މާލެ އާޓިފިޝަލް ބީޗު ކުރިމަތީގައި ހުންނަ އެމްޑީޕީގެ މައި ހަރުގެ ކައިރީގައި ބޭއްވި އެއްވުމަކަށް ޕާޓީގެ މެމްބަރުން ޖަމާވެގެން: އެ ހަރުގެ ހުސްކުރަން ވަނީ އަންގައިފައި.-- ފޮޓޯ: މިހާރު
30 އެޕްރީލް 2023 - 13:53
މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދު ކުރިމަތީގައި ހުންނަ އެމްޑީޕީގެ މައި ހަރުގެ ހުސްކުރަން އެ ގޭގެ ވެރިފަރާތުން އެ ޕާޓީ އަށް އަންގައިފި އެވެ.
ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) މިއަދު "މިހާރު" އަށް ވިދާޅުވީ މި މަހުގެ ނިޔަލަށް ހަރުގެ ހުސްކުރަން އަންގައި އެ ގޭގެ ވެރިފަރާތުން މިދިޔަ މަހު ފޮނުވި ސިޓީއެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. އެ ސިޓީއާ ހަވާލާދީ އިބުރޭ ވިދާޅުވީ، ހަރުގެ ހުސްކުރަން އެންގީ އެ ބިމުގައި އިމާރާތެއް ކުރަން ކަމަށެވެ.
އެމްޑީޕީގެ މައި ހަރުގެ ހަދާފައި ވަނީ އެ ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ ޝަފިއްޔާ ޒުބައިރުގެ ބިމެއްގަ އެވެ. އޭނާ މަސައްކަތް ކުރަނީ އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ދެބަސްވުމުގައި، ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ "ފިކުރެއްގެ ދިރުން" ފެކްޝަންގަ އެވެ.
"އެ ތަން ހުސްކުރަން ޖެހުނަސް އަދި އަޅުގަނޑުމެންނަށް ހަރުގެ ބަދަލުކުރާނެ އެހެން ތަނެއް ނުލިބޭ. އެ ވަރުގެ ޖާގައެއް ހުރި ތަނެއް އަދި ނުލިބިގެން މި އުޅެނީ. އެހެންވެ ތަނެއް ލިބެންދެން އެ ތަނުގައި ހަރުގެ ހިންގޭތޯ ވެރިފަރާތާއެކު މި އަންނަނީ މަޝްވަރާ ކުރަމުން،" އިބުރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެ ބިމުގައި ހަރުގެ ހިންގަން ދިން އެއްބަސްވުމުގެ މުއްދަތު ހަމަވެފައި ވިޔަސް، އެ ތަން ހުސްކުރަން ވެރިފަރާތުން އެންގީ ސެޕްޓެމްބަރު 9 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިހާބު ނިމެންދެން އެތަނުގައި ތިބެވޭނެ ކަމަށް ބުނުމަށް ފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންތަރީސް55454
02 May 2023
މި ޔާމިން އާ އަންނި ގެ ހުދުމުހުތާރުކަން ދިވެހި ރައްޔިތުންނަށް މިދަނީ ފެންނަމުން. މިމީހުން ހިތުން މި ނޫނީ މި ރާއްޖޭގަ ވެރިކަން ކުރެވޭނެ ބައެއް ނެތް. ބަލަން ތިބޭ. އެމްޑީޕީ އަންނި ކިބައިން ސަލާމަތްވެއްޖެ. އަދި ޕީޕީއެމްވެސް ތޮށިފަޅާ ނިކުންނާނެ. މީ ނޯތު ކޮރެއާއެއް ނޫން. ދިވެހިން މާ ސްމާޓްވާނެ. އަދުރޭއަކަށް އަބަދު މައިކް ދީގެން ފަހަތަކު ނުތިބޭނެ.
ޢަރުތަ
01 May 2023
"ވަހީދު (އިބުރޭ) މިއަދު "މިހާރު" އަށް ވިދާޅުވީ މި މަހުގެ ނިޔަލަށް ހަރުގެ ހުސްކުރަން އަންގައި އެ ގޭގެ ވެރިފަރާތުން މިދިޔަ މަހު ފޮނުވި ސިޓީއެއް ލިބިވަޑައިގެންފައިވާ ކަމަށެވެ". "އޭނާ ވިދާޅުވި ގޮތުގައި، އެ ބިމުގައި ހަރުގެ ހިންގަން ދިން އެއްބަސްވުމުގެ މުއްދަތު ހަމަވެފައި ވިޔަސް، އެ ތަން ހުސްކުރަން ވެރިފަރާތުން އެންގީ ސެޕްޓެމްބަރު 9 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިހާބު ނިމެންދެން އެތަނުގައި ތިބެވޭނެ ކަމަށް ބުނުމަށް ފަހު އެވެ". އެވަރުން ފުދޭނު.
ބުރިޓިސް އިބުރޭ
01 May 2023
ޙައްޖައް ދޭ އެއްވާން...
އައްޔަ ބޮޑޭ
30 April 2023
ތިކަހަލަ ކިތަންމެ ކޮޅިގަނޑެއް އައްނާނެ, ވިދާގުގުރާވެސް ހަދާނެ, ވައިބާރުވެ ކަނޑުގަދަވެދާނެ އެހެންނަމަވެސް އާލާތުގަ ވަރުހުރިއްޔާ އެންމެތަން ފުކެއްވެސް މިސްރާބު ބަދަލުކޮށްގެންނުވާނެ, ދާދިއަވަހަށް އަމާން ބަނދަރެއް ލިބިދާނެ!
ފިކުރެއްގެ ދިރުން
30 April 2023
الحمدلله الحمدلله الحمدلله الحمدلله الحمدلله
ރައްޒާގު
30 April 2023
ހަރުގެ ހުސްކުރިޔަސް ތި "ފަކުރެއްގެނިމުން" ދެން ކުރިޔަށް ކަޑަނެހެން ހިޔެއްނުވޭ. ތަރި އެދަނީ އޮއްސެން.
ރުންކުރު
30 April 2023
މިއީ އަދި ފަކުރު ގަންނަވަރު ކަމެއް ނޫން. ހަރުގެ ހިންގޭނެ އެހެން ތަންތަން ހުންނާނެ. ހާސްވާކަށް ނުޖެހޭ
ހުސްނުހީނާ
30 April 2023
ފަކުރެއްގެ ދިރުމުގެ ލީޑަރު ބުނީމަ ޝަފިއްޔާ ޒުބައިރު އަކަށް ދެން އެހެން ގޮތެއް ނޮއޮންނާނެ ދޯ؟
2023
30 April 2023
ތި އެމްޑީޕީއާއި. ޕީޕީވެސް ހުޅުމާލެ 2 އަށް ބަަަދަލުކުރޭ. ލަވާ ހަޅޭކުން..... ބޮއިހަލަކި
ހުޅުމާލެ2
30 April 2023
ނޫން ނޫން. މިތަން ހަލާކު ކުރަން ނޫޅޭ.
ބޯގޮވައިފި
30 April 2023
ތިހަޅޭއްލަވާ ހުރިހާބައިގަނޑުތަކަށް ކޮންމެބަޔަކަށް ގާދޫކޮލުގަ ބާރޖެއްއަޅާފަދީގެންނަމަވެސް މިނުފޮރުއްޕާނުން ސަލާމަތްވާންވެއްޖެ.
ހަސަން މުރުސީ
30 April 2023
އެގްރީމެންޓް މުއްދަތު ހަމަވީމަ ފައިވިއްދައިގެން ތިބެން ނޫޅޭ ދެން.