05 މާޗް 2023 - 18:48
އެމްޑީޕީން މި އަހަރު ބޭއްވި ރިޔާސީ ޕްރައިމަރީ ބާތިލް ކުރަން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ އެ ޕާޓީގެ މެންބަރެއް ނޫން ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެ އެވެ.
މިދިޔަ ޖެނުއަރީ މަހު ބޭއްވި ރިޔާސީ ޕްރައިމަރީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ވާދަ ކުރައްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޕްރައިމަރީ ކާމިޔާބު ކުރައްވާފައި ވަނިކޮށް އަލީ އަމްޖަދު ނަމަކަށް ކިޔާ މީހަކު ވަނީ އެ ޕްރައިމަރީ ބާތިލް ކުރަން ހުށަހަޅާފަ އެވެ.
އޭނާ ސިވިލް ކޯޓުގައި ވަނީ ޕްރައިމަރީގެ ނަތީޖާ އަށް އަމަލުކުރުން ފަސްކުރުމުގެ އަމުރަކަށް ވެސް އެދިފަ އެވެ.
އެކަމާ ގުޅޭ ގޮތުން ސިވިލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އެމްޑީޕީން ވަނީ އިިހްތިސާސްއާ މެދު ސުވާލު އުފައްދައި، އިޖްރާއީ މައްސަލައެއް ހުށަހަޅައިފަ އެވެ.
އޭގެ ތަފްސީލް ދެއްވަމުން އިބުރޭ "މިހާރު" އަށް ވިދާޅުވީ ކޯޓަށް މައްސަލަ ހުށަހެޅި އަމްޖަދަކީ 2005 ވަނަ އަހަރު އެމްޑީޕީ ރަޖިސްޓާ ކުރަން ހުށަހެޅި އިރު އެ ޕާޓީގައި ރަޖިސްޓްރީވި މެންބަރެއް ކަމަށެވެ.
އެހެން ނަމަވެސް 2008 ވަނަ އަހަރު އޭނާ އަމިއްލަ އަށް އެދިގެން އެމްޑީޕީން ވަކިވުމަށް ފަހު މޯލްޑިވްސް ނޭޝަނަލް ކޮންގްރެސް (އެމްއެންސީ) އާ ގުޅުނު ކަމަށް އިބުރޭ ވިދާޅުވި އެވެ.
އެ ޕާޓީ އުވިގެން ދިޔަ އިރު އޭނާގެ ނަން ފަހުން އޮތީ ޖުމްހޫރީ ޕާޓިގައި ކަމަށް ވެސް އިބުރޭ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޕްރައިމަރީގައި ވޯޓު ލެވޭ މީހުންގެ ލިސްޓު އިއުލާން ކުރުމުން އޭނާގެ ނަން ނެތުމުން ވަނީ ޝަކުވާ ކޮށްފައި. ނަމަވެސް އޭނާ އެމްޑީޕީން ވަކިވީ އަމިއްލަ އަށް އީސީގައި ރިކުއެސްޓް ކޮށްގެން،" އިބުރޭ ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ޖުމްހޫރީ ޕާޓީގައި އަމްޖަދުގެ ނަން އޮތުމުން އޭނާ ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އެ ޝަކުވާ ހުށަހަޅާފަ އެވެ. އަދި އެ ކޮމިޝަނުން ވަނީ އޭނާ އަލުން އަނބުރާ އެމްޑީޕީ އަށް ބަދަލު ކުރަން ނިންމައިފަ އެވެ.
ނަމަވެސް އޭރު އެމްޑީޕީން އީސީގައި ބުނެފައި ވަނީ ޖޭޕީން ވަކި ކުރާނަމަ އޭނާ އަލުން ރަޖިސްޓާ ކުރަން ޖެހޭނީ އޭގެ ކުރިން އުޅުނު އެމްއެންސީގައި ކަމަށެވެ.
އެހެންކަމުން އީސީން ވަނީ އެއީ އޮޅުމަކުން ކުރެވުނު ކަމެއް ކަމަށް ބުނެ އޭނާގެ ނަން އެމްޑީޕީން އުނިކޮށްފަ އެވެ. އޭނާއަކީ މިހާރު ވަކި ޕާޓީއަކަށް ނިސްބަތްވާ މީހެއް ނޫނެވެ.
މަދަނީ އިޖްރައާތުގެ ގާނޫނު އޮންނަ ގޮތުން އެ މައްސަލަ ކޯޓަށް ނުބެލޭނެ ކަމަށް ބުނެ އިހްތިސާސްއާ މެދު ސުވާލު އުފައްދައިފި ނަމަ، އެކަމާ މެދު ދައުވާކުރާ ފަރާތުން ޖަވާބު ދޭންޖެހޭނެ އެވެ.
އެކަމަށް ޖަވާބުދާރީވާން ސިވިލް ކޯޓުން މިއަދު ވަނީ އަމްޖަދަށް 10 ދުވަހުގެ ފުރުސަތެއް ދީފަ އެވެ.
އެމްޑީޕީގައި މިހާތަނަށް ބޭއްވި އެންމެ ވާދަވެރި ޕްރައިމަރީގައި ރައީސް ނަޝީދުގެ މައްޗަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރި ހޯއްދެވީ 61 ޕަސެންޓުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެތިކިޕީ
06 March 2023
ހުސްވި އަހަރު ޗެއަރޕާސަން އިންތިހާބުގައި އަހަރެން ވޯޓްލީން. ވޯޓްލީ އިންތިއަކަށްނޫން ފައްޔާޒަށް. ތިބުނާ 39000މީހުންގެ ތެރޭގައި މަށާ މަގޭ ފެމެލީ ހިމެނޭ. ލިސްޓުގަ އޮތް އޮތްނަމަވެސް ނަޝީދަށް ވޯޓުލައްވަންޖެހޭނީ އަތްބުރިކޮށްފަ. ތިޔަކިޔާ 39000 އަކީ އެ އެންމެންގެ ވޯޓު ނަޝީދަށް ދޭނެ ބައެއް ނޫން. އެއެންމެން އޮވެގެންވެސް އިންތި ޗެއަރޕާސަނަކަށް ނުހޮވުނު. އޭރު ވޯޓްކަންތައް ބެލެހެއްޓީވެސް ފިކުރުގެ ދިރުމުގައި އިސްކޮށްއުޅޭ ޕަޕެޓުން. އޭރުވެސްނުވި.
އޮލަނބޭ
06 March 2023
ތިހެން މީހުންތައް ޕާޓީން ކަނޑާ ވަކިކޮށްފަ ވަކި އިންތިޚާބެއްގަ ވޯޓުލާން އެދިގެން ވެސް ނުވާނެ.
ވޖިޔ
06 March 2023
ރާއްޖޭގައި ޕާޓީތައް ރަޖިސްޓްރީ ކުރިއިރު 80% މީހުން ތިބީ އެމްޑީޕީގައި. އެހެންވެ މައުމޫނުގެ އެދުމަށް ގާސިމާއި ހަސަން ސައީދު ޕާޓީ ހަދަން މައުމޫނު އެންގި. އެވަރުން ވެސް އެމްޑީޕީ ފަނޑުނުވި. ވިސްނާ
އަންތަރީސް 1222
06 March 2023
ފިކުރެއް ވަޅުޖަހާ ފެކްޝަނުން މި ފެންނަނީ ހުސްވެސް އެހެންޕާޓީ ތަކުގެ މީހުން. އެބައިމީހުންގެ ރޫހާނީ ލީޑަރު ނޫން ގޮތެއް ނެތްތަން މި ފެންނަނީ. ތި ފިކުރެއްގާޖެހި އިންތިމެންފަދަ އާއްމު މެމްބަރުންގެ ލޯބި އޮތް ކިތައް މީހުންބާ ފެއިލވެގެން ދާނީ. 4 ފޮޓޯ ގަނޑާ، ބަރުލަމާނީއާ ކިހިލިފަތްދަށަށް ޖެހީމަ ސިކުނޑި ހަމަޖެހޭމީހަކު ހަމބުއްދިން ވިސްނާފަ ފަހަތަކުން ނުހިނގާނެ.
އެމްސް
06 March 2023
މުހިއްމީ މައްސަލަ ހުށަހަޅާ މީހާއެއް ނޫން ހުށަހެޅޭ މައްސަލަ! އަބަދުވެސް މީހާއާއި ޖައްސާލައިގެން އުޅޭ އުޅުން ދޫކޮށްލަން ޖެހޭ!
އޮނަރަބްލް އަފީފު ދީދީ
06 March 2023
ދެހާސް ތޭވީހުގެ އިންތިޙާބު ކާމިޔާބުކުރަން ތިއުޅެނީ ހަމައެކަނި ތިބޭޅާމެންގެ އަތުގައިއޮތް އެމްޑީޕީ މެންބަރުންގެ ދަފުތަރުގައި ތިބި މީހުންގެ ވޯޓުންތޯ. # ތިގޮތަށް ކިތަންމެ ވަރަކަށް ފޮނުއެރުވި ކަމުގައިވިޔަސް ރައީސް ކަމުގެ އިތުރު ދައުރެއް ތިބޭޅާމެން ހިތުހުރިގޮތަކަށް ވެރިކަންކޮށްދޭ މީހާއަށް ރައްޔިތުނެއް ނުދޭނެ. # ޓާމްގެ މުައްދަތުގައި ބާކީއޮތް ދުވަސްކޮޅު ހަމަވުމާއިއެކުގައި ގެއަށްދާން ތައްޔާރުވޭ.
ބާރީ3
05 March 2023
އަހަރުމެން ފައްޔާޒުއަށް ވޯޓު ނުދިނީމަ ޕާޓީ ކަޑާލާފަ ތަބަކަށް ލާފަ ޓިކެޓް ފޭރިގަތީ. ސޯލިހު ދެވަނަ ދައުރެއް ހޯދާތަން ބަލަން މިހިރީ
އެމްސް
05 March 2023
39 ހާހަށްވުރެ ގިނަ އެމްޑީޕީ މެމްބަރުން އެމެމްބަރުންނަށް އެނގުމަކާއިވެސް ނުލާ އެކިއެކި އެހެން ޕާޓީތަކަަށް ބަދަލުކުރުމުގެ ހުށިޔާރުކަން ކޮންމެވެސް ބަޔެއް ގައިގަ އެބަހުރިކަން މިހާރު ތިވަނީ ޔަޤީންވެގެންވެސް ގޮއްސަ!
ދެވަނަދައުރު ހުވަފެން ބިލާހަކަށް
05 March 2023
ފާއިތުވީ އަހަރު ޗެއަރޕާސަނަކު ހޮވަން ބޭއްްވި އިންތިހާބުގައި ވޯޓުލީ 39000 އެމްޑީޕީ މެމްބަރުންނަކީ ނަޝީދަށް ވޯޓުދޭނެ މެމްބަރުންކަން ޔަގީނެވެ. . ތަބަށް ޓިކެޓުން ފޭރުނު ޓިކެޓަށް . މިތިބީ ބަލަން ހަމަ ހިލާ 2 ވަނަ ދައުރަކަށް ވޯޓެއް ނުދޭނަން
ދިއްދޫމީހާ
05 March 2023
ކޮނެމެހެން ނުޖެހޭ ޕާޓީގެ މީހަކަށް ވާކަށް ދައުލަތުން ދޭ ލާރި ޕާޓީއަ ލިބެންޔާ ކޮންމެ ރައްޔިތަކަށް މައްސަލަ ވެއްދޭނެ ކޯޓްތަކަށް ދެން އަހާބަލަ ދައުލަތީ ކޮބައިތޯ؟ ދައުލަތަކީ ރައްޔިތުން ރައްޔިތުން ނެތްތާކު ދައުލަތެއް ނޯންނާނެ އިބްރޭ މެންނަ މިޖެހެނީ ނާސަރީ ކުދިންނަ ކިޔަވައިދޭ އުސޫލުން ކިޔަވައިދޭން އެކަކާ އެކާ އެއްކުރީމަ އަންނާނީ ދޭ މިސާލަކަށް އެއް އާފަލްތެރެޔަ އިތުރު އާފަލެއް ލީމަ ވަނީ ދެ އާފަލް މިވަރުން ސާފްވާނެ..