އާމީނީ މަގުގައި ތާރު އަޅަން އާރުޑީސީން ގެނައި މެޝިން ހުޅުމާލޭގައި ބެހެއްޓުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: ނެވިގޭ ޝަފީއު | ޓުވިޓާ
11 މެއި 2023 - 12:59
އަމީނީ މަގުގައި ތާރު އަޅަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ގެނައި ތާރު މެޝިން ހުޅުމާލޭގައި ބަހައްޓައިފި އެވެ.
އާރުޑީސީގެ ތާރު މެޝިން ބަހައްޓާފައި ވަނީ ހުޅުމާލެ 2 ގެ ބިމެއްގަ އެވެ. އެ ކުންފުނީގެ ބަހެއް އަދި ނުލިބޭތީ އިތުރު ތަފުސީލު ލިބޭ ގޮތެއް ނުވި އެވެ.
އަމީނީ މަގުގައި ތާރު އެޅުން ލަސްވެ، އާންމުންގެ ޝަކުވާ ބޮޑުވުމުން އާރުޑީސީން ކުރިން ބުނެފައިވާ ގޮތުގައި، އެ މަސައްކަތް ލަސްވަނީ ތާރު މެޝިން ބަހައްޓާނެ ތަނެއް މާލެއިން ނުލިބިގެންނެވެ. އާރުޑީސީ އަށް ބިން ހަމަނުޖެހިގެން އެންމެ ފަހުން އަމީނީ މަގުގެ ފުރަތަމަ ތިން ސެގުމަންޓުގައި ތާރު އަޅައި ދިނީ ވެސް އެމްޓީސީސީންނެވެ.
Hulhumale phase 2 ga @rdcmaldives ge thaaru machine behettun kuriyah dhanee. Dhen maa laheh nuvaane thoche. pic.twitter.com/JZXasdzu6i
— Nevigey Shafeeu (@NevigeyShafeeu) May 10, 2023
ޒަމާނީ ފެންވަރަށް އަމީނީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ސްޓެލްކޯ އިމާރާތާ ކައިރިން ފެށިގެން ބިލަބޮންގް ސްކޫލާ ހަމައަށް މިހާރު އެ މަގު އޮތީ ބަންދުކޮށްފަ އެވެ. މަގުގެ އަޑިން ކުރަން ޖެހޭ މަސައްކަތްތައް އެއްކޮށް ނިންމާލައި، މި މަހު ފަހުކޮޅު އެ ހިސާބުގައި ތާރު އަޅަން ފަށާނެ ކަމަށް އާރުޑީސީން ބުނެފައި ވެ އެވެ.
ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދަމުން އަންނަ އަމީނީ މަގުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ އަންނަ ސެޕްޓެމްބަރުގެ ނިޔަލަށް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޒައިކީ
12 May 2023
ތިިޔަ ގެނެސް ހުންނަތާ ކިތަންމެ ދުވަހެއް.. ބިން ހަމަ ނުޖެހިގެން ނުރޭވިފަ... މިނިސްޓްރީން ބިން ހަމަ ޖައްސައިދިނީ އިހަށްދުވަހު..
އަލީި
12 May 2023
ތިޔަމެޝިން އިންޑިޔާގަ ބެހެއްޓިނަމަ ތަންކޮޅެއް ރަގަޅުވީސް.
ބިމޭބިމޭ
12 May 2023
ބިން ދޭ ތަނަކު ދޯ ބެހެއްޓޭނީ.. މާލލޭން ދިނންނަމަ ފަސޭހަ ވީސް.. މިނިސްޓްރީގެ ޒިންމާއެއް ބިން ހަމަޖެއްސުމަކީ.. މެޝިނު މާލެ އައިތާ ދުވަސްތަކެއް ފަހުން ހުޅުމާލޭ ފޭސް 2 އިން ބިން މި ދިނީވެސް
ދިއްދޫމީހާ
11 May 2023
އަނެއްކާ ތިޔަ މެޝިންއާ އެކު ތިޒޫރީ ނުބަހައްޓާތި
■■ ޗާގޯސް އައްޕަ■■
11 May 2023
♡♡♡އޭތި ބެހެއްޓި ތަނަކީ ޗާގޯސް ގެ މިލްކެއްް♤♤♤♤●
މޫކޭ
11 May 2023
ތިޔަކަންތައް ލައިވްކޮށް ނުދައްކާތަ ރާއްޖެ ޓީވީއިން؟ ތިޔަ ހުންނަނީ މެގަ ޕްރޮޖެކްޓް ތަކެއްނު!
ބޮޑުމީހާ
11 May 2023
5 އަހަރަށް ދެމިގެންދާ ކަމެއްތަ އަމީނީ މަގުގެ ތާރު އެޅުމަކީ!
ސޯބެ.
11 May 2023
އައްޑޫ ސެންޓްރަލް ޕަވަރ ހައުސްގައި ޖަޕާނުން ބަހައްޓާދިން ޖެނަރޭތަރު ސެޓް ހުރީ ކ.އަތޮޅު މާލޭ ސްޓެލްކޯގައި. އައްޑޫ އިކްއިޓޯރިއަލް ކޮންވެންޝަންގައި ހުރި އެއަރކޮންޑިޝަން ތަކާއި ގޮނޑިއާއި ކާޕެޓް އަދި ސައުންޑް ސިސްޓަމް ވެސް ހުރީ ކ.އަތޮޅު މާލޭގައި. ކީއްވެ މިވާހަކަ ނުލިޔަނީ ؟
އަހައްމާބެއްޔާ
11 May 2023
ދެން އަމީނީ މަގުގައި އަޅަން ގެނައި ތާރު ޗާގޯސްގައި އެޅީމާ ހުންނާނީ ހަތަރެސްކަން ހަމަވެފަ!!