ޚަބަރު / ވ. އަތޮޅު

ހުޅިދޫ ހަވާލުނުކޮށްގެން ރަށުން ނުފައިބާ އިހްތިޖާޖުގައި

ހުޅިދޫގައި އިހްތިޖާޖް ކުރާތީ ފުލުހުން ގޮސް މައްސަލަ ހައްލުކުރަން އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއުއާ ވާހަކަ ދައްކަނީ: މުޒާހަރާ ކުރާ މީހުން ތިބީ ހައްލު ނުލިބެނީސް ހުއްޓާލާ ގޮތަކަށް ނޫން.

ވ. އަތޮޅުން ދަނޑުވެރިކަމަށް ދޫކޮށްފައި އޮތް ހުޅިދޫގެ އެއްބަސްވުން އުވާލައި އަތޮޅު ކައުންސިލާ ރަށް ހަވާލުނުކުރަނީސް ރަށުން ނުފައިބަން އިހްތިޖާޖްކުރާ މީހުން ނިންމައިފި އެވެ.

ހުޅިދޫ ހަވާލުނުކޮށްގެން އިއްޔެ ހެނދުނުން ފެށިގެން އެ ރަށުގައި އަންނަނީ އަޑުއުފުލަމުންނެވެ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވެސް ބައިވެރިވެވަޑައިގަންނަވާ އިހްތިޖާޖުގައި ބައެއް މީހުން ރޭ ނިދީ ވެސް އެ ރަށުގަ އެވެ. އަތޮޅުގެ ބައެއް ރައްޔިތުންނާ އެކު މިއަދު ހަވީރު ބޮޑު ބައްދަލުވުމެއް ވެސް އެ ރަށުގައި ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.

ޝުޖާއު ވިދާޅުވީ އެއްބަސްވުމާ އެއްގޮތަށް އެއްވެސް ކަމެއް ކޮށްފައި ނުވާ ހުޅިދުއަކީ މިހާރު އެއްވެސް ބައެއްގެ ބެލުމުގެ ދަށުގައި އޮތް ތަނެއް ނޫން ކަމަށެވެ. އެ މީހުންގެ ޑިމާންޑަކީ ރަށް ހަވާލުކޮށްދިނުން ކަމަށް ވިދާޅުވި އެވެ.

ހުޅިދޫގައި އިއްޔެ މުޒާހަރާކުރަނީ: މިއަދު ހަވީރު ވެސް މި ރަށަށް ގިނަ ބަޔަކު އަރައި ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށް ޝުޖާއު ވިދާޅުވި.

"މަސްދުވަސް ވިޔަސް އަޅުގަނޑުމެން ނުފައިބާނަން. ސައްހަ އެގްރިމަންޓެއް ނެތް، ގާނޫނީ ގޮތުން ސަރުކާރުން ކުރަން ޖެހޭ ކަންކަން ނިންމައި މި ރަށް އަތޮޅުގެ ރައްޔިތުންނާ ހަވާލުކޮށްދޭން އަޅުގަނޑުމެން މިއެދެނީ،" އޭނާ ވިދާޅުވި އެވެ.

އެގްރިކަލްޗާ މިނިސްޓްރީން މި ރަށް ދޫކޮށްފައި އޮތީ "އާރަށް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް" އަށެވެ. މި ކުންފުންޏަށް މި ރަށް ތަރައްގީކުރަން ދިން މުއްދަތުގައި އެކަން ނުކުރެވުމުން އަލުން އެދިގެން އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހުޅިދޫ ކުއްޔަށް ދޫކޮށްގެން ދިގު މުއްދަތެއް ހޭދަވިއިރު އަތޮޅުގެ ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުލިބުނެވެ. އެހެންވެ މި ރަށް އަތުލައި ރައްޔިތުންގެ ބޭނުންތަކަށް ބާއްވާ ގޮތަށް އަތޮޅު ކައުންސިލުން ވަނީ ގަރާރެއް ވެސް ފާސްކޮށްފަ އެވެ.

ޝުޖާއު ވިދާޅުވީ ގުދަރަތީ ވަސީލަތްތަކުން ވ. އަތޮޅަށް ފައިދާ ލިބެން އޮތަސް އެކަމަށް ހުރަސްތަކެއް ކުރިމަތިކުރުވާފައިވާ ކަމަށެވެ. ދަނޑުވެރިކަމަށް 21 އަހަރަށް ދޫކުރި ހުޅިދޫން މިިހާ ދުވަސްވި އިރު ފައިދާއެއް ނުލިބުމަކީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއް ކަމަށް ވިދާޅުވި އެވެ.

އެކަމަކު އެ ރަށުގެ އެއްބަސްވުން ހެދީ ރައްޔިތުންނަށް ވެސް އިގްތިސާދީ ފައިދާވާ ގޮތަށް ތަރައްގީކުރާށެވެ. އެކަމަކު މިހާ ދުވަސްވި އިރު ވެސް އެ ރަށް ތަރައްގީނުކޮށް ބާއްވާފައި އޮތުން ބޮޑު މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރަށް ދޫކުރި ފަރާތުން އަމަލުކޮށްފައިވާ ގޮތުން ތިމާވެށީގެ ގޮތުން ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ބާޖެއް ދޫކޮށްލާފައި އޮންނަތާ ވެސް ގިނަ ދުވަސްތަކެއް ވެއްޖެ،" އޭނާ ވިދާޅުވި އެވެ.

"އެ ރަށް ކުއްޔަށް ދޫކޮށްފައި އޮތީ އަހަރަކު 36،000ރ. އަށް."

އޭނާ ވިދާޅުވި ގޮތުގައި ވ. އަތޮޅުގެ ތަންތަން ފައިދާ ނުވާ ގޮތަށް އެކި މީހުންނަށް ދޫކޮށްލައިގެން ސަކަރާތް ޖަހާކަށް ބޭނުމެއް ނުވެ އެވެ. އަތޮޅު ކައުންސިލުގެ ނިންމުމަކީ އެގްރިމެންޓް ބާތިލްކޮށް ރައްޔިތުން ދަތުރުދާ ރަށެއްގެ ގޮތުގައި އެތަން ބޭއްވުން ކަމަށް ޝުޖާއު ވިދާޅުވި އެވެ.

"ވ. އަތޮޅުގެ ރައްޔިތުންނަށް ނެތް ފަޅު ރަށެއް. މިގޮތަށް ފައިދާ ނުވާ ގޮތަށް އެކި މީހުންނަށް ރަށްތައް ދޫކޮށްގެން ރައްޔިތުންނަށް ލިބޭ ފައިދާއެއް ނެތް. އަޅުގަނޑުމެން މިއެދެނީ އެގްރިމަންޓް ބާތިލްކޮށް މި ރަށް ރައްޔިތުންނާ ހަވާލުކުރަން،" އޭނާ ވިދާޅުވި އެވެ.

ރަސްމީ އިދާރާތަކުގައި ލިއުމުން އެދިފައިވިޔަސް، ޝުޖާއު ވިދާޅުވި ގޮތުގައި، މިހާތަނަށް ހައްލެއް ނުލިބުނެވެ. އެއްބަސްވުން ބާތިލްކޮށްދޭން އެދި ފިޝަރީޒް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އަށް ވެސް ވަނީ ސިޓީ ފޮނުވައިފަ އެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ހައްލެއް، އެ ހައްލު ނުލިބުމުން މި ރަށުގައި އިހްތިޖާޖްކުރަން ޖެހުނީ،" އޭނާ ވިދާޅުވި އެވެ.

39 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 81%
icon sad icon sad 0%
icon angry icon angry 19%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކައްތިރި ބަވަނަ

16 October 2022

އަސްލު ވަރަށް ދެރަ. ސުޖާމެން ތިވަރަށް ގުބޯ ހައްދާއިރުވެސް ރައްޔިތުން ރޭކާ ނުލާ. އަސްލު ސުޖާ މިހާވަރަށް ތެޅިފޮޅި "އެކްޓިވިސްޓް" ވެގެން އުޅޭ ސަބަބު ސުޖާ ދަންނަ އެންމެނަށް އެނގޭނެ. ދެރައީ ރައްޔިތުންނަށް އެކަން ނޭނގޭތީ.

The name is already taken The name is available. Register?

އިބްރ

15 October 2022

މިނޫހުގައިވެސް މިކަހަލަ ޚަބަރުތަށް ޖަހަންވާނެތޯ؟

The name is already taken The name is available. Register?

ވަކަރޭ

14 October 2022

ހެހެ، ކުންފުންޏެއް ރައްޔިތުންނަށް ދައްކާފަ ހުންނާނީ މުޅިންވެސް، ތިސަކަރާތެއް ޖަހައިގެން އުޅޭމީހަކު ނޭނގޭނެ ނޫހަކުންވެސް.

The name is already taken The name is available. Register?

ބާނީން

14 October 2022

ހަމަ ހިތަށް އަރާ ސަރުކާރު ތަކުން ކޯއްޗެބާއޭ މިހަދަނީ.ފަޅުރަށްކޮޅާ ފަޅުތައް އަތޮޅު ރައްޔިތުންނަށް ބައްދުކޮށް އޭގެއިން ނަފާ ލިބޭނެގޮތް ނަހަދާ ރަށްރަށަށް ގޮއްސަ މިކިޔަނީ ލާމަރަކަޒޭ އަނެކައްޗެކޭ.ދިމަލެއް ނުވޭ. މިކިޔާ އެއްޗެއް.

The name is already taken The name is available. Register?

އަހްމަދ

15 October 2022

ސަރުކާރު ތަކުން ތިޔަ ހެނެއް ނުކިޔަ އެވެ.ވީމާ ކިޔަނީ ކޮން ސަރުކާރެއްތޯ ބަލާ، ރަށްތައް ދިނީ ކޮން ސަރުކާރަކުންތޯ ބަލާފައި ވާހަކަ ލިއުނީމާ އެވާހަކަ މޮޅުވާނީ.

The name is already taken The name is available. Register?

ޑަރޯގާ

14 October 2022

ތިވަރު ފަޅުރަށެއް މަހަކު 3000 އަށްވީމަ ބޮޑު، 3 ރުފިޔާއަށް ދިންނަމަ.

The name is already taken The name is available. Register?

މުޑަހަންޖާ

14 October 2022

މަހަކު 3،000 ރުފިޔާއަށް ފަޅުރަށްރަށް ދީފަމިހުންނަނީ، ދެން ސަރުކާރު އާމްދަނީ މަދޭކިޔާފަ ދުވާލަކު ޓެކުހެއް ހަދައިގެން އަހަރެމެން މިފެލަނީ، ހެޔޮނުވާނެއެއްނު.

The name is already taken The name is available. Register?

ޔަހުޔާބެ

14 October 2022

ޢެެއުޅެނީ ކައުންސިލައް ކަޓުލިބޭގޮތަށް ބަޔަކަށް ނުދެވިގެން. ދެން އިންތިހާބްވާ ކައުންސިކް ބަދަލުވެއްޖެންމަަ މިގޭމް އަލުން ފަށާނީ. ޏިމުނެއް ނޯންނާނެ. މިއޮތީވާ ގައުމެއް.

The name is already taken The name is available. Register?

ރައްޔިތުންގެ

14 October 2022

36 ހާސް އަހަރަކަށް ވީމާ . ޢެއީ ކޮންމެ މަހަކު 3 ހާސް ރުފިޔާ. ގޯހެއް ނޫން.

The name is already taken The name is available. Register?

ރައްޔިތުންގެ އަޑު

14 October 2022

މަހަކު 3 ހާސް ރުފިޔާއަށް ރަށެއް. އަނެއްކޮޅުން ސަރުކާރުން މިދުވަނީ ހިޔާ ފްލެޓުގައި ދިރިއުޅެމުން ދާ ނިކަމެތި ރައްޔިތުންގެ އަތުން މަހަކު 8 ހާސް ރުފިޔާ ނަގަން.

The name is already taken The name is available. Register?

ވގ13

15 October 2022

ނިކަމެތިން ނެތް ނޫން ހުރިހާމީހުންނަކީ އެބަހުރި 5 ތަރި ފެންވަރައް ހަދާފަ ހަފްތާބަންދުގަ ގޮސް މަޖާކޮއްލަން

The name is already taken The name is available. Register?

ސަލާމަތީ

14 October 2022

އަހަރަކަށް 36،000 ރުފިޔާ އަށް ރަށެއް ކުއްޔަށް ދީފަ. ތި މައްސަލަ ކައުންސިލުން ކޯޓަށް ހުށަހަޅާ. މަޖީދީ މަގުން ފިހާރައެއް ވެސް މިހާރު މަހަކު 50،000 އަށް ވުރެ ކުޑަ އަގެއް ގައި ނުލިބޭނެ. މިއީ ބޮޑު ޖަރީމާ އެއް.

The name is already taken The name is available. Register?

ޝާހީ

14 October 2022

ރައްޔިތުންގެ ބާރު މާގަަދަ ވާނެ. ވ. ކައުންސިލަށް ސާބަސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454