އޭއެމް އެމްއެސްވީ މަރިޔާ ސިންތަޔަތިރައި ރިޔަނަ ބޯޓު 2019ގައި ރާއްޖެއަށް ގެނައި މުދާތަކަކާއެކު: އެ ބޯޓު ފަރަށް އަރާފައި ވަނީ މިދިޔަ ޖެނުއަރީ މަހު، 31ގައި. --
06 މާޗް 2023 - 10:48
ކ. އަތޮޅު ތިލަފުށީގެ ކުޑަގިރި ފަރަށް ބޯޓެއް އެރުމާ ގުޅިގެން، ފަރަށް ލިބުނު ގެއްލުން ދިރާސާ ކުރުމަށް ފަހު އެ އުޅަނދުގެ ވެރިފަރާތް ތިން މިލިއަނަށް ވުރެ ބޮޑު އަދަދަކުން އީޕީއޭ އިން ޖޫރިމަނާކޮށްފި އެވެ.
"އޭއެމް އެމްއެސްވީ މަރިޔާ ސިންތަޔަތިރައި ރިޔަނަ" ނަމަކަށް ކިޔާ ބޯޓު ފަރަށް އެރީ މިދިޔަ ޖެނުއަރީ 31 ގަ އެވެ.
އީޕީއޭ އިން މިއަދު ބުނީ، އެ ބޯޓު ފަރަށް އެރުމުގެ ސަބަބުން 130 އަކަމީޓަރުގެ ސަރަހައްދަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވާކަން ބޯޓުގެ ވެރިފަރާތުން ހިއްސާ ކޮށްފައިވާ ސާވޭ ރިޕޯޓުން ވެސް ފާހަގަވާ ކަމަށެވެ.
އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް، ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން 3,098,710.00ރ އިން އެ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާ ކުރީ ކަމަށް އީޕީއޭ އިން ބުންޏެވެ.
އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދައްކަން އެ އިދާރާ އިން ވަނީ އަންގައިފަ އެވެ.
މީގެ ކުރިން ވެސް ބޯޓުފަހަރު ފަރަށް އަރައި ގެއްލުންވެ އެތައް މިލިއަނަކުން ޖޫރިމަނާ ކޮށްފައިވެ އެވެ. އެކަމަކު، އެ ފައިސާ ނުލިބުމުގެ މައްސަލަތައް ވަރަށް ގިނަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢައްޔުބެ
06 March 2023
މިހެން ނަގާ ފައިސާއިން ފަރު މަރާމާތު ކުރުމަށް ކިހާވަރެއް ހަރަދު ކުރޭބާ؟ ނޫސްވެރިން މިކަމާ ސުވާލު ކޮށްލާނަމަ.
އިދުރީސްބެ
06 March 2023
ތ.އަތޮޅު ފުނައްޑޫ ފަރަށްވެސް އެރި ބޮޑު 2 އެތިފަހަރު - ކަހަރުވާލީ މީހަކުވެސް ނެތް - ކިތަށް އަހަރުމިވީ ނެގޭނެ ގޮތެއްވެސް ނެތް - ގިރިގެން އެއޮށްގެން ދަނީ އެތާ އޮވެ. ފަރަށް ލިބުނު ގެއްލުން ބެލޭނޭ ގޮތެއްވެސް އޮތްހެނެއް ހިއެއް ނުވޭ. 2.1947724712050207, 73.12768668731833. ގޫގަލް މެޕްގަވެސް އެ 2 އެތިފަހަރު އެއޮތީ ފެންނަން.