މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ސަރުކާރު ބަންދުވާނީ ކުރިން ވެސް ހަމަޖައްސައިފައި އޮތް ގޮތަށް، ޖުލައި 28 ވާ އަންނަ ބުރާސްފަތި ދުވަސް ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

އެ އޮފީހުން ބުނީ މިނިވަން ދުވަހާ ގުޅިގެން ޖުލައި 26ގައި ސަރުކާރު ބަންދުވުމަށް ފަހު ދެން އޮފީސްތައް ހުޅުވޭނީ ޖުލައި 31ވާ އާދީއްތަ ދުވަހު ކަމަށެވެ. މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން ޖުލައި 24 އާއި 25 (އަންނަ އާދިއްތަ އާއި ހޯމަ ދުވަސް) ބަންދު ނުވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.

މި އަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި، ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ބާއްވާ ފުޅަނދު ބުރު ހިމެނެ އެވެ. ނަމަވެސް އެ ފުޅަނދުބުރު އޮންނާނެކަން ފިޔަވާ އިތުރު ތަފްސީލެއް ހޯމް މިނިސްޓްރީއަކުން ނުދެ އެވެ.

މިނިވަން ދުވަހާ ގުޅިގެން އިތުރު ހަރަކާތެއް އޮންނަކަން އަދި ހާމަކޮށްފައެއް ނުވެ އެވެ.