ޕީޕީއެމްގެ ބައެއް އާއްމު މެމްބަރުންނާ މައުމޫން ރޭ ބައްދަލުކުރައްވަނީ-- ފޮޓޯ/ ޓްވިޓާ
24 ޖެނުއަރީ 2017 - 12:54
ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެ ޕާޓީގެ އާއްމު މެމްބަރުންނާ މިދިޔަ ބުދަ ދުވަހު ބާއްވަން އުޅުނު ބައްދަލުވުން ފުލުހުން ހުއްޓުވި ނަމަވެސް، ރޭ އެ މަނިކުފާނު އާއްމު މެމްބަރުންނާ ބައްދަލު ކުރައްވައިފި އެވެ.
އެކަމަކު ހ. ތެމާގައި ހުންނަ މައުމޫންގެ އޮފީހުގައި ރޭ ބޭއްވި ބައްދަލުވުމަށް ފުލުހުން ހުރަސް އަޅާފައެއް ނުވެ އެވެ.
މަައުމޫންގެ ފެކްޝަނުން ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމަށް އައްޔަން ކޮށްފައިވާ އާމިނަތު ނާދިރާ ވިދާޅުވީ މައުމޫނާ ބައްދަލުކުރުމަށް އެދުނު ބައެއް އާއްމު މެމްބަރުންނާއި ކޮމެޓީތަކުގެ މެމްބަރުންނާއެކު ބޭއްވި އެ ބައްދަލުވުމުގައި ބޮޑަށް މަޝްވަރާ ކުރީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އަމަލު ކުރާނެ ގޮތްތަކާ ގުޅޭގޮތުން ކަމަށެވެ.
އޭނާ ވިދާޅުވީ ސަރުކާރުން އަމަލު ކުރަމުން އަންނަ ގޮތުން އާއްމު ގިނަ މެމްބަރުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށާއި ހިދުމަތްތަކާއި ތަކެތީގެ އަގުބޮޑުވުމުގެ ޝަކުވާ މެމްބަރުން ކުރި ކަމަށެވެ. އަދި ދޮޅު ގަޑިއިރުގެ އެ ބައްދަލުވުމުގަ އާއި ހިޔާލު ބަދަލުކުރި ކަންތައްތައް ޕީޕީއެމްގެ ކައުންސިލަށް ހުށަހަޅައިގެން މަޝްވަރާ ކުރައްވާނެ ކަމަށް މައުމޫން ވިދާޅުވި ކަމަށް ނާދިރާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މެމްބަރުންގެ ފަރާތުން ޕީޕީއެމްގެ ރައީސަށް ބޮޑު އެއްބާރުލުމެއް ލިބިވަޑައިގެންފައިވާ ކަމަށެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ މައުމޫން ބާއްވަވަން އުޅުއްވި ބައްދަލުވުން ފުލުހުން ހުއްޓުވީ އެ މަނިކުފާނު ނޫން އެހެން އެއްވެސް މީހަކަށް އެ އޮފީހަށް އެ ރޭ ނުވަދެވޭނެ ކަމަށް ބުނެ އެވެ. ފުލުހުން އަމަލު ކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެ މައްސަލަ ފަހުން ޕީޕީއެމުން ވަނީ ފުލުހުންނަށާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށާއި އެޗްއާރުސީއެމަށް ވެސް ހުށަހަޅައިފަ އެވެ.
އެކަމަކު އަދި އޭގެ ޖަވާބެއް އެއްވެސް އިދާރާއަކުން ނުލިބޭ ކަމަށް ޕީޕީއެމުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވ
25 January 2017
ސްޓަންޓް
ފެންޑާ
24 January 2017
ޕޮލިހަކީ މިހާރު ފަރަށްދާ އުސޫލުން ކުއްޔަށް މަސައްކަތްކޮށްދޭ ބައެއް، ނޯ ޕްރޮފެޝަނިލިޒަމް، ނަތިންގ އިޒް ވިދް ދެމް.....
ޖުހާ
24 January 2017
މައުމޫނުފެކްޝަނުންކުރާ އެއްވެސް ކަމެއް ސަރުކާރުން ތަންފީޒު ކުރާނެތަ؟ މިސާލަކަށް މައުމޫނުފެކްޝަނުންނިންމީ މުސާރަ ބޮޑުކުރަން . އެކަންވާނެތަ؟ ނުވާނެ. ތިކަހަލަ ބައްދަލުވުންތަކަށް ދިވެހިބަހުން ކިޔަނީ ފޫނެތްފަޔަށް ފެންފުރުން.
ކަރިޝް
24 January 2017
އެއީ ސްޓަންޓެއް. އަބަދުވެސް މައުމޫނު އުޅުއްވާނީ އެހެން. ކީއްވެބާ ތިޔަރޭ ނުހުއްޓުވީ ފުލުހުން އައިސް ބޮޑުރޭވުމެއްތީ
މުސާރަ
24 January 2017
މުސާރަ ނޫން ހުރިހައި އެއްޗެއްގެ އަގު ވަނީ ބޮޑުކޮށްފަ
ޖަމިލު
24 January 2017
މަށަށް ފެނަނަނީ މައުމުނު ފެކްސަނުންވެސް ދޮރުން ދޮރަށް ޖައްސަން.. ބޯޑު ކުރައިޑެއް ނުކުމެ މުޅި މާލޭގާ ހިނގާނީ ދޮރުން ދޮރަށް...
ދާދޭ
24 January 2017
މައުމޫނު ފެކްޝަނުގެ އެއްވެސް މީހަކަށް ކައުންސިލް އިންތީޚާބުގައި ބައިވެރިވެވިގެން ނުވާނެ. އަދި ކެމްޕޭންވެސް ކުރެވިގެންނުވާނެ.
ކަލޯ
24 January 2017
ތިކުޅެލީ ކުޑަވަރެއްގެ ގޭމެއް
ވިގަނި
24 January 2017
ގަޓުހުރި މީހަކަށް ވަންޏާ ކުރިން ހުރި ވަރަށް ވުރެވެސް ކާޑު އަގުހެއު ކޮށްބަލާ
ކޮރި ބޯށި
24 January 2017
މަރުހަބާ ރައީސް މައުމޫން. މައުމޫން ރާއްޖެ ތެރޭ ރަށަކަށް ވަޑައިގެން މައުމޫންއަށް ތާއިދު އޮންނަ ވަރު ޔާމިން ފެކްސަނުގަ އުޅޭ މީހުންނަށް ދައްކާލަބަލަ.