ނިލަންދޫ ދާއިރާގެ މެމްބަރު މުހުސިން މަޖިލިހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: އޭނާ ވަރަށް އަވަހަށް އެމްޑީޕީއާ ގުޅިވަޑައިގަންނަވާނެ ކަމަށް ވޭ.---ފޮޓޯ: މަޖިލިހުގެ އިދާރާ
23 މެއި 2023 - 14:48
ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވައްދަން ސޮއިކުރެއްވި 50 މެމްބަރުންގެ ތެރޭގައި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) ހިމެނިއްޖެ އެވެ.
އެ ލިސްޓުގެ 50 ވަނާގައި އޮތީ ޖޭފޯގެ ނަން ކަމަށް ވާއިރު، އެމްޑީޕީއާ އޭނާ ގުޅިވަޑައިގެންފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި އަދި އެ ޕާޓީ އަށް ޖޭފޯ ސޮއެއް ނުކުރައްވަ އެވެ. އެކަމަކު، އެމްޑީޕީގެ ލީޑަޝިޕާ ގާތްގުޅުމެއް އުފެދި، އެ ޕާޓީ އަށް އޭނާ ވަރަށް އަވަހަށް ސޮއިކުރައްވާނެ ކަމަށް އެނގިފައި ވެ އެވެ.
- އެމްޑީޕީ: 55
- ޕީޕީއެމް: 6
- ޕީއެންސީ: 2
- ޖުމްހޫރީ ޕާޓީ: 2
- އެމްއެންޕީ: 3
- ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުން: 17
ޖޭފޯގެ ސިޔާސީ ހަޔާތް ފެށީ ޑީއާރުޕީންނެވެ. އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އެވެ. ދެން ސިޔާސީ މަސްރަހަށް އައި ބަދަލާ އެކު، ބަދަލުވީ އެމްއެންޕީ އަށެވެ. ޔާމީންގެ ވެރިކަމުގައި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ވެސް ޖޭފޯ ފުރުއްވި އެވެ.
މަޖިލިހުގެ ނައިބު ރައީސް އީވާ މަގާމުން ވަކިކުރުމަށްޓަކައި ސޮއިކުރެއްވި 50 މެމްބަރުންގެ ތެރޭގައި ޖޭފޯ ނޫނީ ދެން މުޅިން ވެސް ތިއްބެވީ އީވާގެ ކުރީގެ ޕާޓީ އެމްޑީޕީގެ 49 މެމްބަރުންނެވެ.
ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީގެ ބައްދަލުވުމެއްގައި އީވާ.
މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކި ކުރެވޭނީ ޖަލްސާ އަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 ކަމަށް ވާއިރު، ހުރިހާ މެމްބަރުން ހާޒިރުވެ ވޯޓުގައި ބައިވެރިވެއްޖެ ނަމަ އީވާ މަގާމުން ދުރުކުރަން 44 ވޯޓު ބޭނުންވާނެ އެވެ. ރައްޔިތުންގެ މަޖިލިހުގައި މިހާރު އެމްޑީޕީގެ މެމްބަރުންގެ އަދަދަކީ އިއްޔެ މަޖިލިހުގައި އިއުލާން ކުރި ގޮތުން ނަމަ 55 އެވެ.
އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ފެކްޝަންގެ އަރައިރުންގަނޑުގެ ތެރޭގައި އީވާއާ އެކު، އެ ޕާޓީގެ 12 މެމްބަރަކު މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެމްޑީޕީ ދޫކުރައްވައިފަ އެވެ. އެ ބޭފުޅުން އަލަށް އުފައްދަން މަސައްކަތް ކުރައްވަނީ "ދަ ޑިމޮކްރެޓްސް" އެވެ.
މަޖިލިހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވެއްދިއިރު، އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަގާމުން ވަކިކުރުމުގެ މައްސަލަ ވެސް މަޖިލިހަށް ވަނީ ހުށަހަޅައިފަ އެވެ. އެއީ 13 މެމްބަރުންގެ ސޮޔާ އެކު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫމާ
25 May 2023
މާ ލަސް ވެސް ވެއްޖެ ތިކަން ނުކޮށް، ވަރަށް ފުއްޕާ މެންބަރެއް ތީ
ހައުލީ
24 May 2023
އަގު ކަނޑައެޅިފަ ހުންނަ އެއްޗެހި ވިކޭނީ. މެޓައެއް. 2 ރުފިޔާއަށް ފުއްކިލޮއެއް 3.50 ރުފިޔާއަށް ކޯސްޓް ކިރު ދަޅެއް 350 ރުފިޔާއަށް. ކިޗަން ކަބަޑް ސެޓެއް 250،000 ރުފިޔާއަށް ޖޭފޯއެއް 12 މިލިއަން ރުފިޔާއަށް.
ނެވަރ
24 May 2023
އައި ތިންކް އޭސީސީ ޝުޑް އިންވެސްޓިގޭޓް ދިޒް. މީގައި ކޮރަޕްޝަން ނެތި ކުއްލިއަކަށް މެންބަރުގެ ފިކުރަށް ބަދަލު އަންނަންވީ ސަބަބެއް ނުވިސްނޭ. ރަށުތެރޭ ހޮޓާ ހޮޓަލުގައި މާލޭގައި މިކިޔާ ވާހަކަ އަކީ ތެދަކަށް ވުން ކައިރި.
ހަސަންފުޅު
23 May 2023
ކުލަބު މެކާނޯގެ ވޯޓް އެއް މިލިޔަން ރުފިޔާއަށް ވިއްކި މީހަކު، އީވާ ވަކިކުރަން ވޯޓު ދޭނެތަ؟ އެއަށްވުރެ ބޮޑު އަދަދެއް ނުދޭނަމަ؟
ބޮޑުމީހާ
23 May 2023
ޖޭފޯ އަބުރާ ޑީއާރްޕީއަށް ތިދަނީ. އެމްޑީޕީއަކީ މިހާރު ޑީއާރުޕީ
ޟުހޮ
23 May 2023
ކޮބާތޯ އެމްޑީއޭ ގެ 2 މެނަބަރުން؟
މޯޑް
23 May 2023
ތީ ނަސީދުގެ ފަފެޓުން. އަރާނި ކޮޅު ނޭގިފަ
ޖޭފޯ
23 May 2023
މީ އިބޫގެ ކުލޯންއެއް.، އިބޫ މެންބަރަކަށް ހުރިއިރު ވެސް ކުރިކަންތައް މީނަކުރަނީ..، މަޖިލީހުގަ ވާހަކައެއް ނުދައްކާ.، ދާއިރާއަށް ކޮށްދިންކަމެއް ނެއް.. ވަރަށް ކޮރަޕްޓް މީހެއް
ސަސްޕަޓިސް
23 May 2023
އީވާގެ ހާދަ ބިރުވެރި ފޮޓޯއެއް އޭނީ ލާފަ. މިއަށް ވުރެ ރީތި ފޮޓޯއެއް ނެތީތަ.
މުބީނު މާރނީ
23 May 2023
ނުރުހުމުގެ ލޮލަށް ވަރަށް ގިނަ ފެންނަން ނުވާ ތަންތަން ފެންނާނެ. އަޅުގަނޑަށް އެ ފޮޓޯ އިން އީވާ ވަރަށް ފުރިހަމަ ވެފައި، ޝަޙުސިއްޔަތު ވެސް ވަރަށް ވަރުގަދަ ފާޑު ޖަހާ. ދުނިޔޭގެ ބޮޑެތި ޤައުމު ތަކުން ޤައުމެއްގެ ވެރިއެއްގެ ފާޑު ޖަހާ ވަރަށް ބޮޑަށް.
ފަހުދު.
23 May 2023
ހޫން
ކެނެޑީ
23 May 2023
މިހާރު ފްރީލާންސްވީވަރަކަށްދޯ ރަނގަޅު އަގުލިބޭނީ އަނެއްކާ ކޮންމެ ވޯޓަކަށް ވަކިކޯޓޭޝަނެއް ފޮނުވޭނެވިއްޔާ
ޖޯނެފް
23 May 2023
އާން ފުރަތަމަ ކޯޓޭޝަން އެޕްރޫވްވެ ޕޭމެންޓްވެސް ނިންމައިފިޔޯ. އެއީ ހުޅުމާލޭން އެޕާޓްމެންޓެއް.