ޚަބަރު / ރައީސް މުހައްމަދު ނަޝީދު

މިއީ ގާސިމަށް ރަނުގެ ފުރުސަތު، ރައީސް ފަހަތަކަށް ނާރާނެ: ނަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި މަޖިލީސް ރައީސް އަދި ގާސިމް އެކުގައި: ނަޝީދު ވިދާޅުވީ ގާސިމް މި އިންތިހާބުގައި ރައީސްއާ އެކު ނުހުންނަވާނެ ކަމަށް. -- ފޮޓޯ | މިހާރު

މި އަހަރުގެ ރިޔާސީ އިންތިހާބަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ރަނުގެ ފުރުސަތެއް ކަމަށާއި ކޯލިޝަން ހަދައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަހަތަށް ޖުމްހޫރީ ޕާޓީން ނާރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރައީސް ނަޝީދު އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާ ހިއްސާކުރެއްވި މެސެޖުތަކެއްގައި ވިދާޅުވީ ރައީސްގެ ފަހަތްޕުޅަށް ގާސިމް އަރާނެ އެއްގޮތެއް ވެސް ނެތް ކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވުމުން، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ގާސިމް ދިފާއުކުރެއްވުމުން ވެސް ތަކުރާރުކޮށް ނަޝީދު ވިދާޅުވީ ރައީސްއާ އެކު ގާސިމް ނުހުންނަވާނެ ކަމަށެވެ.

"ތިޔަ ބޭފުޅުން ރައީސް އިބޫއަށް އޮޅުވާލާ ވާ ވައްދަނީ. ތިޔަ ބޭފުޅުން ސަނާ ކިޔަސް މީހުން ދެކޭ ގޮތް ވަރަށް ތަފާތު. އަދި މިއީ ގާސިމްގެ ރަނުގެ ފުރުސަތު،" އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސްއާ ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގަތް ނަޝީދު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނީ ރިޔާސީ ދެވަނަ ދައުރެއް އެމްޑީޕީއަށް ކާމިޔާބުވާނީ ޕާޓީތަކާ އެކު ކޯލިޝަނެއްގެ ތެރެއިން ކަމަށާއި އެކަން އެމަނިކުފާނަށް ކާމިޔާބުކުރެއްވޭނެ ކަމަށެވެ.

ގާސިމަށް ރައީސްކަން ދޭން އެމްޑީޕީގެ ގަރާރެއް އޮންނާނެ. -- ނަޝީދު

ރިޔާސީ އިންތިހާބުގައި ގާސިމް ވަކިން ވާދަކުރައްވަން ތާއީދުކުރައްވައި ނަޝީދު ވާހަކަފުޅު ދެއްކެވިއިރު، އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވެރިކަމުގެ ދެ ވަނަ ދައުރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުނުކުރައްވާނެ ކަމަށް ނަޝީދު ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ.

ގާސިމް، ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި އިއްޔެ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ގާސިމް، ރައީސްއާ އެކު ކޯލިޝަން ނުހައްދަވާނެ ކަމަށް ދެއްކެވި ވާހަކައިގެ ތެރެއިން ނަޝީދު ދެން ވިދާޅުވީ ގާސިމްއަށް ރައީސްކަން ދޭން އެމްޑީޕީގެ ގަރާރެއް އޮންނާނެ ކަމަށެވެ.

އެމަނިކުފާނު އެ އިޝާރާތްކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، މަޖިލީހުގެ ރައީސްކަމަށް ގާސިމް ގެންނަން ފާސްކުރި ގަރާރަށް ކަމަށް ބެލެވެ އެވެ. އެ ނޫން ގަރާރެއް، ގާސިމަށް ރައީސްކަން ދޭން ފާސްކުރި ކަމެއް އެމްޑީޕީން އާއްމުކޮށްފައެއް ނުވެ އެވެ.

އޮކްޓޯބަރު، 2018 ގައި އެމްޑީޕީ ވެސް ހިމެނޭގޮތުން އޭރުގެ އިދިކޮޅު ޕާޓީތަކުގެ މެމްބަރުން ހިމެނޭ ޕާލަމެންޓްރީ ގްރޫޕުން ނިންމީ ގާސިމަށް މަޖިލީހުގެ ރައީސްކަން ދިނުމަށެވެ. އޭރު 51 މެމްބަރުންގެ ސޮޔާއެކު އެގޮތަށް ފާސްކުރީ މަޖިލީހުގެ ރައީސަކަށް ހުންނެވި އަބްދުﷲ މަސީހް މަގާމުން ދުރުކުރުމަށް ނިންމުމަށް ވެސް އެއްބަސްވެ އެވެ.

މި ގަރާރު ފާސްކޮށްފައި ވަނިކޮށް، ގާސިމް މަޖިލީހުގެ ރައީސްކަން 19 ވަނަ ރައްޔިތުންގެ މަޖިލީސް އިންތިހާބުވުމާ ހަމައަށް ކުރެއްވި އެވެ.

ޖުމްހޫރީ ޕާޓީން މި އަހަރުގެ ރިޔާސީ އިންތިހާބާ މެދު ގޮތެއް އަދި ނުނިންމަ އެވެ. ރިޔާސީ ކެންޑިޑޭޓަކު ނެރެގެން ވަކިން ވާދަކުރާނީތޯ ނުވަތަ ސަރުކާރު ކޯލިޝަނާ އެކު ކުރިއަށްދާނީތޯ އިއުލާނެއް ނުކުރެ އެވެ. މިކަން ކަނޑައަޅާނީ މި މަހުގެ 24 ގައި އޮންނަ އެ ޕާޓީގެ ކޮންގްރެސްގައި ކަމަށް ބެލެވެ އެވެ.

ގާސިމާއި ނަޝީދު ބައްދަލުވުމެއްގައި: ގާސިމް އިންތިހާބަށް ނުކުންނެވުމަށް ތާއީދު ކުރައްވައި ނަޝީދު މިއަދު ވަނީ ވާހަކަ ދައްކަވާފައި. -- ފޮޓޯ | މިހާރު

ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި މި ސަރުކާރާ އެކު މިހާތަނަށް ދެމިއޮތަސް ގާސިމް ވަނީ ބަހުގެ ހަމާލަތަކެއް މި ފަހުން އަމާޒުކުރައްވައިފަ އެވެ. އެ ޕާޓީ ވިސްނަން ޖެހިފައި އޮތީ އަބަދު އެ ކޯލިޝަންގެ ބައިވެރިއެއްގެ ގޮތުގައި ދެމިނޯވެ އެކަނި ވެރިކަން ކުރަން ކަމަށާއި އެ ގާބިލްކަން ޕާޓީގައި ހުރި ކަމަށް ވެސް ގާސިމް ވިދާޅުވެފައިވެ އެވެ.

ޕާޓީގެ ބައްދަލުވުމަށް ފަހު ރޭ ވެސް ގާސިމް ވިދާޅުވެފައި ވަނީ ގައުމުގެ ކަންކަން އިސްލާހު ކުރުމަށްޓަކައި އޭނާ މިހާތަނަށް ކުރެއްވި މަސައްކަތުން ފައިދާވީ އެހެން މީހުންނަށް ކަމަށެވެ. އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ މި ފަސް އަހަރު "ހަމަނޭވާލައިގެން" އުޅުއްވުނު ކަން ފާހަގަކުރެއްވި އެވެ.

މި ސަރުކާރާ މެދު ވެސް އޮތް ހިތްހަމަނުޖެހުމަކީ ކޯލިޝަންގެ އެއްބަސްވުމާ އެއްގޮތަށް ކަންކަން ނުކުރެވުން ކަމަށް ވިދާޅުވި އެވެ. ސަރުކާރުގެ ތެރެއިން ޖޭޕީ އަށް 10 ޕަސެންޓާ ހަމައަށް ވެސް މަގާމުތައް ހަމަނުޖެހޭ ކަމަށާއި މަގާމުތައް ބަދަލުކޮށް ނުވަތަ އުވާލާއިރު މަޝްވަރާ ނުކުރެވޭ ކަމަށް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވެފައިވާ ގޮތުގައި އޭނާ އުޅުއްވަނީ ވެރިކަން ބޭނުންވެގެން ނޫނެވެ. މުހިންމީ ދިވެހިންގެ ހެވާއި ލާބަ އަށް މަސައްކަތް ކުރުން ކަމަށާއި އެ ކަމަށް ކަންކަން އޭނާ އަށް ކުރެއްވޭ ކަމަށް ވިދާޅުވި އެވެ.

61 ކޮމެންޓް, 37 ރިއެކްޝަންސް

icon happy icon happy 19%
icon sad icon sad 0%
icon angry icon angry 81%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލައިކު

10 February 2023

ފަހަތަކައް ނާރާނެ ބޮލައްއަރާނީ

The name is already taken The name is available. Register?

މިލަދޫ

10 February 2023

ގާސިމު އަރާނެ އެނޫންގޮތެއްނެއް މަ އެންމެ ހީނުކުރާމީހާ ސަންސިޔާމުވެސް ގަނެލީވިއްޔާ

The name is already taken The name is available. Register?

ލިކާ

10 February 2023

ގާސިމު ވެއްޓޭނީ ހަމަ އިބޫ ފައިބުޑައް އެއީ އިބޫގެ އަތްދަށު ވަޑިއެއް

The name is already taken The name is available. Register?

ވިސްނަންވީއޭ

10 February 2023

ގާސިމް އާއި ނަޝީދު އާއި އުމަރު ގުޅިގެން ރިޔާސީ އިންތިޚާބަށް ނިކުތުން އެއީ މިފަހަރު ރަނގަޅު ޖަވާބު ލިބޭނެ އީކްއޭޝަން އަކީ ގާސިމް އަށް ހޯދޭނެ 50 ހާސް ވޯޓް ފައިސާގެ އެހީގައި ނަޝީދު ހޯދާނެ 50 ހާސް ރީއްޗަށް ދެން އުމަރު ހޯދާނެ މަދުވެގެން 5 ހާސް ވޯޓް ދެން ގާސިމާއި ނަޝީދާއި އުމަރު މިތިން މީހުންގެ ނުފޫޒާއި އަދި ތަޖްރިބާ އާއި ފައިސާ ބޭނުން ކޮށްގެން ލިބޭނެއޭ އިތުރު 15 ހާސް ވޯޓް އިތުރަށް ނަތީޖާ އަކީ 120 ހާސް ވޯޓް އިން ގާސިމް ކާމިޔާބު ކުރުމޭ މިގޮތް ހަދަން

The name is already taken The name is available. Register?

ނުވާނެ ނުވާނެ

10 February 2023

2008ގެ ފަހުން 2018 ގައިވެސް ކޯލިޝަންގެ ބޭނުންހިފާފަ މަކަރު ޖެއްސި މީހަކީ ނަޝީދު. ނަޝީދުގެ މީހުން ކޮންމެ އިންތިޚާބަކަށް ހަން ބަދަލުކޮށްގެންތަ ވެރިކަން ބޭނުމީ؟ ގާސިމު ވެސް ދެން ހިޔެއް ނުވޭ ދެމޫނުގެ ސިޔާސަތަށް ހެއްލޭނެ ހެނެއް.

The name is already taken The name is available. Register?

ކަނިލި

10 February 2023

ދުނިޔެ އަބަދުވެސް ހިނގަމުންދަނީ އަންނި ބުނާއެއްޗަކާ އިދިކޮޅަށް. މީހުން އަންނި ބަލައިނުގަތުމުގެ މައިގަނޑު ސަބަކީވެސް އެއީ.

The name is already taken The name is available. Register?

48343

10 February 2023

ގާސިމް ހައްދާލެވިދާނެ ކުޑަކުއްޖަކަށްވެސް.

The name is already taken The name is available. Register?

ޢަހުން

10 February 2023

ލައްކަ ވާހަކަ ޤާސިމު 2023

The name is already taken The name is available. Register?

މެމަރީލޮސް

10 February 2023

މަށަށް ވަރަށް ހީވޭ އައްނިއަށް ދުރުމާޒީގެ ކަންތައްތައް ބަރާބަރަށް ހަދާންވުމުގެ މައްސަލައެއް އުޅޭހެން. އެއީ ގަސްދުގައި ކުރާކަމެއްނޫން. ހަޔާތުގައި ދިމާވެފައިހުރި ޓްރޯމާއާއި ހާދިސާތަކުގެ ސަބަބުންވީ ކަމެއްހެން ހީވަނީ. މިކަންތައްތައް ބަލައި ސިކުޑީގެ މައްސަލައެއް އުޅޭ ކަމައް ވައްޏާ ރައީސްކަމަށް ކުފޫ ހަމަނުވާނެ. އަދި އެއްވެސް މުހިއްމު ވަޒީފާއެއް އަދާނުކުރެވޭނެ.

The name is already taken The name is available. Register?

ޒައަނިސްޓް އުކުޅު

10 February 2023

ޙަގީގަތުގެ ބައިކުޅަ އެއްބައި ބޭނުންކޮށްގެން ހަގީގަތް އޮޅުވާލުމަކީ އިޒްރޭލައި ސުޕްރިމަސިސްޓު ޒައަނިސްޓުން ބޭނުންކުރާ އުކުޅެކެވެ. މީނަ އެއުކުޅު ދަސްކުރީ މީނަގެ ޒައެނިސްޓު ކޮރަޕްޓު ޑޭވިޑު ކެމެރަން ކައިރިންނެވެ. ފަހަކަށްއައިސް މިނޫންކަމެއް މީނަ ނުކުރެއެވެ. ގުބޯހައްދަން ގަސްދުގައި އުޅުމަކީ ޑިމޮކްރޮސީއާއި އިސްލާމީސަގާފަތާއި ދުރުކަމެއް ވީމާ ދިވެހީން ގަބޫލު ނުކުރާނެކަން މީނައަށް ކިޔައި ދޭނީ ކިހިނެއްބާ؟

The name is already taken The name is available. Register?

ޖެހޭނެއޭ

10 February 2023

ޤާަސިމް އެކަނި ނިކުތުން އެއީ މިފަހަރު ގާސިމަށް ރިޔާސީ އިންތިޚާބަށް ކުރިމަތިލާ ކާމިޔާބު ކުރުމަށް ލިބޭނެ އެންމެ ފަހި ފުރުސަތަކީ މިފުރުސަތު ގާސިމް ނަގާލައިފިނަމަ ދެން ގާސިމް އަކަށް ރިޔާސީ އިންތިޚާބު ވެސް ކާމިޔާބު ނުވާނެއޭ އަދި އޭގެ ފަހުން ޖޭޕީ ވެސް އުވިގެން ދިއުމަކީ ގާތް ކަމެކޭ ގާސިމް މިކަން ދަންނަން ޖެހޭނެއޭ...

The name is already taken The name is available. Register?

ރައްޒާގު

10 February 2023

އެކަނި ނިކުމެ ހަޑިހޭވިދާނެ، ކާމިޔާބު ވާނެހެން ހިޔެއްނުވޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454