އެމްޑީޕީ އޮފީހުގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ: އެމަނިކުފާނު މަގާމުން ވަކިކުރަން މިއަދު ވަނީ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު
07 ޖޫން 2023 - 14:02
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަކި ކުރުމަށް އެމަނިކުފާނުގެ އިތުބާރު ނެތް މައްސަލަ އެ ޕާޓީން ހުށަހަޅައިފި އެވެ.
ނަޝީދުގެ އިތުބާރު ނެތް މައްސަލަ ހުށަހަޅަން އެމްޑީޕީން ނިންމައި މަޖިލީހަށް އެ މައްސަލަ މިއަދު ހުށަހަޅާފައި ވަނީ 54 މެންބަރުންގެ ސޮއި އާއެކުގަ އެވެ.
- ކޮމިޓީތައް އެކުލަވައި ނުލައި މަސައްކަތް ހުއްޓުވާފައި އޮތުން.
- ސަބަބެއް އިއުލާން ނުކުރައްވައި ކޮންމެ ދުވަހު ރިޔާސަތު ދޫކުރެއްވުން.
- މަޖިލީހުގެ ނިޒާމް ގެއްލުވާލަން މަސައްކަތް ކުރާ މެންބަރުންނަށް ވާގިވެރިވުން.
- ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގައި ހިނގާ ބަހުސްތަކުގައި ބައިވެރިވުން.
- އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތުގެ މައްސަލަ އަށް ހުރަސް އެޅުއްވުން.
- ވަކި ފަރާތަކަށް ޖެހިވަޑާއިގެން މެންބަރުންނާ ޒާތީ ތައައްސަބެއް ބޭއްވުން.
ނަޝީދު މަގާމުން ވަކިކުރަން ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ މަޖިލިސް ރައީސްގެ މަގާމަށް ނަޝީދު އިންތިހާބު ކޮށްފައި ވަނީ ގިނަ މެންބަރުންތަކެއްގެ ވޯޓާއެކުގައި ކަމަށާއި ވޯޓު ދީފައި ވަނީ ރައްޔިތުން އެދޭ ކަންކަން ހާސިލް ކޮށްދިނުމަށް ކަމަށެވެ.
ނަޝީދާއި އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވާހަކަ ދައްކަވަނީ. -- ފޮޓޯ | މިހާރު
ނަމަވެސް އެ މަގާމުގައި ނަޝީދު އިތުރަށް ހުރެއްޖެ ނަމަ މަޖިލީހުން އަދާކުރަން ޖެހޭ ގާނޫނީ ޒިންމާ އަދާ ކުރުމުގެ ފުރުސަތު ގެއްލި މަޖިލީހުގެ ގަދަރު ރައްޔިތުންގެ ކުރިމަތީ ކުޑަވެގެން ދާނެ ކަމަށް އެ މައްސަލާގައި ބުނެފައިވެ އެވެ.
"...އިސްވެ ބަޔާން ކުރެވުނު ކަންކަމާއި ސަބަބުތައް އެހެން ހުރުމުން ރައީސް މުހައްމަދު ނަޝީދަށް ކުރަމުން އައި އިތުބާރު ގެއްލިއްޖެ ކަމަށް އަހަރުމެންނަށް ފެނުނު ހިނދު، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ރައީސް މުހައްމަދު ނަޝީދު ވަކި ކުރެއްވުމަށް އަހަރުމެން ސޮއި ކޮށް ހުށަހަޅަމެވެ،" އެ މައްސަލާގައި ބުނެފައިވެ އެވެ.
ނަޝީދު ވަކި ކުރަން ތާއީދު ކޮށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ސޮއި ކުރީ 50 މެންބަރުންނެވެ. އެ ޕާޓީގެ ފަރާތުން ސޮއި ކުރަން އެއްބަސް ނުވީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު އާއި ބިލަތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް އާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އާއި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު އެވެ.
ނަޝީދު މައްސަލާގައި އެމްޑީޕީ މެންބަރުންގެ އިތުރުން ސޮއި ކުރެއްވީ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް އާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އަދި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީރު ނަޝީދުގެ މައްސަލާގައި ސޮއި ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވެލްކަމް
08 June 2023
ފަލަކީ ހިސާބުތަކުން ދައްކާގޮތުގައި 2023 ނެތް އެމްޑީޕީ އަށް ލިބޭކަށް.
ފުވައްމުލަކި ސަމިއްޔާ
08 June 2023
ކޮބާ ފޯއްވަޅި ދިރުވިއްޖެ އެެއްނު
ލޮލްް
07 June 2023
ވަކިދާއިރާއަކަށް ނިސްބަތްނުކޮށް ވަކިން މިނިވަން މެމްބަރަކު މަޖިލީހުގެ ރައީސްކަމަށާއި ނައިބު ރައީސްކަމަށް އިންތިޚާބުކުރަން ޖެހޭ. ދާއިރާތަކުގެ މެމްބަރުން ތިބެންޖެހޭނީ ބަހުސްކުރަން. އެހެންނޫނީ އެދާއިރާއެއްގެ ހައްގު އޮންނާނީ ބަހުސް މަރުހަލާގައި ގެއްލިފައި. މިހާރުވެސް މަޖިލީހުގެ ބަހުސް މަރުހަލާގައި މައްޗަންގޮޅި މެދު ދާއިރާ ތަމްސީލެއްނުވޭ. އަނެއްކަމަކީ މަޖިލިސް މެމްބަރުންގެ މުސާރަތައް އެބަޖެހޭ ސާޅީސްހާހަށް ތިރިކުރަން.
ދަނީދަނީދަނީއޭ
07 June 2023
މަމެންގެ ހިސާބު ތަކުން ދައްކަނީ 54 މެމްބަރުން ކެނެރީގެ ނަޝީދު މަޖްލީހުގެ ރައީސް ކަމުން ވަކިކުރާނަމަ 54 އެއީ ނަމްބަރު 3 ތިނެއް އެއީ ޕްރައިމް ނަމްބަރެއް ނޫނޭ އެކަމަކު 3 އަދި 5 އަދި 7 ފެކްޓަރައިޒް ކުރުމުން އަންނަނީ 5 އިން 3 ކެނޑުމުން ދެން 7 އިން 2 ކެނޑުމުން އަންނަނީ 5 އޭ 5 އިން 5 ގެއްލުމުން އަންނަނީ 0 ސުމެކޭ އެގިގެންދަނީ ދެން އެމްޑީޕީގެ ވެރިކަން މި 5 އަހަރު ނިމުމުން ނިމޭނެއޭ އެމްޑީޕީ ވެސް ނިމިގެން ދާނެއޭ ތަމެންގެ ދުވަސް ދަނީއޭ ތަމެންގެ ބާރުދަނީއޭ
ކޮރަލް
07 June 2023
ވޯޓުން މަގާމުން ދުރު ކުރެވޭ ވަރަށް ސޮއި ހޯދާފަ މައްސަލަ ހުށަ ހެޅީމަ ރީތި ގޮތަކީ އިސްތިއުފާ ދިނުމެވެ. އެކަމު އެސިފަ ހުދު މުހުތާރު ގޮތް ހުންނަ މީހުން ގެ ނުހުރެ އެވެ.
ޓަރޯ
07 June 2023
މޑޕ އަށް ނިސްބަތްވާ ހުރިހާ ބޭފުޅުން ވެގެން ވެސް ބޭރު ކުރަން ޖެހޭ ބޭފުޅަކީ ރައަިސް އިބޫ. ޢަސްލު ގޯސް ހެދީ އެބޭފުޅާ. އިބޫ އަށް ވެރިކަން ހޯދާ ދޭން ޖެހުނު ގޮތާ އޭރުގެ ހާލަތާ . ޢެއްބަސް ވެވުނު ގޮތާ. މަޖިލިސް އިންތިހާބުގައި ކަންވީ ގޮތް މޑޕ މެންބަރުން ހަނދަން ހުންނާނެ. އަދި ރިޔާސީ ވައުދު ތައް ނުފުއްދުމާ މެނިފެސްޓޯ އަށް ހަދާލި ގޮތް ފުދޭނެ
ކަތްދައްތަ
07 June 2023
މުރައިދޫ ގަނޑުވަރު މަތިން ހަދާންވާނެ މިފަހަރު.
ހަޑިގިއްލާ
07 June 2023
ވިލާތުގެ ޑިމޮކްރަސީގެ ރަހަތައް ކަމުގޮސްގެން އެވާހަކަ ދައްކަވާ ބޭފުޅެއް ނަޝީދަކީ! އަގުލަބިއްޔަތު މެމްބަރުންގެ އިތުބާރު ނެތްކަމަށް ތުންތުންމަތިން އިވުނަސް އެބޭފުޅުން ވަގުތުން އިސްތިއުފާ ދެއްވާނެ!
އަބްޑޫޅް
08 June 2023
ވިލާތުގެ ނޫން ދިމިގަރާތީއެއް އޮވޭތަ؟
ބުން
07 June 2023
މީނަގެ މޮޅުކަމަކީ ފައިން އެރޭއިރުވެސް މިއެރެނީ ފައިންކަމެއް ނޭނގޭނެ. މިބުނީއޭ ވެރިކަމެއް ދިނަs ލިބުނަސް ދައުލަތު ބަތާކާންދީފަ ބެހެެއްޓިޔަސް ނުއެއް ހުރެވޭނެ.
މުންބެރު
07 June 2023
މީ ކާކުތަ އަޅެފަހެ. ޕްރައިމަރީން ބަލިވެއްޖެއިޔާ އޮންނAނީ ގޭގައޭ ގޮވި މީހާ ދޮއްތޯ