ޒަކާތް ބަލައިގަންނަނީ: މި އަހަރު ފިތުރު ޒަކާތް ބަލައިގަންނަން ހަމަޖެހިފައި ވަނީ ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރީދަ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް.-- ފޮޓޯ: މިހާރު
20 މާޗް 2023 - 20:36
މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަތުން ބުރާސްފަތި ދުވަހުން ފެށިގެން ކުރިއަށް ދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓްރީން ބުނީ، މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަންނާނީ ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯދަ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ނަމަވެސް ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ރޯދަ މަހުގެ އެންމެ ފަހު ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ފިތުރު ޒަކާތް އޮންލައިންކޮށާއި ފައިސާއިން ވެސް ދެއްކޭނެ އެވެ.
ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:30 ން 1:00 އަށެވެ. މާލެ ފިޔަވައި އެހެނިހެން ރަށްތަކުގައި ފިތުރު ޒަކާތް ނެގުމާއި ބެހުމުގެ އިންތިޒާމް ހަމަޖައްސާނީ އެރަށެއްގެ ކައުންސިލް އިދާރާއިން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ފިތުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުމުގެ މިންވަރެވެ. އެއީ އެ ބަޔަކު ކައި އުޅޭ ހަނޑުލުގެ ބާވަތަށް ބަލައިގެންނެވެ. ރަސްމީކޮށް ޒަކާތް ބަލައިގަންނާނީ އެ ހަނޑުލުގެ އަގަށްވާ ފައިސާ އިންނެވެ.
އާދައިގެ ހަނޑޫ: 12ރ.
ތައިލެންޑް ހުދު ހަނޑޫ: 84ރ.
ރަތް ހަނޑޫ 99ރ.
ބާސްމަތިީ ހަނޑޫ (އާދައިގެ): 84ރ.
ބާސްމަތީ ހަނޑޫ (މޮޅު): 100ރ.
ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 125ރ.
އާދައިގެ ފުށް: 12ރ.
އާޓާ ފުށް: 75ރ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ކައުންސިލް އިދާރާތަކުން ޒަކާތް ބަލައިގަންނާނީ 2.4 ކިލޯ ހަނޑޫ، އެ ރަށަކުން ގަންނަން ލިބޭ އަގުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް
21 March 2023
އަހުރެން މި އަހަރު ޒަކާތް ނެރެން ބޭނުންވަނީ ޖަމަލުން. ޖަމަލު ތައް ގެންދާނީ ކޮންތަނަކަށްތަ؟ ތިން ހަތަރު ޖަމަލު އެބަ އޮތް.