ޚަބަރު / ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

އެމްއޭސީއެލްގެ މުވައްޒަފުންނަށް ރޯދަ އިނާޔަތާއި ހަދިޔާގެ ގޮތުގައި 5،000ރ.

އެއާޕޯޓް ސްޓާފުން މަސައްކަތުގައި: އެމްއޭސީއެލްގެ މުވައްޒަފުންނަށް ރޯދަ އިނާޔަތާއި ހަދިޔާގެ ގޮތުގައި 5،000ރ. ދޭން ވަނީ ނިންމައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެމްއޭސީއެލްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރޯދަ އިނާޔަތާއި ހަދިޔާގެ ގޮތުގައި 5،000ރ. ދޭން ނިންމައިފި އެވެ.

އެ ކުންފުނީގެ މުވައްޒަފުންނަށް މިއަދު ފޮނުވި ސާކިއުލާއެއްގައި ބުނީ މި އަހަރުގެ ރޯދަ މަހުގެ އިނާޔަތުގެ ފައިސާގެ ގޮތުގައި، ކޮންމެ މުސްލިމު މުވައްޒަފަކަށް 3،000ރ. މިއަދު ޖަމާކޮށްދޭނެ ކަމަށެވެ.

ނަމަވެސް، އެ ކުންފުނީގެ މަސައްކަތުގެ ބާވަތުން މުވައްޒަފުންގެ ފަރާތުން ރޯދަ މަހުގައި ކުންފުނީގެ މަސައްކަތަށް ބޭނުންވާ އަހަންމިއްޔަތުކަން ފާހަގަކޮށް މި މަހާ ގުޅުވައިގެން ހަދިޔާގެ ގޮތުގައި 2،000ރ. ދޭން ނިންމާފައިވާ ކަމަށެވެ. މި ފައިސާ ވެސް ރޯދަ އިނާޔަތާ އެކު ޖަމާކޮށްދޭނެ ކަމަށް ބުންޏެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުން ރާއްޖޭގައި މަސައްކަތްކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރޯދަ މަސް ފެށުމުގެ ކުރިން އިނާޔަތުގެ ގޮތުގައި އެންމެ ކުޑަވެގެން 3،000ރ. ދިނުން ލާޒިމެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ސަރުކާރު މުވައްޒަފުންނަށް މިއަދު ރޯދަ އިނާޔަތް ޖަމާކޮށްދޭނެ އެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރު ރޯދަ މަސް ފެށެނީ އަންނަ ބުރާސްފަތި ދުވަހު އެވެ.

15 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 0%
icon angry icon angry 36%
icon wow icon wow 7%
icon inlove icon inlove 29%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެއުމެން

19 March 2023

ސްޓެލްކޯ އެމްޑަބްލިޔޫއެސްއޭ އިން އިނާޔަތުގެ ފައިސާ މުއައްޒިފުންނަށް ދީފި. އެކަމަކު އަދިވެސް އެއްކަލަ ފެނަކަ އިންޚަބަރެއް ނުވޭ. ސައީދު ކިހިނެއްބާ މިހެދީ. ދަތުރުކޮށް ކޮށް ލާރިގަނޑު ހުސްކޮށްލީތަ؟

The name is already taken The name is available. Register?

އަހަމީ

19 March 2023

ތި ދިނަސް ދުވާލަކު 20 ސްޓާފުން މެޑިކަލް

The name is already taken The name is available. Register?

ކަޅު ކިނބޫ

19 March 2023

3000 ދޭއިރު ސަރުކާރުން ހަމަ ކަހާވެސް ނުލާތަ. މިހާރަށް އެ ނުދިނަސް ނުވާނެ ތަފާތެއް. ކުރީގަ ނުލިބޭ އިރު އެވަރު ދެން އޯކޭ އޭރުގަ ކާށިވެސް ލިބޭ 1 ރުފިޔާ އަށް. ބޮލެއް ހުރި ސަރުކާރެއް ނަމަ މިކަމަށް ވިސްނަންވެއްޖެ އެއްނު. ކުރީގަ 2 ލާރި ގެންގުޅުނީމަ އެ ދެލާރި އަދިވެސް ހަމަ ގެންގުޅެންވީ ކިޔަވަނީ ކީއްކުރަން ކަމެއް ނޭނގުނު. ވ ސަލާން

The name is already taken The name is available. Register?

ކުރުކޮށް

19 March 2023

ދަވާލަނީ ދަވާލަނީ ރޯދަވެރިން ހެއު ނުވާނެ ތީގަ ހިފަންވެސް

The name is already taken The name is available. Register?

ގިރިޓީ

19 March 2023

ފިނޭންނުން މިހިރަ މިހިރަ ކަންކަން ނުބަލާތަ. އެސްއޯއީއެއް ވެއްޖެޔާ ދައުލަތަށް ބަސް ބުނެވެންޖެހޭނެއްނު...

The name is already taken The name is available. Register?

ވޯލް

19 March 2023

މިއި މައްސަލައަށް. ޤާނޫނުގައި ވަކި އަދަދެއް ޖަހާފަ އޮތީ ވަކި ބޭނުމެއްގައި. ފައިސާއެއް ނުދެވޭނެ 3000 އިތިރަށް. ކޮންމެސް އެހެން ގޮތަކުން ދޭ އެއްޗެއްދީ.

The name is already taken The name is available. Register?

ެއެމްއޭސީއެލް

19 March 2023

ޢިނާޔަތުގެ ގޮތުގައި ދެނީ 3،000. ހަދިޔާގެ ގޮތުގައި 2،000. އެހެންވީމަ މީގަ ގޯހެެއް ނެތް

The name is already taken The name is available. Register?

ކުޗީ

19 March 2023

3000 ރުފިޔާއިން ދެ ކާށި ނަގެލެވޭނީ .. ޔާމިނަށް ވެދުން. ކުންފުނިތަކުން ނަގަނީ އެމީހުންނަށް ފައިދާވާ ޕޮއިންޓުތަށް، އެހެން ހުރިހާކަމެއް އެމީހުން ހިތުހުރި ގޮތަކަށް

The name is already taken The name is available. Register?

އަނީސާ

19 March 2023

ޔާމީނު ގެނައި ރޯދަ އިނާޔަތުގެ ބަދަލުގެ ސަބަބުން ބޮޑެތި ކުންފުނިތަކުން ލެބެމުންދިޔަ މުސާރައިގެ 3/1 ލިބުން ހުއްޓުނީ. 3000 ރުފިޔާއަކީ މިހާރު އެއްވެސް އެއްޗެއް ނޫން.

The name is already taken The name is available. Register?

ހަޑިގިއްލާބެ

19 March 2023

ކަމެއް ނިންމާއިރު ކޮންމެވެސް ބަޔަކަށް ޑެމޭޖުވާގޮތެއް ދިވެހިން ބަލާނެ. އެންމެނަށް އޭގެ ފައިދާވާގޮތަކަށް ވެރިންނަށް ކަންކުރަން ނޭގޭ. އެމްއޭސީއެލުންދޭ 5000 އަކީ މިހާރު މަދުވެގެން ދިނުން އެންމެ އެކަށިގެންވަވަރު.

The name is already taken The name is available. Register?

2023

19 March 2023

ތީ ކޮން އިިންސާފެއް ހަމަ އެމްއޭސިލްވީމާ 5000 އަހުން ނިކަމެތިވީމާ 3000.... ބޮއިހަލަކި

The name is already taken The name is available. Register?

ބޮޑުމީހާ

19 March 2023

ދައުލަތުގެ ކުންފުނިތަކުން މިހެން ހިތުހުރިހާގޮތަށް ބޯނަހާއި އެހެނިހެން އިނާޔަތްތައް ދީ ހަދާއިރު އާދައިގެ ސިވިލްސާރވަންޓުން މިތިބެނީ އަގަޔާއި އަތާއި ދިމާނުވެފަ. ދައުލަތުގެ ކުންފުންޏަކަސް ސިވިލް ސާރވިސްއަކަށް މުސާރަތައް އެއް ހަމަކުރަންޖެހޭ

The name is already taken The name is available. Register?

ޅީންމއ

19 March 2023

އެމް އޭ ސިއަލް އިން ތި ސިވިލް ސާރވިސް އަށް މުސާރަ ދެނީ. ދެން ތި ސިވިލް ސާރވިސް ދޫކޮއް ކުންފުންޔަކަ ވަދޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454