މިއަދު ހައި ކޯޓުގައި އޮތް ޝަރީއަތުގައި ދައުލަތުގެ ވަކީލުން ވާހަކަ ދައްކަވަނީ
07 ޖޫން 2023 - 17:58
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ހިފައި އެ ފައިސާ ލޯންޑާކުރި ކަމުގެ ކުށް ސާބިތުވި މައްސަލައިގެ އިސްތިއުނާފު ޝަރީއަތުގައި ކުރީގެ ރައީސް ޔާމީން މިއަދު ދައުލަތުގެ ވަކީލުންނާ ދިމާލަށް ބަހުގެ ހަމަލާތަކެއް ދެއްވައިފި ކަމަށް ޕީޖީގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
ހައި ކޯޓުގައި މެންދުރު ފަހު 2:00 ގައި ފެށި ޝަރީއަތް އަސްރު ނަމާދު ވަގުތަށް މެދުކަނޑާލި ވަގުތު ޔާމީން ވަނީ ދައުލަތުގެ ވަކީލުން ތިބި ތަނަށް ވަޑައިގެން ހިތްޕުޅުހަމަނުޖެހި ވަޑައިގެން ވާހަކަ ދައްކަވައިފަ އެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ދައުލަތުގެ ވަކީލުންނާ ދިމާލަށް ޔާމީން ވަނީ ތިޔައީ ކިޔަވައިގެން ތިބި ކުދިން ކަމަށާއި ތިޔަކަލަ ވާހަކަ ދައްކައިގެން ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ޔާމީންގެ ބައިވެރިވުން އޮތް ކަމަށް ބުނާތީ އެކަމަށް އިޝާރާތް ކުރައްވައި ޔާމީން ނުރުހުމާ އެކު ވާހަކަ ދެއްކެވި އެވެ. އަދި ދައުލަތުގެ ވަކީލުންގެ ވާހަކަތަކުން "ސެންސް މޭކެއް ނުކުރޭ" ކަމަށް ވިދާޅުވި އެވެ.
މިއަދު ހައި ކޯޓުގައި އޮތް ޝަރީއަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން
ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މިއީ އެ އޮފީހުގެ ވަކީލުންނަށް އާންމުކޮށް ދިމާވާ ކަމެއް ނޫން ކަމަށެވެ.
"މިއީ ފުރައްސާރަކުރުން. ދައުވާ ލިބޭ މީހުންނަށް އެނގޭ އެތަނަށް ދާ ދައުލަތުގެ ވަކީލުން އެ އަދާކުރައްވަނީ މަގާމުގެ ޒިންމާކަން. އެއީ އަމިއްލަ ހައިސިއްޔަތުން އެ ވަކީލުން ދައްކަވާ ވާހަކަ ނޫންކަން،" އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ މިފަދަ ކަންކަން ހިންގުން ބަލައިނުގަނެވޭ ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށެވެ.
މިއަދުގެ ޝަރީއަތް ލައިވްކޮށް ދެއްކި ނަމަވެސް ޔާމީން ދައުލަތުގެ ވަކީލުންގެ ކައިރިއަށް ވަޑައިގެން ރައްދު ދެއްވި ވަގުތު ލައިވް ކަނޑާލާފައި ހުރުމުން އެ މަންޒަރު ލައިވް ފީޑަކުން ނުފެނެ އެވެ.
މިއަދުގެ އަޑުއެހުމުގައި ކުރިއަށް ގެންދިޔައީ އާރަށް ލިބުނު ޓޫޖީ ކުންފުނީގެ އެއް ހިއްސާދާރު ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ އިސްތިއުނާފީ ނުކުތާތައް ހުށަހަޅައި ދެ ފަރާތުން ވާހަކަ ދެއްކުން އެކަންޏެވެ. މިއަދު ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުންތައް ހުށަހެޅުމުގެ ކުރިން ވަގުތު ހަމަވެގެން ޝަރީއަތް މިއަދަށް ނިންމާލީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1206
08 June 2023
މިއީ މިހާރުން ކޮން ގޮތަކަށް ހޯދައި ރިޕޯޓުކުރި ޚަބަރެއް. އެތާ ފެންނަން ތިބި ޕީޖީ ޓީމުން މެދަށް އިން މީހާ އަށް ހަވާލާ ދީ ނޫހެއްގައި ރިޕޯޓުކޮށްފައި އެބައޮތް ޔާމީނު ޕީޖީގެ ވަކީލުންނާ ސަމާސާކުރީ ކަމަށް. ދިމާ ނުކުރާ ކަމަށް.
ސިލްމާ ޒާހިރު
08 June 2023
ހައިރާނެއްނުވޭ. ދެކޮޅަށް ބަހެއް ބުނާ މީހުން މަރަން އަމުރުކުރަން ފަސްނުޖެހޭ މީހަކު އެފަދަ ކޮންމެ ކަމެއް ވެސް ކުރާނެ.
ބީޓް
08 June 2023
ޔާމީނު ނުކިޔަވާ ހުރީމަތަ ވައްކަމާއި ކޮރަޕްޝަނާ ހިންގީ؟ ހަހަހަހަ
ކަތްދައްތަ
08 June 2023
މޫނު ހަދައި ދެލޯއަޅައި އިން ގޮޑިން ތެދުވެގެން ގޮސް ޕީޖީ ވަކީލުން ގާތަށް ހުއްޓި ހުރެ ތިޔައީ ކިޔަވައިގެން ތިބި ކުދިންނޭ ދައްކާވާހަކައިގެން ސެންސެއް މޭކެއް ނުކުރެއޭ ރައީސްބުނާހާ ގޮތަކަށް ވާހަކަ ދައްކާކަށް ނުޖެހޭ ކިޔައިގެން ރުޅިގަނޑު ފަޅާލީ ޕްރޮފެޝަނަލްކޮށް. ހީވަނީ ވައްކަން ކޮށްގެން މިއުޅެނީ ޕީޖީގެ ވަކީލުންހެން. މީނާއަކީ އިނޮސެންޓް މީހެއްހެން. ޔާމީނަކީ ކުށް ސާބިތުވެފަ ހުރި ކުށްވެރިއެއް. ކިތަންމެ ވަރެއް އެރުވިޔަސް އެނޫންގޮތަކަށް އެކަންނުވާނެ.
ފަޒި
08 June 2023
ރައީސް ޔާމީނަކީ އަގު ބޮޑު ޖަވާހިރެއް. ކޯަޓަށް ފިލަންދުވާ ވައްތަރެއްނޫން އަސަރެއްވާ ކުރޭ މިހާރު ނޫހުގެ މީހުން މިއަނިޔާވެރި ސަރުކާރު ދިފާއުކުރުމަށް ތިޔަ އުޅެނީ އަޅުވެތިވެފަ ތިބީމަ އެކަމު ފުކެއް ބޮޑުވަރު. އިންސާފަށް ލޯތްބެއްނެތް
ބަބޫ
07 June 2023
މި މައްސަލައިން މި ފެންނަނީ ގާނޫނު އަސާސީގެ ބޭނުން ނަހަމަ ގޮތުގައި ގިފިދާނެ ކަމުގެ ފުރިހަމަ ހެއްކެއް. ޔާމީނަށް ލާރި ޖަމާވި. އޭނަ އެބުނަނީ އެއީ މަނީ އެކްސްޗޭންޖެއް ކަމަށް. އެކަމަކު ދައުލަތުން ބުނަނީ މަނީ ލޯންޑްރީ ކަމަށް. މިހެންވެ ކޮށްމެ ކޮޅަކުން ދޮގުހެދިޔަސް ނޭގޭނެ. މަނީ އެކްޗޭންޖް ކުރުމުގެ އުސޫލެއް ނެތް ތަނެއްގައި މަނީ އެކްޗޭންޖް ކުރާ ކޮށްމެ މީހަކާ ދެކޮޅަށްވެސް މިދައުވާ ކުރެވިދާނެ. ކިޔަވައިގެން ތިބި މެމްބަރުން ހޮވަންވީ
މާގަސް
07 June 2023
ދައުލަތުގެ ވަކީލުންގެ އަންޕުރޮފެޝަނަލްކަން މީގެ ކުރީގެ ޝަރީއަތުގެ މަޖިލީހަކުން އަހަރެމެންނަށް ވަނީ ފެނިފައި ދެން މިހާރު މާ ޕުރެފުޝަނަލް ބަޔެއްކަމަށް ދެއްކެން އުޅުނަސް އެކަން ގަބޫލެއްނުކުރެވޭނެ.
ބޮޑުވަރު
07 June 2023
އެ މައްސަލާގައި ހައިކޯޓުގައި ވަކާލާތުކުރައްވާ ދައުލަތުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ތަރުޖަމާން އަހްމަދު ޝަފީއު ވެސް ވިދާޅުވީ ޔާމީނު ވަކީލުންނާއި ދިމާނުކުރައްވާ ކަމަށެވެ. ނަމަވެސް އަޑުއެހުން މެދުކަނޑައިލުމުން ޔާމީނު ދައުލަތުގެ ވަކީލުންނާއި ވާހަކަފުޅުދެއްކެވި ކަމަށެވެ.
ޢަރުތަ
07 June 2023
"ދައުލަތުގެ ވަކީލުންގެ ވާހަކަތަކުން ސެންސް މޭކެއް ނުކުރޭ ކަމަށް ވިދާޅުވި އެވެ". "ވަކީލުންނާ ދިމާލަށް ޔާމީން ވަނީ ތިޔައީ ކިޔަވައިގެން ތިބި ކުދިން ކަމަށާއި ތިޔަކަލަ ވާހަކަ ދައްކައިގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ". މީމައްސަލައެއް، ދައްކަންވީ ވާހަކައާ ނުދައްކަންވީ ވާހަކަ ޔާމީނެއް ކަމަކު ދައުލަތުގެ ވަކީލުންނަށް ނޭންގޭނެ، ޔާމީނަކީވެސް ގައިދީއެއް.
ފުކެއް ބޮޑުވަރު
07 June 2023
ސުޕްރީމް ކޯޓުން ޓިނު ނެގި މީހަކު ތިވަރުގެ ކަމެއް ނުކުރާނެ ކަމަށް ބެލުމަކީ ދެރަކަމެއް. އެކަމަކު މިބޭފުޅާ ފުކެއް ބޮޑު ވަރޭ ކިޔާފަ ގޮވާނީ އެހެންމީހުންނާ ދިމާލަށް
ނޮންސެންސްް
07 June 2023
ސެންސް މޭކް ނުކުރަންޔާ ހާސްވަނީ ކޮންކަމަކާ؟ މީ އަޅެ ސެންސް މޭކްކުރާ ކަމެއް؟