އަމީނީ މަގު ހެދުމަށް އެ މަގު ކޮނެފައި: އެ މަގު ތަރައްގީ ކުރަން ނިންމާފައި ވަނީ ތާރު އަޅައިގެން -- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
06 އެޕްރީލް 2023 - 12:17
އަމީނީ މަގުގެ އިތުރު ބައެއްގައި ތާރު އެޅުމުގެ ކުރިން ކުރަންޖެހޭ މަސައްކަތްތައް ފަށާތީ، އެ މަގުގެ ބޮޑު ބައެއް ބަންދުކުރަން އަނެއްކާ ވެސް ނިންމައިފި އެވެ.
އެ މަގުގައި މިހާރު ތާރު އަޅާފައިވަނީ އަމީނީ މަގުން ބްރިޖު ފެށޭ ހިސާބުން ސްޓެލްކޯގެ އިމާރާތާ ހަމައަށެވެ. އެ ބައި މިހާރު ވަނީ އާންމުންނަށް ހުޅުވާލައިފަ އެވެ. މިހާރު ބަންދު ކޮށްފައި ވަނީ ސްޓެލްކޯއިން ފެށިގެން ފުރުގާން މިސްކިތާ ހަމައަށެވެ.
ފުލުހުން މިއަދު ބުނީ މިހާރު ބަންދު ކޮށްފައިވާ ސަރަހައްދުގެ އިތުރުން އަންނަ ހޮނިހިރު ދުވަހުން ފެށިގެން އެ މަގުގެ އިތުރު ބައެއް ބަންދު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެއީ ފުރުގާން މިސްކިތުން ފެށިގެން ބިލަބޮންގް ސްކޫލާ ހަމައަށެވެ.
އެކަމަކު، އިތުރު ސަރަހައްދެއް ބަންދުކުރަނީ، ސްޓެލްކޯ އިން ފެށިގެން ފުރުގާން މިސްކިތާ ހަމައަށް މިހާރު ބަންދު ކޮށްފައިވާ ސަރަަހައްދު ހުޅުވާ ގޮތަށް ނުވަތަ ނޫން ކަމެއް އަދި ޔަގީނެއް ނޫނެވެ. އާރުޑީސީގެ އިސް އޮފިޝަލަކާ ގުޅޭ ގޮތެއް ނުވާތީ އެ ކަން އަދި ސާފެއް ނުކުރެވެ އެވެ.
މިހާރު އެ މަގުގެ ބަންދު ކޮށްފައި އޮތް ހިސާބުގައި ތާރު އަޅަން ފަށާނެ ދުވަހެއް އާރްޑީސީއަކުން އަދި ނުބުނެ އެވެ.
މި ރޯދަމަސް ފެށުމުން އާންމުންނަށް ފަސޭހަ ކުރުމަށް ތާރު އަޅައި އަމީނީ މަގު މިހާރު ހުޅުވާލާފައި އޮތް ހިސާބުގައި ސްޓެލްކޯގެ އިމާރާތާ ޖެހިގެން ހުޅަނގަށް އޮންނަ މަގަށް ވެހިކަލަށް ވަދެވޭ ގޮތް ހެދުމަށްޓަކައި، ހަތަރު އަނގޮޅި ކަންމަތީގައި ވަގުތީ ގޮތުން މިހާރު ހުރީ ގާ އަތުރައިފަ އެވެ.
އަމީނީ މަގު ސެގްމަންޓް 6،5 އަދި 7 ގެ މަސައްކަތަށް އަމީނީ މަގުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ހަމަޖެހިފައިިވާގޮތް pic.twitter.com/AwUPVyI032
— Maldives Police (@PoliceMv) April 6, 2023
އާރުޑީސީއާ ހަވާލުކޮށްގެން ހަދަމުން އަންނަ އަމީނީ މަގުގެ ފުރަތަމަ ސެގްމެންޓްގައި ތާރު އަޅާފައި ވަނީ އެމްޓީސީސީންނެވެ. ނަމަވެސް ދެން ތާރު އަޅާނީ އާރުޑީސީން ކަމަށް ވަނީ ބުނެފަ އެވެ.
ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދަމުން އަންނަ އަމީނީ މަގުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ އަންނަ ސެޕްޓެމްބަރުގެ ނިޔަލަށް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޜިއަލިޓީ
06 April 2023
ޢަމީނީ މަގުގަ ތާރު އަޅާނެ.. ބުރިޖުގެ ފައިކަށިތައްވެސް ޖަހާނެ.. އެކަމަކު ވޯޓުދޭވަރެއް ނުވޭ.. ސޮރީ
ރަދީފްއޮފިޝަލް
06 April 2023
މަ ފޯކާސްޓްކުރި ގޮތަށް މިވީ. ފެބްރުވަރީ 22 ގަ ބުނީ ރޯދައިގެ ކުރިން އިމާދުއްދީން ސްކޫލް ހިސާބަށް ތާރު އަޅާނެކަމަށް.ނަމަވެސް އޭގެ ފަހުން ޕްރޮގްރެސް ވަރަށް ސްލޯ.
އަސްލުވާގޮތް
07 April 2023
ހާސް ކަނޑާލަގަ މިނިސްޓަރު މަޖިލީހުގަ ވިދާޅުޗީ މުޅި މަޝްރޫޢު ނިންމުމަށް އޮތް ތާރީހަކީ ސެޕްޓެމްބަރުގެ ނިޔަލަށޭ..އެބަހީ ރިޔާސީ އިންތިހާބުގެ ދެބުރުވެސް ނިމޭ ހިސާބަށޭ.. އެގޮތަށް މަސައްކަތްވެސް އެދަނީ.. ސަބަބަކީތޯ؟؟ ކޮންޓްރެކްޓު އުސޫލުން ބޮޑު މުސާރައިގަަ ނަަފާފަތިބި މާލޭގެ އެތަށް ކުދިން އެބަަތިބި، އެ ވޯޓްތައް ވަރަށް މުހިންމު އިންތިހާބުކުރިން ކަަން ނިމިއްޖެއްޔާ ވަޒީފާ ގެއްލޭނެ ވޯޓުކޮޅުވެެސް އޮބާލާނެ..
2023
06 April 2023
ޢާރުޑީސީއަށް ތިކަން ވާނެބާ؟ ބޮއިހަލަކި