ނިލަންދޫ ދާއިރާގެ މެމްބަރު ޖޭފޯ އެމްޑީޕީއަށް ގުޅިވަޑައިގެންނެވި ފޯމު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ހަވާލުކުރައްވަނީ.-
27 މެއި 2023 - 12:46
ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) މިއަދު އެމްޑީޕީ އަށް ސޮއިކުރައްވައިފި އެވެ.
އެ ގޮނޑި އަށް އޭޕްރީލް، 2019 ގައި ޖޭފޯ އަމިއްލަ ގޮތުން ވާދަކުރައްވައި އިންތިހާބު ކާމިޔާބުކުރެއްވުމަށް ފަހު މިހާތަނަށް ވެސް ހުންނެވީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގަ އެވެ.
ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފ. އަތޮޅަށް މިއަދު ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ނިލަންދު އަށް ވަޑައިގެން ބޭއްވެވި ހަވާސާގައި ވަނީ، ޖޭފޯ އެމްޑީޕީއަށް ސޮއިކުރެއްވި ފޯމު އެ މަނިކުފާނަށް ހަވާލުކުރައްވައިފަ އެވެ. އޭނާގެ އިތުރުން، ޕީޕީއެމްގެ ބޮޑު ތާއީދެއް އޮންނަ ރަށުން އިތުރު ބަޔަކު ވެސް ވެރިކަން ކުރާ މައި ޕާޓީއަށް ސޮއިކުރި ފޯމު ހަވާލުކޮށްފައިވެ އެވެ.
ނިލަންދޫން އެމްޑީޕީއާ އަލަށް ގުޅުނު މެމްބަރުންގެ ފޯމު ރައީސަށް ހަވާލުކުރަން މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން.
ޖޭފޯ މިއަދު އެމްޑީޕީއާ ގުޅިވަޑައިގެންނެވިއިރު، މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ އަބްދުﷲ ވަކިކުރުމަށް މަޖިލީހަށް ހުށަހެޅި މައްސަލައިގައި ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި ވެސް އޭނާ ހިމެނިވަޑައިގަންނަވަ އެވެ.
ފ. އަތޮޅުގައި މީހުން ދިރިއުޅޭ ފަސް ރަށަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސްގެ ވަފުދުގައ، އެ މަނިކުފާނާ ދެކޮޅަށް ސިޔާސީ ހަރަކާތްތައް ފައްޓަވާފައިވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
ނަޝީދު އިސްވެ ހުންނަވައި، "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރާއިރު، އެ މަނިކުފާނު ތާއިދުކުރައްވާ މަޖިލީހުގެ ހުރިހާ މެމްބަރުން ވަނީ އެމްޑީޕީން ވަކިވެ، އާ ޕާޓީއަށް ގުޅިވަޑައިގެންފަ އެވެ. ނަމަވެސް، ދޮންބިލެތް އަދި ވެސް ހުންނެވީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގަ އެވެ.
އަލަށް ގުޅިވަޑައިގެންނެވި މެމްބަރާއެކު، މަޖިލީހުގައި އެމްޑީޕީގެ މެމްބަރުންގެ އަދަދު ވަނީ 56 އަށް އަރައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކކކކކ
27 May 2023
އިންޝާ ﷲ ތިކަމެއް ނުވާނެ. އިރާދަ ކުރެއްވިއްޔާ ދިވެހި ގައުމުގެ ވެރިކަމަށް ދެންއަންނާނީ އިސްލާމް ދީނާއި ގައުމިއްޔަތާ ޖިއޯ ޕޮލިޓިކްސްއާ އިކޮނޮމިކްސްއާ ގާނޫނު ދަނނަ އިލްމާ ހިލްމާ ތަޖުރިބާ ހުރި ބޭފުޅެއް.
ޢަރުތަ
27 May 2023
ތިޔަބޭފުޅަކު އޮތީ ހުރަގޭގަ ނޫންބާ.
5365
28 May 2023
އެނޫން އެހެން ބޭފުޅުންވެސް އެބަތިބި. ހުރަގޭގަ އޮތް މީހެއް އަދީބަކީވެސް. އެކަމަކު މިހާރު އެހުރީ ގޭގަ. ﷲ އިދާރަ ކުރައްވައިފިނަމަ ނުވާނެ ކަމެއް ނޯންނާނެ. އިރާދަ ކުރެއްވިއްޔާ 2023 ގައި ރައީސް ޔާމީން ވާދަކޮށް ކާމިޔާބުވެސް ކުރައްވާނެ.
އަންދަލޫސިޔާ
27 May 2023
ނަޝީދު ދިޔާމާ އެމްޑީޕީއާ ގުޅޭ މީހުން އިތުރުވާނެ.
ތިގޮތަށް
27 May 2023
ކިތައް ރަށަށް އަދި އިތުރަށް ދާނެބާ މެމްބަރުންކޮޅެއް ޕާޓީއަށް ވައްދާލުމުގެ ބޭނުމުގަ؟
ޢަރުތަ
27 May 2023
ރައީސް އިބޫ އަތޮޅުތެރެއަށް އެބަ ޒިޔާރަތްކުރޭ، ކުރިން ހުންނެވި ރައީސަކު ޒިޔާރަތްކުރެއްވީ މައުނަވީގޮތެއްގަ، އެކަމަކު އެންމެ ފަހު ވަގުތު ވާރެޔާ ތެމި ފޯވެގެންވެސް ގޮސްހުރި..........
ފދސފދ
28 May 2023
ކޮންމެއަކަށް އެނގޭކަމަކީ، ރައީސް ޔާމީންވަރުގެ ވެރިއެއް މިގައުމު ނުދެކޭކަން. މާލެއަށް އެކަނި ބަލާލިއަސް މީގެ 5 އަހަރު ކުރީގެ މެގަ ޕްރޮޖެކްޓެއް ނޫނީ ނުފެންނާނެ. އަތޮޅުތަކަށް ބެލިއަސް ހަމަ އެފަދަ. އެއާޕޯޓެއް އެޅިފައިއޮތީވެސް ރައީސް ޔާމީން ފއިސާ ހަމަޖައްސަވާފަ ވަޑައިގެންނެވި ޕްރޮޖެކްޓަކަށް އެކަނި. އެހެންވީމަ ތާހިރެއްނޫން ދޯ ރައީސް ޔާމީނާ އާދައިގެ މީހުނާ އަޅާކިޔާކަށް.
ކަރުތަ
28 May 2023
ރައީސް އިބޫ އަތޮޅުތެރެއަށް ޒިޔާރަތްކުރަނީ މެމްބަރުން ބައިކޮޅަށް ވެއްދުމަށް އަދި ވޯޓް ހޯދުމަށް. އެހެން އެއްވެސް ކަމަކު ނޫން.
ވަހީދުބެ
27 May 2023
ފެންދީފައްޔާއި ނުދީ ކަތިލާ ބައެއް ފ.ނިލަންދޫގައި އުޅެނީ.
ކޮރަލް
27 May 2023
ދެވަނަ ދައުރަކަށް ކުރިމަތި ލަނީ އެވެ. އަމިއްލަ ގޮތުން ކުރިމަތި ލީމަ ހޮވެން އުނދަގޫ ވާނެ އެވެ. އެހެން ވެ ޕާޓީ އަކާ ގުޅުނީ އެވެ. އާދައުރަކަށް އާ މީހަކު ހޮވަން ވީ އެވެ.
ވޯލް
27 May 2023
ދައުލަތުންގެ ބޮޑޑު ޕްރޮޖެކްޓްތަކެއް ލިބުނީކަމަށްވާނީ. މަޖިލިސް މެމްބަރުންނަށް މަޖިލީހުިގެ ދައުރުގައި އަމިއްލަ ވިޔަފާރު ކުރެން އޮންނަ ދޮރު ބަންދުކުރަންޖެހޭ. ދައުކަތުގެ އަނެއް ދެބާރުގައި ހިމެނޭ ރައީސް، ކެބިނެޓް އަދި ގާޒީންނަށް ވިޔަފާރި ކުރުރުން މަނާ،. މަޖިލީހުގެ ތިބެގެން ޤާނޫނު މި ހަދަނީ ތިމާމެނަށް މަންފާ ލިބޭނެެހެން. ދެރަކަމެއް.
ކޮވެލި
27 May 2023
ނަޝީދު އެމްޑީޕީ އާ ދުރަށް ޖެހިލުމުން އެމްޑީޕީއަށް މިހާރު އޮންނަ ތާއިީދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް.
ދޮހޮއްތު
27 May 2023
ހެހެ ފ މެގަ ޕުރޮޖެކްޓު ހުއްޓުވާލި ޕާޓީއަށް ސޮއި.. ވ ވެދުން
ޢަރުތަ
28 May 2023
ފ ގެ މެގަ ޕްރޮޖެކްޓްތަ، ނޫނީ އަތޮޅުން ބައެއް ވިއްކާލަން އުޅުނީމަ ހުއްޓުވީތަ.
ކަރުތަ
28 May 2023
ޢަރުތަ ތަންކޮޅެއް އަޕްޑޭޓްވެބަލަ. ފ. ޕްރޮޖެކްޓްގެ ކަންކަން ދިއަ ގޮތް އޮންނާނެ މި ނޫހުގަވެސް ވަރަށް ތަފްސީލުކޮށް ގެނެސްދީފަ. އެއެއްޗެހި ކިޔާފަ ކޮމެންޓްކުރަން އުޅެބަލަ ހަޖަމުނުވިއަސް. މިސަރުކާރުގެ މީހުން އޭތި ފަނިކޮށްލީ.
ދުމްމ
27 May 2023
އާންމުގޮތެއްގަަ ސިޔާސީ ފިކުރު ބަދަލުވާނީ ފައިސާ ފޮއްޗެއް ދިއްކޮށްލުމުން އެހެންނޫނީ މަގާމެއް ލިބުމުން. ގައުމަށް އެޔޮ އެދިގެން ސިޔާސީ ފިކުރު ބަދަލުވުމަކީ ވަރަށް ނާދިރު ހާލަތެއްގަ ނޫނީ ނުވާކަމެއް. .
އިވާން ޖަމީލް
27 May 2023
ބިރު ފަހަނައަޅާ މި ވޯޓުން މި ފަހަރު އިބޫ ހޮވާނަން #އިބޫ2023
ޛޖޖޖޖ
27 May 2023
އިރާދަ ކުރެއްވިއްޔާ ދިވެހި ގައުމުގެ ވެރިކަމަށް ދެންއަންނާނީ އިސްލާމް ދީނާއި ގައުމިއްޔަތާ ޖިއޯ ޕޮލިޓިކްސްއާ އިކޮނޮމިކްސްއާ ގާނޫނު ދަނނަ އިލްމާ ހިލްމާ ތަޖުރިބާ ހުރި ބޭފުޅެއް.