މުލިއާގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އަލީ ހަމީދު އެމްޑީޕީއަށް ސޮއިކުރައްވާ އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ޕާޓީގެ އިސްބޭފުޅުން އަރިހުގައި. -- ފޮޓޯ | އެމްޑީޕީ
03 އެޕްރީލް 2023 - 14:20
ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު ޖުމްހޫރީ ޕާޓީ ދޫކުރައްވައި އެމްޑީޕީއަށް މިއަދު ސޮއިކުރައްވައިފި އެވެ.
މުލިއާގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އަލީ ހަމީދު ސޮއިކުރެއްވީ، އެމްޑީޕީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ އިތުރުން ޕާޓީގެ ލީޑަޝިޕް ބޭފުޅުންގެ ހާޒިރުގަ އެވެ. އޭނާ ސޮއިކުރެއްވުމާ އެކު ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެމްބަރުންގެ އަދަދު 68 އަަށް އެރީ އެވެ.
އަލީ ހަމީދު ވަކިވެވަޑައިގަތުމުން ޖުމްހޫރީ ޕާޓީގެ މަޖިލިސް މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވީ ދެ ބޭފުޅުންނެވެ. އެއީ، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިނެވެ.
އަލީ ހަމީދު "މިހާރު"އަށް ވިދާޅުވީ އެމްޑީޕީއާ ގުޅިވަޑައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެ ވަނަ ދައުރެއް ދޭން ޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވާތީ ކަމަށެވެ. އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ގައުމަށް ގެނެސްދެއްވި ހަމަޖެހުމެއް އެއްވެސް ސަރުކާރަކަށް މިހާތަނަށް ގެނެވިފައި ނުވާ ކަމަށް ވިދާޅުވި އެވެ.
"އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ގައުމަށް ހަމަޖެހުން ގާއިމްކުރެވިއްޖެ، މި ހަމަޖެހުން ދެމިއޮންނަން ޖެހޭ،" އަލީ ހަމީދު ވިދާޅުވި އެވެ.
"ގާނޫނީ އިމުން ބޭރުގައި މީހުން ހައްޔަރުކުރުމާއި އަނިޔާވެރިކަމަށް މި ސަރުކާރުގައި ޖާގަ ނެތްކަން މިއޮތީ ސާފުކޮށް ފެންނަން."
އަލީ ހަމީދު ޖުމްހޫރީ ޕާޓީގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ | މިހާރު
އަލީ ހަމީދު ވިދާޅުވި ގޮތުގައި ވޭތުވެދިޔަ އިންތިހާބުތަކުގައި އަބަދުވެސް ގިނަ ބަޔަކު ވޯޓުދީފައި ވަނީ ގައުމުގައި ހުންނެވި ރައީސަކަށް ދެ ވަނަ ދައުރެއް ކަށަވަރުވިޔަ ނުދިނުމަށެވެ. އެކަމަކު މި ފަސް އަހަރަށް ބަލާއިރު މިފަހަރު، ވެރިއެއްގެ ދެ ވަނަ ދައުރު ފުރިހަމަކުރަން ޖާގަދީ، ހަމަޖެހުމާއި ތަރައްގީގެ މިސްރާބަށް މަސައްކަތްކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
އޭނާ ޖުމްހޫރީ ޕާޓީ މި ދޫކޮށްލެވީ މި ސަރުކާރު ހިންގާ ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިންތިހާބުގައި ވަކިން ވާދަކުރައްވަން ނިންމެވުމާ އެކު ޕާޓީގައި ތިއްބެވި ބައެއް ބޭފުޅުން ޖޭޕީއާ ފެއަށް ޖެހިވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު އޮތް ކަން ހާމަކުރައްވަމުން ގެންދަވަނިކޮށެވެ.
ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަތީ، އަލީ ހަމީދު ވިދާޅުވި ގޮތުގައި، ސިޔާސީ މަސައްކަތްތައް ގިނަ ދުވަސްތަކެއް ވަންދެން އެކުގައި ކުރެއްވި ލީޑަރު، ގާސިމާ މެދު އެއްވެސް ހިޔާލުތަފާތުވުމެއް އޮވެގެން ނޫނެވެ. އެ ޕާޓީގެ ނިންމުމާ ދޭތެރޭގައި ވެސް ހިތްހަމަނުޖެހުމެއް ނެތް ކަމަށާއި ގާސިމަކީ އަދިވެސް ވަރަށް އިހްތިރާމްކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވި އެވެ.
"އެކަމަކު މިއީ ސިޔާސީ މަސައްކަތް، މި މަސައްކަތުގައި އަޅުގަނޑަށް ގަބޫލުކުރެވެނީ ގައުމުގެ ހަމަޖެހުމާއި ކުރިއެރުމާއި ރައްޔިތުންގެ ފައިދާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭ ކަމަށް،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުންދުސް
05 April 2023
ޤާސިމަށް ކޮޅުކެހި. ދެންވާނީ އެކަނި. ޕީޕީއެމް ގްރޫޕް ތިތާ ތިއްބަސް ވޯޓް ލާނީ އެމީހުންގެ ކެންޑިޑޭޓަށް. އަދި ފިކުރެއްގެ ދިރުމުން ދާ މީހުން ވެސް ވޯޓްދޭނީ ޕީޕީއެމް އަށް. ކިނގް މޭކަރ ގެ ނަން ބަދަލުވެގެން ދާނީ އެހެން އެއްޗަކަށް. އަސްލު ސައިޒް މި ފަހަރު ފެންނާނެ. މާމިގިލި ގޮނޑި ވެސް 2019 ގައި ކިރިޔާ ލިބުނީ. ފިލްމް ނިމޭނެ 2024 ގަ.
އަބްޑޫޅް
05 April 2023
ދެފުށް ކެހެރި މީހުންދޯ؟
އަފުނޯސްކަށި
05 April 2023
ތިބިވައްތަރުން މަހީކުރީ ރާޒުވާގަނޑެއް ޖަހާލަނީކަމަށް ރޯދަކުރުކުރަން.
ތަ ފޯއްމުލަކު
04 April 2023
ކިތަހަ މިލިޔަނޮ. އަފުންނައް ދެެރައިލަ
އަބްޑޫޅް
04 April 2023
އޭ، މީ އެއްކަލަ ފަނޑިޔާރު މީހަޔާ ގުލުމެއް އޮތް މީހެއްތަ؟
ޖާބިރު
04 April 2023
ނޯތް ކޯސްޓަށް ދިން ޕްރޮޖެކްޓްތަކުގެ ނަތީޖާ މިފެންނަނީ ! ހެހެހެހެހެ.
މަތީނު
04 April 2023
"ފަސް އަހަރު ތެރޭގައި ޤައުމަށް ގެނެސްދެއްވި ހަމަޖެހުން" ގެ ޝަރަޙައަކީ މަށަށް ދިން ޕްރޮޖެކްޓްތަކާއި ކޮންޓްރެކްޓްތައް.
ވޯލް
04 April 2023
މިހާރު ތިޔަހެން ސޮއި ކުރުވާ ޕޮޓޯ ދައްކައިގެން ތާއިދެއް ލިބޭނެ ކަމަކަށް ނުދެކެން. ގިނަ ފަހަރަށް ތިޔަ މަޖިލިސް މެމްބަރުންނަކި އަމިއްލަ ހައިސިއްޔަތުން މާބޮޑު ތާއީދެއް އޮންނަ ބައެއްވެސް ނުން ރަށްރަށުގައި އާއިލާ ކުދިންވީމާ ވޯޓު ލިބެނޭ. މިހެން ޕާޓީ ބަދަލު ކުރާ މެމްބަރުންނަށް ސަރުކާރުގެ ޕްރޮކިޔޮމަންޓްގެ ތެރެއިން މިލިއަނުން ޕްރޮޖެކްޓް ދީފައި ހުންނަނީ. ތިޔަ ސޮއި އަކީ އަމިއްލަ މަންފާއަށް ކުރާކަންކަން. މަށަށް ރައީސް އާއި ތިޔަ ސޮއި ކުރިމިހާވެސް ގޯސް.
މަންޒަރު2003
04 April 2023
މެޑަމް ފާތުންގެ ސިޔާސީ ހަރަކާތްތައް މުލީއާގޭގައި ހިންގައި ސަދަގާތް ފައުންޑޭޝަނުގެ ޖަގަހައަކަށް ހަދައިގެން އުޅުނުއިރު އެކަން ގޯސްކުރި މީހުން އަމިއްލަ ޕާޓީގެ ސިޔާސީ ހަރަކާތް މުލީއާގޭގައި ހިންގައި އެކަން ފޮޓޯ ނަގައި މިއާންމުކުރަނީ މިކަން ހަމަ އޯކޭކަމަކަށް ވާތީތޯ؟ ފްލޯ ކްރޮސްކުރުން ނުވަތަ އެއްޕާޓީއިން ހޮވިފައި އަނެއް ޕާޓީއަށް ދިއުން އެއީ އަންއެތިކަލް ކަމެއްކަމަށް ބުނި މީހުންނަށް މިހާރު އެކަން އޯކޭކަމަކަށް ވީތޯ؟
ހައްގުބަސް.
04 April 2023
އެމްޑީޕީ ރިސްވަތު ބަހަނީ.