މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އީވާ ވާހަކަ ދައްކަވަނީ: ފިކުރެއްގެ ދިރުމުން އާ ޕާޓީއެއް އުފައްދާނެ ކަން ވަނީ އިއުލާން ކޮށްފައި --- މިހާރު ފޮޓޯ/ނިޝާން އަލީ
17 މެއި 2023 - 20:26
އެމްޑީޕީ ދޫކޮށްލަން ޖެހުމަކީ އުފަލެއް ނޫން ކަމަށާއި އެހެން ނަމަވެސް ކުރިޔަށް އޮތް ތަނުގައި ސިޔާސީ ގޮތުން އުންމީދު ވަރަށް ބޮޑު ކަމަށް އެމްޑީޕީން މިއަދު ވަކިވި "ފިކުރެއްގެ ދިރުން" ގެ މެންބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފެކްޝަންގެ މެންބަރުންތަކެއް އެ ޕާޓީން އަމިއްލައަށް އިސްތިއުފާ ދެއްވުމަށްފަހު މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ އޭނާ އެމްޑީޕީން ވަކިވީ ހިތްހަމަޖެހުމާއި އުފަލާއެކުގައި ނޫން ކަމަށާއި ވަކިވީ ހިތާމައާއެކުގައި ކަމަށެވެ.
"ހިތާމައާއެކު، އެކަމަކު އުންމީދާއެކު. އަޅުގަނޑުމެންގެ އާ ސިޔާސީ ޕާޓީއަށް ވަރަށް އުންމީދު ބޮޑު،" އީވާ ވިދާޅުވި އެވެ.
އެމްޑީޕީ ވަރުގަދަ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ދެމި އޮތީ އަސާސްތަކެއް ގަބޫލު ކޮށްގެން ހިންގަމުން އައި ހަމައެކަނި ސިޔާސީ ޕާޓީއަށް ވާތީ ކަމަށާއި ނަމަވެސް މިއަދު އެ ހުރިހާ އަސާސްތަކެއް ނެތި ގޮސް ޕާޓީ ހަލާކުވެފައިވާ ކަމަށް އީވާ ވިދާޅުވި އެވެ.
ހިތާމައާއެކު، އެކަމަކު އުންމީދާއެކު. އަޅުގަނޑުމެންގެ އާ ސިޔާސީ ޕާޓީ އަށް ވަރަށް އުންމީދު ބޮޑު -- އީވާ
"އެމްޑީޕީއަކީ ވައްކަމުގެ ހާއްޔަކަށް ހަދައިފި. އެ ވައްކަމުގެ ހާލީގައި އަޅުގަނޑުމެން ތިބެން ބޭނުން ނެތީ. އަޅުގަނޑުމެން ގަބޫލުކުރި އަސާސްތަކާ އެމްޑީޕީ ދުރަށް ދިޔައެއް ކަމަކު އެ އަސާސްތަކާ ދުރަށް އަޅުގަނޑުމެން ދާކަށް ތައްޔާރެއް ނޫން،" އެމްޑީޕީގެ މިހާރުގެ ލީޑާޝިޕަށް ފާޑު ވިދާޅުވަމުން އީވާ ވިދާޅުވި އެވެ.
އެމްޑީޕީގެ ކުރީގެ ނައިބު ރައީސް ޝިފާޒް ވާހަކަ ދައްކަވަނީ --- މިހާރު ފޮޓޯ/ނިޝާން އަލީ
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަލުން ސިޔާސީ ޕާޓީއެއް އުފެއްދެވުމުން އެމަނިކުފާނަށް އޮތް ތާއީދު ކުޑަވި ނަމަވެސް އެފަދަ ހިތި ތަޖުރިބާއެއް ފިކުރެއްގެ ދިރުމުން ކުރާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އީވާ ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިފާއު ކުރުމަށްޓަކައި މުޅި އެމްޑީޕީ ފުނޑާލާފައިވާ ކަމަށް އީވާ ވިދާޅުވި އެވެ.
"އާ ޕާޓީއެއް ކުޑަ ޕާޓީއެއް މުސްކުޅި ޕާޓީއެއް ދިގު ޕާޓީއެއް ބަލާނެ ކަމެއް ނެތް. އެ ޕާޓީއެއްގެ އަސާސްތައް ނުހިފެހެއްޓެންޏާ ޕާޓީއެއްގެ މުސްތަގުބަލެއް ނެތް ކަން މި ފެންނަނީ،" އީވާ ވިދާޅުވި އެވެ.
ފިކުރެއްގެ ދިރުމަށް އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ލައްވައި ސޮއި ކުރުވި އެވެ. އެ ހަރަކާތުގައި އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުން ވިދާޅުވި 50،000 އަށް ވުރެން ގިނަ މެމްބަރުން ފޯމު ފުރި އެވެ. ވަކި ހިސާބަކުން، ފޯމު ފުރުން އޮތީ މަޑުޖެހިފަ އެވެ.
އެމްޑީޕީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވުމަށްފަހު ޕާޓީން މިއަދު ވަކިވެ ވަޑައިގަތް މުހައްމަދު ޝިފާޒް ވިދާޅުވީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވުމަށް ފަހު ފިކުރެއްގެ ދިރުން އުފައްދަން ކުރި މަސައްކަތް ނާކާމިޔާބު ނުވާ ކަމަށެވެ. މިހާރު އާ ޕާޓީއެއްގެ ގޮތުގައި މި ފެންނަނީ އެ ދުވަހު ކުރި މަސައްކަތުގެ ނަތީޖާ ކަމަށް ޝިފާޒް ވިދާޅުވި އެވެ.
ފިކުރެއްގެ ދިރުންގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ފަހު އެ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކަމަށް ވެސް އީވާ ވިދާޅުވި އެވެ. އަދި ކުރިޔަށް އޮތްތަނުގައި ސިޔާސީ ޕާޓީތަކާއެކު އިއްތިހާދެއް ހަދަން ޖެހިއްޖެ ނަމަ އެ ފުރުސަތު ވެސް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވެލިދުނި
18 May 2023
މިވީހާތައް ދުވަހު ޑިމޮކްރަސީއެއް ކިޔައިގެން ރައްޔިތުން ގުނބޯ ހައްދައިގެން ކޮރަޕްޝަން ހިންގައިގެން އާއިލާގެ މުއްސަނދިކަން އިތުރުކުރުން ނޫން ކަމެއް ކުރެވުނުބާ. މިހާރު ކާން ބޭނުންވާ ވަރަށް ނުކެވޭތީ، ޕާޓީން ވަކިވީ. ބޭނުންވަނީ އާއިލީ ވެރިކަން ދަމަހައްޓަން. ނަން ވާނީ ވަކިޔަކު.
ތެއްގޯނި
18 May 2023
ސީޔާސީ ތަޖުރިބާއެއް ލިބުނުކަމަށް ޤަބޫލެއްނުކުރަން، އަދި ހެޔޮހިތުން ޤައުމަށްޓަކައި މަސައްކަތް ކުރާކަމަކަށްވެސް ޤަބޫލެއް ނުކުރަން، އަމިއްލަ މަސްލަހަތުގެ ދިފާޢުގާ ތެޅިބާލަނީ ތިބައިގަނޑުގެ ކްރެޑިބިލިޓީ ގެއްލިއްޖެ، ކުރިން ޖެހިސަކަރާތެއް ދެނެއް ނުޖެހޭނެ
ފިކުރެއްގެ ދިރުން
18 May 2023
ފިކުރެއްގެ ދިރުމުގެ 60000 މީހުން ލައިގެން ތިކަންކުރެވިދާނެ
ސުއްލިޔާ
18 May 2023
ފުރަތަ ތިން ހާސް ހަމަކޮއްބަ ފޮނި ނުކަނޑައި. މިހާރު ޕާޓީ އެކޭ ވެސް ކިޔަން ނުކެރިގެން އުޅެނީ 3 ހާސް ހަމަނުވެގެން. އެހެންވެ ހަރަކާތެކޯ ލޮލް ހަމަ މައުމޫން
ފިނރުޓޭ
18 May 2023
ކޮންބައެއް ތިތާ ތިބީ؟ ބޭކާރު ފީކަޅާ މީހުން! ނަސީދު ވަށައިގެން އެނބުރޭ ބަގަ! އޭނައަކަށް މީހުންނެއް މިހާރަކު ތާއީދެއް ނުކުރޭ! ފީކަޅާ މީހެއް! އަމިއްލަ އެދުމައިގެން ފޯވެ ތަތްތެޅިފައި ހުރި މީހެއް! ދުވަހެއްގެ ކޮޅުންވެސް މީނައަކަށް ރާއްޖޭގެ ވެރިކަމެއް ދެން ކުރެވޭނެެހެނެއް ހިއެއް ނުވޭ އިނގޭ!
ހާއިބްރީ
18 May 2023
ހަސަން ކުރުސީއަށް ރިޔާސީ ޓިކެޓް ނުލިބުނީމާ ޕާޓީން ވަކިވެ ބޮޑާހޭކުންމީ ކޮން ޑިމޮކްރަސީއެއްގެ އުސޫލެއްތޯ؟ ވިދާޅުވި ބަލިވެއްޖެއްޔާ އޮންނާނީ ބޮޑު އަށީގައޭ. އީވާމެންގެ ތި ޑިމޮކްރެޓިކް އުސޫލުތަށް ދެން ނުވިއްކޭނެ.
ރޯޒަސް
18 May 2023
ކޮބާތޯ އީވާ ތިބުނާ އަސާސަކީ؟ ކޮންމެ ގޮތެއް ހަދާފަވެސް އަންނިއަށް ވެރިކަން ދިނުންތޯ؟ ކޮބާތޯ ޕްރައިމަރީގެ ބޭނުމަކީ؟ ކޮބާތޯ ޕާޓީ ވެރިކަން ކުރާއިރު ޕާޓިއަށް ސަޕޯޓް ކުރުމަކީ؟ ކޮބާތޯ ޕާޓީގެ މެމްބަރުން ނިންމުން ގަބޫލުކުރުމަކީ؟ އަސާސު، ހައްގު، ޑިމޮކްރަސީ މިކަހަލަ ބޮޑެތި ބަސް ބޭނުންނު ނުކޮށް ތިމަންނާ އެމްޑީޕީގައި މިއުޅެނީ ވަކި މީހެއްގެ ފަހަތުންނޭ އޭނާއަށް ވެރިކަން ނުލިބެންޏާ ތިމަން ނުހުންނާނަމޭ ބުނީމައި އެއޮތީ ނިމިފައި. ވައްސަލާމް
ބޮޑާ
18 May 2023
ތިހިރަ ކިބުވެރި ބޮޑާކަން ފޮހޮވޭ ދުވަސް އަންނާނެ
ފޮނިމުރާދު
18 May 2023
ކޮރަޕްޓް ހާއްޔެއްގަ އަސްލު އެމްޑީޕީއަކައް ކެތެއް ނުވާނެ
ކެއްތެރި
18 May 2023
މި ކަމަނާ ޢާ އެކު ރީނދޫ ހުމުހެ ގިނަ ބައެއްގެ ކުލަ ވެއްޓި ބޮޑު މަންޒަރުން ފެއަށް ޖެހޭ ތަން ފެނުން ވަރަށް ކާރި ވެއްޖެ.
ދިރާސ
18 May 2023
މި ކުޅޭ ގޭމަށް ދިވެހިން ހޭލާ ތިއްބަވާތި .. ރައްޔިތުންނަށް މި ދައްކަނީ ހަމަ މައުމޫނާއި ޔާމިނު މީގެ ކުރިން ދެއްކި މަންޒަރު.. މިއީ ވެރިކަން ދިފާއު ކުރަން ކުޅޭ ޕޮލިޓިކަލް ސްޓަންޓެއް. ދުނިޔޭގެ ބަޔެއް ގައުމުތަކުގައި ވެރިކަމުގައި އޮންނަ ޕާރޓީ ދެބައި ވެއްޖެކަން ރައްޔިތުންނަށް ދައްކައި ދެ ކެންޑިޑޭޓުން ނެރުމަކީ ކުރާކަމެއް. ބޭނުމަކީ ކޮންމެމީހަކު ހޮވުނަސް ވެރިކަން ދިފާއު ކުރުން. މިއީ ދިވެހިން ދަސްކުރަންޖެހޭ ސިޔާސީ އުކުޅެއް..