މައުމޫން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ: ޕީޕީއެމްގެ ރައީސްކަން އަންގައިދޭ ލިޔުން އަދިވެސް އެ މަނިކުފާނަކަށް ނުލިބޭ.-- ފައިލް ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
09 ޖެނުއަރީ 2017 - 23:03
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކީ ޕީޕީއެމްގެ ރައީސްކަން އަންގައިދޭ ލިޔުމެއް، މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ހުށަހެޅުއްވުމުން ވެސް އިލެކްޝަންސް ކޮމިޝަނުން ނުދިނުމުން، އެކަން އަލުން ބަލައިދިނުމަށް އެދި އެ ކޮމިޝަންގެ މުރާޖައާ ކޮމެޓީ އަށް އެ މަނިކުފާނު ހުށަހަޅުއްވައިފި އެވެ.
ދެ ބައިވެފައިވާ ޕީޕީއެމްގެ ރައީސް މައުމޫންގެ ފެކްޝަނުން ކުރިން ބުނެފައިވާ ގޮތުގައި މައުމޫނަކީ އެ ޕާޓީގެ ރައީސްކަން އަންގައިދޭ ލިޔުމެއް ބޭނުންވީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ޕާޓީގެ ޒިންމާތައް ކައުންސިލުން މުސްތަޝާރާ ހަވާލުކުރި މައްސަލަ ކޯޓުގައި ކުރިއަށް ގެންދިއުމަށް އެފަދަ ލިޔުމެއް ކޯޓަށް ހުށަހަޅަން ޖެހުމުންނެވެ.
އެހެންވެ، އެ ފަދަ ލިޔުމެއް ދިނުމަށް މައުމޫން މިދިޔަ މަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންނެވުމުން އެ ކޮމިޝަނުން އެ ކަމަށް އިޖާބަ ދީފައެއް ނުވެ އެވެ. އަދި ފަހުން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެ ލިޔުން ހޯދުމަށް ހުށަހެޅުމުން ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ އެ މައުލޫމާތު އެހެން ފަރާތަކުން ހޯދުމަށެވެ.
މި ދެ ގޮތުން ވެސް ކާމިޔާބު ނުވުމުން، އިލެކްޝަންސް ކޮމިޝަނުގެ މުރާޖައާ ކޮމެޓީ އަށް މިދިޔަ ބުރާސްފަތި ދުވަހު ހުށަހެޅުއްވި ސިޓީއެއްގައި މައުމޫން ވިދާޅުވީ އެ މައުލޫމާތަކީ އެ ކޮމިޝަނުގެ ވެބްސައިޓުގައި އާއްމުކޮށް އަދި އެ ތަނުގެ އިންފޮމޭޝަން އޮފިސަރު ދިނުން ލާޒިމް ކުރާ މައުލޫމާތެއް ކަމަށެވެ.
އެހެންވެ، އެ މައުލޫމާތު އެހެން ފަރާތަކުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އެންގުމުން އެ މަނިކުފާނު ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި ބުނާ ގޮތުން، އިންފޮމޭޝަން ކޮމިޝަނަރުގެ ޖަވާބާ މެދު ހިތްހަމަ ނުޖެހޭ ނަމަ އެ ކަން، އެ އިދާރާއެއްގެ މުރާޖައާ ކޮމެޓީ އަށް ހުށަހެޅޭނެ އެވެ. މައުމޫން މި މައްސަލަ އިލެކްޝަންސް ކޮމިޝަންގެ މުރާޖައާ ކޮމެޓީ އަށް ހުށަހެޅުއްވީ ވެސް އެ ގާނޫނުގައި ބަޔާންކޮށްފައިވާ އެ މާއްދާގެ ދަށުންނެވެ.
ސިޓީގައި މައުމޫން ވަނީ މުރާޖައާ ކޮމެޓީން އެ މައްސަލަ ވީހާ ވެސް އަވަހަކަށް ބެލުމަށް ފަހު، އެ މައުލޫމާތު ފޯރުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.
މުޅި ރާއްޖެ އަށް އެނގޭ ގޮތަށް ޕީޕީއެމުން ބޭއްވި ބޮޑު ކޮންގްރެސްއަކުން އެ ޕާޓީގެ ރައީސްކަމަށް މައުމޫން އިންތިހާބުކޮށްފައި ވިޔަސް، ޕީޕީއެމްގެ ރައީސަކީ އެ މަނިކުފާނުކަން އަންގައިދޭ ރަސްމީ ލިޔުމެއް މައުމޫން ހޯއްދަވަނީ ޕާޓީގެ ހިންގުން ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރަން ޕާޓީގެ ކައުންސިލުން ނިންމި ނިންމުން ބާތިލު ކުރަން ކޯޓަށް މައްސަލަ ހުށަހެޅުއްވިއިރު، އެ ލިޔުން ބޭނުންވުމުންނެވެ. އެކަމަކު، ކޯޓުން މިހާރު ވަނީ އެ މައްސަލަ ބޭރުކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކކކކ
10 January 2017
ތި ކާމިނީ ޑްރާމާ ހުއްޓާލާ. ފުދިއްޖެ!
ބޫ
10 January 2017
ނުދިނަސް ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެއެވެ. ހަމަ ހިނި އަންނަނީ.....
އިޚްލާޞްތެރި ހިތަކުން މައުމޫނުއަށް.
10 January 2017
މަނިކްފާނެވެ. މަނިކްފާނަކީ މިޤއުމުގެ ވަރަށްގިނަބައެއްގެ ލޯބިހޯދައިވާފަރާތެކެވެ. އަދި މިޤައުމަށް ގިނަޚިދުމަތްތަކެއްވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ދުނިޔެ އަކީ އެކި ޒަމާންތަކުގައި އެކިގޮތަށް އެނބުރެމުން ސެބުރެމުންދާތަނެކެވެ. ދުނިޔެ ފެށުނީންސުރެ ބާރުތަށް މި އަންނަނީ ނަޤުލުވަމުންނެވެ. ކޮންމެ މީކަށްވެސް މަސައްކަތްކުރެވޭނީ އެމީހެއްގެ ހަކަތަ ހުރިމިންވަރުގެ މަށްޗަށެވެ. މި އުންމަތުގެ އިންސާނުގެ އެވްރެޖް ޢުމުރަކީ 60 ހަކަށް އަހަރު ކަމުގައިވަނީ ކަނޑައެޅިފައިކަން ފޮތްތަކުން އެނގެން އެބައޮތަވެ. އިންސާނާއަށް ލިބޭއާރާއިބާރަކީ ހުރިހާދުވަސްވަރަކު އެއްވާނެއްގައި ހުންނާނެ ކަންތެއްތަކެއްވެސް ނުމެ ނޫންމެއެވެ. އެހެންކަމުން މަނިކްފާނުދެކެ ހަޤިޤަތުގައިވެސް ލޯބިވާ މީހެއްގެ ޚައިޘިއްޔަތުން އަޅިގަނޑު އެދެނީ މަނިކްފާނު ސިޔާސީދާއިރާ ދޫކުރައްވާ ދީނީ އަދި އިޖްތިމާޢީ ދާއިރާގެ ކަންތައްތަކުގައި އުޅުއްވުމަށް.
ނާއްޓޭ
10 January 2017
ތިޔައީ ޒައީމްއޭ ގައުމު ފަހުރުވެރާ
އިދުރީސް
10 January 2017
އާދަނު ތިބުނީރަނގަޅައް ކާޑުގެއަޑުކަނޑުވާލަން ދެބެން ރާވައިގެން ހިންގިކަމެއް މިހާެރު ރައްޔިތުންނަށް ހެޔޮއެދިގެންއުޅުނު ނޫސްވެރިންތައްވެސް ކާޑުއަގުބޮޑުކުރިހަދާން ނެތިއްޖެ !!!!!!
ދެރަމީހާ
10 January 2017
ހުރިހާ ދެރައަކާއި ނިކަމެތިކަން ދިވެހި ރައްޔިތުންނަށް....ހިތާމަ...
އަލީ
10 January 2017
އެއީ ކީއްކުރަންހޯއްދަވާ ލިއުމެއްތޯ؟ އެއިރަކު ހުންނަވާ ވެރިޔަކުގެ މަސްލަހަތާޚިލާފަށް ކަންކަން ނުހިގާނެކަން މަނިކުފާނަށް އެގިވަޑާއިގަންވާނެ.އަދި އެހެންނޫނަސް މަނިކުފާނަކީ ޕީޕީއެމްގެ ރައީސްކަމާ މެދު ދެބަސްވާމީހަކު ނެތެއްނުންތޯ؟
ފަކީރު
10 January 2017
މިބޭފުޅާ މިކުޅި ގަނޑެއް ފެށީ ... ކާޑު ދެގުނައަށް އަގުބޮޑުކުރި ވަގުތާ ދިމާކޮއް. ވަރަށް ރަނގަޅަށް ދެބޯގެރި ދުއްވައިފި.
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
10 January 2017
މާމަ ދުންބޯން އިދެ ބުނެލި. ދަރިފުޅާ ޑީލް ބާގާ މީހުން އިގްތިސާދު މުގުރާފަ އެވެރިން މިހާރު އަހަރުމެންގެ މައުމޫނަށްވެސް ބަލާނުލަނީ އުތަ.؟ އަޅޭ ކޮޑު އޮތް ފުރޯ ވަލުން ހޯދަނީތަ؟ ދޮންކުލަ އެއީ ނަޝީދުގެ ނޫންތަ. ފިޔާތޮށި އެއީ އަހަރުމެންގެ މައުމޫން ގެ ނޫންތަ.
މޫސާ އަބުދުﷲ
09 January 2017
އަޅުގަޑު ދީފާނަން ލިޔުމެއް މިހާރު ކޯޓް އަމުރެއްގެ ދަށުން ޕީ ޕީ އެމް ގެ އެންމެހައި ކަންކަން ޕާޓީގެ މުސްތަސާރު އަބުދުﷲ ޔާމީނުއާއި ވަނީ ހަވާލުކުރެވިފައި އެހެން ވީމާ މިހާރު ޕާޓީގެ އެންމެ އިސްވެރިޔަކީ އަބުދުﷲ ޔާމީނު އެހެން ވީމާ އެންމެން މިއަދުން ފެށިގެން ސައިޒުގައި ތިއްބެވުމަށް ދަންނަވަން ކޯޓަށް ވަޑައިގަތަސް ދޭންއޮތީ ހަމަމިޖަވާބު މަނިކުފާނަކީ ހަމަރައީސް އަޅުގަޑުމެންގެ ރައީސް ތިޔައީ ހަމަ ޒައީމް ލޮބުވެތި ޒައީމް ފަޚުރުވެރި ޒައީމް