ހުޅުމާލޭގައި ހިންގި ސަގާފީ ހަރަކާތެއްގައި ޖޯން ބައިވެރިވަނީ: އޭނާ ގަވާއިދާ ޚިލާފަށް އުޅުނީ ޕާސްޕޯޓް ވަގަށް ނެގުމުން
19 ޖެނުއަރީ 2017 - 15:40
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެނިކޮށް ހައްޔަރު ކޮށްފައިވާ އެމެރިކާގެ ޖޯން ސޭފާޓް އޭނާ ހުޅުމާލޭގައި ހިންގި ގެސްޓް ހައުސް ވިޔަފާރީގެ އަނެއް ހިއްސާދާރަށް ދިން 42،000 އަށް ވުރެ ގިނަ ޑޮލަރު އަނބުރާ ޖޯން އަށް ދޭން ސިވިލް ކޯޓުން ހުކުމްކުރި ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ހޯމަ ދުވަހު ހައްޔަރުކުރި ޖޯން ރާއްޖޭގައި އުޅެނިކޮށް އޭނާގެ ޕާސްޕޯޓް ވަގަށް ނެގުމުން، ވިސާ ނެތި ހުޅުމާލޭގައި އުޅެނިކޮށް އޭނާ ހިފަހައްޓައި، އޭނާ ޑިޕޯޓްކޮށްލަން ވަނީ އިމިގްރޭޝަނުން ނިންމައިފަ އެވެ. އޭނާގެ ޕާސްޕޯޓް ވަގަށް ނެގީ ދިވެއްސަކާ ބައިވެރިވެގެން އޭނާ ހުޅުމާލޭގައި ހިންގި ގެސްޓް ހައުސް ވިޔަފާރީގެ އަނެއް ހިއްސާދާރާ މައްސަލަ ޖެހި، އޭނާގެ ހިއްސާ އަތުލާފައި ވަނިކޮށެވެ.
ޖޯންއާ އެކު ވިޔަފާރިކުރި އަނެއް ހިއްސާދާރު، އަބްދުލް ހަސީބުގެ މައްޗަށް މިދިޔަ އަހަރު ޖޫން މަހު ކޯޓުން ހުކުމް ކުރީ ޖޯންގެ ފަރާތުން އެކި ފަހަރު މަތިން އަނެއް ހިއްސާދާރަށް ދިން 42،000 އަށް ވުރެ ގިނަ ޑޮލަރު (ހަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ) ދެ މަސް ތެރޭގައި އަނބުރާ ދެއްކުމަށެވެ. ހަސީބުގެ އެކައުންޓަށް ފައިސާ ޖަމާކުރީ ޖޯން މެދުވެރިވެގެން އެހެން ގައުމެއްގެ އިތުރު ދެ މީހަކާއި ޖޯން ކަމަށް ހުކުމުގައިވެ އެވެ.
އެނގިފައިވާ ގޮތުގައި ހަސީބުގެ ފަރާތުން އެ މައްސަލަ މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.
ޖޯންގެ ފަރާތުން މަސައްކަތް ކުރި ވަކީލަކު ވިދާޅުވި ގޮތުގައި ލިޔެ ކިޔުމުން ސާބިތުވީ 42،000 ޑޮލަރުގެ ދަރަނި ކަމަށް ވިޔަސް އެ ވިޔަފާރި އަށް ޖޯން ވަނީ 250،000 އެއްހާ ޑޮލަރު ޚަރަދުކޮށްފަ އެވެ. ޖޯން ރާއްޖެ އިން އެނބުރި ގައުމަށް ނުގޮސް ހުރީ އެ ފައިސާ ނުލިބެނީސް ނުދާންވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ބުނިން ދެން ތިހާ ފްރަސްޓްރޭޝަންގައި މިތާނގައި ހުންނަންވީ ކީއްކުރަންހޭ. ދާންވީ ނޫންހޭ ގައުމަށް. ބުނީމަ ވެސް ޖޯން ވިދާޅުވީ އެ ފައިސާ ނުލިބެނީހެއް ތިމަންނަ ނުދާނަމޭ. ތިމަންނަގެ ފައިސާއޭ އެއީ،" އެ ވަކީލް ވިދާޅުވި އެވެ.
އެ ވަކީލް ވިދާޅުވި ގޮތުގައި ޖޯން އަށް އެތައް ފަހަރެއްގެ މަތިން މަރުގެ އިންޒާރު ދީ އަދި އޭނާ އަށް ބަޔަކު ހަމަލާ ވެސް ދިނެވެ. އެ މައްސަލަ ފުލުހުންނަށް ވެސް ރިޕޯޓްކުރި ކަމަށާއި އެ މައްސަލަ ކުރިއަށް ނުދާތީ ޕްރޮސެކިއުޓާ ޖެނެރަލާ ވެސް ޖޯންގެ ފަރާތުން ބައްދަލުކުރި ކަމަށް ވަކީލް ވިދާޅުވި އެވެ.
"ޕީޖީ ވިދާޅުވެފައި އޮތީ އެއްބާރުލުން ދޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ޖޯންގެ ޕާސްޕޯޓް ވަގަށް ނެގުމުން އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ފުރަތަމަ ފަހަރު އެ ޕާސްޕޯޓް ފުލުހުން ހޯދި ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ދެ ވަނަ ފަހަރު ގެއްލުނު ފަހުން އެ ޕާސްޕޯޓް ފުލުހުންނަށް ނުހޯދޭ ކަމަށް އޭނާ ވިދާޅުވި އެވެ. ޕާސްޕޯޓް ގެއްލުނު މައްސަލަ އިމިގްރޭޝަނާއި އެމެރިކާގެ އެމްބަސީގެ ސަމާލު ކަމަށް ވެސް ޖޯން ގެނައި ކަމަށް ވަކީލް ވިދާޅުވި އެވެ.
"އެމްބަސީ އަށް ގުޅީމަ ބުނަނީ މީހަކު ފޮނުވާނަމޭ. އޭގެ ފަހުން ހަބަރެއް ނުވީމަ އަނެއްކާ ވެސް ގުޅީމަ ބުނީ ފޮނުވާނަމޭ. އެއީ މިދިޔަ މަހު،" އެ ވަކީލް ވިދާޅުވި އެވެ.
ވަކީލް ވިދާޅުވި ގޮތުގައި ޖޯން ޑީޕޯޓް ކުރުން ހުއްޓުވަން އޭނާ ދަނީ މަސައްކަތް ކުރަމުންނެވެ. ސަބަބަކީ ޖޯން އަށް ލިބެންޖެހޭ ފައިސާ ނުލިބި ހުރުމާއި ޖޯންގެ ފަރާތުން ރާއްޖޭގެ ލޯފާމަކަށް ދޭންޖެހޭ ޑޮލަރުތަކެއް ދޭން ކޯޓުން ހުކުމްކޮށްފައި އޮތުމުންނެވެ. ލޯ ފާމަކަށް ފައިސާ ދޭން ޖޯންގެ މައްޗަށް މިދިޔަ މަހު ހުކުމްކުރީ އޭނާ އެ ލޯ ފާމުން ހޯދި ގާނޫނީ އެހީތެރިކަމަށް ފައިސާ ނުދެއްކުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަރީ
20 January 2017
ލިޔެކިޔުމުން ސާބިތު ނުވެ ޙަރަދު ކުރިކަމަށް އެބުނާ ފައިސާގެ މައްސަލަ ބަލަންޖެހޭ. ރަޖިސްޓަރީ ނުކޮށް ފައިސާ މިގައުމަށް އިންވެސް ކުރުމަކީ މައްސަލައެއް. ޓެކްސް އަށް މަކަރު ހަދަން ކުރާމަސައްކަތް.
މެންޓަލިސްޓް
20 January 2017
ތިޔަ ހަސީބު ކިޔާބޭފުޅޭ ހިންގާނެ ހުޅުމާލޭގައި ގެސްޓްހައިސްއެއް ،،، އެމީޙުންނަކީ ތިޔައެމެރިކާ މީހާގެ ފައިސާގައި އުޅެމުންދާބައެއްކަން ހުޅުމާލޭގެ ވަރަށް ގިނަބަޔަކުދަނޭ ،، ޙާއްސަކޮށް ވިޔަފާރިކޮއްއުޅޭ އެންމެންވެސް އެވާހަކަދައްކާ ،،،، ތިޔައެމެރިކާ މީހާ ފޮނުވާލަންވެސް ޑީޕޯޓްކުރަންވެގެން މީގެ ކުރީންވެސް ހަސީބްމެން މަސައްކަތްކޮއްފައި އެބަހުރި ،، ޙުދު އަޅުގަނޑުގެ 2 ކަންފަތުންވެސް ތިޔަވާހަކަ އަޑުއެހީން ،،، އޭރުވެސް އެކަން ނުކުރެވިގެން އުޅުނީ އެމެރިކާ މީހެއްވީމައި އުނދަގޫތަކެށް ހުންނާނެތީވެ ،،، އެހެންވީމައި ފަހުން ތިޔައޮތީ ޕާސްޕޯޓްވެސް ވަގަަަަަަަށްނަގާފައި ،،، ކޮންމެއަކަސް ވަރަށް ހިތާމަހުރި ކަމެށްތިޔައީ ،،، ތިޔަގެސްޓް ހައުސް އަކީ އިންޓަރނޭޝަނަލް ސައިޓްތަކުގައި ބުލްކްލިސްޓްވެސް ކުރެވިދާނެ ،،، އަދި މުޅިބޭރު ޓްރެވަލް ސައިޓްތަކުގައިވެސް ތިޔަވާހަކަވެސް ދެއްކިދާނެ ،،، ތިޔަ ހަސީބްއާޢި އަދި އޭނާގެ ދިވެހި އަނެއްޕާޓްނަރގެ ފޮޓޯވެސް އިންޓަރނެޓްގައި ޝާއިރު ކުރެވިދާނެ ،،، ވީމާ ކުޑާކޮށް ވިސްނާލައިގެން އެމީޙެއްގެ ހައްގެށް އެމީހަކަށް ދިނީމާ ނިމުނީނުން ،،، ވަރަށްވެދުން
އޯސަމް/ ފުލޯލަސް
20 January 2017
މިވަރުގެ ތަނަކައް ކިހިނެއްތޯ ފޮރިން އިންވެސްތަރުން އަންނާނީ.
ލަބީދު
20 January 2017
ޓުރަމްޕު މިކަމުގަ ފިޔަވަޅައް އަޅުން ރަގަޅީ....އޭރުން އެއްޗެއް ވިސްނޭނީ
ސާބަސް
20 January 2017
މީދޯ އިސްލާމިކް ވިޔަފާރި އާއި އިންސާފުގެ ނަމޫނާ! އަތުގައި ބޮޑުލާރިނެތަސް ފަރަންޖީން ހޭއަރުވާލައިގެން މިކުރަނީ އިސްލާމިކް ވިޔަފާރި. ތަރައްގީ ޔަގީންވެފަ މިއޮތީ
މިސްރާބު
20 January 2017
ޢަޅުގަނޑުގެ އިސްތަށީގެ ކޮޅުން ތަންކޮޅެއް ހަލާކުވެގެން ޑޮކްޓަރަކަށް ދެއްކިޔަސް އައި.ޑީ.ކާޑު ބޭނުންވޭ. ކިހިނެތް މި ދޮންމީހާ ވަކީލަކު ހޯދައި ކޯޓުތަކަށް ގޮސް ދައުލަތުގެ ބޮޑެތި މީހުނައި ބައްދަލުވުންތައް ބާއްވައި ފުލުހުންނަށް މައްސަލަ ހުށަހަޅައި ހެދީ އޭނަގެ ޕާސް ޕޯޓު ނެތި؟
ކޯދިނޭޓަރުން
20 January 2017
މި ކޮމެނޓް ތައް ކުރާ ކޯޑިނޭޓަރުން ހަމަ ތަނެއް ދޮރެއް ނުބަލާ ލިޔެފާނެ ކޮންމެ ފަދަ އެއްޗެއްވެސް!
އިހުސާނު އަލީ
20 January 2017
މި އާޓިކަލައް ކޮމެންޓު ކޮށްފައިވާ ދިވެހީންނާއި ލައިކުސް ދީފައިވާ ވަރައް ބަލާކަމައްވާނަމަ ބުނެވެންއޮތީ މެޖޯރިޓީ ދިވެހީންނަކީ ޚުލްގު ރަނަގަޅު ތެދުވެރި އިޚުލާސްތެރި ރައްޔަތުންތަކެއްކަން... ވަކިދީނަކައް މަޒުހަބަކައް ބެލުމެއްނެތި އިންސާނީ ކަރާމަތް ތެރިކަމުގެ މިސާލުތަކެއް.. ހަގިގަތުގައި ދިވެހީންގެ ހިތްހެޔޮކަމާއި ތެދުވެރިކަމަުގެ ވާހަކަ ވަރައް ގިނަ މިސްމީހުންގެ ފަރާތުން އަޑުއިވިފައިވޭ އަދި އެއީ ވަރައް ތެދު ހަގިގަތެއް... އިނގިލިން ގުނާލެވޭވަރުގެ ބޮދެތި ވަގުން ފެރޭ މީހުން ރާއްޖޭގައި ތިބިނަމަވެސް %99.9 ރައްޔަތުންނަކި ބެރުގައުމުތަކުގެ ރައްޔަތުންނައް ކަމެހިތާ މެހުމާންދަރީ އަދާކުރާބައެއް..
މަރީ
19 January 2017
މީދެން ކޮންކަމެއް؟ ވިޔަފާރިކުރާނެ ލާރި ރަނގަޅު ގޮތުގައި ނުހޯދެންޏާ، ވިޔަފާރި ނުކޮށް ހުންނަންވީނު. އެހެން މީހުންގެ މުދަލާ ލާރިޔާ ދަަމައިގަންނާނެ ކަމެއްނެތް ދޯ! މިގައުމުގައި ވަގުން ދަނީ ހަމަ އިތުރުވަމުން!
އެކަމު
20 January 2017
އެކަމު ކުއްމަދުވެޔޯ ޑިފެންސްމިނިސްޓަރު ބުނީ
އިހުސާނު އަލީ
19 January 2017
ފައިސާގެ ދަހިވެތިކަމުގައި ތިޔަ ކުޅެން އުޅެނީ ދުނިޔޭގެ ސުޕަރ ޕަވަރައް ނިސްބައްވާ ރައްޔަތަކާއި ދިވެހިރާއްޖޭގެ ނަންކަރާބުކުރަން ހުރިހާ މީހުން ގުޅިގެން ތިޔަހިންގާ ޖަރީމާގެ ނުބައި އަސަރު މުޅި ދިވެހި މުޖުތަމައު ކުރާނެކަމީ އޮޅުމެއް އޮތް ކަމެއްނޫން.... ޔަގީންވާ ފަދަ ތިޔަމިހާއަތުން ފައިސާ ނެގި ދިވެހިމީހާ މިހާރު މުއައްސަސާސްތަކުގެ ވަކި ފަރުދުންނައް ކޮންޓުރިބިޔުޓު ކޮށްގެން ކުއްލިގޮތަކައް އެމެރިކާ މީހާ ޑީޕޯރޓޫކުރަންތިއުޅެނީ ނުބައި ރޭވުމެއްގައިކަން އެނގެއެވެ. އެމިހާ ރާއްޖޭގައި ހޭދަކުރި ދުވަސް ތަކުގައި އެއްވެސް ކަހަލަ ކުރިމިނަލް އެކުޓިވިޓީއެއް ހިންގައިފައިވާ ރެކޯރޑެއްނެތި ތިޔަކުރާ ކަންތައް ތަކުގެ އަސަރު ދިވެހިރައްޔަތުންނައް ކުރާނެއެވެ. ފޮރިން މިނިސްޓުރީން މިކަމުގެ ތެރެއައް ވަނުމަކީ ދިވެހިގައުމުގެ ހައްގުގައި ވަރައްމުހިއްމުކަމެކެވެ. މުއައް ސަސާސް ތަކުގައި ތިބޭ ވަކިވަކި ފަރުދުް އެބަހުރި ޑޮލަރުކޮޅަކައް ވިކިފައި...