ތ. ހިރިލަންދޫ ސްކޫލުގެ އަހަރީ ދުވަސް ފާހަގަ \ކުރުމަށް ބާއްވާ ރަސްމިއްޔަތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މާދަމާ އެ ރަށަަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ހިރިލަންދޫ ސްކޫލުން ފާހަގަކުރަނީ އެ ސްކޫލްގެ 71 ވަނަ އަހަރީ ދުވަހެވެ. މި ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ވިޔަސް ދަތުރުފުޅާ ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
އަތޮޅު ތެރޭގެ ދުވަސްވީ ސްކޫލްތަކުގެ ތެރޭގައި ހިމެނޭ ހިރިލަންދޫ ސްކޫލުގައި 200 އަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރެ އެވެ.
ރައީސް މީގެ ކުރިން ވެސް ވަނީ ބައެއް ސްކޫލްތަކުގެ އަހަރީ ދުވަހުގެ ޖަލްސާތަކާއި ހާއްސަ އެކި މުނާސަބަތުތަކުގައި ބައިވެރިވެ ވަޑައިގެންފަ އެވެ.