ވޭސްޓް މެނޭޖްމަންޓް ފެސިލިޓީ: އެ މަޝްރޫއު ނިމުމަކާ ގާތަށް ވަނީ ގޮސްފައި --- ފޮޓޯ/އެންވަޔަރްމަންޓް މިނިސްޓްރީ
18 ޖެނުއަރީ 2023 - 18:57
ކުނި އަންދައިގެން ކަރަންޓް އުފައްދަން އައްޑޫ ސިޓީގައި ގާއިމްކުރާ ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގެ މަސައްކަތުގެ 95 ޕަސެންޓް ނިމިފައިވާ ކަމަށް އެންވަޔަރްމަންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެންވަޔަރްމަންޓް މިނިސްޓްރީން ބުނީ ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި ގާއިމްކުރާ ވޭސްޓް އެނާޖީ ސިސްޓަމް ރާއްޖެ ގެނެސް، އިންސްޓޯލް ކުރުމުގެ 95 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ. މިހާރު ކުރިއަށް ދަނީ އެ ޕްލާންޓްގެ ކޮންޓްރޯލް ބިލްޑިންގެ މަސައްކަތް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެ މިިނިސްޓްރީން ބުނިގޮތުގައި އެ ޕްލާންޓްގެ މަސައްކަތް ނިމުމުން ދުވާލަކު 50 ޓަނުގެ ކުނި އަންދައިގެން 1.5 މެގަވޯޓްގެ ކަރަންޓް އުފެއްދޭނެ އެވެ. އޭގެ ތެރެއިން އެއް މެގަ ވޯޓު އައްޑޫގެ މައި ކަރަންޓް ވިއުގައަށް ދޫކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އެންވަޔަރްމަންޓް މިނިސްޓްރީން ބުނިގޮތުގައި އެ މަސައްކަތް އަންނަ ޖުލައި މަހު ނިންމަން ދަނީ މަސައްކަތް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިރު ސައި
19 January 2023
ކޮރަޕްޝަނުން ކަރަންޓް އުފައްދާ ޖެނަރޭޓަރެއް ބޭނުންވަނީ. އޭރުން ކަރަންޓް އެކްސްޕޯޓް ކުރާވަރަށް އެކަން ވާނެ.
ތުނޑުހަސަނު
18 January 2023
ތިމާވެށި މިނިސްޓަރަށް. އަހަރެމެންގެ ގޭގައި އުފެދޭ ކުނިކޮޅު ނަގަން ވެމްކޯ އަންނާނެ ކަމަށް ބުނެގެން މަހަކު 150ރ ބަރާބަރަށް ދެއްކިނަމަވެސް އެމީހުންނަށް އެކަމެއް ނުކުރެވުނު. ދެންބުނީ މަގުމައްޗަށް ބާލަން. ދެންވެސް 150ރ ދައްކަމުން ދިޔައިން. ބިލްނައިސްގެން ގުޅީމަބުނީ ރަޖިސްޓްރީ ކެންސަލްކޮށްފީމޭ އަނބުރާ ނުލިބޭނެ 500ރ ގެ ޑިޕޮސިޓްބެހެއްޓީމަ ރަޖިސްޓްރީކޮށްދޭނަމޭ. މިއީތަ ރައްޔިތުންނަށް ޚިދުމަތްދޭ ގޮތަކީ. މިކަން ޙައްލުކޮށްދެއްވުމަށް ދަންނަވަން. އިޙްތިރާމް.
ދޯޕައްޓާ
18 January 2023
ކުނިއަންދާ މެސިނަކާއި ވާރޭފެން ޓޭންކެއް ބެހެއްޓުމާއި އަތިރިމަތީ ގިނިހިލަކޮޅެއްޖެހުމާއި މިކަހަލަ ކަންކަމަށްވުރެ ރައްޔިތަކަށް ވަޒީފާއެއް އުފެދޭކަހަލަ ކަމެއްކުރުން މުހިންމީ.
ބުރުގާ
19 January 2023
އެޕްލާންޓް ގައި މަސައްކަތްކުރާނީ ޖިއްނިންތަ؟ ދެކުނުގެ އަތޮޅުތަކުން އެޕްލާންޓަށް ކުނި އުފުލުމަށާއި ޕްލާންޓް ގައި ވެސް އެތައް ބަޔަކަށް ވަޒީފާ ލިބިގެންދާނެކަމީ ހަމަބުއްދި ހުރި ކޮންމެ މީހަކަށް އެނގޭނެކަމެއް.
މުޑަހަންޖާ
18 January 2023
އެއުޅޭ މާލޭ ޔާމީނު ދުވަސްވަރު އައްޑޫ ޒުވާނުންނަށް ހިންގީ ރާވެރިކަމުގެ ކޯހެއް، ލާރިގަނޑެއްގެ މައްސަލައިގަ މިހާރު އޮތީ ޖަލަށްލާފައޭވެސް އެބަކިޔާ މިކޮޅުމަތީގަ.
ސްޑޯ
19 January 2023
ރާވެރިކަމުގެ ކޯހުންވެސް އަސްލު ދެމެހެއްޓެނިވި ފައިދާ މާބޮޑަށް ކުރާނެ މިކަމަށްވުރެން. މިކަން ގޯހެކޭނޫން. އެކަމަކު 50 ޓަނުގެ ކުނި.. ބުނަން މިއުޅެނީ ރާވެރިކަމަކީ ކަޑަ ކަމަކަށް ވިސްނަދޭން ތިއުޅެނީ އަސްލު ބޮލުގެ ތެތްކަމެއްވެސް ނެތީމަ.
އަންނަނީ
18 January 2023
މަޝްރޫއު ތައް ކަނޑުގެ އަޑިން އުތުރި އަރަނީއޭ ގިރާވަރު ފަޅު ހިއްކާ އެތަނުން ގޯތި ދީ ކަޑަޖަހަން ކަނޑު ދެޔޯ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ....
ނޫސަންގު
18 January 2023
އަންދައިގެން ކުނި މެނެޖް ކުރުން. މީ ސިއްޙީ ގޮތުން ރައްކާތެރިކަމެއް ތޯ
އެއްމެ ފުރިހަމައަށްވުރެ ދަށް
18 January 2023
އެއްމެ ފުރިހަމައަށްވުރެ ދަށްގޮތެކޭ ބުނެވިދާނެ. އެކަމަކު އެކިޔާނީ ގޯތީތެރޭ ކުނިޖަމާކޮށް އަންދާއުސޫލުން އަންދާވާހަކައެއް ނޫން. އަންދަނީ 800ޑިގްރީ އާއި 1200 އާއި ދެމެދުގެ ހޫނު މިނެއްގަ. ބޭރުވާނީ ނިސްބަތުން މަދު ދުންކޮޅެއް. އެތަން ގާއިމުކޮށްފަހުރީ މީހުން ނޫޅޭ އިންޑަސްޓްރިއަލް ބިޔަ ސަރަހައްދެއްގަ. ދުންހޮޅި ހުރީ 10 ބުރި އިމާރާތަކަށްވުރެ އުސްކޮށް. ހިވަނީ އޯކޭހެން. އެކަމުން އެވަރަށް ކުނި ނެގެނީ ކަލެކްޓިން ކެޕޭސިޓީ ބޮޑުކޮށްގެން.
ކޮވެލި
18 January 2023
މީ ކޮން ބަޔަކު ގެ ސިސްޓަމެއްތޯ އޮޅުން ފިލުވާލަން ބޭނުން.
ކާޅުހާލިން އެބަގޮވާ
18 January 2023
ދެކުނު ކޮރެއާގައި ލޮޓަސް ޖޮއިޓްވެންޗާރ އިން. އަގަކީ 246 މިލިއަން ރުފިޔާ. އައްޑޫ އަދި ފޯއްމުލަކުގައި ހިންގާ ޕްރޮޖެކްޓެއް. ސާފު؟
ނަގާހޫރާލައިފިއޭ
18 January 2023
ތިޔާއީ އެއްވެސް ދިރާސާ އެއްކޮށް އަދި ޕައިލެޓް ޕްރޮޖެކްޓެއް ނުހިންގާ ސީދާ ބޮޑެތި ޚަރަދުކޮށްގެން އެޕްލައި ކުރި ވަރަށް ބޮޑެތި ހިސާބު އިލްމާއި އަދި ފިޒިކްސް ހިމެނޭ ކަމަކަށްވާތީވެ ތިޔާ ޕްރޮޖެކްޓްގެ ހިންގުމުގެ ޚަރަދު ބޮޑުވުމުގެ ސަބަބުން ތިޔާ މަޝްރޫއުވާނީ ސީދާ މުތުލަޤު ގެއްލުން ވާ ކަމަކޭ ނަތީޖާ އަކީ ހިންގާތާ އަހަރު ދުވަސް ތެރޭގަިއ ބަންދުކުރުމޭ ތިޔާ ގޮތަށް މީޑިއާގެ ސުރުޚީ ހޯދަން ގިލިލަންކަން ފުށީ ފަޅުތެރޭގައި ސޯލަރ ޕެނަލް ވެސް ޖެހިއޭ މިހާރު
ނަގޫނިފާތާށޭ
18 January 2023
މިހާރު ނޫހުން ކޮމެންޓްކުރުމުގެ ރޮންގުން ކޮމެންޓް އިންޖިނޭރިން ޑރ ނަގާހޫރާލައިފިއޭ އެވެ. ތިޔަ ތަނެއް ހަދަނީ ދުނިޔޭގެ ނިސްބަތުން ތިކަން ފުޅާކޮށް ކުރާ ދެކުނު ކޮރެއާގެ ކުންފުންޏަކުންނެވެ. ތިޔަ ތަނަކީ ބޮޑު ފީޒިބިލިިޓީ އެސެސްމަންޓް ހަދާ، ކުރިއަށް އޮތް 30 އަހަރަށް އައްޑޫގެ ކުނި މެނޭޖް ކުރެވޭނެހެން ހަދާ، ހިންގުމުގެ ހަރަދު ކުޑަ އެފިޝިއަންޓް ނިޒާމެއް. ހަމަ އަނގަކަހާތީ ކިޔާލަދިނީ.
އެމްސް
18 January 2023
މިވެރިކަމުގަ: ހުރިހާ ކަމެއްވެސް ފަށަނީ، ކުރަނީ، ނިމެނީ!
އިބޫ-އަންނި
18 January 2023
ނިމެނީ ނިމެނީ އަންނަނީ އަންނަނީ...