖެހިގެން އިންނަ ކުޑަ ގޭޓުން ކަމަށެވެ. އެ ތަނުން އެތެރެއަށް ވަނުމަށްފަހު އޭނާ އުޅުނީ ގޭޓާ އެންމެ ކައިރީގައި އިންނަ ސިޑިން މައްޗަށް އަރަން ކަމަށާއި އެ ވަގުތު ޕްރިންސިޕަލް އަދި ސްކޫލްގެ އިސްވެރިންތަކެއް އެ މީހާ ހިފެހެއްޓި ކަމަށް ވެސް ބެލެނިވެރިޔާ ބުންޏެވެ.

"ޕްރިންސިޕަލަށް ހަމަލާދިނީ އެ ވަގުތު ކަމަށް މައުލޫމާތު ލިބެނީ. އެކަމަކު، ސީދާ ޕްރިންސިޕަލަށް ދިން ހަމަލާއެއް ކަމެއް ނޭނގޭ،" އެ ބެލެނިވެރިޔާ ބުންޏެވެ.

ސެކިއުރިޓީން ތިބޭ ޖަމާލުއްދީން ސްކޫލްގެ ތެރެއަށް އެ މީހާ ވަތް ގޮތާ މެދު ބައެއް ބެލެނިވެރިން ދަނީ ސުވާލު އުފައްދަމުންނެވެ. އެ މީހުން ބުނީ ދަރިވަރުން ގޮވައިގެން ނުވަތަ ސްކޫލަށް ބަލައި ދާ ވަގުތެއްގައި ނޫނީ މައި ދޮރާށިން އަދި ކުޑަ ގޭޓުން ނުވަދެވޭނެ ކަމަށެވެ. އެހެން ނޫނީ ޖެހޭނީ އިދާރީ އޮފީސް އިންނަ ގޭޓާ ދިމާލަށް ދާން ކަމަށް އެ ބެލެނިވެރިން ބުންޏެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން ޖަމާލުއްދީން ސްކޫލްގެ ޕްރިންސިޕަލަށް ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ވިލިމާލޭ ކަންދު، ހުސެއިން ފަޒީލަކީ ކުށުގެ ރިކޯޑު އޮންނަ މީހެކެވެ.

އެ ހާދިސާއާ ގުޅިގެން އުނގޫފަރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވީ ސްކޫލެއްގައި ދަރިވަރުން ކިޔަވަމުން ދަނިކޮށް ތޫނު ހަތިޔާރު ހިފައިގެން ވަދެ ހަމަލާދޭން އުޅުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ.

އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ. އެހެންވެ، އިތުރު މައުލޫމާތެއް އަދި ނުލިބެ އެވެ.

19 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 0%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސޭޑް

26 May 2022

ވަޓް އިސް ދިސް އެމެރިކާ

The name is already taken The name is available. Register?

ވަހީދުބެ

26 May 2022

ޓެކްސަސް ގަ ސުކޫލަކައް ވެސް ވަދެ ކުދިން ތަކެއް ވަނީ މަރާފަ

The name is already taken The name is available. Register?

ހާލުފޮޅި ފޮޅި

26 May 2022

މަގޭ ސުވާލަކީ ވަށައިގެން އެކި ސައިޒްގެ ގޭޓް ނުހުންނަންޏާ ސްކޫލަކަށް ނުވަނީހޭ؟؟؟

The name is already taken The name is available. Register?

ދެކުނާއިއުތުރު

26 May 2022

ބައެއް ރަށްރަށުގައި ޕްރިންސިޕަލުންނަކީވެސް ތިގްރޫޕުގެ މީހުން

The name is already taken The name is available. Register?

ހިތާމައިގެކޮޅެއްނެތް

26 May 2022

ކޮމެންޓްތަކަށް މުހިއްމުވީ ދޮރެއްތޯ ތަޅުދަނޑިތޯ ބެލުން. މައްސަލައިގެ އަސްލުބެލުމެއްނެތް. ދީނީ ހައްދުފަހަނައެޅުމަކީ ގައުމުގެ މުސްތަޤްބަލަށް އޮތް ނުރައްކަލެއް. އެކި ސިފަސިފައިގަ މިކަންދަނީ ފެންނަމުން. ތައުލީމުންނާއި ބޭސްވެރިކަމުންނާއި އިޖްތިމާއީފޭރާމުންނާއި ސިޔާސީމާހައުލުން. ހައްލު ނުކުރެވިއްޖިއްޔާ އިއާދަ ނުކުރެވެނިވި ދަތިހާލަތަކަށް ވެއްޓިދާނެ.

The name is already taken The name is available. Register?

މޮދީޖީގެމައްމަ

26 May 2022

ވަރައް ރަންގަޅުވާހަކަ އެއް

The name is already taken The name is available. Register?

އަލީބެ

26 May 2022

ސިކުނޑި ދޮވެލާފަ ތިބި މީހުން ވަރަށް ގިނަ. ސްކޫލްތަކުގެ ސެކިއުރިޓީ ބަލަހައްޓަނީ ނަމަކަށް. ސެކިއުރިޓީންނަށް ތިބެނީ އަތްހިއްލާ ނުލެވޭވަރުގެ މީހުން. ޖެހިޖެހިގެން 8 ގަޑިއިރުގެ 3 ޑިއުޓީ އަދާކުރާމީހުން ގިނައީ. ގިނައިން އިންނާނީ ނިދާފަ. މީވެސް ފާހަގަކޮށްލަންޖެހޭ ކަމެއް. ވަޅިހިފައިގެން ސްކޫލްތެރޭ ބިރުވެރިކަން އުފެއްދި މީހާއަށް ހަރުކަށި އަދަބުދީ ދިރިތިބީންނަށް އިބުރަތަކަށް ހެދުން މުހިންމު.

The name is already taken The name is available. Register?

އިޙްސާސް

25 May 2022

ޖަމާލުއްދީން ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓަށް އޭރު ތިބިބަޔަކު ސަސްޕެންޑް ކޮށް ފިޔަވަޅުއަޅާ. އެގޮތަށް ސްކޫލެއްގެ ތެރެއަށް މީހަކަށް ވަދެވިގެން ނުވާނެ. އަނެއްކާވެސް ޕޭރަންޓްކާޑުގެ ވާހަކަ ދައްކަން ޖެހޭ އެބަ. އޭނާ އަތުގައި ކާޑު އޮތަސް ސެކިއުރިޓީއަށް ބެލެހެއްޓެންވާނެ.

The name is already taken The name is available. Register?

ކޮޅުމަޑުލުމީހެއް

25 May 2022

މީ ސަރުކާރުން އޮއްބާލަން އުޅޭ ވަރައްވުރެ ސީރިޔަސް މައްސަލައެއް. ސުކޫލު ތަކައް ހައްދުފަހަނަ އެޅި ޓެރަރިސްޓުން ވަދެ ބިރުދައްކާކަންނކަން ކުރުމަކީ ކވަރައް ބިރުވެރި ކަމެއް.

The name is already taken The name is available. Register?

ނޫރާ

25 May 2022

ތީނަ ދޫކޮއްގެން ނުވާނެ.

The name is already taken The name is available. Register?

ބެލެނިވެރިއެއް

25 May 2022

ހަބަރު ލިޔާއިރު ތެދުދޮގު ހާމަކުރައްވާ! ކުދިން ބުނާއެއްޗެއް ލިޔުމުގެ ބަދަލުގައި ހަގީގަތް ކަންހިގިގޮތް އޮޅުންފިލުވާލިނަމަ.... ޢެކަން ހިނގިއިރު ކުލާހުން ބޭރުގަ އެއްވެސް ކުއްޖެއްނެތް ކްލާސްތަކުގެ ދޮރެއް ތަޅެއްނުލެވޭނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454