ވާވު ޝިޕްރެކް: މި ބޯޓު ފަރުން ނެއްޓި އޮޔާދާތީ ސަމާލުވާން ސިފައިން ވަނީ ދަތުރުވެރިންނަށް އިލްތިމާސްކޮށްފައި.-- ފޮޓޯ: ވިޒިޓް މޯލްޑިވްސް
22 ޖުލައި 2025 - 23:50
ވ. އަތޮޅުގެ ލޯކަލް ޓޫރިޒަމްގެ "ރަންގަނޑު"ގެ ގޮތުގައި މަޝްހޫރު ޝިޕްރެކް، އެ ބޯޓު އޮންނަ ފަރުން ނެއްޓި، އޮޔާ ހިނގައްޖެ އެވެ.
އެމްއެންޑީއެފުން ވަނީ ވ. ކެޔޮދޫ ކައިރީގައި ފަރަށް އަރާފައި އޮންނަ އެ ބޯޓު ފަރުން ނެއްޓިގެން، އެ އަތޮޅުގެ ތެރެއިން ހުޅަނގު އުތުރަށް އޮޔާދާތީ، ދަތުރުވެރިން އެކަމަށް ސަމާލުވާން އިލްތިމާސްކޮށްފަ އެވެ.
އެ ބޯޓު އޮޔާދާނެ ކަމަށް ލަފާކުރެވެނީ އެ އަތޮޅު ތެރެއިން ގޮސް އަލިހުރަސް ކަނޑާ ދިމާލަށް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ވާވު ޝިޕްރެކް: މި ބޯޓު ފަރުން ނެއްޓި އޮޔާދާތީ ސަމާލުވާން ސިފައިން ވަނީ ދަތުރުވެރިންނަށް އިލްތިމާސްކޮށްފައި.-- ފޮޓޯ: ވިޒިޓް މޯލްޑިވްސް
އެހެންވެ، ވ. އަތޮޅު ވަށައިގެންވާ ކަނޑުގެ ސަރަހައްދުން ދަތުރުކުރާ ނަމަ، އަދި ހާއްސަކޮށް ރޭގަނޑު ދަތުރުކުރާ ނަމަ އިތުރަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ވާވު ޝިޕްރެކް ސަރަހައްދަކީ ޓޫރިސްޓުންނާއި ދިވެހިންގެ މެދުގައި ވެސް ވަރަށް މަގުބޫލު ތަނެކެވެ. ފަރަށް އަރާފައި އޮންނަ އެ ބޯޓު ބަލައިލުމަށާއި އޭގެ ކައިރީގައި ފީނުމަށް ވ. އަތޮޅާއި މާލެ އަތޮޅުގެ ރަށްރަށާއި ރިސޯޓުތަކުން ވެސް ވަރަށް ގިނަ އަދަދެއްގެ ޓޫރިސްޓުން ކޮންމެ ދުވަހަކު ދެ އެވެ. އެ ސަރަހައްދަށް ޓޫރިސްޓުން ގެންދަނީ ވެސް ގެސްޓް ހައުސްތަކާއި ރިސޯޓުތަކުން ޕެކޭޖުތައް ވިއްކައިގެންނެވެ.
ވ. އަތޮޅުގެ ލޯކަލް ޓޫރިޒަމް ކުރިއެރުމުގައި މި ޝިޕްރެކަކީ މުހިންމު ދައުރެއް އަދާކުރި ޓޫރިސްޓް އެޓްރެކްޝަނެކެވެ. އެ އަތޮޅުގައި ހުރި ގެސްޓް ހައުސްތައް ޕްރޮމޯޓްކުރާއިރު މި ޝިޕްރެކް ވަރަށް ބޮޑަށް ބޭނުންކުރެ އެވެ.
އެ ލަކުޑި ބޯޓު އުރުނީ ކެޔޮދޫގެ ބޯޑަރުގެ ބޭރަށް ކަމަށް ވުމުން އެއީ އެ އަތޮޅު ކައުންސިލުގެ އިހުތިސާސްގެ ތެރޭގައި އޮތް އެއްޗެކެވެ. ބޯޓު އޮތް ސަރަހައްދު ބެލެހެއްޓީ އަތޮޅު ކައުންސިލުންނެވެ.
މިދިޔަ ޖެނުއަރީ މަހު ކުރީކޮޅު ކުރި ގަދަ ވިއްސާރާގައި އެ ބޯޓަށް ވަރަށް ބޮޑަށް ގެއްލުންވި އެވެ. މޫދު މަތިން ރީއްޗަށް ފެންނަން އޮތް އެ ބޯޓުގެ ދިރުނބާކޮޅު އޭރު އޮތީ އަނެއްކޮޅަށް ފުށުން ޖަހާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަބާނާާ
23 July 2025
އަޅެކިހާދެރަ! ދެން ރަށަށްގޮސް ކުރާނެ ކަމެއްވެސް ނޯންނާނެ.
ބަބްސް
23 July 2025
ތިކަން ކުރަން ކައުންސިލަށް ނޭނގުނީ. ރަންގަޑު އޮޔާދިޔައިރު ބަލަން ތިބީ. ދަނގަޑު ފްރޭމެއްހަދާފަ ދަނގަޑުވަލުން ކުރިޔާލާ ސެކިޔަރ ކުރަންވެސް މުހިންމު. ސީދަގޮތުންނާއި ނުސީދާގޮތުން ރާއްޖެ އަދި ވާވުއަތޮޅަށް އެތަށް މިލިޔަން ޑޮލަރެއް ހޯދާދިން. ހަމައެކަނި ލިވަރޕޫލް ސްޕޮންސަރ ކޮއްގެން އެކަނި ވާނެކަމެއް ނޫން މިއީކީ ...
އައިސަން
23 July 2025
ޝިޕް ހޭސް އަންސަބްސްކްރައިބްޑ
އަހުމަދުއީ
23 July 2025
ކޮބާ ވާވުރައީސް؟ ފިނޮޅުތައް ހިމާޔަތްކުރާ ފަދައިން ސިޕްވުރެކް މިއޮތީ ދޫކޮއްލާފަ
ޒަންޖަބީލު
23 July 2025
ކޮންމެ އެއްޗެއްގެވެސް ވަގުތު ޖެހުނީމާ އެއެއްޗެއްގެ ދުވަސްދާނެ. އެވެސް ފީވެ ހަލާކުވާނެ އެއްޗެއްވިއްޔަ. ވަކި ވަރަކަށްވުރެ ވީރާނާވީމާ އެޔަށް ދަގަނޑުޖަހައިގެންވެސް އަސްލު ގޮތަކު ނޯންނާނެ. މާ ކަންކަން ބޮޑު ނުކޮށް އަނެއްކާ ގެނެސް އެއްޗެއް ފައްތާލީމާ އެވީ. ކޮބައިތަ މާލޭ ކައިރިޔަށް ފައްތާލި މަނަވަރު މިހާރު؟
ވާވު މީހާ
23 July 2025
ރޭގަ ތި ހޮވައިގެން ގެނެސް މިހާރު އޮތީ ފެލިދޫ ކައިރި ތިލައެއްގައި އަޅާފަ . ތިނަދޫ އިކޯބޫ މީހުން ވެގެން ކަފު ޖަހައިގެން ގެނައީ
20251
23 July 2025
ކީއްކުރާނީ ހަބީބުމެން ގެންގުޅެންވެސް އެބަޖެހޭ ނުގެންގުޅެ ވާކަށްވެސްނެތް..... ބޮއިހަލަކި
ހަބީބުގެ ދައްތަ، ހަބީބާ
23 July 2025
ހަބީބް މިހިރީ ކުޑަ އިރު ތާކުން ވެއްޓި ބޮލައް ވަރައް ބޮޑައް އަނިޔާވެފަ. ހާދަ ދެރައޭ
މުރާސިލް
23 July 2025
ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިހާތަނަށް ޖެހި އެއްވެސް ހިސާބެއް ދިމާވެފައެއް ނެތެވެ. މުއިއްޒަށް ލޯކަލް ކައުންސިލް އިންތިޚާބުގައި ލިބޭނީ %20 ކަމަށް ބުނީމައި އެކަން ޤަބޫލުކޮށްގެން އެކަމުގެ އަވާމެންދުރުގައި ބަޔަކު ހަނާވިއަސް ނަތީޖާ އަކަށްވާނީ ހަމަ ސުމެކެވެ. ނަޝީދު ގާތްވެއްޖެނަމަ އެތަނެއް ވާނީ ފަސާދައެވެ. ނަޝީދު އެމްޑީޕީއަށް ކެމްޕެއިން ކުރުމަކީ އެމްޑީޕީއަށް ލިބެން ހުރި ވޯޓުވެސް ގެއްލޭނެ ކަމެކެވެ. ނާޝީދަކީ މިހާރު ދިވެހިން ޤަބޫލުކުރާ ބޭފުޅެއް ނޫނެވެ
ހަބީބު.
23 July 2025
ތިކަހަލަ ކުނިބުނި ފަރުތަކުން ނަގާ ސާފު ކުރަންޖެހޭ ތިޔައީދެން މާރީތި އެއްޗެއްތަ
އެނދުފަޑި
23 July 2025
ކައެ ކަހަލަ ގެޓުނުވާ މީހުން ގޮވައިގެނޭ އަހަރުން މިއުޅެންޖެހެނީ. އަހަ އެބުނަނީ އެޔަށް ޒިޔާރަތްކުރާ މީހުން ގިނައޭ. ކަލޭ އިށީނދެ ތި ސިކުނޑި އެއްފަހަރު ނަމަވެސް ބޭނުންކޮއްބަލަ.
ރޯނު އެދުރު
23 July 2025
ކަމެެއް ނޭގޭ އިރުވެސް ހުރި ހާކަމަކާ ބެހޭނެ. ހާދަ ދެރައޭ ސިކުނޑީ ގަ ހަމަ އެއްވެސް ކަމެއް ނެތީ.. ދެން ވިސްނާލާ މި މީހުން ލާ ވޯޓުން ހޮވޭ މީހުންގެ ފެންވަރު. ގައުމުގެ ހާލަތު
ޕޫރުބެ
23 July 2025
ދައުލަތުންނާއި އެހން އިދާރާތަކުން އެއްޗެތީގެ ފައިދާ ނަގާއިރު އެ އެއްޗިއްސާއި ތަންތަން ހިމާޔަތްކުރާތަނެއް ނުފެނޭ! ކއުންސިލުގެއިޚްތިޞާޞް އެކަމަކު އެ ބަންޑުންޖަހާލާ ނެއްޓިގެން ދިޔައިރު އެ ހިމާޔަތްކޮށް ދަމަހައްޓަން ކުރީ ކޮންކަމެއް؟ ދައުލަތުންވެސް ފިނޮޅުތަކާއި ކުދި ރައްތަކުން ފައިދާނަގާ އެކަމަކު ގިރާލައިގެން ދާއިރުވެސް އެތަންތަން ހިމާޔަތްކުރަންއެއްވެސް ކަމެއް ނުކުރޭ؟؟
ކިނބުލުބު
23 July 2025
ފެތިފަ އޮތް ބޯޓެއް ހިމާޔަތްކުރަން ހަދައިގެން، އެޔާ ގާތް ނުވެވި، އެޔަށް ނޭރި، އޭގެން ބޭނުންވާ ނަފާ ނުލިބޭގޮތް ވެއްޖެޔާ އޭގެ ބޭނުމެއް އޮންނާނެތަ؟