އަމީނީމަގުގައި ތާރު އެޅުމުގެ ޕްރޮޖެކްޓުގެ ދަށުން މިހާރު ހަދަމުން އަންނަ ސަރަހައްދު: މަސައްކަތް ނުނިމެނީސް އެ ސަރަހައްދުގައި ވެހިކަލްތައް ދުއްވަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
22 ނޮވެމްބަރ 2022 - 10:46
އަމީނީމަގުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށިތާ ތިން މަސް ދުވަސް ވާއިރު، އެ މަގުގެ އެއްވެސް ތަންކޮޅެއްގައި ތާރު އެޅިފައި ނުވާތީ، އާންމުންގެ ފާޑުކިޔުން ބޮޑުވެއްޖެ އެވެ.
މާލޭގައި އަޑިގުޑަންތައް އެންމެ ބޮޑު އެ މަގު ހަދަން ޕްލޭންކޮށްފައި އޮތީ ފަހަރަކު ބައެއް ބަންދުކޮށްގެންނެވެ.
އަމީނީމަގުގައި ތާރު އެޅުމުގެ ޕްރޮޖެކްޓުގެ ދަށުން މިހާރު ހަދަމުން އަންނަ ސަރަހައްދު: މަސައްކަތް ނުނިމެނީސް އެ ސަރަހައްދުގައި ވެހިކަލްތައް ދުއްވަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެ މަސައްކަތަށް އެންމެ ފުރަތަމަ ބަންދުކުރީ ބޮޑުތަކުރުފާނުމަގާއި އަމީނީމަގު ގުޅޭ ހިސާބުން ފެށިގެން އިރުދޭމާހިނގުމާއި އަމީނީމަގު ގުޅޭ ހިސާބަށެވެ. އެ ބައިގައި ތާރުއެޅުން ފިޔަވާ އެހެން ހުރިހާ މަސައްކަތެއް ނިމިފައި އޮންނަތާ މިހާރު ވަރަށް ގިނަ ދުވަސްވެއްޖެ އެވެ. އެތަނުގައި ތާރު އަޅަން އަދިވެސް ނުފަށާތީ މަސައްކަތް ލަސްވަނީ ކީއްވެތޯ ބައެއް މީހުން ދަނީ ސުވާލު އުފައްދަމުންނެވެ.
• ޕްލޭނިން މިނިސްޓްރީން އަމީނީމަގު ހަދަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކުރީ މި އަހަރު ޖުލައި މަހު ތިނެއްގައި.
• އެ މަސައްކަތް ހަވާކުރީ 10 މަސްދުވަސް (210) ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް.
• އެ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އޮގަސްޓް މަހު 30 ގައި.
• އެ މަޝްރޫއު ހަވާލުކުރީ 84 މިލިއަން ރުފިޔާ އަށް.
މަސައްކަތަށް ބަންދުކޮށްފައި އޮތް ސަރަހައްދަށް ވެހިކަލްތައް ވަންނަ މައްސަލަ ވެސް މިހާރު ވަރަށް ބޮޑެވެ. ތާރު އެޅުމަށް އެއްވަރުގައި ކޮށްފައި އޮތް އެތަނަށް ސައިކަލާއި ކާރާއި ޕިކަޕު ވެސް ވައްދަ އެވެ. އަދި ބައެއް ވެހިކަލްތައް އެ ސަރަހައްދުގައި ޕާކު ވެސް ކުރެ އެވެ.
އަމީނީމަގުގައި ތާރު އެޅުމުގެ ޕްރޮޖެކްޓުގެ ދަށުން މިހާރު ހަދަމުން އަންނަ ސަރަހައްދު: އެ ސަރަހައްދުގެ މަސައްކަތް ނިންމައި، ތާރު ނޭޅި އޮންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އަމީނީމަގުގެ ފުރަތަމަ ބައިގެ މަސައްކަތް ނުނިމި މިހާރު ތިން މަސްވެފައި ވާތީ، ކަނޑައަޅާފައިވާ މުއްދަތަށް މަސައްކަތް ނިންމާލެވޭނެތޯ ވެސް ބައެއް މީހުން ވަނީ ސުވާލު އުފައްދައިފަ އެވެ.
ޕްލޭނިން މިނިސްޓްރީގެ ވެބްސައިޓުގައިވާ ގޮތުން އެ މަގުގެ އަދި ނިމުނީ އެންމެ 12 ޕަސެންޓް މަސައްކަތެވެ.
އެ މަގުގެ މަސައްކަތް ލަސްވާ ސަބަބާ ގުޅޭގޮތުން އާރްޑީސީ އާއި ޕްލޭނިން މިނިސްޓްރީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
އަމީނީމަގު ހަދަން ނިންމާފައިވާ ގޮތުގެ ޑިޒައިން -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ
• ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިނގާވެބިގާވެ އުޅުމަށް ފަސޭހަވާނެ ގޮތަށް ދުވާރުގައި ބުރައިލް ބުލޮކްސް ޖެހުން.
• ވީލްޗެއާ އެކްސަސް ހެދުން.
• މަގުގައި ބަސް ހުއްޓިތަކާއި ޕާކިން ޒޯންތައް ހެދުން.
• ސައިން ބޯޑުތަކާއި ބަމްޕަރުތައް ލުން.
• މަގު ބައްތިތައް ބެހެއްޓުން.
• މަގު ފެހިކުރުމަށް ޓްރީ ޕޮޓް ބެހެއްޓުން.
• ސްޓޭކް ހޯލްޑަރުންނަށް ހާއްސަކޮށް ކޭބަލްތައް އެޅުމަށް ކޭބަލް ޓްރޭ މަގުގެ ދެފަރާތުގައި އެޅުން.
• އެޗްވީ ކޭބަލަށް ހާއްސަކޮށް ޖަންކްޝަންތަކެއް ހެދުން.
އަމީނީމަގުގައި ތާރު އެޅުމުގެ ޕްރޮޖެކްޓުގެ ދަށުން މިހާރު ހަދަމުން އަންނަ ސަރަހައްދު: މަސައްކަތް ނުނިމެނީސް އެ ސަރަހައްދުގައި ވެހިކަލްތައް ދުއްވަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އަމީނީމަގުގެ މަސައްކަތް ފެށިއިރު އެ މަގުގައި ހުރި ދުވަސްވީ ބޮޑެތި ގަސްތައް ނެގުމުން ވެސް ސަރުކާރަށް ވަރަށް ބޮޑު ފާޑުކިޔުމެއް އަމާޒުވި އެވެ. ސަރުކާރުން ބުނީ އެ ގަސްތައް ނުނަގައި އެ މަގުގައި ތާރު އެޅެން ނެތް ކަމަށެވެ.
އަމީނީމަގު ޒަމާނީކުރުމުގެ މަޝްރޫއުގެ ދަށުން 1.7 ކިލޯމީޓަރުގެ ތާރުއަޅައި، ފެންހިންދާ ނިޒާމެއް ވެސް ހަދާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައުމުދެކެ ލޯބިވާ
24 November 2022
މޫކޭ އެކޯ އޭނާއަށް ކުރެވޭނީ ރަށުތެރެއިން ކޮންމެވެސް އެހެން ކަމެއް.ބަޔަކު މީހުން މަގުތަކުގަ ތާރު އެޅިޔަކަސް މަށަށް ވެދާނެޔޭކިޔާފަ މަވަރުމީހަކު ނެތިގެން އުޅޭނެ.ދެރައީ ތަންތަނަށް އަރާފަ އަނގަ ފުޅާކުރާތީ
hasan
23 November 2022
ރައްޔިތުން ހާލުގައިޖައްސާފަ އެއް ވެރިކަމެއް ނުލިބޭނެ . ދިވެހީން ތިބީ މިހާރު ހޭލާ !
ޢަރުތަ
23 November 2022
ދިވެހިން ހޭލާތިބިތާ ކިތައްމެ އަހަރެއްވެއްޖެ، އެހެންވެ އެއްވެސް މީހަކަށް ދެވަނަ ފުރުސަތެއްނުދެނީ، ދެވަނަ ފުރުސަތެއް ދޭން ހެޔޮވާވަރުގެ މީހަކު ތިޔައިގެ ތެރެއަކު ނެތް.
ަަދސފ
23 November 2022
ތާރު ނޭޅޭންޏާ ތާރަ ޖަހަން ފެނޭ
ނުވާނެ
23 November 2022
ކުރީގެ ސިޓީކައުންސިލުންވެސް މާލޭގެ މަގުހަދަނީއޭ ކިޔައިފަ ބޮޑު މަންޒަރުދައްކާ މާފަންނު މެޑަމް ފަޒްނާގެ ގޭކުރިމަތީ މަގުހެދި. ދެން އެނިމުނީ. މިހާރުގެ ސިޓީކައުންސިލާއި މަގުހެދުން ހަވާލުނުކުރީ އެކަން ކޮށްފާނެތީ. ދައުލަތް ދަވައި ހުސްކުރުންނޫންކަމެއް އެމްޑީޕީ ސަރުކާރުތަކުން ނުކުރާނެ.
ޢަރުތަ
23 November 2022
ތާރުއަޅާ މަގުހަދަން އިނގޭނީ މުއިއްޒުއަށްއެކަނި، އެކަން އޮތީ އަމަލުން މުއިއްޒު ދައްކަދީފަ، ދެން ތިބުނާ ދައުލަތް ދަވާ ހުސް ކުރުން އެންމެންވެސް އޮތީ މެކުހަށް ޖަހާފަ، ތިނޫން ބަޔަކު ވެރިކަމަށް ނާދެ، ކޮންމެބަޔަކުވެސް ވެރިކަމަށް އައުމުގެ މައިގަނޑު މެނިފެސްޓޯއަކީ ދަވާލުން،
އުމަނާ
23 November 2022
އެމް.ޑީ އެއީ ގަދަބަސްބުނަން ރަގަޅުމީހެއް، މަސައްކަތްސުމެއް.
ޢަރުތަ
23 November 2022
ރައްޔިތުންގެ ހުރި ގޮތެއްދޯ ވެރިކަމުގަ ތިބި ބައެއްގެވެސް ހުންނާނީ، އެހެންވެގެންތާ އެމީހުން ވެރިކަމަށް ގެނެސްގެން ހެވިފަ އެތިބެނީ.
އެން.ޑީ.ފީ
23 November 2022
ވަޒީފާ ބަހަން ހަދާފަ އޮތް ކުންފުންޏެއް
ކައުންސެލަރު
22 November 2022
މިބަޔަކުގެ ސުލޯކަމުގެ ވާހަކަ ދައްކަނީކީ މިއަދަކު ނޫނެއްނު. ޒާތީ ތަޢައްޞުބުން ފުރިގެން ތިބޭބަޔަކަށް ރައްޔިތަކަށް ކަމެއްނުކޮށްދެވޭނެ. ބޯނެތް މޮހޮރުން ވޯޓުދޭންތިބޭ އަދިވެސް
ޢަރުތަ
23 November 2022
ކައުންސެލަރު ތިބުނީ މުޅިއަކުން ގޯސް ވާހަކައެއްވެސް ނޫން، އެކަމަކު ބޯހުރި މޮހޮރުން ވޯޓުދީގެން ގެނައިމީހާ ވަކި ސަހަލެއް ނޫންތާ! އެރަޕޯޓުއަޅާ ފަންސަވީސް ބުރީގެ ހަސްފަތާލުއަޅާ ބުރިޖު އެޅީމަވެސް ރައްޔިތުން ނޫނެކޭ ދެންހެވޭ ބުނެ އިތުރު ފުރުސަތެއް ނުދިނީ ގައިމު ކަމެއް ވެގެންތާ! ސަބަބެއް ކަމަށް ފެންނަން މިއޮތީ، ތިޖޫރިހުރިތާ ވަޅުގަނޑެއް ހުރުން ނޫން އެހެން އެއްވެސް ކަމެއް ނޫން.
ހުސް މަކަރު
22 November 2022
ކަލޭމެނަށް ވާނީ ތިވަރު...ދެން އަންނަ އަހަރު އިންތިހާބު ކައިރިވީމަ އަނެއްކާވެސް ފިނިހަކަ ދުވެލީގަ މަސައްކަތް ފަށާނެ މީހުންގެ ލޮލުގަ އަނދުން އަޅުވަން...ހެޔޮނިޔަތުގަ ރައްޔިތުންނަށް ކަމެއް ކޮށްދޭން އުޅޭ ބައެއްނޫންތީކީ...
ޢަރުތަ
23 November 2022
އެގޮތަށް އަދުން އެޅުވެން ރައްޔިތުން މިތިބީ އަތުކުރި އޮޅާފަ، ދެން އަދުން އަޅައިގެން ވޯޓުވެސް ދޭނީ.
ދާސިން
22 November 2022
ހަހަހަ . މުއިޒް މާލެވަށާ ތާރު އެޅީމަ މިވެރިން މަށަށްވާނޭ ކިޔާފަ ހަވާލުވީ. ތި އޮތީ ތިޖޫރި ފޫ ގޮއްސަ
ޝަހުދު އަބްދުއްލާ
22 November 2022
ކިހާވަރަކުން ދިޔަ؟. މުއިޒް އަށް ޖެއްސުން ކުރަން ހަދައިގެން ދައުލަތުން ކިހާ ލާރިއެއް މި އިސްރާފު ކުރަނީ