ޚަބަރު / ނުކުޅެދުންތެރިކަން ހުންނަ މީހުން

ޑިސެބިލިޓީ އެލަވަންސް: 7،000ރ. ލިބޭ 222 މީހެއް

ި ރައީސް އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އާސަންދައިގެ ސީއީއޯ އައްޒާމާއި ޖެންޑާ މިނިސްޓަރު އައިޝާ މުހައްމަދު ދީދީ އަދި ތަރުޖަމާނު މިއުވާން (ވ) ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސަށް ގެންނަ ބަދަލުތަކުން، މީހަކަށް އެންމެ ގިނައިން ލިބޭނީ 7،000ރ. ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ 11،000 އަށް ވުރެން ގިނަ މީހުން ތިބިއިރު 7،000 ލިބެނީ 3 ޕަސެންޓް މީހުންނަށެވެ. އެއީ 98 އާއިލާގެ 222 މީހުންނެވެ.

ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި، އެ އެލެވަންސްތަކަށް ގެންނަ ބަދަލުތަކުގެ ތަފްސީލުތައް ދެއްވަމުން އާސަންދައިގެ ސީއީއޯ އައްޒާމް ވަޖީހު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ އެންމެންނަށް ގާނޫނުގައި މިހާރު ލާޒިމްކޮށްފައިވާ 2،000ރ. އާއި މާލީ އިނާޔާތުގައި ދޭ އިތުރު 1،000ރ. އާއެކު، ޖުމްލަ 3،000ރ. ގެ އެލަވަންސެއް ލިބޭނެ ކަމަށެވެ.

އޭގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސްތައް މި މަހުން ފެށިގެން ބޮޑުކުރާއިރު، އިތުރު ތިން އެލަވަންސެއް ވަނީ ތައާރަފްކޮށްފަ އެވެ.

އެއީ؛

- ކެއާރާ އެލަވަންސް: އިތުރު 2،000ރ.

* މި އެލަވަންސް ލިބޭނީ ހުރި ނުކުޅެދުންތެރިކަމެއްގެ ސަބަބުން އެހެން ފަރާތެއްގެ އެހީގައި އުޅޭނަމަ އެވެ. ނަމަވެސް، ސަރުކާރުން ބުނިގޮތުގައި އަމިއްލައަށް ނޫޅެވޭ ނުވަތަ އެހެން ފަރާތެއްގެ އެހީގައި އުޅޭ މީހަކަށް ވިޔަސް އެ އެލެވެންސް ޖަމާވާނީ ނުކުޅެދުންތެރިކަން ހުންނަ މީހާގެ އެކައުންޓަށެވެ.

- ސެލްފް ކެއާ އެލަވަންސް: އިތުރު 1000ރ.

* މިއީ އެ މީހެއްގެ ހުރި ނުކުޅެދުންތެރިކަމުގެ ސަބަބުން އަސާސީ ބޭނުންތަކަށް އާއްމުކޮށް ބޭނުންކުރަންޖެހޭ އިތުރު ތަކެތި ހޯދުމަށް ދޭ އެހީ އެކެވެ. މިސާލަކަށް އެނދުމަތިވެފައިވާ މީހުންގެ ނެޕީ ފަދަ ތަކެއްޗެވެ.

- ގޭބިސީ ނުވަތަ އެއް އާއިލާގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ތިން މީހުންނަށް ވުރެ ގިނަ ވެއްޖެނަމަ އިތުރު ކޮންމެ މީހަކަށް 1،000ރ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި މިިދިޔަ މަހުގެ ނިޔަލަށް 11،371 މީހުން ރަޖިސްޓްރީވެފައި އެބަތިއްބެވެ. އެ މީހުންނަށް މިދިޔަ ޖެނުއަރީން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް 111.22 މިލިއަން ރުފިޔާ ހަރަދުކުރި އެވެ.

އެހެންވެ، މި މަހުން ފެށިގެން އެ އެންމެންނަށް 3،000ރ. ލިބޭނެ އެވެ. ނަމަވެސް، އެ މީހެއްގެ ހާލަތަށް ރިއާޔަތްކޮށް، އެންމެ ގިނަ ވެގެން ލިބޭނީ 7،000ރ. ކަމަށް އައްޒާމް ވިދާޅުވި އެވެ. އެކަމަކު، 7،000ރ. ގެ އިނާޔަތް ލިބޭ މީހުންގެ އަދަދު އުޅޭނީ ތިން ޕަސެންޓުގަ އެވެ. އެއީ، 222 މީހުންނެވެ.

އަލަށް ތައާރަފްކުރި އެލަވަންސްތަކުގެ ތެރެއިން، ކެއާރާ އެލަވަންސް އާއި ސެލްފް ކެއާ އަދި ގޭބިސީގެ ނިސްބަތަށް ބަލާފައި ދޭ އެލަވަންސް ވެސް ލިބޭނީ 65 އަހަރުން ދަށުގެ މީހުންނަށެވެ.

އައްޒާމް ވިދާޅުވީ 4،000ރ. ގެ އެލަވަންސް 15 ޕަސެންޓް މީހުންނަށް ލިބޭނެ ކަމަށެވެ. އެއީ 3،000ރ. އަދި އެ މީހެއްގެ ހުރި ނުކުޅެދުންތެރިކަމުގެ ސަބަބުން އަސާސީ ބޭނުންތަކަށް އާއްމުކޮށް ބޭނުންކުރަންޖެހޭ އިތުރު ތަކެތި ހޯދުމަށް ދޭ އެހީ 1،000ރއާ އެކުގަ އެވެ.

އަލަށް ތައާރަފްކުރި އެލެވަންސްތަކުގެ ތެރެއިން އެންމެ ގިނަ މީހުންނަށް ލިބެނީ 5،000ރ.ގެ އެލަވަންސެވެ. އެއީ 3،000ރ. ގެ އެލަވަންސް އަދި އެހެން މީހެއްގެ އެހީގައި އުޅޭތީ ދޭ 2،000ރ. ގެ ކެއާއާ އެލަވަންސް ލިބޭތީ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާބާދީގެ 15 ޕަސެންޓަށް 3،000ރ. ގެ އެލަވަންސް އާއި ކެއާއާ އެލަވަންސްގެ ގޮތުގައި 2،000ރ. އަދި ސެލްފް ކެއާ އެލަވަންސްގެ ގޮތުގައި ލިބޭ 1،000 އާއެކު މަހެއްގެ މައްޗަށް ޖުމްލަ 6،000ރ. ގެ އެލަވަންސް ލިބޭނެ އެވެ.

އެ ޕްރެސް ކޮންފަރެންސްގައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ މި އަހަރަށް އެންސްޕާގެ ބަޖެޓު ކަނޑައަޅާފައިވަނީ، އަލަށް އިތުރުކުރާ އެލަވަންސްތައް ވެސް ހިމަނައިގެންނެވެ. އެހެންވެ، މި އަހަރަށް ހަމަޖެއްސި 341 މިލިއަން ރުފިޔާގެ ބަޖެޓުން އާ އެލަވަންސްތައް ވެސް ދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވެންސް ބޮޑުކުރުމުގެ މަސައްކަތަކީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ކުރަމުން އައި އިންތިޒާރެއްގެ ނިމުން ކަމަށެވެ.

10 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 10%
icon angry icon angry 0%
icon wow icon wow 10%
icon inlove icon inlove 60%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

1206

16 June 2023

މިހާ ވަރުން ދަންޏާ 2024 ގެ ގައުމީ ބަޖެޓު 50 ބިލިޔަން ރުފިޔާ (ގާތްގަނޑަކަށް 3.24 ބ ޑޮލަރު) އިން ވެސް ނުޗަލާނެ. 2021 ވަނަ އަހަރު ނިމުނު ގައުމު އުފެއްދުންތެރިކަން ހުރީ 5.4 ބ ޑޮލަރުގަ. އަދި 2023 ނިމޭ އިރު ލާފަކުރެވެނީ 5.75 ބ ޑޮލަރުގައި ހުންނާނެ ކަމަށް. މާނަޔަކީ 2023 ގެ އުފެއްދުންތެރިކަމުގެ %50 އަށް ވުރެ ބޮޑު އަދަދެއް ހޭދަކުރަން ޖެހުން. ނަމަވެސް އާމްދަނީގެ ގޮތުގައި ލިބެނީ އުފެއްދުންތެރި ކަމުގެ 3 ބައިކުޅަ އެއްބަޔާ ގާތް އަދަދެއް (%29).

The name is already taken The name is available. Register?

ސުން

16 June 2023

ކޮންމެކަމެއް ކުރިން އުނޑުން ތަރި ބާލަ ދިނަސް ދަރަނި ބޮލަކަށް ވޯޓެއް ނުދެން.ވަރަށް ސަލާމް.

The name is already taken The name is available. Register?

ބޮޑުމީހާ

16 June 2023

މިގައުމަކީ މިހާރު ފެލްވެއަރ ސްޓޭޓެއް.

The name is already taken The name is available. Register?

ސަލީމާ

15 June 2023

ތިކޮއްދެއްވީ ރަނގަޅު ކަމެއް އެކަމް މި މަހުގެ ކަރަންޓް ބިލް އެހާ ބޮޑު ވީ ކީއްވެތޯ ކުނި ބިލް ވެސް އެބައިން އެކަމަކު ވެސް ހަމަ ވަރަށް ބޮޑު

The name is already taken The name is available. Register?

ހޭނައްތާ ޑޮކްޓަރު

15 June 2023

ކުއްލި ކއްލި އަކަށް ވޯޓާއި ދިމާކޮށް އިނާޔަތް ތަކާއި މުސާރަ ނޮޑު މިކުރަނީ ވޯޓަށް ނުފޫޒު ފޯރުވަންތަ؟ ތިކަމެއް ނުވާނެ.

The name is already taken The name is available. Register?

ނާޒިމް1234

15 June 2023

ކަލަ ގޮވަނީތަ.

The name is already taken The name is available. Register?

މާމިނގިލީ ޒާހިރު

15 June 2023

އެލަވަންސް ބޮޑުކުރުމުގައިވެސް ޢިބްރާހީމް މ ސ އަށް ވޯޓް ދީފާނެހެން ހީވާ ފަރާތްތަކަށް ބޮޑުވާގޮތަށް ތިއޮތީ.

The name is already taken The name is available. Register?

ވިސްޑަމް

15 June 2023

އެމީހުންގެ ކިބައިގައި އުނިކަމެއް ހުއްޓަސް އެއީވެސް ހަމަ އަހަރެމެންގެ ދަރީން. ބާކީ ނުކުރަމާ.

The name is already taken The name is available. Register?

ށ.އސ

15 June 2023

ޢިބޫ 2023 އިންޝާ ﷲ

The name is already taken The name is available. Register?

އަހުމަދުބޭ

15 June 2023

ތިޔައީ ވަރަށްވެސް މުހިއްމު ކަމެއްގޮތުގައި ދެކެން، މިމަހުން ފެށިގެން ނުކުޅެދުންތެރިކަން ތަހައްމަލް ކުރަމުންދާ އެންމެހައި ރައްޔިތުންނަށް ލިބުނު އުފާވެރި ކަމެއް، މިފަދަ ކަންކަމުން ގައުމުގެ އިޖުތިމާއީ ކަންކަމަށް ބަދަލް ތަށްއަންނަމުންދާނެ،

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454