ޕީޕީއެމް ނުލިބުމުން މައުމޫންގެ އަރިސް ބޭފުޅުން ޕާޓީން ވަކިވަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ޕީޕީއެމް ހަވާލުކުރުމުގެ މައްސަލަ ސުޕްރީމް ކޯޓުން ބާތިލްކުރުމުން، އެމަނިކުފާނުގެ ސަޕޯޓަރުން ޕީޕީއެމުން ވަކިވާން ފަށައިފި އެވެ.


ޕީޕީއެމް ހިންގުން އެ ޕާޓީގެ ކުރީގެ ރައީސް މައުމޫނާ ހަވާލުކުރަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމައިފަ އެވެ. އެއާއެކު، މައުމޫންގެ ރިޕޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ފަރާތުން މި ސަރުކާރުގެ ކެބިނެޓަށް އައްޔަންކުރައްވާފައިވާ ތިން ވަޒީރަކު ވަނީ ޕީޕީއެމުން ވަކިވެވަޑައިގެންފަ އެވެ.

ޕީޕީއެމުން ވަކިވި ބޭފުޅުންގެ ތެރޭގައި މައުމޫންގެ ދަރިކަނބަލުން، އާޓްސް، ކަލްޗާ އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާއި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި ހައުސިން މިނިސްޓަރު އާމިނަތު އާތިފާ ހިމެނިވަޑައިގަންނަވަ އެވެ. އޭގެ އިތުރުން އެމަނިކުފާނަށް ތާއިދުކުރައްވާ ގިނަ ބަޔަކު އަންނަނީ އެ ޕާޓީން ވަކިވަމުންނެވެ.

މައުމޫން މިހާރު އަންނަނީ މިިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ބޭނުންކުރި އެމްއާރުއެމް ސިޔާސީ ޕާޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.