ރައީސްގެ ސެކިއުރިޓީގެ ކޮމާންޑިން އޮފިސަރު އަބްދުﷲ އިބްރާހިމް. -- ފޮޓޯ: މިހާރު
21 މާޗް 2023 - 15:56
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ރޭ ބަޔަކު ހުރަސް އެޅި ސަލާމަތީ ކަންކަން ފެއިލް ވުމުން ކަމަށް ބެލެވޭތީ، އެ މަނިކުފާނުގެ ސަލާމަތީ ކަންކަމާ ގުޅޭ ސިފައިންގެ އިސްވެރިޔާ ކާނަލް އަބްދުﷲ އިބްރާހިމް މިއަދު ސަސްޕެންޑް ކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި، ރައީސްގެ ސެކިއުރިޓީ ޔުނިޓް ވަގުތީ ގޮތުން ހިންގުން މިހާރު ޑެޕިއުޓީ ކޮމާންޑަރު އިބްރާހިމް ހަލީމާ ހަވާލުކޮށްފަ އެވެ.
އެ ނިންމުމާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ ބަހެއް އަދި ނުލިބެ އެވެ.
ހުޅުމާލޭގައި އޮތް ޖަލްސާއަކަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ މޮޓޯކޭޑްގައި ވަޑައިގެން ބޮޑުތަކުރުފާނު މަގުން އިދިކޮޅު ޕީޕީއެމްގެ އޮފީހާ އަރާ ހަމަވި ތަކުން، އިދިކޮޅު މީހުން ނުކުމެ މޮޓޯކޭޑަށް ހުރަސް އަޅައި މުޅި މޮޓޮކޭޓް 15 ވަރަކަށް މިނިޓް ވަންދެން ހުއްޓުވިއިރު ކޮމާންޑިން އޮފިސަރު އަބްދުﷲ ވެސް ހުންނެވި އެވެ.
އާންމުކޮށް ރައީސް ވަޑައިގަންނަވާ ހަފުލާތަކާއި ހަރަކާތްތަކަށް ކޮމާންޑިން އޮފިސަރު ނުވަތަ ޑެޕިއުޓީ ކޮމާންޑިން އޮފިސަރު ވަޑައިގަންނަވަ އެވެ.
ރައީސްގެ ސެކިއުރިޓީ ފެއިލްވި މައްސަލަ ރައްޔިތުންގެ މަޖިލިހުގެ 241 ކޮމިޓީން ވެސް މިހާރު ވަނީ ބަލަން ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލެކްލަސްޓަރސެކިއުރިޓީ
23 March 2023
ތި މޮޅު ސެކިއުރިޓީ އޮތީ ފެނިފަ ޔާމީނަށް، އަންނިއަށް ޙަމަލާ ދެވުނުއިރު. މިހާރުވެސް މޮޓޮކޭޑް ދާއިރު ވިސްނާލާ މީހަކު ބޭނުމިއްޔާ ޙަމަލާ ދެވޭނެ ބައިވަރު ލޫޕްހޯލް ހުރޭ. މިމީހުން ހިތުން މީ ވ ކުޅަދާނަބައެއް. ކުލަބަރިޖެހީމަ އެ މޮޅުވީ. އަދި އެތިބޭ ބޮޑީގާޑުން އެކި ހިސާބުގަ. ކުޑަކުއްޖަކަށްވެސް އެއީ އެމީހުންކަން އެނގޭގޮތަށް ތިބެނީ. ޙަމަލާ ދޭ މީހުން ފުރަތަމައަމާޒު ކުރާނީ އެމީހުންނަށްދޯ. ނަމަކަށް އޮންނަ ސެކިއުރިޓީއެއްތީ. ކަމެއް ދިމާވެއްޖެއްޔާ ފްލޮޕްވަނީ
އަބްޑޫޅް
23 March 2023
މިކަން ބުރިގާޑިޔަލަކާ ހަވާލުކޮށްބަލަ.
މަބުނީ
22 March 2023
ނަސީބެއް މިގައުމަށް ބޮޑުކަމެއް ދިމާނުވާކަން. ދިމާވާ ދަނޑިވަޅުގައި އަބުވެސް އޮންނާނީ އަތަށް ގޮވާފަ. ނޫނީ ކޮންމެވެސް ޅައެއްޗެއް އަޅާފަ.
އުދުހޭ
22 March 2023
ހުޅުމާލެއިން ފެށިގެން ރައީސް އޮފީހާ ޖެހެންދެން ކޮންމެ 2 ފޫޓަކުން ހަތިޔާރުއެޅި ސިފައިންގެ މީހަކު ބެހެއްޓިނަމަ މިހެން ނުވީސް އެކަމަކު އެފަދަ ޚަރަދެއް ކުރާވަރުގެ ގައުމެއްތަމީ؟ މީ ނޯތުކޮރޭއާއެއް ނޫންވިއްޔާ. ޑިމޮކްރެސީގާ މިކަހަލަ ކަންކަން ހިގާނެ. ފްރާންސްގައި ވެރިމީހާއާ ދިމާލަށް ބޫޓުވެސް އެއްލީއެއްނުން؟!
ގާބެ
22 March 2023
އަބްދުﷲ އިބްރާހިމްގެ މައްސަލައެއް ތިތަނުގަ އޮވެއްޖެނަމަ މިނިސްޓަރާއެކު މުޅި އެމްއެންޑީއެފް ލީޑަރޝިޕްގެ މައްސަލަވެސް ތިތަނުގަ އެބައޮތް. 241 ކޮމެޓީން މިކަން ބަލަންވީ ނޫންތަ؟
ސޯމާލިޔާގެ އެތެރެ ގޯސްކުރި އެމެރިކާ
22 March 2023
ދަށުގައި މަސައްކަތްކުރާ ގިނަބަޔަކު ނަފުރަތުކުރާ މީހެއް
އަލިހަންދަރޯސް
22 March 2023
މީނާ ސިފައިންގެ ވަޒީފާ އިން ވަކިކޮށް ދިގުމުއްދަތަކަށް ބަންދުކުރަންޖެހޭ!
ރަންދެލި
22 March 2023
ތިޔަ ވައްތަރު މޮޓޮކޭޑު ދާއިރު (ފަހަތުގަ އޮންނަ) އެންޓަނާ ޖިޕުގެ ފަހަތު ސީޓުން އަތާ ބޮލާ ކުޑަދޮރުން ބޭރަށް ނެރެގެން ތިބޭ މީހުން އަތް އުކާފަ "އޭތް! އޭތް! މަޑުކުރޭ" ކިޔާފަ ފލ އިރު ހީވާނީ އެހެން ފަދަ ކަމެއްހެން. މިކަހަލަ ވަގުތެއްގަ ކުޑަ ދަރިއަކު ސައިކަލު ފަހަތުގަ އިނިއްޔާ އިންނާނީ ބިރުން ފިއްކަޑައިގެން ގޮއްސަ! ކުޑަ ވަރެއްގެ ކަމަކާ ޖެހުނީމަ ތިއޮތީ ސޯޓަށް ލެވިފަ! އަދިވެސް ކުލަ ގިން ކުރަންވީ އެހެން ނޫންތޯ؟
ފިނދަނަ
21 March 2023
މީ ދޮންވެ ފައްކާވެފަ އޮތް ޑިމޮކްރަސީއެއް ތިފަދަ ކަންކަމައް އަހުލުވެރިވުން މޮޅު އިތުރީ
އައްޑޯ
21 March 2023
ބައެއް ކޮމެންޓްތަކުން މިކަން ކުށްވެރި ކުރާއިރު ހަތިޔާރުގެ ބޭނުންކުރުމަށް ވެސް އެބަ ގޮވާލާ.. ދަންނަވަންތޯ! މުޒާހަރާ ކުރާބަޔަކު ދުރަށް ޖައްސަން ހާލަތާ ނުބައްދަލު ބާރެއް ބޭނުމެެއް ނުކުރެވޭނެ. ހަތިޔާރުގެ ބޭނުންކުރަންޖެހޭ ހާލަތެއް އެތަނުގަ މެެދުވެރިއެއް ނުވޭ. ނަމަވެސް ރައީސްގެ ސެކިއުރިޓީ އެތަނުގަ އޮތީ ބްރީޗްވެފަ.
މިސްޓަރ ޓިނޭ
23 March 2023
ބުނެލަންއޮތީ އެންމެ ވާހަކައެއް، އެއްވަންޏާ،ހައްޖައް ދާންވީނު ، ރޯދަމަސް ވީމާ ކުރުކޮށްލީ