ޚަބަރު / ނޫސްވެރިކަން

މަސްދަރު ހާމަކުރެވޭ ގޮތަށް ހެއްކާ ބެހޭ ބިލް މިއަދު ފާސްނުކުރަން އެދިއްޖެ

"ބިލް މިހާރު އޮތް ގޮތުގެ ސަބަބުން، ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މީހުން ފަސްޖެހި ނޫސްވެރިންނަށް ބޮޑެތި އަދަބުތަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު އެބައޮތެވެ،"

ހެއްކާ ބެހޭ ބިލް މިއަދު ފާސްކުރުމާ ދެކޮޅަށް ނޫސްވެރިން މަޖިލިސް އިދާރާ ކައިރީގައި ހިމޭން މުޒާހަރާއެއްގައި. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ނޫސްވެރިން ލިޔާ ހަބަރުތަކަށް މައުލޫމާތު ހޯދުމަށް ބޭނުންކުރާ މަސްދަރުތައް ހާމަކުރަން ކޯޓުތަކަށް މަޖުބޫރުކުރެވިދާނެ ދެ ހާލަތަކާ އެކު ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ވެސް ހުރަސްއެޅޭ ގޮތަށް އޮތް ހެއްކާ ބެހޭ ބިލް މިއަދު ފާސްނުކޮށް، އިސްލާހުކޮށްދޭން ނޫސްވެރިން ތަމްސީލްކުރާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން މަޖިލީހުގައި އެދިއްޖެ އެވެ.

އެ ބިލާ މެދު މީޑިއާތަކުގެ ކަންބޮޑުވުން އިންތިހާއަށް އޮވެ، އެކަން ކަމާގުޅޭ އިދާރާތަކަށް ހިއްސާކޮށްފައި ވަނިކޮށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބިލް ފާސްކުރަން ވަނީ އެޖެންޑާކޮށްފަ އެވެ. މަޖިލިސް ރިސެސްއަށް ދިއުމުގެ ކުރިން އެ ބިލް ފާސްކުރުމުގެ ބަދަލުގައި މީޑިއާތަކުން ހުށަހެޅީ ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ލިބެންދެން ފާސްނުކުރުމަށެވެ.

އެމްޖޭއޭ އާއި މޯލްޑިވްސް މީޑިއާ ކައުންސިލް އަދި ނޫސްވެރިންގެ ކަންބޮޑުވުން އޮތީ ހެއްކާ ބެހޭ ބިލްގެ 136، "ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭ ހާލަތްތައް ބަޔާންކުރާ" މާއްދާ މިހާރު އޮތް ގޮތުންނެވެ. އެ ބިލް މިހާރު އޮތީ ނޫސްވެރިން ލިޔާ ހަބަރުތަކަށް މައުލޫމާތު ހޯދުމަށް ބޭނުންކުރާ މަސްދަރުތައް ހާމަކުރުމަށް ކޯޓުތަކަށް މަޖުބޫރުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފަ އެވެ.

ބިލާ ގުޅޭ ގޮތުން ކޮމިޓީގައި އެމްޖޭއޭ އާއި މީޑިއާ ކައުންސިލުން ކަންބޮޑުވުންފާޅުކރަނީ. -- ފޮޓޯ | މަޖިލިސް

އެ ބިލުގެ ހ. ގައި ވަނީ ނޫސްވެރިއަކަށް ވަކި މައުލޫމާތެއް ދިން މީހާ އެ މައުލޫމާތު ދިނީ އޭނާ އަކީ ކާކު ކަން ހާމަނުކުރާނެ ކަމުގައި އެ ނޫސްވެރިޔާ އަށް ވެފައިވާ ވައުދެއްގެ މައްޗަށް ބިނާކޮށް ކަމުގައި ވާ ނަމަ، އެ މައުލޫމާތު ދިން މީހާ އަކީ ކާކުކަން އަންގައިދޭނެ ނުވަތަ ކާކުކަން އަންގައިދިނުމަށް އެހީއަކަށް ވެދާނެ އެއްވެސް މައުލޫމާތެއް ޝަރީއަތަށް ހާމަކުރުމަށް އެ ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާއަދާކުރާ ތަނުގެ މައްޗަށް މަޖުބޫރެއް ނުކުރެވޭނެ އެވެ.

ެެ

އެކަމަކު އެ މާއްދާގެ ށ. ގައި ބުނެފައި ވަނީ "މައްސަލައެއްގެ ހަސްމަކު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް ޝަރީއަތުން ފައިސަލާކޮށް ގޮތެއް ކަނޑައަޅަން ޖެހޭ ކަންކަމުގެ މައްޗަށް ރިއާޔަތްކުރާއިރު ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގައި އޮތް އާއްމު މަސްލަހަތު އަންނަނިވި ކަންކަމަށް ވުރެން ބޮޑު ކަމުގައި ޝަރީއަތަށް ބުރަވެވޭ ނަމަ ނޫސްވެރިޔާ އަށް މައުލޫމާތު ދިން މަސްދަރު ޝަރީއަތަށް ހާމަކުރުމަށް ނޫސްވެރިޔާ އަށް ނުވަތަ އޭނާ ވަޒީފާއަދާކުރާ ތަނުގެ މައްޗަށް މަޖުބޫރުކުރެވިދާނެ އެވެ.

ބިލް މިހާރު އޮތް ގޮތް.

އެމްޖޭއިން ބުނި ގޮތުގައި އެ މާއްދާ މިހާރު އޮތް ގޮތުން މަސްދަރު ހާމަކުރަން ނޫސްވެރިންނަށް އެންގުމުގެ ފުރުސަތު ވަރަށް ފުޅާކޮށް ކޯޓުތަކަށް ވަނީ ހުޅުވިފަ އެވެ.

"މިކަމުގެ ސަބަބުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މީހުން ފަސްޖެހި ނޫސްވެރިންނަށް ބޮޑެތި އަދަބުތަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު އެބައޮތެވެ،" އެމްޖޭއޭ އިން ނެރުނު ބަޔާނުގައި ވެ އެވެ.

ބިލުގެ ކޮމިޓީ މަރުހަލާގައި ވެސް އެމްޖޭއޭ އިން ވަނީ އެ މާއްދާ އޮތް ގޮތާ މެދު ކަންބޮޑުވުންފާޅުކޮށްފަ އެވެ. ވަރަށް ބޮޑަށް ހިފެހެއްޓިފައިވާ، ހަރުކަށި ކުރެވިފައިވާ ހާލަތްތަކެއްގައި ނޫނީ މަސްދަރު ހާމަކުރަން އެންގުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށް އެމްޖޭއޭ އިން ކޮމިޓީގައި ބުނެފައިވެ އެވެ.

"އަދި ކޮމިޓީގެ ފަރާތުން 136 ވަނަ މާއްދާގެ ދެ ވަނަ ޑްރާފްޓަކަށް ހިޔާލު ހޯދަން މި އެސޯސިއޭޝަނަށް ފޮނުވި ނަމަވެސް އެ ޑްރާފްޓަށް ހިޔާލު ފޮނުވުމަށް ވަގުތުކޮޅެއް ދޭން ޖުޑިޝަރީ ކޮމިޓީގައި އެދިފައި ވަނިކޮށް އެ ޑްރާފްޓަށް މި އެސޯސިއޭޝަނުގެ ހިޔާލެއް ދިނުމުގެ ކުރިން ކޮމިޓީން ބިލް ފާސްކޮށްފައިވެ އެވެ.،" އެމްޖޭއޭ އިން ބުންޏެވެ.

ހެއްކާ ބެހޭ ބިލް ފާސްކުރުމާ ދެކޮޅަށް ނޫސްވެރިން ޝުއޫރުފާޅުކުރަނީ.

އެ ބިލް މިހާރު އޮތީ، އެ ޖަމިއްޔާ އިން ބުނި ގޮތުގައި އެމްޖޭއޭއާ ގުޅިގެން މަސައްކަތްކުރާ އައިއެފްޖޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް އާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން މީގެ ކުރިން ގޮވާލާފައިވާ ގޮވާލުންތަކާ ފުށުއަރާ ގޮތަށެވެ.

މި މައްސަލައިގައި ކަންބޮޑުވުންފާޅުކުރި ޖަމިއްޔާތަކުން ނެރުނު ބަޔާނުގައި ބުނީ ގާނޫނުއަސާސީގެ 28 ވަނަ މާއްދާ އިން ނޫސްވެރިންނަށް ލިބިދޭ މަސްދަރު ހިމާޔަތްކުރުމުގެ ހައްގު ކަށަވަރު ކޮށްދިން ނަމަވެސް އެ މާއްދާގެ ށ. ގައި ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރުކުރެވިދާނެ ދެ ހާލަތެއް ބަޔާންކޮށްފައިވާ ކަމަށެވެ.

"ބިލުގައި ބަޔާންކޮށްފައިވާ ދެ ހާލަތަކީ މަސްދަރު ހާމަކުރުމުގެ ސަބަބުން މަސްދަރަށް ނުވަތަ އެ ނޫން ވެސް ފަރާތަކަށް ލިބިދާނެ ގެއްލުން ކުޑަ ކަަމަށް ކޯޓަށް ފެނިއްޖެ ނަމަ ނުވަތަ މަސްދަރު ހާމަކުރުމުގެ ސަބަބުން ނޫސްވެރިންގެ މަސައްކަތުގައި އިތުރު މަސްދަރު ހޯދައި އެފަދަ މަސްދަރުތަކުގެ ފަރާތުން އިތުބާރު ހުރި މައުލޫމާތު ހޯދުމަށް ނޫސްވެރިންނަށް ހުރަސްއެޅޭނެ މިންވަރު ކުޑަ ކަމަށް ކޯޓަށް ފެނުމެވެ،" ބަޔާނުގައިވެ އެވެ.

ހެއްކާ ބެހޭ ބިލާ ދެކޮޅަށް ނޫސްވެރިން ހިމޭން މުޒާހަރާގައި. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ބަޔާނުގައި ބުނި ގޮތުގައި މިގޮތަށް ފާސްކޮށްފި ނަމަ ގާނޫނުއަސާސީގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހައްގުތައް ބޮޑުތަނުން ހަނިވެގެންދާނެ އެވެ.

"މި ބިލުގެ 136 ވަނަ މާއްދާގެ ށ ގައި ބަޔާންކޮށްފައިވާ ދެ ހާލަތުން ކުރެ އެއް ހާލަތަކީ ވެސް އެއްވެސް ޒާތީ ތައައްސުބެއް ނެތި ހަމައެކަނި ހެއްކަކަށް ބުރަވެ ވަޒަން ކުރެވޭނެ ހާލަތްތަކެއް ނޫން ކަން މި ގުޅިފައިވާ ބަޔާނުގައި ބައިވެރިވާ ޖަމިއްޔާތަކުން ފާހަގަކުރެ އެވެ،" އެ ބަޔާނުގައިވެ އެވެ.

10 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަތްކައްކާ

30 June 2022

ޢާނ އޭރުންތާ އެއއްމިއެއް ނުބަލާ ސުރުހީ އެޅޭނީ. ޥަރުގަދަ ނޫސްވެރިކަމެއް ދަންނަބއެއް މީ

The name is already taken The name is available. Register?

އަލީ

30 June 2022

ބަރަހަނާ ވީޑިއޯ ތަކުގަ ތިބި ބާރުގަދަ މީހުން ފޮރުވަން ކުރާކަމެއް މިއީ.ބައެއް ކުޅަދާނަ ނޫސްވެރިން އެބަހުރި މިކަންކަން ވަރަށް ފުރިހަމައަށް ތިލަކޮށްދީފަ.ސިޔާސީ މީހުންގެ ބޭނުމަކީ މިކަންކަން ތިލަކުރުމަށް މައުލޫމާތުދޭ ފަރާތަށް ހޯދުން.

The name is already taken The name is available. Register?

ދިއްދޫމީހާ

30 June 2022

މިހާރު ދެން މިތާ ކޮމެންޓެއްވެސް ކޮއްނުލެވޭނެތާދޯ؟؟ މަސްދަރާ މަސްހަރު ވެސް ހޯދަންތާ އެއުޅެނީ، ކޮރަޕްޓްވެރިން ނަކީ އަބަދުވެސް ތެދު މައުލޫމާތު ހާމަ ކުރާމީހުން ދެކެ ޖެހިލުންވާ ބަޔެއް، މައުލޫމާތު ހާމަކުރާ މީހުންނަ މިކިޔަނީ ނޫސްވެރިން އެހެންވީމާ ތެދު ހަބަރު ފަތުރާނޫސްވެރިން ދެކެ ޖެހިލުންވާނެ، ކޮލަމްބިޔާގެ ޑްރަގް ޑީލަރު އެސްކޮބާ އެގައުމުގެ ރައީސް ގާތު ބުނީ ކަލޭ ކަނަކު އަތްދަށު ވިޔަސް ނޫސްވެރިއެއްގެ އަތްދަށު ނުވާށޭ، އެހެންބުނާނީ ކަމެއްވީމަތާ..

The name is already taken The name is available. Register?

ރަންނަ

30 June 2022

އާހާ ކޮންމެމީހަކަށް މަސްދަރު ބުނެދޭކަށް ނުޖެހޭ. ޝަރުއީ ކޯޓެއްގަ މަސްދަރު ހާމަކުރަން ނުކެރެންޏާ އެއީ ތެދު ހަބަރުކަން ކަށަވަރު ކުރާނީ ކިހިނެތްތޯ؟

The name is already taken The name is available. Register?

ދިއްދޫމީހާ

30 June 2022

ފަޒީނާ ކަމަނާ ކޮބާތޯ މީގެކުރިން އަނަގަމަތީގައި ރޯނު އައްސާގެން ނުކުތްމީހުން ރާ ޓީވީގެ މުހުސިން ކޮބާތޯ؟؟ މިއަދު އެމީހުން ތިބީ ސިޔާސީ މަގާމްތަކުގާ މިއަދު ކީއްވެގެންބާ ތިޔަ މުޒާހަރާއަ ނުދިޔައީ؟؟ މިރާއްޖޭގަ އޮންނަ އެއްޗެއްނޫން މިނިވަން ނޫސްވެރިކަމަކީ، ދެންވީ ބޭބެމެން ނުކުންނަންދޯ؟؟ މިހާރު ބޭބެމެން އުމުރުން 60އަހަރުވީ ގަޔަކުނެތް ބާރެއް ހަމައެކަނި މިކަހަކަ ތަންތާ އަޑުއުފުލިދާނެ، ރާ ޓީވިގެ މީހުންތައް ނުކުންނާނެ 2023ގެ ފަހުން..

The name is already taken The name is available. Register?

ހަނުހުރޭ

30 June 2022

ނޫސްވެރިަކަން ތަންމިނަށް ހުޅުވާލަންބުނެ ފޮނި ކަޑަމުން އައިސަރުކާރެއްމީ، އެ މަޅީގަ ތިޔަ ސަފުގަ ތިބި އެންމެންޖެހިގެން ވޯޓްލާ ކެމްޕެއިންކޮށްގެން ގެނާ ސަރުކާރެއްމީ، ތިޔަ ބިލްވެސް އިންޑިއާ އައުޓް ބިލްވެސް ފާސްކުރާނެ، ހުރިހާ މަޅިއެއްޖަހާނެ އަދި އޭގަ ތިޔަ ހުރިހާ ނޫސްވެރިން ބެދޭނެ، އިންޑިއާ އިން ބެނުންވާގޮތަށް އެކަންވާނީ ވަރަށް ސަލާމް

The name is already taken The name is available. Register?

ޒިއުކް

30 June 2022

ދުނިޔޭގެ އެންމެ މިނިވަންކޮށް ނޫސްވެރިކަން އޮންނަ ޤައުމުތަކުގަ ވެސް މީހެއްގެ އަބުރަށް އަރައިގަނެ ހަޤީޤަތެއް ނެތް ވާހަކައެއް ދައްކައިފިނަމަ ގެއްލުމުގެ ބަދަލު މިލިޔަނުން ނަގައިދޭ.. އެބަހީ ނޫސްވެރިކަމުގެ މިނިވަންކަމާއެކު އެހެންމީހުބްގެ ޒާތީ މިނިވަންކަމާ ހައްޤުތައް ވެސް ހިމާޔަތްވެފައޭ އޮންނަނީ.. އިނގެރޭސިވިލާތް، އެމެރިކާ އަދި ފުރާންސަށް ބެކިޔަސް އެކަން ސާފުވާނެ.. މިރާއްޖޭގަ ފެންނަނީ ހަމައެކަނި ނޫސްވެރިންގެ ހައްޤާ މިނިވަންކަން އެކަނި.

The name is already taken The name is available. Register?

ފސދދފަ

30 June 2022

މީހެއްގެ އަބުރަށް އަރައިގަނެ ހަޤީޤަތެއް ނެތް ވާހަކައެއް ދައްކައިފިނަމަ ޕޮލިސް ނުވަތަ ކޯޓުތަކަށް ދެވިދާނެ

The name is already taken The name is available. Register?

އެކަކުނި

30 June 2022

އެކަމަކު ހަމަ ހިތައް އެރިހައި އެއްޗެއް ލިޔަންވީތަ؟ ނުވަތަ ހިތައް އެރިހައި ކަމެއް ކުރަންވީތަ؟ މިއީ، ހަމަ އިސްލާމްދީނުގައި އޮންނަގޮތަ؟ ނޫސްވެރިންވެސް ފުރަތަމަ ތަބާވާންޖެހެނީ ދީނަކަށް ނޫންތަ؟ މިހާރުވެސް ބައެއް ނޫސްވެރިން ތަނެއް ދޮރެއް ނުބަލާ ސިޔާސީ، ޒާތީ، މާލީ ފައިދާއަށް ލިޔާތަން ފެނޭ

The name is already taken The name is available. Register?

ކޮލަމާހުއްޓާ

30 June 2022

މަސްދަރު ހާމަކުރަން ބިލުގައި ލިޔަނީ ސަބަބެއް ނެތިއެއްނޫން..މީހުންގެ އަބުރު އެބަދުއްވާލާ ބުންޏޭ ބުންޏޭ ކިޔައިގެން އެންމެ ހެޑްލައިނަކުން...މީ ހިތާމާ ކުރަންޖެހޭ ކަމެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454