ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލު އަހުމަދު: ދައުލަތުގެ ވަކީލުންނާ ޔާމީން ދިމާކޮށްލި ކަމަށް ބުނާ ވާހަކަ ޖަމީލް ދޮގުކުރައްވާ. .-- ފޮޓޯ: މިހާރު
07 ޖޫން 2023 - 20:03
ހައި ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް މެދުކަނޑާލި ވަގުތު، ދައުލަތުގެ ވަކީލުންްގެ ވާހަކަތައް "ސެންސް މޭކެއް ނުކުރޭ" ކަމަށް ވިދާޅުވެ އެމަނިކުފާނު ދިމާކޮށްލެއްވި ކަމަށް ބުނާ ވާހަކަ ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ދޮގު ކުރައްވައިފި އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ހިފައި އެ ފައިސާ ލޯންޑާކުރި ކަމުގެ ކުށް ސާބިތުވި މައްސަލައިގެ އިސްތިއުނާފު ޝަރީއަތުގައި ޔާމީން މިއަދު ދައުލަތުގެ ވަކީލުންނާ ދިމާލަށް ބަހުގެ ހަމަލާތަކެއް ދެއްވި ކަމަށް ރިޕޯޓުކުރީ ޕީޖީ އޮފީހުގެ އޮފިޝަލަކާ ހަވާލާދީ އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ދައުލަތުގެ ވަކީލުންނާ ދިމާލަށް "ދައްކާ ވާހަކަ ސެންސް މޭކެއް ނުކުރޭ" ކަމަށް ޔާމީން ވިދާޅުވެ ހިތްހަމަނުޖެހުންފާޅުކުރެއްވި އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތް ފަޅާއެރުމުން، ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެއްޖެ ކަމަށް ޔާމީނަށް އެންމެ ބޮޑެތި ތުހުމަތުތައް ކުރައްވައި ފާޑުވިދާޅުވުމަށް ފަހު، މި މައްސަލާގައި އެމަނިކުފާނުގެ ދިފާއުގައި ވަކާލާތު ކުރައްވާ ޖަމީލް ވިދާޅުވީ ކޯޓުގައި މިއަދު ހިނގި ކަންކަމަކީ "ޔާމީން ކުރެއްވި ސަމާސާއެއް" ކަމަށެވެ.
ޖަމީލް ވިދާޅުވި ގޮތުގައި ދައުލަތުގެ ވަކީލުންނާ ޔާމީން ދިމައެއް ނުކުރައްވަ އެވެ. ހަމައެކަނި ސަމާސާއަކަށް ސުވާލެއް ކޮށްލެއްވީ ކަމަަށް ވިދާޅުވި އެވެ.
ދިމާ ނުކުރައްވާ. ހަމައެކަނި ސަމާސާ އަކަށް ސުވާލެއްކުރެއްވީ. މިހާރު ހުރިހާ ނޫސްތަކެއްހެން ސަރުކާރުގެ ޖީބުގައި އޮތަސް ރ. އިބޫ ރޭވުމެއްގެދަށުން ރ. ޔާމީނަށާ ރ. ނަޝީދުއަށް އަނިޔާކުރާކަންސިއްރެއް ނުކުރެވޭނެ. ދަޢުވާތަކަކީ ޖަހާ ސަކަރާތެއް! ނޫސްތަކަށް އެވާހަކަ… https://t.co/zS1sFSzZiG
— Mohamed Jameel Ahmed (@MJameelAhmed) June 7, 2023
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގޯސްތައް ދައްކަވާ ޖަމީލް މިއަދު ވަނީ ނަޝީދު ވެސް އެ ޓުވީޓުގައި ދިފާއުކުރައްވައިފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭވުމެއްގެ ދަށުން ޔާމީނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަނިޔާކުރާކަން ސިއްރެއް ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމުގައި ކުރިއަށް ގެންދިޔައީ އާރަށް ލިބުނު ޓޫޖީ ކުންފުނީގެ އެއް ހިއްސާދާރު ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ އިސްތިއުނާފީ ނުކުތާތައް ހުށަހަޅައި ދެ ފަރާތުން ވާހަކަ ދެއްކުން އެކަންޏެވެ. މިއަދު ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުންތައް ހުށަހެޅުމުގެ ކުރިން ވަގުތު ހަމަވެގެން ޝަރީއަތް މިއަދަށް ނިންމާލީ އެވެ.
ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ ޑިސެމްބަރު މަހު އެވެ. އެ މައްސަލައިގެ އިސްތިއުނާފު ހައިކޯޓުން ބަަލައިގަނެފައިވަނީ މިދިޔަ އޭޕްރިލް މަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަލޭނޭ؟
09 June 2023
މައުމޫނު ކުރި ޚުދުމުޚުތާރު ވެރިކަމެކޯ؟ އަންނި އާއި ޔާމީނު އިބޫ ބަލާލަމާ؟ ސިޔާސީ ހަޑިހޭވެނީ ކޮންބަޔަކަށްތޯ ބޮޑަށް؟ ޖުޑީޝަރީއެއްވާ ނެތް. ހިސާނުމެން ލަދުގަންނަންޖެހޭ. ވާނުވާ ނޭންގޭ އިރު ކީއްވެތަ ތިހުންނަނީ؟ ވަރަށް ފެންވަރު ދަށް ބޭފުޅެއް. އެއަށް ވުރެ މާ ޤާބިލު ކަނބަލުން ތިއްބައި ހިސާނުއަށް އެކަންވެސް. ކީކޭ ބުނާނީ. ވަރަށް ދަށްފަންތީގެ ޖުޑީޝަރީއެއް. ބޮޑު ޖޯކެއް. ސަމާސާ ނޫނީ ދެން ކީއްކުރާނީ؟
ސަމާސާ؟
09 June 2023
ކޯޓުއެއީ ސަމާސާތަނެއް ވީމާ ތާ ސަމާސާ ކުރާނީ؟ އަސްލު މިހާރު ދެން މިއޮތީ ޖުޑީޝަރީއެއް ނޫން. ބޮޑު ސަކަރާތެއް. ވަރަށް ހާލުގައި އޮތް ޖުޑީޝަރީއެއް. ޔާމީނުއޯ އަތްބޭނީ، އެކަމު މިހާރު ދެން ހަމަ ފާޅުގަ ކޮންމެ ފަދަ ކަމެއްވެސް ކުރަނީ. ޤާބިލުކަމެއް ނުބަލާ، އެއްވެސް ތަޖުރިބާއެއް ނެތި ތެޔޮބާޖުން އިސްޤާޟީ ކަމަށް. ރިއްފަތުމެންގެ ބާރު. ހިސާނުމެން ބޭނުން ގޮތެއް. ސަމާސާ ކުރުަންވެސް ރަނގަޅު ހަމަ.
އަބުލްބަބުލް
09 June 2023
ޔާމީނަކީ މިވެނިކަހަލަ މީހެކޭ ދެއިރު ދެގޮތަށް ވިދާޅުވެ ދެއްވި ބޭކަލަކީ މަނިކުފާނު ނޫންތޯ?
އަންދަލޫސިޔާ
08 June 2023
ބެންކޮކުން ނާސިގެތަކުން ލިބޭނީ ހިލޭ އަންހެނުންނެއް ނޫނޭ ކިޔާ ހީ މަޖާކޮށް، ދެ ފިރިހެނަކު ބާރު ކުރު ސޯޓާ ގަޔަށްބާރު ޓީޝާޓް ލައިގެން ޖެލީ ރެސްލުކުރާތަން ބަލަން މަޖާވެފަ އިން. ޑްރަގާ ވައްކަން ހުއްދަކަމަށް ލިޔާށޭ އެ ޤާނޫނު ތަންފީޒުކުރާނަމޭ. އެންމެ 2 ގްރާމް ޑްރަގް ނެގީމާ ބަންދުކުރަނީ ކީއްވެހޭ ކިޔައި ޖޯކްޖެހީ.
ކަރާސީނު
08 June 2023
ޔާމީނު ސަލާމަތް ކުރާށޭ ކިޔާފަ މީނަވެސް މިކުރަނީ ސަމާސާއެއްތާ!!؟؟
ކުޑަކަތީބު
08 June 2023
އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ހިފައި އެ ފައިސާ ލޯންޑާކުރީވެސް ސަމާސާއެއް ދެއްތޯ!
ގެދޮރު ނެތް މަލޭމީހާ
08 June 2023
ޔާމީން މިނިވަން ކުރަން މަސައްކަތް ކުރާ ބައެއް ނޫން ތީކީ. ހަމަ ދައްކާލާ ދަޅައެއް.
ކަނބާ
08 June 2023
ދިވެހި ރާއްޖޭގަ ކޯޓުތަކަކީ ސަމާސާކުރަން ހަދާފަހުރި ތަނެއް ނޫން. ގާނޫނީ ވަކީލެއް ނޫނަސް އެވަރު ރޯފިލާ.
ކޯޓުތައް
09 June 2023
ޖުޑީޝަރީ ސަމާސާ ތަނަކަށް ހެދީމަ ދެން ސަމާސާވެސް ކުރާނެ އެއްނު؟
ޥަސަ
08 June 2023
އިބޫޖެހި ސަކަރާތަކުން ޔާމީން އެކައުންޓަށް މިލިޔަނުން ޑޮލަރު ވަދެއްޖެ.
އަސްތާރު
08 June 2023
ދިމާކުރަން ޖެހޭ. އެހިސާބަށް މިގައުމުގެ ކަންކަން ހިނގައްޖެ. ވައްކަން ކުރި ބޮޑުންތަކާ އެއްބަސްވުން ހަދާފަ އެމީހުން ދިފާއުކުރާ މީހުންނާ ދިމާކުރަން ޖެހޭ. އެއީ ގައުމީ ވާޖިބެއް.